ރިޕޯޓް / ކޮވިޑް-19

ބިރެއް ނުފިލާ، މުހިންމީ ރައްޔިތުންގެ އެއްބާރުލުން

ކޮވިޑް-19 އާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައި މައިމޫނާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ކިރިޔާ ކަމެއް ދޫކޮށްލެވިއްޖެ ނަމަވެސް ގޯހުން ހިނގައިދާނެ އެވެ! ކަރަންޓީންގައި ތިބި އިޓަލީގެ ދެ މީހަކު، ޓެސްޓްގެ ނަތީޖާ އައުމުގެ ކުރިން ރާއްޖެ އިން ފުރުވާލުމަކީ، މިހާތަނަށް ހެދި އެންމެ ބޮޑު ގޯހެވެ. އަދި އެ ގޯހާ އެކު، އެހެން ބައެއް ކަންކަން ވެސް މި ވަނީ ވަރަށް ބޮޑަށް ބަދަލުކުރަން ޖެހިފަ އެވެ. ބަދަލު ވެސް ކޮށްފި އެވެ. އެ ކޭސްއާ އެކު މިހާރު ނިންމާފައި ވަނީ ކަރަންޓީންގައި ތިބި އެންމެން ވެސް، ދޫކޮށްލުމުގެ ކުރިން ޓެސްޓް ހަދާށެވެ.

އިޓަލީގެ ދެ މީހުންގެ ޓެސްޓްގެ ނަތީޖާ ނުލިބެނީސް ފުރުވާލި މައްސަލަ ކުރިމަތިވުމުގެ ކުރިން ޑައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު މިދިޔަ ބުރާސްފަތިދުވަހު ދަރުބާރުގޭގައި "މިހާރު"ގެ ނޫސްވެރިންނާ ބައްދަލުކުރެއްވި އެވެ. އޭނާއާ އެކު ނޫސްވެރިން ހޭދަކުރި ދޮޅުގަޑިއެއްހާ އިރު ވެސް ފެނުނީ ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން ރޭގަނޑު ދަންވަންދެން ކުރައްވާ މަސައްކަތުގެ ބުރަކަމާއި ވަރުބަލިކަމެވެ. އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. މައިމޫނާ އާއި އޭނާގެ ދަށުން މަސައްކަތްކުރާ އެހެން އެންމެންގެ ކުރިމަތީގައި ވެސް އޮތީ ގައުމީ މަސައްކަތެކެވެ. އެ އެންމެން ތިބީ އެކަމުގައި ފަސްޖެހުމެއް ނެތި އެވެ.

ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރުނަ ނުދޭން ސިއްހީ ދާއިރާގެ ޚިދުމަތްތެރިންނާއި ކަމާ ގުޅޭ އެހެން އިދާރާތަކުގެ މީހުން ވަމުން އަންނަ ގުރުބާނީ، މައިމޫނާ ވަރަށް ތަފްސީލްކޮށް ކިޔައިދެއްވި އެވެ.

ހެލްތު މިނިސްޓަރު އަމީން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މި މަހުގެ 12 ގައި އިއުލާން ކުރައްވާއިރު، އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު، މިނިސްޓަރުގެ އަރިހުގައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ރާއްޖެ އަށް އެ ވައިރަހާ އެކު އެތެރެވި މީހުން ދެނެގަނެ ފުރާނަ ސަލާމަތްކޮށްދިނުމުގައި، އަމިއްލަ އަށް ނުރައްކަލުގެ ތެރެއަށް ހުށަހެޅި، އިންސާނިއްޔަތުކަން އިސްކޮށް ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންނާއި ލެބް ޓެކްނީޝަނުންނާއި އެ ނޫން ވެސް އަމަލީ ގޮތުން އުޅޭ އެންމެންގެ ޚިދުމަތަކީ ނަމޫނާއެކެވެ. އެކަމަކު މި ބުރަ މަސައްކަތުން ލުޔެއް ލިބުމާ އެންމެ ބޮޑަށް ގުޅިފައި އޮތީ، އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ އެއްބާރުލުމާ އެވެ.

ސިއްހީ ދާއިރާގައި 30 އަހަރުގެ ތަޖުރިބާއާ އެކު ޑައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމުގައި ހުންނެވި މައިމޫނާ ވިދާޅުވީ ރާއްޖެ އަށް ނުރައްކަލެއް ނެތް ކަމަށް ދެކި ހިތްހަމަޖެހިލަން އަދި ކައިރި ވެސް ނުވާ ކަމަށެވެ. އެގޮތަށް ވިސްނައިފި ނަމަ، ރައްކާތެރިކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

މިއީ، އޭނާގެ ސިއްހީ ކެރިއަރުގައި ވެސް އެންމެ ތަފާތު، ގޮންޖެހުން ބޮޑު ތަޖުރިބާ އެވެ. އެކަމަކު މިކަމުގައި ފިޔަވަޅުތައް އެޅުމުގެ އިރުޝާދުތައް ކުރިއަށް ނެރެމުން އަންނަނީ މިފަދަ ހާލަތްތަކުގައި ރާއްޖެ އިން ކުރިން އަމަލުކުރަމުން އަންނަ ގޮތާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗުއޯގެ އިރުޝާދުތަކާ ވެސް އެއްގޮތަށެވެ.

"ކިރިޔާ ތަންފުކެއް ދޫކޮށްލެވިއްޖެ ނަމަ ވެސް ރައްކާތެރިކަމެއް ނެތް. ގޯހުން ހިނގައިދާނެ. އެކަން ވިޔަ ނުދޭން އަޅުގަނޑުމެން [ސިއްހީ ޚިދުމަތްތެރިންނާ އެކު އުފައްދާފައިވާ ޓާސްކް ފޯސް] އިން އެއްވެސް ކަމެއް ދޫކޮށެއް ނުލަން. ފިޔަވަޅުތަކާއި އިރުޝާދާ އެއްގޮތަށް ތި ގޮތުގައި [އާއްމުން] ހިފަހައްޓާލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު އޮތް ބައްދަލުވުމެއްގައި، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު އަރްވިންދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، އެންމެ ބާރު ގަދަ އަދި ބޮޑު ޒިންމާއެއް އުފެއްލެވުމާ ހަވާލުވެ ހުންނެވި މައިމޫނާ މި ގޮތަށް ވިދާޅުވި އިރު ހަނދާންކޮށްދެއްވީ، މި ވައިރަހުން ދިވެހި ރައްޔިތުން ސަލާމަތްކުރަން، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅުވައި، އާއްމުންގެ ތެރެއަށް ނުކުމެ ނޫޅެ ގޭ ބަންދުގައި ތިބެން ދީފައިވާ އިރުޝާދެވެ. މީގެ، 32 އަހަރު ކުރިން ސިއްހީ ޚިދުމަތާ ގުޅިވަޑައިގެން، އާއްމު ސިއްހަތު ރައްކާތެރިކުރުމުގައި މުހިއްމު ޚިދުމަތްތަކެއް ކޮށްދެއްވި މައިމޫނާ ވިދާޅުވީ މިހާތަނަށް އަޅާފައިވާ ކޮންމެ ފިޔަވަޅަކާ ގުޅިފައި ވަނީ ވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަން ކަމަށެވެ.

މިދިޔަ ޑިސެމްބަރު، 31 ގައި ޗައިނާގެ ވޫހާން އިން ފެނުނު މި ވައިރަހަށް އެކި ގައުމުތަކުން މިއަދާ ހަމައަށް 600،000 އަށް ވުރެ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. ހަލުވިކަމާ އެކު އެކި ގައުމުގައި އަދިވެސް ވައިރަސް ފެތުރެމުންދާއިރު، ރާއްޖޭގައި ވެސް ދެ ދިވެއްސަަކާ އެކު 16 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން ދެ ދިވެހިން ނޫން އެންމެން މިހާރު ވަނީ ރަނގަޅުވެފަ އެވެ.

މައިމޫނާ، މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް އިންޓވިއު ދެެއްވަނީ.

މައިމޫނާ ވިދާޅުވީ ދުނިޔޭގެ ހުރިހާ ތަނެއްގައި އަދިވެސް ވައިރަސް ވަރަށް ބާރަށް ފެތުރެމުންދާ އިރު ރާއްޖެ ވެސް އިސްތިސްނާ ނުވާ ކަމަށެވެ. އެ ފުރުސަތު ނުވަތަ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހިދާނެ އެއްވެސް ކަމަކަށް އިހުމާލުނުވެ މަސައްކަތް ކުރަނީ އެ ވިސްނުމުގައި ކަން އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

"ރާއްޖެ އަށް ބިރެއް ނެތް ކަމަށް އަޅުގަނޑުމެންނަކަށް ނުދެންނެވޭނެ. ރައްކާވެ ތިބުމުގެ މި ފިޔަވަޅުތަކާ އެކު ކުރިއަށް ދާން ހުރިހާ ލެވެލްއަކުން ވެސް މަސައްކަތް ކުރަނީ. ރައްޔިތުން ވެސް ވީ އެ ގޮތުގައި ތިބެން. ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކައި އަދިވެސް އަންނަނީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް، މަސައްކަތްތަކެއް ކުރަމުން،" މައިމޫނާ ވިދާޅުވި އެވެ.

ފެތުރިއްޖިއްޔާ މިއަށް ވުރެން އަދި މާ ބުރަ މަސައްކަތްތަކެއް، ކުރަން ޖެހި ނުރައްކާ ބޮޑުވެގެން ހިނގައިދާނެ. ފެތުރުނަ ނުދޭން މިހާރު ވެސް ވަރަށް ގަދައަށް މަސައްކަތް ކުރަމުން އަންނަނީ. --މައިމޫނާ

އޭނާ ވިދާޅުވި ގޮތުގައި ޗައިނާގައި ވައިރަސް ފެތުރޭކަން އެނގުމާ އެކު ރާއްޖޭގައި ގިނަ ފިޔަވަޅުތަކެއް އަޅަމުން އަޔަސް އެކަން އެއީ އަދި ނިމުމެއް އޮތް ކަމެއް ނޫނެވެ.

"އަޅުގަނޑުމެންގެ ޒިންމާގެ ދަށުން ކަމެއް ދޫވެއްޖެ ނަމަ ދެން ވާނެ ގޮތެއް އަޅުގަނޑުމެންގެ މި ޓީމުގެ ކުރިމަތީގައި އަބަދުވެސް އޮންނަނީ. ޓެކްނިކަލް އެޑްވައިޒަރީ ޓީމުގެ ގޮތުގައި ތިއްބަވާ ޑޮކްޓަރުން ވެސް އެއްވެސް ކަމެއް ދޫވިޔަ ނުދޭން އެ މަސައްކަތް ކުރައްވަނީ،" މައިމޫނާ ވިދާޅުވި އެވެ.

ޓާސްކްފޯހުގެ މަޝްވަރާތަކާއި ކުރެވެމުން އަންނަ މަސައްކަތަށް ބަލައި މިހާރު އަންދާޒާކޮށްފައި ވަނީ، މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކު މަހެއްހާ ދުވަހު ހިފަހައްޓާލަން ޖެހޭނެ ކަމަށެވެ. އާއްމުންގެ ތެރެއަށް ވައިރަސް ފެތުރުނަ ނުދީ ހިފެހެއްޓުމަކީ އެންމެ ބޮޑު އަމާޒެވެ.

"އެ ހާލަތު ބަދަލުވާ އިރު ދެން އޮންނާނީ ފަރުވާދިނުން، އެހެން މީހުން ރައްކާތެރިކޮށް މި ފެތުރުނަ ނުދޭން މަސައްކަތް ކުރުން. ދެން އެއާ އެކު ކްރިޓިކަލްވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ކަންތައްތައް. އެއީ، އައިސީޔޫ ފެސިލިޓީސްތައް. އެ ލެވެލްތަކަށް މިހާރު ވިސްނިފައި ހުރީ.“

"އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ރައްޔިތުން ބަލިން ރައްކާތެރިވުމަށް ކުރާ މަސައްކަތް. ހަމަ އެގޮތަށް ރައްޔިތުން ތިއްބެވުން މުހިއްމު. މިކަމަކީ ބަޔަކަށް ގެއްލުމެއް ދޭކަށް ނުވަތަ ދަތިތަކެއް ކުރިމަތިކުރާކަށް ކުރާ މަސައްކަތެއް ނޫން. އެންމެންގެ ރައްކާތެރިކަމާއި ސަލާމަތަށް ކުރެވޭ މަސައްކަތެއް. ކަނޑައެޅޭ ގޮތްތަކަކަށް އަމަލުތައް ބެހެއްޓުން ވަަރަށް މުހިއްމު,“

ކޮވިޑް-19 އާ ގުޅޭ މަޝްވަރާ ބައްދަލުވުމެއްގައި މައިމޫނާ ވާހަކަ ދައްކަވާއިރު، ހެލްތު މިނިސްޓަރު އަމީން އަޑުއައްސަވަނީ.

އިރުޝާދުތަކަށް އަމަލުނުކޮށްފި ނަމަ އެ ހުރިހާ މަސައްކަތެއް ދާނީ، މައިމޫނާ ސިފަކުރެއްވި ގޮތުގައި، ފެނަށެެވެ. އެ ފިޔަވަޅުތަކާ ދެކޮޅުހަދައިފި ނަމަ ވަރަށް ދެރަ ގޮތްތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ނަސޭހަތް މައިމޫނާ ދެއްވީ، މިހާތަނަށް ވެސް ޓާސްކް ފޯހުގެ އިރުޝާދުތަކަށް އާއްމުން ފުރިހަމަ އަށް ބޯލަނބަލުން އަންނަ ކަން ފާހަގަކުރައްވަމުންނެވެ. އޭނާ އެދިވަޑައިގަތީ ކުރިއަށް އޮތް ތަނުގައި ވެސް އެ ގޮތުގައި ދެމިތިބުމަށެވެ.

"ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ނަތީޖާ ފެންނާތީ ވަރަށް ހިތްހަމަޖެހޭ. ކުރެވުނު މަސައްކަތުން މި ހިސާބުގައި މި ތިބީ. މިއީ ކާމިޔާބީއެއް ކަމަށް ބެލިދާނެ އެކަމަކު ކުރިއަށް އޮތީ މަސައްކަތް. ކާމިޔާބީއެކޭ ކިޔާފައި ހުއްޓާލުމަށް ފުރުސަތެއް ނެތް,“ މައިމޫނާ ވިދާޅުވި އެވެ.

28 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 8%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގައުމީ ލޯބީގާ

30 March 2020

މައިމޫނާއާއި މައިމޫނާގެ ޓާސްކްފޯސްއަށް އައްސަރިބަހާސާބަސް ރައްދުކުރަން . ސާބަހޭމައިމޫނާ އަދި ގައުމަށްޓަކައި މަސައްކަތް ކުރައްވާއެއްމެހާ ޑޮކްޓަރުން . ޖުމްލަކޮއް ސިއްހީ ދާއިރާ ގަ މަސައްކަތް ކުރައްވާ އެންމެ ހާފަރާތް ތަށް . މަސައްކަތުގަ ކާމިޔާބު މިންވަރު ވުން އެއީ ދުޢާ އާމީން .

The name is already taken The name is available. Register?

ދެރަ

30 March 2020

ތިޔަބޭފުޅުންނަށް ފަށްފަށުން ޝުކުރުދަންނަވަން. އަދި ފުރިހަމަ ސިއްހަތަކަށް އެދެން.

The name is already taken The name is available. Register?

ދެރަ

30 March 2020

ހެޔޮނުވާނެ ޖެލީ ޖައިރީގައި ހަދާ ކިއުތަކާއި ހުޅުމާލޭގައި ބަންގާޅީން ހިންގާ ކުދި ކެފޭތައް ހުއްޓވާބަލަ.

The name is already taken The name is available. Register?

ސޫލާސިރާޒު

30 March 2020

ޣޭގައި ތިބޭށޭ ބުއްޏަކަސް ނުވާނެ! ސިނަ މާތައް ބަންދުކުރުއިރު ދައުކަތުގެ ޓީވީއިން ޑުރާމާގަޑެއްވެސް ދައްކަނީކީ ނޫން، ކީއްވާނީ ސަޅިބައިސާ އެއް ކޮން މެ ދުހުކު ދައްކާލިޔަސް ކިހާ ފައްކާވާނެ

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

30 March 2020

ގާތުތިބީން ރައީސުލް ޖުމްހޫރިއްޔާއަށް އެއްބާރުލުން ދޭތަން ފެންނަހިދަކުން ރައްޔިތުންވެސްް އެއްބާރުލުން ދޭނެ. އަދި މިފެނުނީ އެންމެއިސްކުރި "އެކްޓިވިސްޓުން" އަދި އެކްޓިވިސްޓުންގެ ދަރުބާރުންވެސް ރައީސަށާއި ރައްޔިތުންނަށް ޖެއްސުންކުރި މަންޒަރު. މިފަހަރު ރައީސު ރައްިތުންނާއި ބައްދަލުކުރެއްވި 2 ފަހަރުވެސް ވަޑައިގަތީ ބޮޑަށް ގަޑިޖެހިގެން. ދެއްކެވިވާހަކަފުޅުން އެގެނީ ރަގަޅު މަޢުލޫމާތު ނުލިބި ހުންނެވިކަން. ދެންއެގުނީ ނަމާދުވަގުތަށްވެސް ޤަދަރު ނުކުރާކަން.

The name is already taken The name is available. Register?

ދޮންމަނިކް

30 March 2020

މިރާއްޖޭގައި ދިރިއުޅޭ 600000 ހަލައްކަ މީހުނައް ސުކުރިއްޔާ......

The name is already taken The name is available. Register?

އަބޫބަކުރުބެ

30 March 2020

ބައެއްމީހުން ބުނަނީ ބިރުފަހަނަައަޅާދާން.

The name is already taken The name is available. Register?

މައިކް

30 March 2020

ކުރީ ސަފުގައި މަސައްކަތްކުރާ ހުރިހާ އެއްމެންނަށް ޝުކުރު ދައްނަވަން އަދި މައިމޫނާ އަރިހުން އެދެން ތި މަސައްކަތް ނިމުމާއި އެކު އިސްތިއުފާދިނުމަށް.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

30 March 2020

ސިއްހީ އެހީތެރިންނާއި މިކަމުގަ ޝާމިލްވާ ހުރިހާ ބޭފުޅުންނަށް ޝުކުރިއްޔާ.ވ.ވެދުން

The name is already taken The name is available. Register?

ޑޮކްޓަރ2

30 March 2020

"ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން ރޭގަނޑު ދަންވަންދެން ކުރައްވާ މަސައްކަތުގެ ބުރަކަމާއި ވަރުބަލިކަމެވެ". މިއީ މުޅިން ރަގަޅު ގޮތެއް ނޫން. މިހާ ބުރަކޮށް މަސައްކަތް ކުރަންޖެހެންޏާ މިސްޓޭކް ހެދޭނެ. އޭގެ ބަދަލުގައި އެހެން މީހުންގެ އެހީ ހޯދަން ލަފާ ދެން. އެސިސްޓެންޓުން ނެތިއްޔާ ތަމްރީނު ކުރަންޖެހޭނެ. މިއީ އެކަކު އެހާ ބުރަކޮށް ކުރަންޖެހޭ މަސައްކަތަކަށް ހަދާކަށްނުވާނެ. ރެސްޓް ކުރުމަކީ މުހިންމު ކަމެއް. އެހެން ޤާބިލް މީހަކާ ހަވާލުކޮށްލާ 2 ދުވަހަށް.

The name is already taken The name is available. Register?

ޙުސާމް

30 March 2020

ކާކު ބުރަކޮށް އުޅެނީ. އަދި ކަމެއް ދިމާވިއެއް ނޫން. ޙީހީ ހަލާކު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454