ފޮރިން މިނިސްޓަރު ޝާހިދާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާން ލިއޮން، އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ
16 މާޗް 2020 - 11:44
ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ފެނިފައިވާ އިރު އެ ނުރައްކަލުން އަރައިގަތުމަށް ރާއްޖެ އިން އެންމެ ބޮޑަށް ބޭނުންވާ ތަކެތީގެ ތަފްސީލީ ލިސްޓެއް އެކުލަވާލާފައިވާ ކަމަށް ޗައިނާ އިން ބުނެފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އިއްޔެ ބައްދަލުކުރެއްވުމަށް ފަހު، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒާން ލިއޮން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮރޯނާވައިރަސް އާއި އެ ވައިރަސް އިން ޖެހޭ ބަލި ކޮވިޑް-19 އާ ހަނގުރާމަ ކުރުމަށް އެންމެ ބޮޑަށް ބޭނުންވާ ތަކެތީގެ ލިސްޓެއް އެކުލަވައިލުމަކީ ރާއްޖެ އަށް އެހީވުމުގެ މަސައްކަތުގެ ފެށުން ކަމަށެވެ.
"އަދި މިއީ ގުޅިގެން ކުރާ މަސައްކަތުގެ ހަމަ އެންމެ ބައެއް،" ސަފީރު ވިދާޅުވި އެވެ.
ޗައިނާގެ ސަފީރު މިހެން ވިދާޅުވީ، ދެ ބޭފުޅުންގެ ބައްދަލުވުމަށް ފަހު، ޝާހިދު ކުރެއްވި ޓްވީޓެެއް ރިޓްވީޓް ކުރައްވަމުންނެވެ. ޝާހިދުގެ ޓްވީޓްގައި ވެސް ވިދާޅުވެފައި އޮތީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭން ކުރާ މަސަައްކަތަށް ޗައިނާ އިން އެެހީތެރިވުމާ މެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
"ޗައިނާ އަކީ އިތުބާރު ކުރެވޭ، ދިވެހިން އެންމެ ބޭނުންވާ ވަގުތު އެހީތެރިވާ އަގުހުރި ރަހުމަތްތެރިއެއް،" ޝާހިދު ވިދާޅުވި އެވެ.
grateful to the sympathy and support from the Gov. and people of Maldives to China in its difficult time. We have worked out a detailed list of most needed items in assisting Maldives to combat the COVID19. I am sure this is just a beginning and only part of more co-op. https://t.co/Y2L2wZECTJ
— Amb. Zhang Lizhong (@AmbassadorZhang) March 15, 2020
ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު އިއްޔެ ކުރެއްވި ޓުވީޓް
ރާއްޖޭގައި ކޮވިޑް ފެތުރުން ހުއްޓުވަން ކުރާ މަސައްކަތަށް ޗައިނާ އިން އެހީވުމާ މެދު ތަފުސީލީ ގޮތެއްގައި މަޝްވަރާ ކޮށްފައި މި ވަނީ އެ ގައުމުން ރާއްޖެ އަށް އެހީވާން އުޅުމުން އެކަން ދިވެހި ސަރުކާރުން ބަލައިނުގަތް ކަަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކެއް ޗައިނާގެ ސަފީރު ދޮގު ކުރަައްވާފައި ވަނިކޮށެވެ.
ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޝިޔާމް އޭރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި އާއްމު ބަލިތަކުގެ ޑޮކްޓަރުންނާ އެކު، ސިއްހީ ހިދުމަތަށް ބޭނުންވާ ތަކެތި ރާއްޖެ އަށް ފޯރުކޮށްދޭން ޗައިނާ އިން އުޅުމުން ދިވެހި ސަރުކާރުން އެކަން ގަބޫލު ނުކުރި ކަމަށެވެ. އެހެންވެ، ކޮވިޑް-19 އެންމެ ރަނގަޅަށް މެނޭޖް ކުރަމުން އަންނަ އެއް ގައުމު ޗައިނާގެ އެ އެހީތެރިކަން ބަލައިނުގަތް ސަބަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސާފުކޮށްދެއްވަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޗައިނާ އިން ފޯރުކޮށްދޭން މަސައްކަތް ކުރި އެހީ ދިވެހި ސަރުކާރުން ބަލައިނުގަތް ކަމަށް އިދިކޮޅުން ބުނާ މައްސަލައިގައި ވަަރަށް ސާފުކޮށް "އާނއެކޭ" ނުވަތަ "ނޫނެކޭ" ވިދާޅުވާން އެމްޑީޕީގެ މެމްބަރަކު އެދުމުން ސަފީރު ވިދާޅުވެފައި ވަނީ "ނޫނެކޭ" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަރޭ
25 March 2020
ޗައިނާއިން ގައުމު ތަކަށް އަތްގަދަކުރާވާހަކަ އެއީ ދޮގެއް މިސާލު ލަންކާ ރާޖަޕަކްޝަ ވެރިކަމުން ވެއްޓިގެން ޗައިނާއިން އޭނަ އަށް ކޮށްދިން ކަމެއް ޔާމިނަށް ކޮށްދިން ކަމެއް ނެތް ހުރިހާ މޮޅެއް ހަމަ ރައްޔިތުންނަށް މޮޅުވާހަކަ ދެއްކިމީހާ ކޮބައިބާ؟ ޗައިނާއަށް ގޮންޖަހާފަ އިންޑިޔާއަށް މިޤައުމު ވިއްކާނުލެވިގެންނު އޭނައެއުޅެނީ.
ާއަލިބެ
21 March 2020
ޗައިނާއިން ރާއްޖެ އެޤައުމަށް ދަރަނިވެރިކޮށްލިވާހަކަޔާ ރާއްޖެއަށް ޗައިނާއިން އަތްގަދަކުރާވާހަކައާ ޗައިނާއިން ދިން ލޯނުން ސަލާމަތް ނުވެވޭނެވާހަކަ އެތަންމިތާނގައި ދެއްކިމީހާ ކޮބައިބާ؟ ޗައިނާއަށް ގޮންޖަހާފަ އިންޑިޔާއަށް މިޤައުމު ވިއްކާނުލެވިގެންނު އޭނައެއުޅެނީ.
ސުތުލި
16 March 2020
ހަމަ އެކަން ޝިހާމަށް ސާފުކޮށްދޭން ޖެހޭތަ؟ އެހެންނޫނަސް މި ޚުޟޫރަތްތެރި ދަނޑިވަޅުގައިވެސް ދޭތެރެ ޖެއްސުމުގައިދޯ؟
ކޯވިދު
16 March 2020
ކޮމެންޓުތައް ކިޔާލީމަ އެބަ އިނގޭ ދިވެހިންނަށް ޖެހިފަވާ ސިޔާސީ ބައްޔަކީ ކޮވިޑަށް ވުރެ ބޮޑަށް ފެތުރިފަވާ ބައްޔެއްކަން. ދިވެހިރާއްޖެއިން ހިއެއްނުވޭ ދެން މި ސިޔާސީ ބަލި ނައްތާލެވިދަަނެހެނެއް.
މަންޑޭލާ
16 March 2020
ޗައިނައަކީ ރާއްޖެއަ ވަރައް މުހިމްމު ޤައުމެ.
ޝޮކްތެރަޕީ
16 March 2020
މި ރާއްޖެ ތަރައްގީ ކުރާތީ އިންޑިޔާއިން ދަނީ ހުރަސްއަޅަމުން.
ނަޖުދާ
16 March 2020
100 މިލިއަން މާސްކް 1 މިލިއަން ސެނިޓައިޒަރ ފުޅި (325 އެމްއެލް) 3 މަސްދުވަހުގެ ކޮއްތާއި، ބޭސް 500 މިލިއަން އެމެރިކާ ޑޮލަރު 4 ލައްކަ ޗައިނާ ފަތުރުވެރީން 10 ދުވަހުން ރާވާލާ ކަހަލަ ބޮޑު ހޮސްޕިޓަލެއް މި ވަގުތަށް މި ލިސްޓުގައިވާ ކަންކަން ފުރިހަމަ ކޮށްލަދެނިކޮން މިރާއްޖެ ސަލާމަތްވެދާނެ.
ޔަހުޔާ
16 March 2020
ފުރަތަމަ ވޫހާންގަ މިބަލި ފެތުރެންފެށީމާ ދިވެހިން ކިޔަންފެށީ އެއީ ޗައިނާ ސަރުކާރުން އިސްލާމުދީނަށް ޗެލެންޖުކޮށް އިސްލާމުންނަށް އަނިޔާ ކުރާތީ ލެއްވި ކޯފާއެކޭ. އެކަމަކު މިހާރު ރާއްޖޭގައި ބަލިފެތުރެން ފެށީމަ ޗައިނާގެ އެހީ ނުލިބިގެން ހަމަ އެއްކަލަ ދިވެހިން ތެޅިފޮޅެނީ!
ކާޅު.
16 March 2020
ދެން ކުރިން ބުނީ ޗައިނާއިން އެހީ ދިނީމަ ސަރުކާރުން އެހީ ނުހޯދީއޭ. އެވާހަކަ ސީދާ ޗައިނާ ސަފީރު ދޮގުކުރީމަ މިހާރު އެބުނަނީ ދޮގު ހެދީ ޗައިނާ ސަފީރޭ. ހަހަ.
އިން
16 March 2020
މިކަހަލަ ވަގުތުތަކުގައި ސިޔާސީކަންކަން އިސްނުކުރާނަމަ އެންމެންވެސް. ހިތާމަވެރި ބިރުވެރި ދުވަސްކޮޅެއް މިއީ. މާދަމާވެސް ހާހުން މީހުން މަރުވެ ސަހަރާ ފުރޭގޮތް ދިމާވެދާނެ. އަދި އެނޫން ކޮންމެފަދަ ދެރަގޮތެއްވެސްވެދާނެ. މާޒީގައި ޗައިނާއޭ އިންޑިއާއޭ ކިޔައިގެން ގޮވިހާ ފަތިވަރުތައް ވަޅުލާ ވާދަކިއުން ހުއްޓާލާ އެންމެން އެއްގަލަކަށް އަރައިގެން މަސައްކަތްކުރަންވީ. ޗައިނާއަކީ ބަލީގެ އެންމެ ތަޖުރިބާ ހުރި ގައުމުވީމަ އެމީހުންނާއެކު މަސައްކަތްކުރެވޭތޯ ބަލަންވީ.
ހަންޑި ކަލޯ
16 March 2020
މިސަރުކާރުން ބޭނުންވިއަސް އިންޑިއާ ގަބޫލެއް ނުވާާނެ، އެހެންވެ އާނ ލަސްވަނީ.
ޒޫނީ
16 March 2020
ޗައިނާ ސަފީރު ބުނީ ރާއްޖެއިން ޗައުނާއިން ހުށަހެޅި އެހީތެރިކަމަށް ނޫނެކޭ ނުބުނާކަމަށް. ނަމަވެސް ޗައިނާއިން އެހީތެރިވާން އެދި ހުށަހެޅުމުން އަވަށް އިންޑީއާ ފަސްޓް ހަދާފަ އިންޑިއާ ރިޓަޔާޑް ސިފައިން ރާއްޖެ ގެނައުމަށްފަހު މިހާރު ޗައިނާ އަށް އާނއެކޭއެބުނީ. އިދިކޮޅުން ޝިޔާމްބުނީ ރަނގަޅަށް. އިންޑިއާގެ ކާރިން ރާއްޖެ ސަލާމަތް ކުރަންޖެހިއްޖެ.
ތުކި
16 March 2020
ނޫނެކޭ ނުބެނެޔޭ އާނކޭ ބުނުން ލަސްކުރަނީ ކީއްވެހޭ
އައިސް
16 March 2020
ކިހިނެއް އިންޑިޔާ ކާރިން ރާއްޖެ ސަލާމަތް ކުރާނީ؟ އިންޑިޔާ އެއޮތީ ޖެހިގެން. އިންޑިޔާ މުހިންމު އަދި ޗައިނާ އެހާމެ މުހިންމު. އެކުވެރިކަމާ އެކު އެންމެންނާ އެކު އުޅެގެމް ވާނެ ދެރައެއް ނޯންނާނެ.