ރާއްޖޭގައި ކޮވިޑަށް ފަރުވާ ދިން ފުރަތަމަ ދެ މީހުން ރަނގަޅުވެއްޖެ

ރާއްޖެ އިން ކޮވިޑް 19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން، މި ބައްޔަށް ފަރުވާ ދިން ފުރަތަމަ ދެ މީހުން ރަނގަޅުވެއްޖެ އެވެ.


ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެއީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ދެމަފިރިން ކަމަށާއި އޭގެ ތެރޭގައި އެންމެ ހާލުބޮޑުވެގެން އައިސީޔޫގައި ފަރުވާދިން މީހާ ވެސް ހިމެނޭ ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް ޕޮޒިޓިވް ވެފައި ވަނީ ޓޫރިސްޓުންނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ ބިދޭސީންނެވެ.