ޕީޕީއެމް އޮފީސް ކައިރީގައި ހުންނަވައި ކުރީގެ ރައީސް ޑރ. ވަހީދު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
28 އޯގަސްޓް 2020 - 20:35
ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރި ޚަރަދުތަކާއެކު، ދައުލަތުގެ ހަޒާނާ ހުސްވިޔަސް އެކަމުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ވަހީދު މި ސަރުކާރަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
"ރާއްޖެ ވިއްކާލުމާ" ދެކޮޅަށް މާލޭގައި ބޭއްވި ސައިކަލު ބުރަށް ފަހު، އިދިކޮޅު ޕާޓީ ޕީޕީއެމް އޮފީސް ކައިރީގައި ބޭއްވި އެއްވުމުގައި، ވަހީދު ވިދާޅުވީ ރާއްޖެ އަށް މިހާތަނަށް ދިމާވި އެންމެ ނުރައްކާތެރި ދަނޑިވަޅުގައި ފެންނަނީ ސަރުކާރުގެ ވާޖިބުތައް އަދާނުކުރާތަން ކަމަށެވެ.
ފެނިގެން މިދަނީ ދައުލަތުގެ ހަޒާނާ ހުސްވެގެން ދިޔަ ތަން. ދައުލަތުގެ ހުރިހާ ފައިސާ ހުސްވެގެން ދިޔަ ތަން. އޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވޭ.--- ވަހީދު
އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ވަހީދު ވިދާޅުވީ، ރައްޔިތުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތް ވެސް މި ސަރުކާރަށް ނުކުރެވޭ ކަމަށާއި ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކުރުމުގައި ސަރުކާރު ނާގާބިލްވެ، ނުކުޅެދިފައިވާތަން ފެނިވަޑައިގަންނަވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމަލުތަކާ މެދު ދެން ދެން ކެތް ނުކުރެވޭނެ ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. އެހެންވެ، ސަރުކާރަށް، ރައްޔިތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު މިހާރަށް ވުރެ ރަނގަޅަށް އަދާކުރަންޖެހޭ ކަމަށް ވަހީދު ވިދާޅުވި އެވެ.
ރާއްޖެ ވިއްކާލުމާ ދެކޮޅަށް" މާލޭގައި މިއަދު ބޭއްވި ސައިކަލު ބުރުގައި ބައިވެރިވި ބައެއް މީހުން-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
"ރައްޔިތުންގެ ހަޒާނާ ހުސްވެގެން ގޮސް ރައްޔިތުން ހާލުގައި ޖެހޭ ވަގުތުގައި އެންމެން ބައިވެރި ކޮށްގެން، އެބަޖެހޭ މިކަން ހައްލުކުރަން މަސައްކަތް ކުރަން. އެތަނެއް ނޫން މިއަދު ފެނިގެން މިދަނީކީ. ފެނިގެން މިދަނީ ދައުލަތުގެ ހަޒާނާ ހުސްވެގެން ދިޔަތަން. ދައުލަތުގެ ހުރިހާ ފައިސާ ހުސްވެގެން ދިޔަ ތަން،" ވަހީދު ވިދާޅުވި އެވެ.
"އޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވޭ. އެހެންވީމާ އޭގެ ހިތްހަމަނުޖެހުން އަޅުގަނޑުމެން މިތާ މިއަދު ފާޅުކުރަމުން މި ގެންދަނީ."
ވަހީދު ވިދާޅުވީ، ލޭ އޮހުރުވައިގެން ވެސް ރާއްޖެ ސަލާމަތްކުރުމަށް ދިވެހިން އަބަދު ވެސް ތިބޭނީ ތައްޔާރަށެވެ.
މާލޭގައި ހަލުވިކަމާއެކު، ފެތުރެމުންދާ ކޮވިޑާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި ވެ އެވެ. އެ ހަރަދުތަކުގެ ތެރޭގައި ކޮވިޑުން އާންމުން ރައްކާތެރިކޮށް، އެ ބަލި ކޮންޓްރޯލް ކުރުމާއި އެހީތެރިވުމަށް އިސް ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ހާއްސަ އެލަވަންސް ދިނުމާއި ވަޒީފާ ގެއްލިފައިވާ މީހުންނާއި ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށްޓަކައި މާލީ އެހީ ދިނުން ހިމެނެ އެވެ.
ނަމަވެސް، އެ ޚަރަދުތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ދާދި ފަހުން ނެރުއްވި، ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިިނިސްޓްރީގެ އޮޑިޓު ރިޕޯޓުގައި ފާހަގަކުރައްވާފައިވާއިރު، އެތައް ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މައްސަލަތައް އޭސީސީ އާއި ފުލުހުން ވެސް މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފިންތައްޑޭ
29 August 2020
މުސްކުޅިންބުނޭ އެއްހަރަކުން ދެފަހަރަކު ކައްޓެއްނުޖެހޭނެޔޭ. އަޅޭ މީނަމިއުޅެނީ އަނެއްކަވެސް ވެރިކަންވައްޓަންތޭ. މިހާރުވެސް އެހެރީ ގަނޫނާއި ހިލާފުވެފެއި އަނަގަމަތީ އަނގަހިއްޕި ނާޅާ. ހަޒާނާ ދަރިމައި ނުވާގޮޔަށް ކައިހުސްކޮށްފައި ބާކީ ހުރިއެތިކޮޅުން މަހުންމަހަށް ނަގަމުން އަދިވެސް ނުފުދެނީތޭ.
ޓިނު
29 August 2020
ވެރިކަ މާ ހެދި މޮޔަވްނީތަ؟
ފަހުދު
29 August 2020
ނާސިރު ހެދީ އެއަރޕޯޓެއް. ރައީސް ޔާމިނު އެޅީ ބުރިޖެއް. އިބޫ 2 އަހަރު ތެރޭ ވެންޓިލޭޓަރެއް ދިރުވާލީ. ކޮބާ މައްސަލައަކީ؟
ނަމެއް ނެތް
29 August 2020
ކަލެއަށް ފައިދާވާނެ. ކޮންމެ މަހަކު ކަލެއަށް ދައުލަތުންދޭ ރުފިޔާ ގަނޑުގެ ވާހަކަ ދައްކަބަލަ. ތިހާ ރައްޔިތުންނަށް ހެޔޮއެދެންޏާ އެބަހަންވީނު. އެހެންނޫނީ އެ ދޫކޮށްލަންވީނު.
އިބިރިހިންބެއްޔާ
29 August 2020
އެބޯއިއަށް އެކަނިތަ ދައުލަތުން ލާރިގަޑެއް ދެނީ؟ މަޖިލީހުގެ ރައީސަށްވެސް އެއޮއްގެން ދެނީ. ހަމަ ދެނީ. ވެރިކަމުގައި ހުރެ (އޮޅިގެންވިޔަސް) އިސްތިއުފާ ދިނުމުންވެސް.
ޑރފަލަޑޭ
29 August 2020
ހަޒާނާގަ ހުރީ %5 ވަރުދޯ. އެހެންވެ ކަލެޔަށް މާބޮޑަށް އެނގެނީ
މަގަންގަހާ
29 August 2020
ކަލޭ އަށް ދެތިންދުވަހު ވެރިކަންކޮށްލްން ލިބުނީމަ އެއޮތީ ހަނިމާދޫން ބޮޑެތި ބިންތައް ނަގައި ގެސްޓުހައުސް އަޅައިފަ ެޗްޑީސީން އެޅި ހުރިހާ ރޯހައުސްތައް އާއިލާމީހުންނަށް ދީފަ
މަހަނު
29 August 2020
އަދި ނުވިތާކަށް ދަރަވަންދޫއިން ބިމެއް ނަގާ އެ ބިމުގަ ބޮޑު ގަނޑުވަރެއް ކަހަަލަ ގެޔެއް އަޅާގެން އުޅެނީ..
ސަހަރޯ...
29 August 2020
މިއަދު މިޤައުމު މިހިސާބަށް އަންނަންޖެހުނީ ކަލޭގެ ދަހިވެތިކަމުން ކަން ކަލެއަށް ހަމަ ނޭނގެނީތަ؟ އިންސާފު ލިބޭނޭ ދުވަހެއް އެބައޮތް. އެދުވަހަށް އަހަރެމެން މިއިންތިޒާރުކުރަނީ
ދޮން ދީނި
29 August 2020
ވަހީދު ސާބަސް ތިކުރާ ހިތްވަރަށް. ޕީޕީއެމްއިން ރިޔާސީޓިކެޓް ހޯދަން ތިހުރީ ފައްކާވެފައި. ހިފަހަށްޓާލާ. ޔާމީނަކަށް ކުރިމައްޗެއް ނުލެވޭނެ
ހށނރބާ
29 August 2020
ކުޑަ ބަނޑޮސް ކޮބާތަ ވަހީދޫ.
ޒުވާނާ.
29 August 2020
މިއަދު ދިވެހިން ލަދުގަނޭ މިވެރިކަން ގެންނަން މަސަތްކަތް ކުރެވުނީތީ ރިސޯޓު މުވައްޒަފުން މިއަދު އެތިބީ އެން މެ ނިކަ މެތި ހާލުގަ ޕެންޝަން ފަންޑުގަ ހުރި އެ މީހުންގެ ފައިސާގެ ތެރެއިން %50 ދޭންވީ ވަގުތު މީ