އެމްސީބީ މާލޭ ބްރާންޗް: އެ ބޭންކް ތެރެއިން ޗެކެއް ގެއްލުނު މައްސަލައެއް ކޯޓަށް ވަނީ ހުށަހަޅާފައި --ފޮޓޯ/މިހާރު
10 އޮކްޓޯބަރ 2016 - 10:40
މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގައި ހުޅުވާފައިވާ އެކައުންޓަކުން ދޫކުރި 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) ގެ ޗެކެއް އެ ބޭންކު ތެރެއިން ގެއްލުމުން އޭގެ ބަދަލު ހޯދަން އެމްސީބީއާ ދެކޮޅަށް ކަސްޓަމަރަކު ދައުވާކޮށްފި އެވެ.
މއ. އެވާގްލޯރީ އަބްދުﷲ އާރިފްގެ ފަރާތުން އެމްސީބީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ އޭނާ ދޫކުރި 250،000 ޑޮލަރުގެ ޗެކާ ބޭންކުން ހަވާލުވުމަށް ފަހު އެ ޗެކްގެ އަސްލު އެ ބޭންކް ތެރެއިން ގެއްލުމުން އޭނާ އެހެން ފަރާތަކަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދެއްކި، ޖޫރިމަނާގެ ގޮތުގައި 10.3 މިލިއަން ރުފިޔާ އަރާފައިވާތީ އެވެ.
އާރިފްގެ ފަރާތުން ކުރި ދައުވާގައި އެދިފައި ވަނީ ގެއްލުނު ޗެކްގައިވާ 250،000 ޑޮޮލަރާއި ޗެކް ގެއްލުމުގެ ސަބަބުން، އޭނާ އެހެން ފަރާތަކަށް ދައްކަންޖެހޭ ފައިސާތައް ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 10.3 މިލިއަން ރުފިޔާ އަކީ އެމްސީބީން ދައްކަންޖެހޭ އެއްޗެއް ކަމަށް ކަނޑައަޅައި، އެ ފައިސާ ހޯދުމަށެވެ.
އެކަމަކު އެ ޗެކަކީ ކޮން ފަރާތަކަށް ދޫކުރި ޗެކެއް ކަމެއް އަދި އެއީ ކޮން ތާރީޚަކު ދޫކުރި ޗެކެއް ކަމެއް އަދި ސާފެއް ނުވެއެވެ.
އެ މައްސަލަ މިހާރު އޮތީ ޝަރީއަތް ހިންގުމަށްޓަކައި ސިވިލް ކޯޓުގެ ފައިސާގެ ބޮޑެތި މައްސަލަ ބަލާ ޑިވިޝަންގަ އެވެ.
މީގެ އަހަރުތަކެއް ކުރިން 2011 ގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ މާލޭ ބްރާންޗްގައި ޝީޝާ ތިން ބެއިންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓެއްގައި ހުރި 18 މިލިއަން ރުފިޔާ، ވަގު ލިޔުންތަކެއް ބޭނުންކޮށްގެން އެހެން ފަރާތެއްގެ އެކައުންޓެއް ޖަމާކުރި މައްސަލައެއް ވެސް ފެންމަތިވި އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ އެ ފައިސާ ގެއްލުމުގައި އެ ބޭންކުގެ އިހުމާލު އެބައޮތް ކަމަށާއި ގެއްލުނު ފައިސާތައް ބޭންކުން ދޭންޖެހޭނެ ކަމަށެވެ. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންދެލި
15 November 2016
"މީގެ އަހަރުތަކެއް ކުރިން 2011 ގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ މާލޭ ބްރާންޗްގައި ޝީޝާ ތިން ބެއިންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓެއްގައި ހުރި 18 މިލިއަން ރުފިޔާ، ވަގު ލިޔުންތަކެއް ބޭނުންކޮށްގެން އެހެން ފަރާތެއްގެ އެކައުންޓެއް ޖަމާކުރި މައްސަލައެއް ވެސް ފެންމަތިވި އެވެ. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. މިއީ 2016 އެެވެ!
މަހުދީ
10 October 2016
އެމް.ސީ.ބީ އަކީ ބޭންކެއްތާ؟ މަހީހީ. އެތާގެ އެމް.ޑީ ހައްޔަރުކުރަން ފެނޭ.
މޫސަ
10 October 2016
ތިޔަ ޗެކް ދިންމީހާވަނީ އެޗެކްގައި ފައިސާނެތުމުން ޗެކް ކްލިއަރ ނުވަނީސް އެބޭންކުން ނަގާފައި. ބަލަންވީކަމަކީ އެޗެކް ބޭންކަށް ޖަމާކުރިތޯއާއި އެކެޗް ދީފައިވާ ތާރީޚުގައި އެއެކައުންޓްގައި އެއަދަދަށް ފައިސާ ހުރިތޯ؟ އެސްޓީއޯއިން ކުންފުންޏަކަށް ދޫކުރި ތެލުގެ ލިއުންތަކުގެ ކޮޕީހުރެފައި އަސްލުތަކަށްވީ ގޮތް އާއްމުންނަކަށް ނޭގޭނެ. ހަމަ އެހެންމެ ތިޔަ ޗެކް ދޫކުރިފަރާތަކީ ކޮންބޭފުޅެއްކަމާއި މިހާދުވަހަށް ޗެކްގެ ވާހަކަވެސް ދައްކާނުލާ ޗެކް ޖަމާކުރުމަށްފަހު ޗެކް ނަގައިގެން ހުރެ ބޭންކް ލޫޓޫވާލަން ތިޔަ ރޭވި ޙީލަތްތެރި ރޭވުން ވަރަށް ސާފު
ސާބަހޭ މޮރޮޝަސް
10 October 2016
ބޭންކު ހުޅުވި ފަހުން އަދި މަސްދުވަސް ނުވޭ. 250000 ޑޮލަރ ގެ ޗެކެއް ގެއްލިއްޖެ. 17 މިލިއަން ރުފިޔާ އަށް ވީނުވީގޮތެއް ނޭގި ގެއްލިއްޖެ. އަޅެފަހެ ތީ ބާމިއުޑާ ޓްރޭންގަލް ތަ؟ ޝުކުރިއްޔާ ޗަމްޕާ ހުސެއިން އަފީފު ގައުމަށް ތިކޮށްދެއްވާ އަގުނުކުރެވޭ ވަރުގެ ޚިދުމަތްތަކަށް. މިކަންވެސް ނުފެންނަ އަޑު ނީވޭ ދިވެހިން މާދަމާވެސް 500 ރުފިޔާގެ ނޫޓު ހިފައިން ދިޔާމަ ވޯޓުދޭނެ މަހުޖަނު މީހާޔަށް. އޯކޭނު އެވަރު.
ނުރަބޯ
10 October 2016
މޮޔަނުވޭ. އެބޭންކަށް ކިޔަނީ ސީ،ބީ،އެމް.. އެމް.ބީ.ސީ އެއް ނޫން.
ޢަބްދުﷲނާފިޒު
10 October 2016
އޭނ ކީކޭ؟، ބޭންކު ހުޅުވިފަހުން އަދި މަސްދުވަސް ނުވެޔޭ!؟ އަނެއްކާ އަނެއްކަންތައް، ކޮންތާކުތޯ ތިޔަ އުޅުއްވަނީ ރާއްޖޭގަތޯ، ނޫނީ ކޮންމެވެސް އެހެން ސަހަރެއްގަތޯ؟ މިތާ މިއޮތީ މޮރިޝަސް ކޮމާސަލް ބޭންކުގެ ވާހަކަ، ލަންކާގެ ކޮމާސަލް ބޭންކުގެ ގޮއްޕެއްގެ ވާހަކައެއް ނޫނޭ، އެކަމަކުވާ ހަމަ ސާބަސް، އހ.
ހެލޯ
10 October 2016
ބުރޯ، މީ ޗަމްޕާގެ ބޭންކެއްނޫނޭ.... ޗަމްޕާ ބޭންކަކީ ކޮމާޝިއަލް ބޭންކު އޮފް މޯލްޑިވްސް
އަބްދުލް މަޖީދު އަބުދުލް ބާރީ
10 October 2016
ބޮޑު ދޮގެއް ތިކަމުގަ ތެދެއްވާނަމަ ހުރިހާ މައުލޫމާތެއް ދޭންވީނު މާފައިސާ ހުރިކަމަށް ހެދިގެން ބުހުތާން ދޮގު ނަހަދާ އެއީ ވަރަށް ބޮޑު ހަރާމް ކަމެއް
މެންޓަލިސްޓް
10 October 2016
ދެން ތިޔަޗެކްގެއްލުނީމައި އެޗެކް ކެންސަލްކޮއްފައި އެހެންޗެކެއް އިޝޫކުރިނަމަ މައްސަލަ ހައްލުވެ ތިޔަބުނާ ޖޫރިމަނާވެސް ސަލާމަތް ވީހެއްނުން ، އަނެއްކޮޅުން ޕޭމަންޓްެއެއް ލަސްވެގެން 10 މިލިއަން ޖޫރިމަނާ އަރާނީ ސޫތަށް ލާރިނަގާމީހުންގެ ވެސް އަރާތިއްބެވިބައެއްއަތުން ،،،، ސަރުކާރަކުން ޕޭމަންޓްއެއް ލަސްވެގެން ތިޔަވަރުގެ ޖޫރިމަނާއެއް ނާރާނެ ،، އަދި ރިސޯޓަކުންވެސް ނާރާނެ ،، ވީމާ ތިޔަކަމުގައި ވަރަށް ބޮޑުއޮޅުވާލުން އެބައުޅޭ ކަމަށް ފެންނާންއޮތީ ... ތިޔައީ ރާވައިގެން އެމް.ސީ.ބީ ބޮލުގައި އިލްޒާމްއަޅުވައިގެން 10 މިލިއަން ރުފިޔާހޯދުމަށް ރާވައިފައިވާ ޖަރީމާއެއްކަމަށް ބޮޑަށް ފެންނަނީ ،،
ހަސީނާ
10 October 2016
އެމްސީބީ އަކީ ވަރަށް ދޯދިޔާކޮށް ހިނގާތަނެއް. ޗެކް ގެއްލުނު މައްސަލައިގެ އިތުރުން ބޭންކުން ވަރަށް ފަހުން ބޭންކް ގެރެންޓީ ޖަހާފައިވާ ޗެކްތަކުގެ މައްސަލަތަކެއްވެސް ފެންމަތިވެގެން އެބައުޅޭ. ކުރިން ބޭންކުން ބުނީ ޗެކްގެއްލުނީ ބޭންކުގެ އިހުމާލުން ނޫންކަމަށް. އެކަމަކު ބޭންކާއި ޗެކް ހަވާލުކުރިކަން ލިޔުމުން ފެންނަންއެބައޮތް. އަނެއްކޮޅުން ބޭންކް ގެރެންޓީ ޖަހާފަައިވާ ޗެކްތަކާބެހޭގޮތުން ބޭންކުން ބުނަނީ އެއީ ބޭންކުގެ ގެރެންޓީ ތައްގަނޑެއް ނޫންކަމަށް. އާޚިރުގައި މިކަންވެސް ނިމިގެންދާނީ އެއީ ބޭންކްގެ ސައްހަ ތައްގަނޑެއްކަމަށް. އަދި މިޗެކްތަކަށްވެސް ބޭންކުން ޒިންމާވާންޖެހޭނެ.
މޫސަ
10 October 2016
އެމްސީބީ އަކުން ގެރެންޓީ ދެނީ އެބޭންކުގެ ޗެކަކުން، ތައްގަޑަކުން ނޫން. ވަރަށް ރަގަޅަށް އިނގޭތީ މިބުނީ
ނިޝާން
10 October 2016
މޫސައަށް މާބޮޑަށް އެނގެނީ. މަށަކީ އެ ބޭންކްގެ ކަސްޓަމަރެއް. މަގޭ ޗެކެއްގަވެސް އެއްފަހަރު ބޭންކް ގެރެންޓީ ސްޓޭމްޕް ޖަހާދިން.
ހަސީނު
10 October 2016
ބެންކް ގެރެންޓީ މައްސަލައިގައިވެސް އެޚަބަރު ހާމަނުކޮށްވަނީ ބެންކުގެ އެދުމަކަށް ކަމަށްވޭ. އެއީ ބެންކްގެ އަގުވެއްޓި ވިޔަފާރިއަށް އޭގެ އަސަރުކުރާނެތީ. އެކަމަކު މައްސަލަޔަކަށްފަހު މައްސަލަޔެއް މިހިރަ ދަނީ ފެންމަތިވަމުން. ޝަރީއަތާހަމައިން ހުރިހާ މައްސަލައެއްވެސް ތިލަވާނެތާ.
ޓްރީޓް ބޯއި 08
10 October 2016
އުމަރު.. ކޮބާ ޔަޤީންކަމަކީ، އެއީ އަދި ސައްޚަގޮތައް ކޮށްފައިވާ ކަމެއްކަމުގަ؟ އެހެން ބުނީ. ޗެކް ގެ ފަހަތުގައި ތައްްްގަނޑު ނުޖަހާކަން އެނގީތީ
މާބޮޑަށް އެނގޭ
10 October 2016
އެއްވެސް މީހަކަށް ނޭންގުނެއްނު؟ ތިބުނާ ގެރެންޓީއެއް ދޫކުރާ ބޭންކެއްވެސް ނޫން ތީ.
ހޫތު
10 October 2016
ތިބޭންކް ގެރެންޓީ ޖަހާފައިވާ ޗެކްތަކަކީ ފެނަކައިގެ ޑޮލަރު ގޭސްގަނޑުގެ ތެރޭގައި ހިމެނޭ ކަމެއް. ގުޅިގެން އެންމެން ހިންގާ ޖަރީމާ ހައްތާވެސް!
އުމަރު
10 October 2016
ޗެކު ގެއްލި ފައިސާގެއްލުމުން ބެންކުން އެނގޭނެ ކާކުކަން އެކަންކުރީ، އެވަރު ތަހްގީގުނުކުރޭ ގައުމެއްތޯ މިއީ
އަލިދީދީއައްޑޫސިޓީ
10 October 2016
އެކަން ނޭނގެނީ އެއް ނޫނޭ. ފައިސާ ބެންކުން ނެގިއްޔާ ނެގިމީހަކާ ނެގިއިރަކާ ވެސް އެނގޭނެ. އެކަމަކު އެވާހަކަ އާންމުކޮށް ދެއްކުމަކީ، ބެންކުގެ އަބުރު ކަތިލެވި އަގު ވެއްޓޭނެ ކަމަކަށްވާތީވެ، ބެންކުގެ އޮފިޝަލުން އެވާހަކަ ނުދައްކާނެ. އެއީ ޕޮލިސީ. ތަޙްގީގު ކުރާ ބަޔަކު ކޮށްފައި އެކަން ހާމަކުރުމަކީ، ތަހްގީގީ އިދާރާތަކުގެ މޭންޑޭޓު ގައި ހިމެނޭ ކަމެއް އެފަރާތުގެ ޒިންމާއެއް.
މޫސަ
10 October 2016
އުމަރު ދައުވާ ކުރިފަރާތުގެ އެކައުންޓްގައި ފައިސާ ހުރެގެން ނޫންތޯ ފައިސާ ގެއްލޭނީ. ތިޔައީ ވަރަށް ޙީލަތްތެރި ރޭވުމެއް.
ބަލިދީދީ
10 October 2016
އަލިދީދީ ދެން ދާންވީނު އޮރެންޖް ތޮށިކައިފަ މާލޭގެ މަގުތަކަށް އަޅަން. ތިމާ އުފައްދާ ކުނި އެހެންބައެއްގެ ތެރެއަށް އަޅަން ގޮވާ ނާތަހްޒީބު މީހުންނަށް މިކަހަްލަ ކަންކަމުގައި ކޮމެންޓް ކުރާކަށް ނޭންގޭނެ.