ދުނިޔެ / ކޮވިޑް-19

ކޮވިޑް-19: މެލޭރިއާ ބޭސް ފޮނުވައިދޭން އިންޑިއާގައި އެމެރިކާ އިން އެދިއްޖެ

ވޮޝިންޓަން (އެޕްރީލް 7) - މެލޭރިއާގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ ހައިޑްރޮކްސީކްލޮރޯކްއީން އިންޑިއާ އިން އެކްސްޕޯޓް ކުރުން މަނާކޮށްފައިވީ ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި "މެސެޖަކާ" އެކު އެ ބޭސް އެކްސްޕޯޓް ކުރަން އިންޑިއާ އިން އެއްބަސްވެއްޖެ އެވެ.

އިންޒާރުގެ މެސެޖެއްގެ ގޮތަށް ޓްރަމްޕް ވަނީ އެ ބޭސް އެކްސްޕޯޓް ނުކުރާ ނަމަ އިންޑިއާ އަށް ވެސް "އޭގެ ބަދަލު" ފެންނާނެ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕުގެ މެސެޖަށް ރައްދު ދިނުމުގެ ބަދަލުގައި އިންޑިއާ އިން ބުނެފައި ވަނީ ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކަށް ކްލޮރޯކްއީން ފޯރުކޮށްދޭނެ ކަމަށެވެ.

މެލޭރިއާ ބޭސް އިންޑިއާ އިން އެކްސްޕޯޓް ކުރުން މަނާކުރި ދުވަހު (މިދިޔަ އާދިއްތަ ދުވަހު) ޓްރަމްޕް ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ފޯނުން ގުޅުއްވައިފަ އެވެ. ޖެހިގެން އައި ދުވަހު އިންޑިއާ އިން ބުނެފައި ވަނީ ޓްރަމްޕުގެ އެދިވަޑައިގަތުމާ މެދު ވިސްނާނެ ކަމަށެވެ.

ހަމަ އެދުވަހު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ވަނީ މެލޭރިއާ ބޭސް އެކްސްޕޯޓް ކުރުން އިންޑިއާ އިން މަނާކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި މެލޭރިއާ ބޭސް، ހައިޑްރޮކްސީކްލޮރޯކްއީން އަކީ އިތުބާރު ހުރި ބޭހެއް ކަމަށް މެޑިކަލް ތަޖްރިބާކާރުން ބުނެފައެއް ނުވެ އެވެ. ނަމަވެސް އެމެރިކާގެ ރައީސް އަށް މިހާރު ވަނީ އެ ބޭސް މާ ކަމުދާ އެއްޗަކަށްވެފަ އެވެ. ޓްރަމްޕް ވަނީ ކޮރޯނާވައިރަހަށް ފަރުވާ ދޭން ހައިޑްރޮކްސީކްލޮރޯކްއީން ބޭނުން ކުރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދީފި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެފްޑީއޭ އިން އެފަދަ ހުއްދައެއް ދީފައެއް ނުވެ އެވެ.

5 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 14%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަބަރު

07 April 2020

އެހެންވީމަ މަށަށް މިއިވުނީ ރަނގަޅު ޚަބަރެއްތާ.

The name is already taken The name is available. Register?

އެންދެރި

07 April 2020

އިންޒާރު ދިނީމަ އިންޑިޔާ ސައިޒް ވީ އެވެ.

The name is already taken The name is available. Register?

މާޝް

07 April 2020

ޓްރަމްޕްބުނާ އެއްޗެއް ވިއްޔާ ދީފައި ބަހައްޓާ. އެ އެއްޗެއް ކައިގެންވިޔަސް ބޮއިގެންވިޔަސް ވާކަމެއްވާނީ އެމީހުންނަކަންނު.

The name is already taken The name is available. Register?

ދިވެހިމީހާގެ ދަރި

07 April 2020

މޮޔަ މީހަކު ވެރިކަމަށް އައިމާ މިކަހަލަ ކިތަންމެ ކަމެއް ފެންނާނެ.

The name is already taken The name is available. Register?

ފަހުދު

08 April 2020

ތިބުނީ ހެޑްލައިން ދޮންބެ ވާހަކަތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454