ކޮވިޑް-19 / ރާއްޖެ-ސިންގަޕޫރު

ޑރ. އަލީ ލަތީފް: ސިންގަޕޫރު ނަމޫނާއަކަށް ނަގާ! އޭރުން ދިވެހިންނަށް ވެސް ރަނގަޅުވާނެ

ޓެގްގެ ބައްދަލުވުމެއްގައި ޑރ. އަލީ ލަތީފާއި އެ ކޮމިޓީގެ ބައެއް އެހެން ޑޮކްޓަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮރޯނާވައިރަހުން ރައްކާތެރިވާން ސިންގަޕޫރުގައި އަޅާފައިވާ ފިޔަވަޅުތަކުން ރާއްޖެ ނަމޫނާ ނަގައިފި ނަމަ ކަންކަން ދާނީ ރަނގަޅަށް ކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.

އެކަމަކު ކޮރޯނާވައިރަހާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގެ އެންމެ އިސް ޓީމު ކަމަށް ވާ ޓެގްގެ ފަރާތުން ޑރ. އަލީ ލަތީފު "މިހާރު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސިންގަޕޫރު ގޮތަށް ކަންކަން ކުރަން "ރާއްޖެ ތައްޔާރު ނޫން" ކަމަށެވެ.

ސިންގަޕޫރަކީ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރަން ލޮކްޑައުންކޮށް، އެންމެ ހަރުދަނާ ފިޔަވަޅު އަޅާފައިވާ އެއް ގައުމެވެ. އެ ގައުމުގެ ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ތަބާވުމާއި ކޮރޯނާވައިރަހުން ރައްކާތެރިވާން ސިއްހީ އޮފިޝަލުން ދޭ އިރުޝާދުތަކަށް، އެ ގައުމުގެ ރައްޔިތުން ބަރާބަރަށް ބޯލަނބާ ކިޔަމަންވެ އެވެ.

ޑރ. އަލީ ލަތީފް ވިދާޅުވީ ރާއްޖޭގައި ސިއްހީ އޮފިޝަލުން ދޭ ނަސޭހަތާއި އިރުޝާދު އާންމުން ގަބޫލުނުކުރާތީ އަބަދުވެސް ސުވާލު އުފެދޭ ކަމަށެވެ. އެހެންކަމުން އާ ގޮތަކަށް ކަންކަން ކުރަން ފެށުމަކީ، އޭނާ ވިދާޅުވި ގޮތުގައި، އެއް މަސައްކަތެވެ.

"ސޯޝަލް ޑިސްޓޭންސިން ވެސް ކޮންމެވެސް އާ ގޮތަކަށް ކުރިއަށް ގެންދަންވީ. ރާއްޖެ ކުޑަކަމުން އެ ކަހަލަ ސޯޝަލް ޑިސްޓެންސެއް ހަދަން ވެސް ދައްޗޭ. ފިހާރަތަކުގައި ވެސް ދައްޗޭ. ބޭންކްތަކުގައި ވެސް ދައްޗޭ. ކިހިނެއްހޭ،" ބައެއް މީހުންގެ ވާހަކަ ހުންނަ ގޮތަށް އިޝާރަތްކުރައްވާ ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

"މިސާލަކަަށް ސިންގަޕޫރުގައި އެކަކު ކިއޫގައި ޖެހިއްޖިއްޔާ ވަރަށް ބަރާބަރަށް ކިއޫގައި ޖެހެމުންދާނެ. ކިއު ސިސްޓަމެއް އޮންނާނެ. އެއީ އެ މީހުންގެ ކަލްޗާގައި އޮންނަ ކަމަކަށް ވެފައި އޮތީ. އަޅުގަނޑުމެންގެ ތެރޭގައި އޮތީ ގަދަ މީހާ ގަދަ ގޮތް."

ޑރ. އަލީ ލަތީފް "މިހާރު" އާ ރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ބޭންކްތަކާއި ކުންފުނިތަކުން ވެސް ސޯޝަލް ޑިސްޓެންސިންގެ އުސޫލާ ހިލާފުނުވާ ގޮތަކަށް ކަންކަން ރާވަން ޖެހެ އެވެ. ބޭންކްތަކާއި ކުންފުނިތަކަށް ޚިދުމަތް ހޯދަން މީހުން ދާ ގަޑިތަކުގައި ގިނަ ބަޔަކު ތޮއްނުޖެހޭ ގޮތަކަށް ހަމަޖައްސަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭ މިހާރަކު،" ބޭންކްތަކާއި އެކި ކުންފުނިތަކުގައި މީހުން ތޮއްޖެހޭ މައްސަލައިގައި ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ އިންޓާނަލް މެޑިސިންގެ ހެޑްގެ ގޮތުގައި ވެސް ހުންނެވި ޑޮކްޓަރު ވިދާޅުވީ ބައެއް ހާލަތްތަކުގައި ވަރަށް ހަރުކަށި ފިޔަވަޅު އަޅާ ކަމަށް ހީވިޔަސް އެ ފިޔަވަޅުތަކާ ގުޅެނީ އެތައް ބައެއްގެ ދިރިއުޅުން ސަލާމަތް ކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ޑެންގީ ޖެހިގެން އެންމެ މީހަކު މަރުވިޔަސް ޕަބްލިކް ޕެނިކް ވާ ވަރު. އެހެންވެއްޖެ ނަމަ އެ ކަހަލަ ގައުމެއްގައި ވާ ގޮތަށް މާލޭގައި ވާން ފަށައިފި ނަމަ ކިހިނެއްތޯ ވާނީ؟،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

"އެހެންވީމާ ޑިސިޕްލިން ވުމަކީ ވަރަށް މުހިން ކަމެއް. ޕަބްލިކް ޑިސިޕްލިން އާއި ހެލްތު ކެއާ ޕާސަން އާއި ޖުމްލަކޮށް މުޅި ރާއްޖޭގައި ވެސް ޑިސިޕްލިން ދަށް ކަމަށް މިހާރު ފެންނަނީ. އެހެންވީމާ ބައެއް ފަހަރު ގަވައިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމާއި ޗެލެންޖު ކުރުން ކަހަލަ ކަންކަން ވޭ."

ކޮވިޑް-19 އާ ގުޅޭ މަޝްވަރާއެއް، ހެލްތު މިނިސްޓަރު އަމީނާއި ޑރ. އަލީ ލަތީފާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އަދި އެޗްޑީސީގެ އެމްޑީ ސުހައިލް ކުރިއަށް ގެންދަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ޑރ. އަލީ ލަތީފް ވިދާޅުވީ، ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މާލެ ސަރަހައްދުގައި ކޮންމެ ދުވަހެއްގެ ހަވީރު 5 އިން ރޭގަނޑު 8 އަށް ކާފިއު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ވެސް ތަފާތު ގޮތްގޮތަށް ވާހަކަތައް ދެކެވޭ ކަމަށެވެ. އެކަމަކު މާދަމާ ވެސް ހާލަތު ގޯސްވެއްޖެ ނަމަ "ވަކި ސިސްޓަމެއް" ގާއިމް ކުރުމާއި ފަރުވާ ދޭނެ ނިޒާމެއް ގާއިމް ކުރުމަކީ އެފަދަ ކަންކަމުގެ އެންމެ މުހިންމު ބޭނުން ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5 އިން ތިން ގަޑިއިރަށް ކާފިއު ވަގުތު ފެށުމުގެ ކުރިންނާއި ރޭގަނޑު 8 ޖަހާއިރަށް ކާފިއު ނިމުމާ އެކު، މަގުމައްޗަށް އެތައް ބަޔަކު އެއްފަހަރާ ނުކުންނަ މައްސަލައިގައި ސިއްހީ ދާއިރާގެ އޮފިޝަލުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސޯޝަލް ޑިސްޓެންސިން އަށް ސަމާލުވާން އެންގިޔަސް އެ ކަމަށް ތަބާނުވާ މީހުން ވެސް ގިނަ އެވެ.

36 ކޮމެންޓް, 77 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 10%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަފްލާ

10 April 2020

ށިންގަޕޯ އައައް ބަލަން ހަދައިގެން އަހަރެމެންގެ އިމުރު މިދިޔައީ މަގުމަތީގަ ހަޑިހާވާ އައުގުރާނި ގޮވަމުން ޑިމްކްރަސީގެ

The name is already taken The name is available. Register?

‫ކޮވިޑް

10 April 2020

‫ބަޔަކާ އަޅުވާކިޔާނެ ކަމެއް ނެއް ގުދުރަތީހޮތުން ރާއްޖެ އުފެދިފައިވާގޮތުން ބަޔަކު މާމޮޅުވެގެނެއް ނޫން ނުފެތުރެނީ....އަދި އެއްމެ ބޮޑަށް ފާހަގަ ކުރވެނީ ބީސީޖީ ވެކްސިން ޖަހާފަ ތިބުން...ބީސީޖީ ވެކްސިން ނުޖަހާގައުމުތަކުގަ ކޮންޓްރޯލް ނުކުރެވެނީ މަރު ވެސް 3 ގުނަ މަތި ކޮށް އުޅެނީ ބީސީޖީ ޖެހާފަތިބި މީހުންނާ އަޅުވާކިޔައި ފިއްޔާ..ޝުކުރިއްޔާ... އެކަމަކު މިގައުމު ނެއް

The name is already taken The name is available. Register?

ޥާނުވާ

10 April 2020

ރޔ ސިންގަޕޫރް ފަދަ ތަނަކަށް ރާއްޖެ ހަދަން އުންމީދު ކުރީތީ ބައެއްމޭހުން މަކާމަތް ކުރި .

The name is already taken The name is available. Register?

ބޮލިއަޖާއިބު

09 April 2020

ރާއްޖޭގެ ރައްޔިތުން ޑިސިޕްލިންގ ވާނީ ފުރަތަމަ ވެރިން ޑިސިޕްލިންގ ވެގެން. މިއައި ލަދުހަޔާތް ކަނޑާލި ޑިމޮކްރަސީއާއި އެއިން ސަލާމަތްނުވެވިގެން އުޅޭ ޤާނޫނު އަސާސީގެ ސަބަބުން މިޤައުމުގެ ތިޔަބުނާ އިޖްތިމާއީ ފޭރާންވީދުނީ. ވެރިކަން ހޯދުމަށް ކޮންމެބަޔަކު ދިޔައީ ފިތުނަޔާއި ނަފްރަތް އުފައްދަމުން. ދެންވާނެ ގޮތް މިވަނީ. ޒުވާނުންތިބީ ކޮފީ މޭޒުގައި އަޗާތަޅާފައި ސިގިރެޓާއި އެނަޖީ ޑްރިންކް ބޮއެގެން ސްޕާރީކަމުން ބަޑިބަޑިޖަހާއި ސައިކަލް ދުއްވަން.

The name is already taken The name is available. Register?

ެަސައީދު ހަސަން

09 April 2020

ސިންގަޕޫރުގަ އަމިއްލައަށް މަރުވާ މީހުންގެ އަދަދު ހުރީ އަހަރަކު 400 ގަ. ގިނަ މީހުންނަކީ ޖަޒުބާތު މަރުވެފަ ތިބި މީހުން

The name is already taken The name is available. Register?

1003Ibrahim

09 April 2020

400 މީހުން އަމިއްލަ އަށް އަހަރަކު މަރުވާ ވާހަކަ ބުނެލިއިރުގަ އެތާގެ އާބާދީއާއި މިހުރިހާ ކަމެއް ބަލައިލުން މުހިއްމު.... އަމިއްލަ އަށް މަރުވީ އާބާދީގެ ކިތައް އިންސައްތަ ތޯ ރާއްޖޭގަ އަހަރަކު އަމިއްލައަށް މަރުވަނީ ކިތައްމީހުންތޯ؟ އެއީ އާބާދީގެ ކިތަށް އިންސައްތަތޯ.... ޖަޒްބާތުގަ ނުޖެހި މަޖަލަކަށް މީޙުން މަރުވޭބާ؟

The name is already taken The name is available. Register?

ހަސަނު

09 April 2020

ސިންގަޕޫރުގާ ކޮމިއުނިޓީ ސްޕްރެޑް އޮތުމުން މީހުން ސަމާލުވާވަރު ބޮޑީ ކަމަށްވެދާނެ.. އަދި ރާއްޖޭގައިވެސް ހާލަތު އެހިސާބަށް ހިނގައްޖެނަމަ، ރަށުތެރޭ ބަލި ފެތުރޭގޮތް ވެއްޖެނަމަ މީހުން ސީރިއަސް ވާނެ..

The name is already taken The name is available. Register?

ޢަހްމަދު007

09 April 2020

ދިވެހިރާއްޖޭގައި މިއުޅޭ ގިނަ މީހުންނަކީ ހެދިފައިވާ ގާނޫނާއި ގަވާއިދުތަކަށް ބޯލަބަން ބޭނުންވާ ބަޔެއްނޫން. މިތާގައި ގާނުތައް ތަންފީޒުވާނީ ކޮންމެ މީހެއްގެ ފޫބުޑުގައި ޕޮލިހެއް ބަހައްޓައިގެން..

The name is already taken The name is available. Register?

ބޮބީޑިއޮލް

09 April 2020

ތީ ތި ކަމަކު ނުދާނެ. ޕަޕެޓް ސަރުކާރަށް ކަމުދާނީ ދިއްލީ ސަރުކާރުގެ މޮޑެލް.

The name is already taken The name is available. Register?

ޑރ.ރާމީ/ޔޫކޭ/އައްޑޫ

09 April 2020

ވަރަށް ރަނގަޅު ވާހަކަފުޅެެއް. ތި ގޮތަށް ކުރިއަށް ދެވޭތޯ މި ބަލަނީ. އަދި މިކަމުގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާ ހިންގުންތެރި ވަޒީރު އަމީންއާއި އޭނާގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނޭ ކޯ ޑޮކްޓަރުން ކަމުގައިވާ ޑރ.އަލީ ލަތީފު، ޑރ.މޫސާ ހުސައިން، ޑރ.ނަޒްލާ މުސްތަފާ އަދި ޑރ. ނަސީރަށް ފަށް ފަށުން ޝުކުރު.

The name is already taken The name is available. Register?

ނުރަގަޅުއާދަނު

09 April 2020

ޑރ ތިޔަވިދާޅުވީ ހަމަރަގަޅަށް އެކަމަކު މިމާލޭގައި އުޅޭ ގިނަ ބަޔަކު އުޅެނީ ހޮޓަލުން ކާލައިގެން ތަނަކުން ކޮފީއެއްބޯލައިގެން ސައިކަލުމަތީގައި އިދެންގެންނަމަވެސް ފޯނުން ގޭމެއް ކުޅެލާ އިންތިހާއަށް ބާރަށް ސައިކަލުދުއްވާލާ، ބޯލާފެންފުޅި ދަޅު މަގުމައްޗަށް އެއްލާލުމުގެ ނުރަގަޅު އާދަތައް، މިފަދަ އާދަތައް ހިފާފަ ތިބިބަޔަކު ކުއްލިއަކަށް ބަދަލު ކޮށްލަން އެއުޅެނީ ވަރަށް ބޮޑަށް އުދަގޫވެގެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454