09 މާޗް 2020 - 14:04
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ފެނުނު ދެ ރިސޯޓުކަމަށްވާ ޅ.ކުރެއްދޫ އާއި އއ. ސޭޑީޒް ބަތަލާ އައިލެންޑް ރިސޯޓުގައި މިވަގުތު 824 ޓޫރިސްޓުން އެބަ ތިބި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ކުރެއްދޫގައި 699 ޓޫރިސްޓުން ތިބި އިރު ބަތަލާގައި ތިބީ 125 ޓޫރިސްޓުންނެވެ. މި އެންމެންގެ އިތުރުން އެރިސޯޓުގައި މަސައްކަތް ކުރާ މީހުންނަށް ވެސް ރިސޯޓުން ނުފޭބޭގޮތަށް މިދެ ރިސޯޓު ވަނީ ކަރަންޓީނުކޮށްފަ އެވެ. މިދެ ރިސޯޓުގައި ތިބި މީހުންގެ ހުރިހާ ކަމެއް ބަލަނީ ކޮވިޑް-19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ޓީމުންނެވެ.
ޓޫރިސްޓުންގެ އިތުރުން ކުރެއްދޫގައި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މަސަައްކަތްްތެރިން ވެސް އެބަތިއްބެވެ. ބިދޭސީ 420 މަސައްކަތްތެެރިންގެ ތެރޭގައި ގިނައީ ކޮންސްޓްރަކްޝަން މަސަައްކަތްތަކަށް ގޮސް ތިބި، އެހެން ކުންފުންޏެއްގެ މުވައްޒަފުންނެވެ.
ކުރެއްދޫ އައިލެންޑް ރިސޯޓަކީ ޗަމްޕާ ބްރަދާސް އާއި ސްވިޓްޒަލެންޑްގެ ލާސް ޕީޓަ އަދި މެޓް ޕީޓަރު ގުޅިގެން އުފަައްދާފައިވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ކުންފުނިން ހިންގާ ރިސޯޓެކެވެ. ބަތަލާ ރިސޯޓަކީ ސްވިޒަލޭންޑްގެ ކުންފުންޏެއް ކަމަށްވާ ޕްލޭންހޮޓެލް ގްރޫޕުން ރާއްޖޭގައި ހިންގާ ރިސޯޓެކެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ހަތަރު މީހުން ވަނީ ޕޮސިޓިވްވެފަ އެވެ. މި ހަތަރު މީހުންނަކީ ވެސް ބިދޭސީ މީހުންނެވެ. ޕޮޒިޓިވްވި މީހުންނާ ގުޅުން ހުރި މީހުންގެ ތެރެއިން ރިސޯޓްގައި ތިބި މީހުންގެ ކަންތައްތައް ބަަލަހައްޓާނެ ގޮތުގެ އިރުޝާދު ރިސޯޓުތަކަށް ދީފައވާ އިރު އެހެން ރަށް ރަށަށް ދިޔަ މީހުންނާ މެދު ފަރުވާތެރިވާން ޖެހޭ ކަންތައްތައް އެ ރަށްތަކަށް އަންގާފައިވާ ހެލްތް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
09 March 2020
ވަރިހަމަތާ ރިސްކު އެލަވަންސްއެއްވެސް ރިސޯޓު މުވައްޒަފުން ނަކައް މަޖިލީހުން ފާސްކޮއްގެން ހޯ ދައެއް ނު ދޭނެ އެވެސް ސިވިލް ސާވަންޓެއްނަމަ ހީވީހީ ފަޔައް ހިނިއަރައިގެން އުޅޭ ބައެއްހެން އުމުރު ހަމަވެގެން ރިޓަޔަ ކުރާއިރު އަންހެނުން ހުންނަނީ އިއް ދައިން ކެނޑިފަ ފިރިމީހާ ޔައް ބައް ދަލު ވެވެނީ އަހަރަކު ގިނަވެގެން ދެފަހަރު ވަންނާނެ ފުލެޓެއްނުހުރޭ މީބާ ހައްގުމިންވަރު
ކުރެއްދޫ
09 March 2020
މިހުރިހާ މީހުންގެ ޚަރަދު ބަރަދު ބަލަން ޖެހެނީ ރިސޯޓް އޯނަރުންތޯ؟! މިހެން އަހާލިއިރުވެސް ސަރުކާރުގައި ލާރިފޮތްޗެއްނެތްކަން އެނގޭ!
އިހުމާލު
09 March 2020
ޕަސެންޖަރު ލައިނަރ އެއް ފަދަ ތާއެވެ. ހަދާން ވަނީ ޖަޕާނުން ކަރަންޓީނު ކުރި ޕަސަންޖަރު ލައިނަރ މަތިން ނެވެ.ކިހާ ދެރަ ދޯ އެވެ؟
ގުރާ
09 March 2020
"ޓޫރިސްޓުންގެ އިތުރުން ކުރެއްދޫގައި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މަސަައްކަތްްތެރިން ވެސް އެބަތިއްބެވެ. ބިދޭސީ 420 މަސައްކަތްތެެރިންގެ ތެރޭގައި ގިނައީ ކޮންސްޓްރަކްޝަން މަސަައްކަތްތަކަށް ގޮސް ތިބި، އެހެން ކުންފުންޏެއްގެ މުވައްޒަފުންނެވެ." މިހާރު ދެން ހުރިހާ ރިސޯޓެއްގައިވެސް ދިވެހިންނަށްވުރެ ބޭރުމީހުން ގިނަވާނީ ކޮންސްޓްރަކްޝަނާހެދި ކަމަށް ވާނީ.
ޔޮން
09 March 2020
ސަރުކާރާ ކޮށްލަން ބޭނުންވާ ސުވާލެއް. ބަންގްލަދޭޝްއިން ތިން މީހުން ވައިރސް އަށް ޕޮޒިޓިވް ވީމާ އެގައުމުން މީހުން ރާއްޖެ އައުން މަނާ ކުރެވިއްޖެ. ޖަރުމަނާ ، ފުރާންސް އަދި ސްޕެއިންގައި ހަލުވިކަމާއެކު ވައިރަސް ފެތުރެމުން ދާއިރު ކީއްވެތޯ ނުހުއްޓުވެނީ؟
ސަނަމްޕޫރީ
09 March 2020
ކެނެރީގެ ނަޝީދު ބުންޏަސް ކަރަންޓީނު ކުރަންވީމަ ކުރާނެ. ކޮންމެ ކަމެއްގައި މާހިރަކަށްވެގެން ސަރުކާރުގެ ހުރިހާ ކަމަކަށް އަތްގަދަކުރަން ނޫޅޭ