ފެނަކަ ފުވައްމުލަކު އިންޖީނުގެ: ފެނަކަ އިން ޑޮލަރު ގަންނަން ދޫކުރި 17 މިލިއަން ރުފިޔާ އެ ކުންފުންޏަށް އަދި ނުލިބޭ. --ފެނަކަ ފުވައްމުލައް
10 އޮކްޓޯބަރ 2016 - 11:37
ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏެއް މެދުވެރިކޮށް ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން ވެގެން ދިން 17 މިލިއަން ރުފިޔާ އަށް ވީ ގޮތް ނޭނގުމާއި ޑޮލަރު ވެސް ލިބޭ ގޮތް ނުވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އިން ތަހުގީގުކުރަން ފަށައިފި އެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ އެ މައްސަލާގައި ފުލުހުންގެ ތަހުގީގުގެ އިތުރުން، އޭސީސީން ބަލަމުން އަންނަނީ ނުފޫޒުން ކޮރަޕްޝަންގެ އެއްވެސް ކަމެއް ހިންގާފައި ވޭތޯ ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި 17 މިލިއަން ރުފިޔާގެ ޗެކެއް، ލޯންޗް ދުއްވާ ކުންފުންޏަކަށް ފެނަކައިން ދޫކުރީ 15.42 ގެ ރޭޓުން ޑޮލަރު ގަތުމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކަ އަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގަ އެވެ. އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ތިން ޗެކު ވެސް ބައުންސްވި ހިސާބުންނެވެ.
އެ މައްސަލާގައި ލޯންޗުގެ ހިދުމަތް ދޭ ކުންފުނީގެ އިސް ވެރިއަކު ހައްޔަރުކުރި އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި، އޭނާ މިހާރު ވަނީ ގޭބަންދަށް ދޫކޮށްލައިފަ އެވެ.
ފެނަކަގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިދިޔަ ހަފުތާގައި ވިދާޅުވީ އެ ކުންފުންޏަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން 17 މިލިއަން ރުފިޔާ ދޫކުރީ އެ ކުންފުނީގެ ބޯޑުން ނިންމައިގެން ކަމަށެވެ. އެ ފައިސާ އަށް އަދިވެސް އެ ޑޮލަރު ނުލިބޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޝަރީފް ވިދާޅުވެފައިވާ ގޮތުގައި އެކަމުގައި އިހުމާލުވަނީ ކޮން ބައެއް ކަން އެނގޭނީ ތަހުގީގަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނދުން އެޅުން
10 October 2016
ކާބޯ ތަކެތީގަ މަތިޖައްސަވާ ގޮތަށް ތި ފަދަ ހުރިހާ މައްސަލަ އެއް ޙާއްސަކޮށް މިސަރުކާރުން ހިންގާ ހުރިހާ ޖަރީމާ އެއްގައި މަތި ޖައްސަވަމުން ކުރިޔަށް ބަޔަކަށް މި މައްސަލަ އެއް ނުބެލޭނެ.
އަހްމަދު
10 October 2016
ކިއެއްކުރަންތޯ ބަލަނީ ބަލާނެކަމެއްނެތް. ނަޒާހތްތެރި ފްލެޓާއި ހަދިޔާގެ ފައިސާ އާއި މަޖާކުރުމުގެ ޕިކްނިކް ދަތުރުތައްކުރެވޭތޯ ބައްލަވާ ވާޖިބު އަދާކޮށްނިމުނީ.
މަހުދީ
10 October 2016
17 މިލިޔަން ރުފިޔާ 15.42 ގެ ރޭޓުން އެއްމިލިޔަން ޑޮލަރުގަންނަން، ދެކޮޅުދިމާނުވާ ހިސާބެއް! ކިހިނެއްބާމިވީ، ކޮންނަމެއްކިޔާ ލޯންޗު ކުންފުންޏެއްބާ، ކީވެބާ ނަންނުބުނެވެނީ، އެކުންފުނީ އަދި ބޭރުފައިސާމުވާމަލާތްކުރުމުގެ ހުއްދައޮވޭބާ އެމް އެމް އޭ އިންދީފަ؟ މިކަންކަމަށްބެލިބާ ފެނެކައިގެ ވެރިން؟ ކީވެބާ ފެނަކއިގެ ވެރިންހައްޔަރުނުކުރީ؟
ވައްކަން
10 October 2016
މިގައުމުގަ ވައްކަން ނުކުރާތަނެއް މިސަރުކާރުގަ ނެތޭ. ރައީސް ނަޝީދު އެންމެ ފަނޑިޔާރަކު ވަގަށްނެގީމަ މައްސަލައަކީ..
އަހްމަދު
10 October 2016
ދީނަށްޓަކައި ޤައުމަށްޓަކައި އުޅުނުމީހުން މިހާރު ޤައުމުގެ ބައިތުލްމާލް ކައިހުސްކުރީމާ ވެސް ރަގަޅު ސުކުރިއްޔާ
މެންޓަލިސްޓް
10 October 2016
ތިޔަމައްސަލައެއް އޭސީސީއަކަށް ނުބެލޭނެ ،،، ސަބަބަކީ ޕީޕީއެމްގެ އެއްވެސް ވައްކަމެއްގެ މައްސަލައެއް އޭސީސީއަށް ބެލޭކަށް ނޯންނާނެ ، ޕާލިމެންޓްމެޖޯރިޓީއޮތީ އެމީހުންއަތުގައި ،،، އެމީހުން ބޭނުންވީމައި އޭސީސީއެއްކޮށް ވެސް ނޯކޮންފިޑަންސް ނެގިދާނެ ،، ،،، ވީމާ ފޮނިނުކެނޑުން އެދެން
އަޑީބް އެންޑް ބަދީއް
10 October 2016
ދެން ވާނުވާއެއް ނޭންގޭނެ. ތިރުފިޔާ ދެކުނު މީހަކުވެސް ދެން ނުހުންނާނެ.
ޣުޔާ
10 October 2016
ވަގުން ތައް ހައްޔަރުކުރީމަ މިބާވަތުގެ ކަތައް ހުއްޓޭނީ.