ޚަބަރު / ކުރެއްދޫ އައިލެންޑް ރިސޯޓް

ކުރެއްދޫން ގެސްޓުން ފައިބަން ފަށައިފި

12 މާޗް 2020 - 09:56

12 comments

ރާއްޖޭގައި ކޮރޯނާވައިރަސްގެ ޕޮޒިޓިވް ފުރަތަމަ ކޭސް ފެނުނު ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގައި ތިބި މީހުން ކަރަންޓީނުން ސަލާމަތްވުމާ އެކު، ގެސްޓުން ފުރަން ފަށައިފި އެވެ.

އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ މީހަކު، އެނބުރި އިޓަލީއަށް ދިޔަ ތަނުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވިކަން އެނގުނު އިިރު، ރިސޯޓްގައި އޭނާއާ ވަރަށް ކައިރީގައި އުޅުނު ބަޔަކު ބަލިވެގެން، ކޮވިޑް-19ގެ އަލާމާތްތައް ފެނުމުން، ކަރަަންޓީންކުރި އެވެ. އަދި ރަސްމީ ފަރާތްތަކާއި މުޅި ޓޫރިޒަމް އިންޑަސްޓްރީ އެލާޓަށް ގެނަ އެވެ.

އޭގެ ފަހުން ކުރެއްދޫގެ އިތުރުން، ބަލީގެ އަލާމަތްތަައް ފެނުނު ބައެއް މީހުން ތިބި ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓާއި ކުރަމަތި މޯލްޑިވްސް ރިސޯޓް ވެސް ކަރަންޓީނުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

މިހާތަނަށް ކޮރޯނީވައިރަސް އަށް ޕޮޒިޓިވްވީ ކުރެއްދޫގެ ހަތަރު މީހަކާއި ބަތަލާ އާއި ކުރަމަތިން ވެސް ދެ މީހަކު ޕޮޒިޓިވްވި އެވެ. މި އެންމެން މިހާރު ތިބީ ސަރުކާރުގެ ކަރަންޓީން ފެސިލިޓީޒްތައް ކަމަށް ވާ ވިލިވަރާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއްގެ ގޮތުގައި އޮތް ފަރުކޮޅުފުށީގަ އެވެ. މި އެންމެންނަކީ ވެސް ބިދޭސީންނެވެ. އެކަމަކު އެ އެންމެންނަކީ މުވައްޒަފުންކަމެއް ނުވަތަ ޓުރިސްޓުންކަމެއް ނޭނގެ އެވެ.

ކުރެއްދޫގެ ދިވެހި މުވައްޒަފަކު، ނަން ނުޖަހާ ގޮތަށް، ބުނީ ރިސޯޓުގައި ތިބި ބައެއް ޓޫރިސްޓުން މިހާރު ފުރަން ފަށައިފި ކަމަށެވެ. އެކަމަކު ސަަރުކާރުން އެރަށަށް ދިޔަ ސިއްހީ ޓީމަކުން އެ އެންމެން ޓެސްޓްތައް، ކޮޑިވް-19 ގެ އެއްވެސް އަލާމާތެއް ހުރިތޯ ނެތްތޯ ކަށަވަރުކުރެ އެވެ.

ރާއްޖޭގެ އެންމެ ބޮޑެތި ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ކުރެއްދޫން ކޮޑިވް-19 ގެ ޕޮސިޓިވް މީހުން ފެނި، ރަށް ކަރަންޓީން ކުރި އިރު ގާތްގަނޑަކަށް 700 ޓޫރިސްޓުންނާއި 600 އަށް ވުރެ ގިނަ މުވައްޒަފުން ތިއްބެވެ.

"މިތާ އެބަ އުޅޭ ގިނަ ދުވަހަށް ބޭސް ބޭނުންކުރާ މީހުން ވެސް. އެ މީހުންނަށް ބޭސް ލިބުމުގައި ވެސް ދަތިތަކެއް ހުރެދާނެ. އެހެންވެ އެ މީހުން ފުރަން ވެސް ބޭނުންވާނެތާ،" މުވައްޒަފަކު ބުންޏެވެ.

ޕޮޒިޓިވް ކޭސްއެއް ފެނިއްޖެއްޔާ އެ ބަޔަކު އާންމު ގޮތެއްގައި ދެ ހަފުތާ ވަންދެން ކަރަންޓީން ކުރެ އެވެ.

އިޓަލީގެ ގެސްޓުގެ މައްސަލަ

އިޓަލީގެ ފަތުރުވެރިޔާގެ މައްސަލާގައި ކުރެއްދޫ އަށް ވަނީ ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފަ އެވެ. އޭނާ ބަލިވެެެގެން އުޅުނު އިރު ކަމާ ބެހޭ ރަސްމީ ފަރާތްތަކަށް ނޭންގުމާއި ބަލިވެ ހުއްޓާ އެތައް ބަޔަކާ ކައިރިވެވޭ ގޮތަށް އޭނާ ދޫކޮށްލުމަކީ ވެސް، ފަރުވާކުޑަވުމާއި އިހުމާލުގެ މައްސަލައެކެވެ. އެކަމާ ގުޅިގެން، ޕްރޮސެކިއުޓަ ޖެނެރަލް ހުސެން ޝަމީމްގެ އަމުރަށް ފުލުހުން މިހާރު ވަނީ ތަހުގީގެއް ވެސް ފަށައިފަ އެވެ.

އިޓަލީ ދަތުރުވެރިޔާ މި މަހު 1 ގައި ފުރަންވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފޮނުވާލީ، ރިސޯޓްގައި އޭނާ އަށް ފަރުވާދީގެން ގެންގުޅެފަ އެވެ. އޭނާ މާ ބޮޑަށް ހުން އައިސް ހުރުމުން މަތިންދާބޯޓުން ބޭލި އެވެ. އެހެންވެ ފަހުން ފުރުވާލަން އޭނާގެ ރާއްޖޭގެ އެޖެންޓުން މާގިރި ހޮޓަލަށް ގެންދިޔަ އެވެ. އެ ހޮޓަލުގައި އުޅުމުގެ އިތުރުން ޔުނިވާސަލްގެ ޓިކެޓް އޮފީހަކަށް ގޮސް، އެމިރޭޓްސް އެއާލައިންގެ ޓިކެޓެއް އޭނާ ގަތެވެ.

މާޗު 2 ގައި އޭނާ ފުރީ އެމިރޭޓްސްގެ ފްލައިޓެއްގައި ކަން "މިހާރު"އަށް އެނގިފައިވެ އެވެ.

ހުން އައިސް ހުރިލެއް ބޮޑުކަމުން ފްލައިޓުން އޭނާ ބޭލުމުން އެއާޕޯޓްގައި ތިބޭ އެޗުޕީއޭގެ މުވައްޒަފުންނަށް އޭނާގެ ހާލަތު އެނގުނު ކަމެއް ނުވަތަ، އެންގި ކަމެއް ސާފެއް ނޫނެވެ.

12 ކޮމެންޓް, 56 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 18%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަހީދު

12 March 2020

އޭނާ ދަތުރު ކުރި ފުލައިޓް ނަންބަރު ހޯދައި އިއުލާން ކުރުމަކީ ނޫސްވެރިންގެ ވެސް ޒިންމާއެއް

The name is already taken The name is available. Register?

އަރީ

12 March 2020

މުންސަދި މަހުޖަނު ރިސޯޓްވީމަ އުސޫލުތަކާ ހިލާފަށް ވެސް ރިސޯޓުން މީހުން ހުސްކުރެވޭ ދޯ

The name is already taken The name is available. Register?

ދޮންހަސަނު

12 March 2020

އެޗް.ޕީ.އެ މުވައްޒަފުންނަށް ކިހިނެއްތޯ އިގެނީ. އެތަން އޮތީ އިހާ ދޯދިޔާކޮން. ހެލްތް ބެކްގްރައުންޑް ހުރި ސްޓާފެއްނެތް. ދިނައީ އޯލެވެލް ނިންމާފަ ކޮންޓްރެކްޓަށް ނަގައިގެން އުޅޭކުދިން. އެކުދިން މި ތިބެންޖެހެނީ ފްރަންޓްލައިންގަ ކެމަރާހިފައިގެން. މާސްކަކާ އަންގިއެއް ފިޔަވާ ރައްކާތެރިކަމެއްނެތް. ފޭސް ސީލްޑްއެއް ހިސާބު އެކުދިންނަށް ޕްރޮވައިޑް ނުކޮށްދޭ.

The name is already taken The name is available. Register?

7767676

12 March 2020

ޝުކުރިއްޔާ ސަރުކާޜު! ސުޕަ މެޖޯރިޓީ މިދެވުނީ ޗަންޕާ ބްރަދަރސް ކޮލިއަށް ދޮތަ؟ އެމީހެއް ގެ ސަލާމަތް އެމީހާ ހޯދާ! ފަރުދީ ޒިންމާ އިނގޭތޯ1

The name is already taken The name is available. Register?

ހެޔޮ ބަސް

12 March 2020

އަދި ކަރަންޓީނު ދޫކޮށް ނުލާ ށެވެ.

The name is already taken The name is available. Register?

ހަމަ ބުއްދި

12 March 2020

ހުރިހާ ކަމަކަށް ވުރެ ކައުންސިލް އިންޔިޚާބު މުހިއްމެވެ. ކަރަންޓީނުގެ މުއްދަތު ހަމަ ނުވަނީސް ކަރަންޓީނު ދޫކޮށްލަނީ ބިރެއް ނެތް ކަން ދައްކާށެވެ. އެމްޑީޕީ އަށް އިންޔިޚާބު ކާމިޔާބު ވާން އޮތީ ރައްޔިތުން ހާސްކަމުގެ ތެރޭގައި ބައިތިއްބާގެނެވެ.

The name is already taken The name is available. Register?

ނަގިއްޔާ

12 March 2020

އެޗްޕީއޭން ސާފުކޮށްދެއްވަފާނަންތޯ މިކަން ހިނގީ މިކަހަލަ ކޭސްތަކުގައި މިދުވަސްކޮޅުން ފަލޯ ކުރަންޖެހޭ ޕްރޮޓޮކޯލް ފުނޑާލާފަ ރިސޯޓުން ސިއްރުންތޯ؟ އޯކޭ، އިންވެސްޓިގޭޝަނެއް ހިގާތީ އެކަން ހާމަނުކުރެވޭނެ ކަމަށްވާނަމަ، މިވައިރެހުގެ ސަބަބުން ބަލިވާ ޓްއަރިސްޓުން އެއާޕޯޓުން ފުރަންދާއިރު ހުމުގެ އަސަރެއް އުޅޭނަމަ ފަލޯކުރަން ޖެހޭ ޕްރޮޓޮކޯލްއެއް ގާއިމުކޮށްފަވޭތޯ، ވަންޏާ ކޮންއިރަކުން ފެށިގެންހޭ، ހެޔޮ 2:30ގަ ސުވާލުތަކަށް ހޯލްސޭލްކޮށް ޖަވާބުދޭގަޑީގަ ޖަވާބު ދިނަސް.

The name is already taken The name is available. Register?

މަރޭމިތުރާމީ

12 March 2020

ޗަންޕާބުރަދާސް އެއީ ރާއްޖޭގެ އެނމެ ފަރުވާކުޑަ މީހުން.

The name is already taken The name is available. Register?

އެހެންތަ

12 March 2020

ކަމެއްވެގެންދޯ އެމީހުން އެހިސާބަށް މިއައީ،، ހމމމމ

The name is already taken The name is available. Register?

ހައްސާ222

12 March 2020

މަހުޖަނުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް މިނިންމަނީ. ގައުމު އިނދަ ޖެހުނަސް އޯކޭ. މިގައުމުގެ ސަރުކާރަކީ އަބަދުވެސް މަހުޖަނުންގެ އަތްދަށުވެފައިވާ މީހުން.

The name is already taken The name is available. Register?

ހަސަނު1

12 March 2020

މަހުޖަނު އަތުގަތަ މިގައުމަށް އިޓަލީ މީހުން އެތެރެކުރުމާ ނުކުރުން އޮތީ؟ މި ހުރިހާ ބިރެއް އޮތް އިރުވެސް އިޓަލީއަށް ވާގޮތް އިނގެމުން ދިޔައިރުވެސް ދޮން މީހުން ވީމައި ބަންދު ނުކުރާން ހިފަހަށްޓާލީ؟

The name is already taken The name is available. Register?

އެސްކޮބާރ

12 March 2020

ދެން ކުރެއްދޫ ޅ. އަތޮޅު މީހުން ޕިކްނިކް ދާން ދުވަސްކޮޅަކަށް ނަމަވެސް ދޭންވީނު. ކުރިން ޕިކްނިކްދާ ރަށް މޭޑް އިން ކަނުހުރާވެސް މިހާރު ރިސޯޓެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454