އިދިކޮޅު ކޯލިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ: ސަރުކާރުން ވިޔަފާރިތަކަށް ގަސްދުގައި ގެއްލުންދޭ ކަމަށް އެ ކޯލިޝަނުން ބުނޭ -- މިހާރު ފޮޓޯ/ހުސެއިން ވަހީދު
27 މާޗް 2020 - 12:10
އަމިއްލަ ވިޔަފާރިތައް ހިމާޔަތް ކުރުމުގެ ބަދަލުގައި ސަރުކާރުން ވިިޔަފާރިތަކަށް ގަސްދުގައި ގެއްލުން ދެމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން އެގޮތަށް ބުނީ ނިއު ޕޯޓް ވިއު ހިންގާ އިމާރާތަށް ސަރުކާރުން ވަދެ، އެ ތަން އިއްޔެ ބަންދު ކޮށްފައި ވަނިކޮށެވެ. ނިއު ޕޯޓް ވިއުގެ ކުލީގެ މައްސަލައިގައި އެ ތަނުގެ އެއްބަސްވުން މިދިޔަ އަހަރު ބާތިލް ކުރުމަށް ފަހު، އިއްޔެ ޕްލޭނިިން މިނިސްޓްރީން ވަނީ އެ ރެސްޓޯރަންޓަށް ވަދެ، އެ ތަން ބަންދުކޮށްފަ އެވެ.
އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ވަނީ އިގްތިސާދީ ހާލަތު ދަށްވަމުން ދާއިރު، އަމިއްލަ ވިޔަފާރިތައް ހިމާޔަތް ކުރުމުގެ ބަދަލުގައި ސަރުކާރުން ވިޔަފާރިތަކަށް ގަސްދުގައި ގެއްލުން ދެމުންދާ ކަމަށް ފަހަކަށް އައިސް ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން، އަމިއްލަ ފަރާތެއްގެ ވިޔަފާރި ހިންގާ އިމާރާތަކަށް ސަރުކާރުން ވަދެ، އެ ތަނުގައި ހުރި މުދަލަށް ގެއްލުން ދީފައިވާ ކަމަށާއި އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.
އެ ކޯލިޝަންގެ ބަޔާނުގައި ވަނީ، ކޯޓުތަކުން މުޅިން ނުނިމި ހުރި މައްސަލަތަކުގެ ތެރެއަށް ސަރުކާރުން ވަދެ، އަމިއްލަ ފަރާތްތަކުގެ މުދަލަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ އަމަލުތައް ވަގުތުން ހުއްޓާލަން ގޮވައިލާ ކަމަށެވެ. އަދި ނިއު ޕޯޓް ހިންގާ ސްޓްރާޑާ ކުންފުނީގެ މަސްލަހަތު އޮންނަ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒަކީ ސޯޝަލް މީޑިއާގައި ސަރުކާރަށް ބިނާކުރަނިވި ގޮތެއްގައި ފާޑު ކިޔަމުންދާ ފަރާތެއް ކަމަށާއި ކަންކަން ރަނގަޅު ކުރަން އޭނާ ސަރުކާރަށް ނަސޭހަތްތެރިވަމުން ގޮސްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ޑިމޮކްރަސީއެއްގައި ސަރުކާރަށް ފާޑުކިޔަމުން ދިޔަޔަސް، އެކަންކަން ސަރުކާރަށް ހަޖަމު ނުވެ މީހުންގެ މުދަލަށް ގެއްލުން ދިނުން ފަދަ ނާތަހުޒީބު އަމަލުތައް ހިންގުމަކީ ޑިމޮކްރަސީ ނެތިކޮށްލަން ހިންގާ އަމަލުތަކެއް ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ. އަދި ކޮންމެ ސަރުކާރެއް އޮތަސް، ފާޑުކިޔުން އަންނާނެ ކަން އެނގި ތިބެ އެކަންކަން ބަލައިގަތުމަށް ގޮވައިލި އެވެ.
ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި ވަނީ، ކޯޓުތަކުން މުޅިން ނުނިމި ހުރި މައްސަލަތަކުގެ ތެރެއަށް ސަރުކާރުން ވަދެ، އަމިއްލަ ފަރާތްތަކުގެ މުދަލަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ އަމަލުތައް ވަގުތުން ހުއްޓާލަން ގޮވައިލާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެ ބިން ސްޓްރާޑާ ކުންފުންޏަށް ދޫކުރީ ބްރިޖް އަޅާ މަންޒަރު ބަލާ ޕްލެޓް ފޯމެއް ހެދުމަށާއި ރެސްޓޯރެންޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމަށެވެ. އެކަމަކު އެތަނުގެ ކުލި ނުދެއްކުމުން ސަރުކާރުން މިދިޔަ އަހަރު ވަނީ އެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން އަންގައިފަ އެވެ. އަދި ސިވިލް ކޯޓުން މިދިޔަ އަހަރު ވަނީ އެ ތަނުގެ ކުއްޔަށް 1.1 މިލިއަން ރުފިޔާ ދެއްކުމަށާއި ބިން ހަވާލުކުރަން ސްޓްރާޑާގެ މައްޗަށް އަމުރުކޮށްފަ އެވެ. އެކަމަކު އެ ކުންފުނިން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުވާ
31 March 2020
ރަހީމްބެ މެން ނުވާނެ ރަގަޅެއް.
މަޒް
29 March 2020
ނިއު ޕޯޓަކީ ރައްޔިތުންގެ ވިޔަފާރި. ޜައްޔިތުންގެ ފައިސާއިން އަޅާހުރި ތަންތަން އެއީ.. ވީމާ ރައްޔިތުން ބޭނުންވީމާ ބަންދުކުރެވޭނެ.. ވައްކަން ކުރިއިރު ވިސްނާ ނުލަން ދޯ މިދުވަސް އަންނާނެ ކަމަށް
ގުދުގުދާ
29 March 2020
އަދުރޭ މެން އެސްޓީއޯގައި އުޅުނުއިރު 3 ގަނޑު ޓިނައްވެސް ގެއްލުންދިން! ދެއްލުންދިނުމުގެ ސަބަބުން އެތިންގަނޑަށް ވީގޮތްވެސް އަދިއަދާ ހަމަޔަށް ނޭގުނު!
ސުލެއިމާން
28 March 2020
އަދުރޭ ކޮންހޮޅިވާހަކަތަކެއް މިހާރު. އަނގަނުތަޅާ ގޭގަ މަޑުންއޮވެވޭތޯބަލާ.
ރއސ ޔމނ
28 March 2020
ކޮބަޔޯ މޯޓިވް އަކީ؟
ނަމަ
28 March 2020
ބަލަ މިތިބި މީހުންނޭ. ހަމަ ގަސްތުގަ ވިޔަފާރިތަކައް ގެއްލުންދީގެން ވެސް ރައްޔަތުން ސަލާމަތް ކުރީމަދޯ ފަހުން ތިޔަ ބުނާ ވިޔަފާރިއެއް ވެސް ކުރެވޭނީ
ކޮތަރު
28 March 2020
އަދުރޭގުޅާފަ ބުނިގޮތަށް އެހެދީ.
އަސްތާ
28 March 2020
ފުރަތަމަ، ނިއުޕޯޓުބް ސަރުކާރަށް ދަށްކަން ހުކުމްކުރި ލާރި ދައްކާފިތަ؟ ދެން އެއީ މިހާރު ސަރުކާރަށް ނަގާފައިވާ ތަނެއް ހޮޅުވާހަކަ ނުދައްދާ... ކަލޭނެންބުބާހާއެްްޗެއް ޖަހާނީ މިހާރު ނޫހުގަ އާ ވަގުތުގަ....
އަހުމަދުބޭ
28 March 2020
ތިޔަ އުޅޭ ޒާހިދުކައިރީގައި ބުނެބަލަ ތަނަށްދަންކަންޖެހޭ ކުލިދައްކަބަލައިށޭ އެއަށްފަހު ވާހަކަ ދައްކާށޭ، ތިޔައުޅެނީ ކުދިވިޔަފާރި ފުޑޭތީ ކީނޫން ތިބެތިބެ ސަރުކާރަށް ބަހެއްބުނެލާނެ ފުރުސަތެއް ލިބުނުހެންހީވީމާ ލަވާހަޅޭކެއްތީ އެކަމަކު ތިން ބަލައިގަންނަބަޔަކު ނެތް އަދުރޭމެން ނޫނީ
ހަސަދު
28 March 2020
މިތިޔަބަޔެއް. ގައުމަށް ޖެހުނު ނޮހޮރުއްޕާނެއް.