ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ހާލަތު ބައްލަވަނީ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކު މިވަގުތު އެއްނުވާނެ ކަަމަށް
29 އޯގަސްޓް 2020 - 10:26
ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދާ މިވަގުތު ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކު އެއްވެ މުޒާހަރާ ނުކުރާނެ ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކާ މެދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މާލޭގައި ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަަހައްދަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮރޯނާ ވައިރަސް ފެތުރެން ދިމާވާ އެންމެ ބޮޑު ސަބަބަކީ އެންމެން އެއް ތަނަކަށް އެއްވެ ގައިގޯޅިވެ އުޅުން ކަމަށެވެ. އެގޮތަށް ކަންތައް ނުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާ އެންގުމާ ހިލާފަށް ބަޔަކު އެބަ އުޅޭ ކަމަށާއި އެއީ ހުރިހާ ރައްޔިތުން ސަމާލުވާން ޖެހޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ދެން އެމަނިކުފާނު ވިދާޅުވީ ބަލިމަޑުކަން ފެތުރޭއިރު މާލޭގައި އެއްވުމެއް ބޭއްވުމުން ވަރަށް ހިތާމަކުރައްވާ ކަމަށެވެ.
ޕީޕީއެމް އޮފީސް ކައިރީގައި ހުންނަވައި ކުރީގެ ރައީސް ވަހީދު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
"ރާއްޖެ ވިއްކާލުމާ" ދެކޮޅަށް ކަމަށް ބުނެ، ޕީޕީއެމް/ޕީއެންސީން އިއްޔެ މާލޭގައި ސައިކަލް ބުރެއް ބޭއްވި އެވެ. އެ އެއްވުމުގައި ކުރީގެ ރައީސް މުހައްމަދު ވަހީދު ބައިވެރިވެވަޑައިގެން، ސަރުކާރަށް ފާޑު ވެސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ވަހީދުގެ ނަންފުޅު ނުގެންނަވައި، އެކަމަކު އެމަނިކުފާނަށް އަމާޒުކުރައްވާ ވެސް ފާޑުވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ވަރަށް އިސް ބޭފުޅުން ނުކުމެވަޑައިގެން މާސްކް ވެސް ނާޅުއްވައި ރައްޔިތުންގެ އެތައް ބަޔަކު އެއްތަނަކަށް އެއްކޮށް، މިިފަދަ އަމަލުތަކެއް ހިންގަވައިފި. މީއަކީ މިފަދަ ދަނޑިވަޅެއްގައި ރައްޔިިތުންނަށް ހެޔޮއެދޭ، ގައުމަށް ހެޔޮ އެދޭ ބަޔަކު ކުރާނެ ކަމެއް ނޫން،" ވަހީދަށް އިޝާރަތްކުރައްވައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މުޒާހަރާ ކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ. އަދި އެކަންކަން ސަރުކާރުން ނުހުއްޓުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު މިހާރު ވަނީ ގޯސްވެފަ އެވެ. އިއްޔެ އެކަނި ވެސް 140 މީހުން ބައްޔަށް ޕޮޒިޓިވްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޒ އަލް މުލަކީ
30 August 2020
ރާއީސްއެވެ. ރާއްޖޭގެ އިގްތިސާދު އަނަރޫފަވެ ގައުމު ބަނގްރޫޓްވެ ރައްޔިތުން ބަނޑަށްޖެހެމުން ދާއިރު މަނިކުފާނުގެ ސަރުކާރުން ، ހިންދުކަރައާއި އެކު މިގައުމުގެ އިސްތިގްލާލަށް ހުރަސް އެޅޭފަފަދަ އެއްބަސްވުންތައް ހަދަމުންދާ އަޑު އެބަވިއެވެ. މިއީ ގައުމާއި ރައްޔިތުންނަށް ހެޔޮއެދި ވަޑައިގަނަނަވާވަރު ބޮޑުކަމުން ކުރައްވާ ކަމެއްތޯއެވެ. މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުން މަނިކުފާނަށް ނުރުހުންވެފައި ތިބިވަރު ހަމަ އެކަނި ނޫސްތަކުގެ ކޮމެންޓްތަކުންވެސް އެނގޭ
އަލްޖިބްރާ
30 August 2020
ޔާމީނުއާއި އޭނާގެ އައުވާނުންނަކީ މިޤައުމަށް ހެޔޮއެދޭ ބައެއް ނޫންކަން މިޤައުމުގެ ގިނަ ރައްޔިތުން ދަނޭ ! ދެންތިހިރީ ބާޣީ ވަހީދު ! ޤައުމެއްގަ ބަޣާވާތް ކުރިބަޔަކު އެޤައުމެއްގައި ނުހިންގާނެ ޖަރީމާއެއް ނޯންނާނެ !
ޟަރިޔާ
30 August 2020
ރައްޔިތުންނަށް ހެޔޮ އެދޭނަ މަ އިސްތިއުފާދީ.
ބޮޑުމީހާ
30 August 2020
ގައުމަށް ހެޔޮ އެދިގެންތަ އިންޑިއާއަށް ގައުމު ވިއްކާލީ!
ކަނބިލި
30 August 2020
ގައު މަށް ހެޔޮ އެދިގެން ތޯ ކޮރަޕްޝަން ހައްދުފަހަނަ އަޅާގޮސް ޢަދުލު އިންސާފު ގެއްލި ރައްޔިތުން ބަޑަށް ޖެހިގެން އުޅޭ އިރުވެސް ރިޔާސީ ގަނޑުވަރުން ނުނިކުންނަވާ ވާނުވާ ނޭގި ތިޔަ ހުންނެވީ
ރާއްޖެތެރެމީހާ
29 August 2020
ރައްޖެ އަޅުވެތި ކޮއްފަ ކޮންވާހަކޭ ތިދައްކަނީ.
އެމެރިކާ
29 August 2020
މިސަރުކާރަ ވޯޓުލުން ނިމުނީ މީ ރައްޖޭގެ ހަލާކު.
ޕޮލީނާއ
29 August 2020
ޔާމިނު އެދުވަހު ބުނީ އެއްވަހިތް ވަންޏާ ހައްޖައް ދާން. މުޒާހަރާ ކުރުން ހުއްޓުވައި ޤާނޫނަކުން މަނާކޮއްފަ މިހާފު މިފަދަ ބަލިމަޑުކަމެއްގެ ތެރޭ ކިހިނެއްވެގެން ތި އުޅެނީ. ޙައްޖައްދާށޭ ޔާމީން ބުނީ އެއްވަން ހީ ހީ ހީ
ޕޮލީނާ
29 August 2020
ރޯޔަލް ސަފާރީއަށް ފިޔަވަޅު އެޅި ގޮތަށްތަ؟
ލޮލްލީ
29 August 2020
އިބޫ ކޮބާ ހަސަން، ރިޒާ، އަންނި ގެ މާސްކު، އަލީ ވަހީދު، އެއެމްޕީއާރސީ، ވެންޓިލޭޓަރު، އިންޑިޔާ ސިފައިން އެއްވެސް ކަމަކާ އެބައުޅެވޭބާ؟ ހަމަ ފުޔަވަޅު އަޅާލަ އަޅާލަ ދެއްތޯ