ކުރެއްދޫ އައިލެންޑު ރިސޯޓު: އެ ރިސޯޓަށް ވެސް މިހާރު މީހުންނަށް އަރައިފޭބޭނެ ކަމަށް އެޗްޕީއޭ އިން ބުނޭ.
12 މާޗް 2020 - 08:48
ކޮވިޑް-19 ބަލީގެ މީހުން ފެނުނު ތިން ރިސޯޓަށް ވެސް އަރައިފޭބުން ރެ އިން ފެށިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ކޮށްފި އެވެ.
އެ އިދާރާ އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ކުރެއްދޫ އަައިލެންޑް ރިސޯޓާއި ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓު އަދި ކުރަމަތި މޯލްޑިވްސް ރިސޯޓަށް މިހާރު އަރައިފޭބޭނެ އެވެ.
ރާއްޖެ އިން އެންމެ ފުރަތަމަ ކޮވިޑް-19 ޖެހިފައިވާ ދެ މީހަކު ފެނުނީ ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ ރިސޯޓުންނެވެ. އޭގެ ފަހުން ވެސް އެ ރިސޯޓުން ދޭއް، ބަތަލާ އިން ދޭއް އަދި ކުރަމަތިން ވެސް ކޮވިޑް-19 ބަލީގެ ދެ މީހަކު ފެނިފައި ވެ އެވެ. އަދި ބަތަލާ އިން ކޮވިޑް ޖެހުނު އުމުރުން 70 އަހަރުގެ މީހަކަށް ފަރުވާދެނީ ދަރުވަމަންތަ ހޮސްޕިޓަލްގެ ޚާއްސަ ޔުނިޓެއްގަ އެވެ. އެ އެންމެންނަކީ ބިދޭސީންނެވެ. ނަމަވެސް އޭގެ ތެރެއިން ގެސްޓުންނާއި އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
Temporary restrictive measures lifted from 3 resorts of the Maldives👇🏾 pic.twitter.com/B7oiGI0hD5
— HPA Maldives (@HPA_MV) March 11, 2020
އެޗްޕީއޭގެ ބަޔާން
އުމުރުން ދުވަސްވީ މީހާ ފިޔަވައި ދެން އެންމެން މިހާރު ތިބީ ކަރަންޓީން ފެސިލިޓީތަކުގަ އެވެ.
އެޗްޕީއޭގެ ބަޔާނުގައި ބުނީ އެ ތިން ރިސޯޓު އާންމުކޮށް ހުޅުވައިލި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކޮވިޑް-19 ބަލި ފެތުރުމުގެ ފުރުސަތު ބޮޑަށް އޮތް މީހުން ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރަހައްދެއްގައި އެކަހެރިކޮށް، ބައިތިއްބުމުގެ އިންތިޒާމު އެ ރިސޯޓުތަކުގައި ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ މީހުން އަމަލުކުރާނެ އުސޫލުތަކާއި ޕްރޮސީޖާތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދޭތޯ އެ ތިން ރިސޯޓުގެ މެނޭޖުމަންޓުން ކަށަވަރު ކުރަމުން ދާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
"ހަމަ އެއާ އެކު، އެ ރިސޯޓުތަކުން މީހުން ފޭބުމުގެ ކުރިން 'އެގްޒިޓް ސްކްރީން' ކުރެވޭނެ އެވެ. އަދި މީގެ އިތުރުން ބަލިން ރައްކާތެރިކުރުމަށްޓަކައި އަޅާ ފިޔަވަޅާއި މި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރާ މަސައްކަތް ތަންފީޒު ކުރުމަށް ސިއްހީ މުވައްޒަފަކު ރިސޯޓުގައި ހަރަކާތްތެރިވަމުން ދާނެ އެވެ،" އެޗްޕީއޭ އިން ބުނެ އެވެ.
ކޮވިޑް-19 އަކީ މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ކަމަށް ޑަބްލިއުއެޗްއޯ އިން ރޭ ކަނޑައަޅާފައިވާއިރު، ރާއްޖެ އިން ވެސް މި ބަލީގެ އަށް މީހަކު ވަނީ ފެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެނ
12 March 2020
ހުރިހާ ރެސޯޓް ތަކުން އަރާފައިބާ އެންމެން ސްކްރީން ކުރަން ޖެހޭ މިހާރު ....
ޕިސް
12 March 2020
ސަރުކާރަށް ހަ މަ ސާބާސް
ނާޑުވާ
12 March 2020
ކުރެއްދޫން ގެސްޓް މީހާ ވަގަށް ފުރުވާލި ތަހުޤީޤު ނުނިމެނީސް އެ ރިސޯރޓް ހުޅުވަން ތިޔަ ހުއްދަދިނީ އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރަން މެނޭޖްމެންޓަށް ދޫކޮށްލާފަ. އާ ޔޫ ސީރިއަސް? ދިވެހިންގެ އެތައްބަޔަކު ނުރައްކަލަށް ހުށައެޅި ބަޔަކު އަލުން އެކަން ނުކުރާނެ ބާ? ތަހުޤީޤު ނިމި އިހުމާލްވި ފަރާތެއް އެނގެންދެން ތިޔަ ނިންމުން ބަދަލު ކުރުމަށް ގޮވާލަން.
ފޫހި
12 March 2020
ދިވެހިން ހާދަމޮޅޭ އާޅެ އެންމެ ތިން ދުވަސްތެރޭ ހުރިހާ ރިސޯޓެއް ކަރަންޓީން ދޫކޮށްލީ. ބައެއް ގައުމުތަކުގެ ބައެއް ސިޓީތައް ކަރަންޓީން ކޮށްފައި އެންމެ މަދުވެގެން ވެސް 14 ވަރަކަށް ދުވަސް ބާއްވާ. މިއީ އާޅެ ކިހާ މޮޅު ގައުމެއް. ތިޔަ ރިސޯޓްތަކުން މި ބަލި މި ގައުމަށް އެތެރެވީވެސް. ފައިސާއަށްޓަކައި މޮޔަވަނީ.
ޕިކްސް
12 March 2020
ވިޔާފާރިވެރިން ނަށްޓަކައި މިގައުމުގެ ރައްޔިތުން ގުރުބާންކޮށް ނިންމައިފި.
ރަބަރު
12 March 2020
ހުރިހާގޮތަކުން ދުނިޔޭގައި އެންމެކުރިއަރާފައިވާ ގައުމު ޔޫއެސްއޭ ވަނީ ޔޫރަޕުން އަންނަ ހުރިހާ ފުލައިޓްތަކާ ދާ ހުރިހާ ފްލައިޓެއް 30 ދުވަހަށް ހުއްޓުވާފަ. އަހަރުމެން މިދަނީ ބާރަށް ކުރިއަށް. ހަމަ ދިވެހިންވަރެއް މުޅި ދުޔޭގައިވެސް ނެތް. އަހަރުމެންގެ މާތް ނަބިއްޔާގެ އިރްޝާދުފުޅާވެސް ދެކޮޅަށް. ޑޮލަރުގެ އަޅުން.
ހައްސާ222
12 March 2020
މަހުޖަނުން ބޭނުންވާ ގޮތަށް އެމީހުންގެ ވިޔަފާރިއަށް މަގުފަހި ކޮށްދީގެން ގައުމަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އޯކޭ ވާތަން މިފެންނަނީ. މިތަނުން ދެ ރިސޯޓަކީ ރާއްޖޭގެ ނުފޫޒު ގަދަ ދެ މަހުޖަނުންގެ ދެ ރިސޯޓް.
ހަކީމް
12 March 2020
ޜިސޯޓް އޯނަރުންގެ ޕްރެޝަރަށް އަވަސްއަރުވާލާފަ ކުރިކަމެއް. މިއީ އަނެއްކާވެސް ނެގޭ ބޮޑު ރިސްކެއް.
ބޭރު
12 March 2020
އެއްވެސް ރިސޯޓަކުން އެއްވެސް މީހަކަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކަށް މި ވަގުތު ދަތުރު ނުކުރެވޭގޮތް ހަދަންވީއެެވެ. މި ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު ބޮޑީ ފަތުރުވެރިންގެ ފަރާތުންނެވެ. ވީމާ، ހުރިހާ ރިސޯޓެއްގައި ވަޒީފާ އަދާ ކުރާ އެއްވެސް މީހާކަށް މި ވަގުތު ރަށުން ބޭރަށް ނުދެވޭގޮތް ހަދަންވީއެެވެ. ހަމައެކަނި ޒަރޫރީ ބޭނުންތައް ފިޔަވައެވެ.
ތުއްތުނާ
12 March 2020
ބަލީގެ އަލާމާތްތައް ނުފެނި ހުންނަ ކަމަށް ބުނާ 14 ދުސް މުއްދަތު ހަމަވަންދެން ކަރަންޓީނުގައި ރަށްތައް ބާއްވަންޖެހޭ...... މިއީ އަދި މުޅިން ރަނގަޅަކަށް ނޫން މިދަނީ........