ޚަބަރު / އަބްދުﷲ އަމީން، ކުރީގެ ހެލްތު މިނިސްޓަރު

ބޭރުގައި ތިބި ދިވެހި ހުރިހާ ސިއްހީ ފަންނުވެރިންގެ އެހީއަށް މިނިސްޓަރު އަމީން އެދިވަޑައިގެންފި

ހެލްތު މިނިސްޓަރު އަމީން (މ) ޑރ. މޫސާ ހުސައިން (ކ) އާއި އައިޖީއެމްއެޗުގެ ސީއީއޯ ސަލީމްއާ ރޭ ދަރުބާރުގޭގައި މަޝްވަރާ ކުރައްވަނީ.

ރާއްޖެ އިން ކޮރޯނާވައިރަސް ފެނި، އެ ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކަށް، ބޭރުގެ ގައުމުތަކުގައި ތިބި ދިވެހި ހުރިހާ ސިއްހީ ފަންނުވެރިން އެހީތެރިވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު އެދިވަޑައިގެންފި އެވެ.

ހެލްތު މިނިސްޓްރީން ކުރި ޓްވީޓުގައި ބުނީ، ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި، ބޭރުގައި ތިބި ދިވެހި ޑޮކްޓަރުންނާއި ސިއްހީ އެހެން ދާއިރާތަކުގެ މަސައްކަތްތެރިން ގުޅުމަށް މިނިސްޓަރު އަމީން އެދިވަޑައިގެންފައިވާ ކަމަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް ޓީމަށް އެހީތެރިވުމަށް، ނޭޕާލުގައި މެޑިސިން ކިޔަވާ އަދި މަސައްކަތް ކުރާ ދިވެހި ޑޮކްޓަރުން ރާއްޖެ ގެންނަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން އެއް ޓީމު މިރޭ އަދި އަނެއް ޓީމު މާދަމާ އަންނާނެ އެވެ.

ނޭޕާލުގައި ތިބި މިހާރު ކިޔަވަން ތިބި ޑޮކްޓަރުންގެ ތެރެއިން، ޑޮކްޓަރުކަމުގެ ލައިސަންސް އޮތް އަދި ސްޕެޝަލައިޒް ވުމަށް ކިޔަވާ 40 އަށް ވުރެ ގިނަ ޑޮކްޓަރުން އެބަ ތިއްބެވެ. އަދި މެޑިސިން ކިޔަވައި ނިންމައި އިންޓާންޝިޕް ހަދާ ދަރިވަރުން ވެސް ހިމެނެ އެވެ.

ހެލްތު މިނިސްޓްރީގެ ޓުވީޓް

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ ނޭޕާލްގައި ދިވެހި ދަރިވަރުންނާއި ޑޮކްޓަރުން މަސައްކަތް ކުރާ ޔުނިވާސިޓީތަކަށް، އެ ދަރިވަރުންނަށް "އިމަޖެންސީ ލީވް" ފޯރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

އެކަމަށް އެދި އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެ އޮތް ހާލަތުންނާއި އެކަމުގެ ސަބަބުން ކޮށްފާނެ އަސަރަށް ވިސްނައި ސިއްހީ ހުރިހާ ފަންނުވެރިން ހިދުމަތަށް ނުކުތުމަށް ރާއްޖެއިން ގޮވައިލާ ކަމަށް ވިދާޅުވި އެވެ.

ނޭޕާލްގައި ތިބި ދިވެހިން ރާއްޖެ އަންނަން ފުރަން ހަމަޖައްސާފައިވަނީ އެ ގައުމުގެ ގަޑިން މިރޭ 9:00 ގަ އެވެ.

ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގައި ސިއްހީ ހުރިހާ މަސައްކަތްތެރިން ބައިވެރިވުމަށް މިނިސްޓަރު އަމީން ވަނީ މީގެ ކުރިން ވެސް ގޮވާލައްވައިފަ އެވެ.

އޭނާ ވިދާޅުވީ ބަލި ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގެ އެންމެ ބޮޑު ކާމިޔާބީއަކަށް ވާނީ އެ ބަލި ފެތުރޭ މިންވަރު ލަސްކުރުން ކަމަށެވެ. އެކަމުގައި މިހާރު ވަޒީފާގައި ތިބި އަދި ސިއްހީ ދާއިރާއިން ދުރަށް ޖެހިފައި ތިބި މީހުން ވެސް ނުކުތުމަށް އޭނާ އެދިވަޑައިގަތެވެ.

ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯހުގެ ބޭފުޅުންނާ ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.

އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވެސް ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، ވަޒީފާ އަދާނުކޮށް ގޭގައި ތިބި ސިއްހީ ފަންނުވެރިން، ދަރުމަވެރިންގެ ގޮތުގައި ނުކުމެ ޚިދުމަތްކުރުން ވަރަށް މުހިއްމު ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ބަލީގެ 13 މީހަކު ފެނިފައިވާއިރު އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. އެހެންވެ އެ ބަލީގައި މިހާރު ފަރުވާ ފެމުން އަންނަނީ 10 މީހަކަށެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

އަދި އެއްވެސް ފަރުވާއެއް ހޯދިފައިނުވާ ކޮވިޑަށް ރާްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ފުރަތަމަ ދެ މީހުން ރަނގަޅުވިކަން ސަރުކާރުން އިއުލާންކުރީ ރޭގަ އެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން އައި އިޓަލީގެ އެ ޓޫރިސްޓު ދެމަފިރިންގެ ތެރެއިން އެންމެ ބޮޑަށް ހާލު ގޯސްވީ އުމުރުން 72 އަހަރުގެ ފިރިހެން މީހާ އެވެ. ބަތަލާ އައިލެންޑް ރިސޯޓުގެ ދެ ޓޫރިސްޓުން ރަނގަޅު ވިޔަސް އިތުރަށް މޮނީޓާ ކުރުމަށް އައިސޮލޭޝަންގައި ބައިތިއްބަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެ ބަލި 185 ގައުމަކަށް ފެތުރިފައިވާއިރު މިހާތަނަށް 282،742 މީހުންނަށް ޗައިނާގައި އުފަންވި ރޯގާ ޖެހިފައި ވެ އެވެ. އޭގެ ތެރެއިން 93،450 މީހުން ބަލިން ރަނގަޅުވެފައިވާއިރު 11،820 މީހުން މަރުވެފައި ވެ އެވެ.

21 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 15%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޯވީ

22 March 2020

މެޑިކަލް ސްޓޫޑަންޓުންތޯ ނުވަތަ ސްޕެޝަލައިޒްވާން ގޮސް ތިބި ދިވެހި ޑޮކްޓަރުންތޯ ގެންނަނީ؟ މެޑިކަލް ސްޓޫޑަންޓުން އިންޓާންޝިޕް ނުހަދަނީސް ހޮސްޕިޓަލުގައި ޕޭޝަންޓުން މެނޭޖް ކުރުވުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މަނާ ކަމެއް.

The name is already taken The name is available. Register?

ކިނބޫ

21 March 2020

ޖީއެމްއާރަށް އެއަރޕޯރޓް ދިން ބިރުވެރި އެގްރިމެންޓްގަ ސޮއިކުރި ނުރައްކާތެރި މީހާ ތިތަނުން ފޭކުރޭ. އެކަންވެސް ކުރާނީ ކޮށިއަރުވާލީމަތަ؟

The name is already taken The name is available. Register?

ނުލަފާހަ

22 March 2020

ކައެގެ ލަދަކީ ކޮބާ

The name is already taken The name is available. Register?

އެސްކޮބާރ

21 March 2020

ވަރަށް ރަގަޅު ކަމެއް. ދެން މިހާލަތުން އަރައިގަނެވުމުން މިޑޮކްޓަރުން ކިޔަވަން ސަރުކާރުގެ ޚަރަދުގައި ޖާމަނީ، ޔޫކޭ އަދި އޮސްޓްރޭލިއާއަށް ފޮނުވާން ޖެހޭ. މިހާރު ދިވެހި ކުދިން ޑޮކްޓަރީކަން ކިޔަވަންދާ ގައުމުތަކުގެ ބަދަލުގައި ސަރުކާރުގެ ޚަރަދުގައި ދުނިޔޭގެ އެންމެ މޮޅު ޔުނިވާސިޓީތަކުން ކިޔެވޭނެ ގޮތް ހަދަން ޖެހޭ. ގައުމަށް ވަންނަ ފައިސާ ސިއްހީ ޚިދުމަތްތެރިން ބިނާކުރަން ހޭދަކުރުމުގެ މުހިއްމުކަން މިހާރު ވިސްނޭނެ

The name is already taken The name is available. Register?

ކެކެކެ

21 March 2020

ދުނިޔޭން ބޭރުން ކިޔަވައިދޭ ބައެއް މީ.

The name is already taken The name is available. Register?

2000

22 March 2020

ޔާމީން މާސްޓަރ ސިކުޑިން އުފެއްދި ޑޮކްޓރ

The name is already taken The name is available. Register?

falcon_autho

22 March 2020

ޖާމަނީ ޔޫކޭ އޮސްޓްރޭލިއާއޭ ތިކިޔަނީ އެއީ މާމޮޅު ބައެއްތަ؟ ބަލަ އެތަންތަނުގައިވެސް ގިނަވާނީ އިންޑިއާ ޗައިނާ، ނޭޕާލް، ބަންގްލާދޭޝް އީރާން ފަދަ އޭސިއާގެ ގައުމުތަކުގެ ޑޮކްޓަރުން. ޔޫރަޕާއި އެމެރިކާ ނޫން ގައުމުތައް ކުރިއެރިޔަނުދޭން ފައިވިއްދާފައި އެމެން ތިއްބަސް ދެން އެކަމެއް ނުވާނެ. ކަލޯމެންގެ ވިސްނުން ކޮށިކަމާއެ.

The name is already taken The name is available. Register?

ދިވެހިރައްޔިތެއް

21 March 2020

ކޯވިޑުގެ ޕޮޒިޓިވް މީހުންދަނީ ރަގަނޅުވަމުން. ޕޮޒިޓިވް މީހަކު ނެތްތާ 4 ދުވަސް. އެކަމަކު ކޮންމެދުވަހަކުވެސް މިއަނަނީ އެއްޔެއަށް ވުރެންބޮޑު ފިޔަވަޅެއް މިއަދު އަޅަމުން. މިއީކުވޭޝަންގެ ދެކޮޅު ދިމަލެއްނުވޭ. އަންނޯންފެކްޓަރ އެއްއެބައުޅޭ. ވާނުވާ ސާފުވުން މުހިއްމު.

The name is already taken The name is available. Register?

ވިސްނަބަލަ

21 March 2020

ވާނުވާ ސާފުވާނި ބޮލުގަ ތެތްކަމެއް ހުރެގެން. މީހުން ރަނގަޅުވިޔަސް، ބަޔަކު ޕޮސިޓިވް ނުވިޔަސް ކަމެއްނުކޮށް މަޑުން ތިބެވޭކަށް ނޯންނާނެ. އަދިވެސް އަމާން ބަނދަރަކަށް ދެވުނީކީނޫންމި 3 މީހުން ރަނަގަޅުވިޔަސް. އަދިވެސް ހަމަ ގޯސްހާލަތަކަށް ގޮއްސާނެކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ތިބެންޖެހޭނި.. ކަމެއް ގޯސްވިޔަސް ސަރުކަރުން 3 މީހުން ރަނގަޅުވީމަ އަޅާނުލާ ތިބެގެން ފަސޭހަ ކޮއްލިއްޔޭ ގޮވާނީވެސް ތި ބޮލުގަ ތެތްކަމެއް ނެތް ބައިގަނޑު ހަމަ ދެންވެސް.

The name is already taken The name is available. Register?

ބޮޑުމީހާ

21 March 2020

ސްކޫލްތަކާއި، ހޮޓާތައް، މިސްކިތްތަކާއި އޮފީސްތައް ބަންދުކޮށް، ސޯޝަލް ޑިސްޓެންސް ގެންގުޅުމަކީ މިކަމުން ސަލާމަތްވާން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކެއް. މިކަން މިހެން އޮއްވާ އިތުރު އެއްވެސް ކޭސްއެއް ނުފެންނަނީސް ބޭރުގައި ކިޔަވަން ތިބި ބަޔަކު ގެންނަން މަސައްކަތްކުރާތީ ސުވާލު އުފެދޭ އަނެއްކާ ސަރުކާރުން މިކަމުގެ ހަގީގަތް އޮޅުވާލަނީތޯ!

The name is already taken The name is available. Register?

އެސްކޮބާރ

21 March 2020

ސަރުކާރުން ހަގީގަތް އޮޅުވާލަނީކީ ނޫން. މިބައްޔަކީ ގޮތްނޭގޭ ބައްޔެއް. މިހާރު ޕޮޒިޓިވް ކޭސްއެއް ނެތަސް ހަފުތާއެއްހާ ފަހުން ޕޮޒިޓިވް ކޭސްތައް ގިނަވެދާނެ. އެންމެ ނުބައި ހާލަތަށް ތައްޔާރުނުވެ ތިބި ގައުމުތައް އެދަނީ ބޮޑި ބޮމުން. އެމެރިކާއާއި އިގިރޭސިވިލާތް. މިބަލި އާދައިގެ ބައްޔަކަށް ހަދައިގެން އުޅެނީ ދުނިޔޭގެ ތިން ލީޑަރުން. އެމެރިކާގެ ޓްރަމްޕް، އިގިރޭސި ވިލާތުގެ ޖޯންސަން އަދި ރާއްޖޭގެ ނަޝީދު.

The name is already taken The name is available. Register?

ރާއްޖެތެރެ 19

21 March 2020

ރާއިސް ސުކޮލްގ ، ރައްޔިތުންގެ ފައިސާއިން ކިޔަވާގެން ، އެނބުރި ގައުމަށް ހިދުމަތްކުރަން ޑަކުޓަރުން ނާންނަކަން ދައުލަތަށްވެސް އެނގޭ. ކިޔަވާ ނިމިގެން ބޮންޑު ހަމަނުކޮށް އެތާގައި ދިރިއުޅުންފަށާ، ވަޒަންވެރިވެގެން ތިބުން އޭއީ ދެރަކަމެއް. އެނބުރި ގައުމަށް އައިސް ހިދުމަތްކޮށްދީ، ގައުމު އެދި ގޮވަނީ ދިވެހި ގާބިލު ދަރިންނަށް. ކަންކަން އިސްލާހުކުރެވެން އޮތީ އިލްމީ ކުދިން އެނބުރި އައިސްގެން. ގޮންޖެހުން ތަކާއެކެ ކަންކަން އިސްލާހުކުރަން ކެރިގެން ގައުމަށް އާދޭ.

The name is already taken The name is available. Register?

މީމްމމމމމމައއ

22 March 2020

ޔަގީނުންވެސް ބުނަން ކެރޭނެ އޭގެތެރެއިން 90% ދަރިވަރުން އިތުރަށް ކިޔަވަނީކަ މުގަ/ސްޕެޝަލައިޒްވަނީ ކަ މުގަ. ޢެ ދަރިވަރުންނަށް މާ ފަސޭހައެއް ނުވާނެ އެގައު މުތަކުގެ ހޮސްޕިޓާ ތަކުގަ އުޅޭކަށް. ޢެ ގައު މުތަކުގެ ހަބަރުތައް ބަލައިފި މީހަކަށް މިކަން އިނގޭނެ.

The name is already taken The name is available. Register?

އަންކަލޯ

21 March 2020

ސާބަހޭ މިނިސްޓާ! މިހަކު މިނިސްޓަރ ބަޖިޔާ ކޭ ވަހަކަ ދެއްކީ އޭނާގެ އަންޕޮރޮފެޝަންލް ކަމުން، ތަފާތު ކުރުމެއްނެތި ހުރިހާ ސިއްހީ ހިދުމަތްތެރިނަށް ތިޔަ ދެއްވާ ފުރުސަތަށް ސެލިއުޓް ކުރަން

The name is already taken The name is available. Register?

ނަމްބަރސް

21 March 2020

މިނިސްޓަރު އަމީން ތިޔާހެން ވިދާޅުވުން އެކަނި އެމެން ނާންނާނެއޭ ވަކި ލޮބީ ގްރޫޕެއް ނަގައިގެން އެމެންނަށް ލޮބީ ކޮށް ގެން މެނުވީ އެމެން ނާންނާނެއޭ އަދި އެމެން އައުމުން ކޮންމެ މީހަކަށް ހުޅުމާލޭން 2 ހާސް އަކަފޫޓްގެ ގޯއްޗެއް ހިލޭ ދޭންވީއޭ އެއިރުން ގައުމުން ވެސް އެމެންނަށް ކަމެއް ކޮށް ދެވުނީއޭ ހުޅުމާލެ އެއީ އެތާގެ އެމްޑީ ސުހައިލްގެ އަމިއްލަ ތަރިކަ މުދަލެއް ކަމަށް ނުދެކެމޭ ހީ ގޮޓް ދަ ކޮރަޕްޓް ނަމްބަރ ކޮރަޕްޓް ނަމްބަރސް އޮން ދަ ޑާންސް ފްލޯރ..

The name is already taken The name is available. Register?

ބުހުތާން ޓައްޕު

21 March 2020

ގައުމު މިހާ ބޮޑު އަނދަވަޅެއްގެ ތެރާގައި އޮތް އިރުވެސް ކަލޭ ތި ބަލަނީ ހިލޭ ގޯއްޗެއް ލިބޭތޯ. ކަލެއަށް ތި އޮތީ ރަނގަޅަށް ގައުމަށް ހިދުމަތް ކޮށްދެވިފައި!

The name is already taken The name is available. Register?

ސުޕް

21 March 2020

މިއީ ބައްޔެއްގެ އަސަރު ހުރި މީހެއްހެން ހާދަހީވެއޭ ސިޔާސީ ބައްޔަކާ ބޮޑަށް ވައްތަރީ

The name is already taken The name is available. Register?

ހޫން

21 March 2020

އާދޭކޮށް އަޅުވެތި ވާކަށް ނެތީން. ނަޔަސް އޯކޭ. ވ ސަލާމް

The name is already taken The name is available. Register?

އިކްރާމް

21 March 2020

ހުރިހާ ސިއްހީ ހިދުމަތްތެރިން އަވަސްވެގަނޭ! ތިޔަ އެންމެ ބޭފުޅުންގެ މަސައްކަތުގައި ﷲ ބަރަކާތްލައްވާށި!

The name is already taken The name is available. Register?

ލީޑަޝިޕް

21 March 2020

އަމީނުގެ ލީޑަޝިޕް ތަފާތުވަނީ މިހެންވެ. ޓެކްނިކަލް ޓީމަށް ޖާގަ ދޭންޖެހޭ ވަގުތު އެމީހުންނަށް އެ ފުރުސަތު ހުޅުވާލަން އެނގޭ. ބޮޑާވެ ކިބުރުވެރިވެގެން މާ މިނިސްޓަރު ވެގެން އެއްވެސް މީހަކަށް ޖާގަ ނުދީ މުޅި އޮޑީގައި ހަސަނުގެ ދެފައި ނުގެންގުޅޭ. އަލީ ވަހީދުވެސް ރައްޔިތުން ބަލައިގަންނަ މީހަކަށްވާން ބޭނުންނަމަ ބޮޑާ ގޮތްގަނޑު ދޫކޮށް މި ތަފާތުތައް ދަނެގަންނަން އެބަޖެހޭ< އެންމެންނާ ގުޅިގެން ގައުމައިގެން ކުރިއަށް ދެވޭނީ. އަމީނުގެ ނަމޫނާ މޮޑެލްއަށް ސާބަސް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454