ހެލްތު މިނިސްޓަރު އަމީން، އިންޑިއާ އިން އައި ޑޮކްޓަރުންގެ ޓީމާ މިރޭ ބައްދަލުކުރައްވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ
13 މާޗް 2020 - 21:59
ކޮވިޑް-19 ބަލި ކޮންޓްރޯލް ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތަށް އެހީވާން އިންޑިއާ ސަރުކާރުން ފޮނުވައިދިން ޑޮކްޓަރުންގެ ޓީމުން ރާއްޖޭގެ ސިއްހީ ދާއިރާގެ ކަމާ ގުޅުން ހުރި ފަރާތްތައް ތަމްރީނު ދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން މިރޭ ބުނެފި އެވެ.
ފަސް ޑޮކްޓަރުންނާއި ދެ ނަރުހުން އަދި ހަތް ޕެރެމެޑިކްސް ޑޮކްޓަރުން ހިމެނޭ އެ ޓީމާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް މިރޭ ވަނީ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު، ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އިންޑިއާގެ ޓީމުން ކޮރޯނާވައިރަސްއާ ގުޅޭ ގޮތުން ރާއްޖޭގެ ހާލަތު ދިރާސާކޮށް، ލަފާ ދޭންޖެހޭ ކަންކަމުގައި ލަފާ ދޭނެ ކަމަށެވެ. މީގެ އިތުރުން، ކްރިޓިކަލް ކެއާގެ ތަމްރީނުތަކާއި ކޮވިޑް-19 ފަދަ ބަލިތައް ޖެހިފައިވާ މީހުން ދެނެގަތުމާއި ބަލި ޖެހިފައިވާ މީހުންނާ މެދު އަމަލު ކުރާނެ ގޮތުގެ ތަމްރީނު ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ، ރާއްޖެ އިން ކޮވިޑް-19 ބަލީގެ މީހުން ފެންނަން ފެށި ފަހުން މިގޮތަށް ޑޮކްޓަރުންގެ ޚާއްސަ ޓީމެއް އައި ފުރަތަމަ ފަހަރެވެ.
Minister of Health @ameenex warmly welcomes the Indian team of doctors and other health professionals for the timely assistance extended to support the ongoing efforts to combat COVID-19.@HCIMaldives pic.twitter.com/a8pNVZKWkq
— Ministry of Health (@MoHmv) March 13, 2020
ހެލްތު މިނިސްޓަރު އަމީން، އިންޑިއާގެ ޑޮކްޓަރުންގެ ޓީމާ މިރޭ ބައްދަލުކުރައްވަނީ.
ކޮވިޑް-19 ފެތުރޭތީ، ބައެއް ބޭސްތައް އެކްސްޕޯޓް ކުރުން އިންޑިއާ އިން ކޮންޓްރޯލް ކުރިޔަސް ރާއްޖެ އައި އިންޑިއާގެ ދެމެދުގައިވާ ގާތް ގުޅުމުގެ ސަބަބުން ރާއްޖެ އަށް ބޭސް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފައި ވެ އެވެ.
ދުނިޔޭގައި ވެސް އެންމެ ގިނައިން ޖެނެރިކް ބޭސްތައް ސަޕްލައިކުރާ އިންޑިއާ އިން ވަނީ 26 ބޭހެއް އެކްސްޕޯޓުކުރުން ލިމިޓް ކޮށްފަ އެވެ. އެގޮތުން، ހުން އައުމާއި ބޮލުގައި ރިއްސުން ފަދަ ކަންކަމަށް ބޭނުންކުރާ އާންމު ބޭހެއް ކަމަށްވާ "ޕެރަސެޓަމޯލް" އެކްސްޕޯޓްކުރުން ވެސް ކޮންޓްރޯލްކުރި އެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް ބަލި ޖެހިފައި ވަނީ ނުވަ މީހަށެވެ. އެ އެންމެންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން/ގެސްޓުންނެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހަތަރު މީހަކާއި ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓުގެ ދެ މީހަކާއި އަނަންތަރާ ދިގުރަށުގެ މީހެކެވެ.
އަންނަތަރާ ދިގު ރިސޯޓުގެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން އެނގުނީ މިއަދު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭނުމީ
14 March 2020
މިވަގުތު ރާއްޖެއަށް ބޭނުންވަނީ ރައްޔިތުންގެ ޚަރަދުގައި ކާންބޯންދީ ބަލަހައްޓަންޖެހޭ ގޮތަށް އިންޑިޔާ އިތުރު ސިފައިންތަކެއް ނޫން . މެޑިކަލް ސަޕްލައިޒް: ފޭސްމާސްކާއި ރެސްޕިރޭޓަރއާއި މިނޫނަސް މިކަހަލަތަކެތި.
ފުނާ
14 March 2020
ބަލަ މީތަމްރީން ދޭންޖެހޭ ވަގުތެއް ނޫން މީ އަމަލީ ގޮތުން މަސައްކަތް ކުރަންވީ ވަގުތު ،
ޖެކް
14 March 2020
ކޮންް މެވެސް ނޫސްްވެރިިޔަކު މަބުރޫކު ކައިރިިންް އަހާލަށްޗޭ ތިޔަ ޑޮކްޓަރުން ރާއްްޖޭގައި މަސައްްކަތްް ކުރަން އެއްވެސް އިދާރާ އަކުން ހުއްްދަ ނަގަންޖެހޭތޯ؟
އަހަނސަހަރޯ
14 March 2020
ތިކަމަށް އެންމެ ތަޖުރިބާކާރު ބަޔަކީ މިހާރު ޗައިނާ ޑޮކްޓަރުން. އިންޑިޔާ މީހުންނަށް އެނގޭނީ ދިވެހިންނަށް ވެސް އެނގޭ ވަރަށް.
ހިތަށްއަރަނީ
14 March 2020
ޗައިނާއިން އިޓަލީވިލާތަށް ތަކެތީގެ ގޮތުން އެހެރަ ބޮޑެތި އެހީތައް ފޮނުވަމުން ދާއިރު މިރާއްޖެއިން ދޯސްތީ ހަދައިގެން މިއުޅޭ ގައުމުން މިފޮނުވީ އަނެއްކާވެސް ކާނެ އިތުރު އަނގަތަކެއް ދޮގެއްތޯ؟ މިކަހަލަ ނަންނަމުގަ ރާއްޖެއައިސްތިބި އިންޑިޔާ ސިފައިންގެ އަދަދެއް ދެނެހުރި ކަތަކު މިރާއްޖޭގަވޭބާ؟
ކަނބިލި
14 March 2020
ކޮރޯނާވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރު މުގެ އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކުގެނެސްގެން ކޮން ސަކަރާތެއް މިޖަހަނީ
ފަމީހުސް
14 March 2020
މިކޮވިޑަކާ ޖެހިގެން ރާއްޖޭގަ ކުރީގަ ކުރަމުން އައި ކަމެއް އަލުން އިޔާދަވެއްޖެ. ޖަމާއަތުގަ ގުނޫތު ކިޔުން. އެދުއާގަ ހިމެނޭ ރައްކާތެރިކަމަށް އެދުން. ރާއްޖޭގަ ފަސާދަ ހިންގާ ސިޔާސީ މީހުންގެ ނުރައްކަލުން ސަލާމަތްވުން ވެސް މި ދުއާގަ ހިމެނޭނެ.
ޖާމީނު
14 March 2020
ރައީސް ޔާމީނުގެ ސަޕޯޓަރުން ބަލަނީ ހުރިހާ ކަމެއް ސިޔާސީ ކުރެވޭތޯ! ރައްޔިތުންނަށް ކަންބޮޑުވުމެއް ކުރިމަތިވެގެން އުޅޭހެން ހީވެސްނުވާ ކަހަލަ! ރައްޔިތުންގެ ކުރިމަތީގައި އެބައިމީހުންގެ އަަގު އަމިއްލައަށް ވައްޓާލެވޭއިރުވެސް ނޭނގޭ!
896589
14 March 2020
ރައީސް ޔާމީންގެ ސަޕޯޓަރުން މިބުނަނީ، ސަރުކާރެއް ގެންނަނީ ރައްޔިތުންނަށް ދިމާވާ ހުރިހާ ކަމެއްގައި ހައްލު ހޯދައިދިނުމަށޭ! އަމިއްލަ މީހުންގެ ވަޒީފާތަކުން ވަކިކުރާ ފަރާތްތަކަށް ސަރުކާރުން އެހީތެރިވެދެނީ ކޮންގޮތަކަށްހޭ؟ ކުދިވިޔަފާރިތައް ހުއްޓުމުން އެފަރާތްތަކަށް އެހީތެރިވެދޭނީ ކިހިނެއްހޭ؟ މިސުވާލުތަކަށް ސަރުކާރުން ޖަވާބެއްނެތްވާހަކަ މިބުނަނީ. ސަރުކާރުމުވައްޒަފުން އެކަންޏެއްނޫން ސަރުކާރަށް ބަލަދުއަރާނީ. ހުރިހާރައްޔިތުންގެ ބަލަދުއަރާނެ.
ތަކުރުބެގެ އައްޑަނަ
14 March 2020
މަ ހާދަ މި ޓީމުގެ ވަނަވަރު ބަލާލާ ހިތްވެޔޭ. ހިތް ބުނަނީ ހަމަ ދަނޑިވަޅު ބަލާފަ ދިވެހިންނަށް ބޯޅަ ޖަހަނީހެން.
ދައްޗެއްނޫން
14 March 2020
އިންޑިޔާ ސިފައިންތަކެއްކަން އެނގުނީމަ މިދަނޑިވަޅުގަ ރާއްޖެ އައިސް އެވެރިން ކުރާނީ ކީއްކަން ލަފާކޮށްލާކަށް ދައްޗެއްނޫން.
ޖސޖދ
14 March 2020
މެލޭޝިއާއިން އަންނަ މީހުން ކޮރެންޓީން ކުރަނީ ކޮން އިރަކުން؟ ބަންގަލަޝުން އަންނަ މީހުންނަށް ވުރެން ކޮރެންޓީން ކުރުން ރަނގަޅު. 197 މީހުން މެލޭޝިއާގަ ޕޮޒިޓިވް...
ކިޑްނީ ކުމާރު
14 March 2020
ކޮންމެ ހަބަރެއްގައި އެމީހުން ހާއްސައެހީގެ ދަށުން ބޭސް އެކްސްޕޯޓުކުރާވަހަކަޔާއި މާބޮޑު ކަމެއްކޮށްދީގެން އުޅޭކަމަށް ދައްކަން އެބަލިޔެއެނުނ، ރަނގަޅު ވާހަކައެއް އިންޑިޔާގައި މޮޅެތި ޑަކުތަރުން އުޅޭ، އެކަމަކު ރާއްޖެ ތިއައި ޓީމުގައި ތިބީ މެޑިކަލް ސްޓޫޑެންޓުން ކޮޅެއް ދިވެހިން ޕޭޝަންޓުން ލެބޯޓްރީ މައުސް ގެ ގޮތުގައި ޓެސްޓުކޮށްލަން، ތަޖުރިބާ ކާރުންނެއްނޫން، ތީ ޒުވާން ބައެއް.
މުހައްމަދު ނަސީރު
14 March 2020
އިންޑިޔާއިން އާންމުކޮށް ރާއްޖެ އަންނަނީ ދަސްކުރާ ޑޮކްޓަރުން އައިސް ވާވަރަށް ދަސްވީމަ އެވީ އިންޑިޔާއަށް ދާން.. އަދި މިމީހުނަކީ ކޮންމެ ކަމެއް ކުރިއަށް ފިޔަވަޅެއް އެޅޭބައެއްވެސްނޫން. ނިކަންބަލާ އެއިޑްސް ލޭ މާބަނޑު އަންހެނެއް ގަޔަށް އެޅިމީހާ މިހާރު ހުރީ ގަެުމުގަ ހަމަ ޖެހިލައިގެން