މެލޭޝިއާގެ މަގެއްގެ މަތިން ބަޔަކު ހިނގާފައި ދަނީ: އެ ގައުމުގައި ހުރި ދިވެއްސަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައި -- ފޮޓޯ/މިހާރު
09 އެޕްރީލް 2020 - 15:33
މެލޭޝިއާގައި ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް މެލޭޝިއާ އިން 4،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، މިހާތަނަށް އެ ގައުމުން 65 މީހަކު ވަނީ މަރުވެފަ އެވެ.
މެލޭޝިއާގެ ހެލްތު މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތުތައް ބުނާގޮތުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 416 މީހުންނަކީ މެލޭޝިއާގައި ތިބި އެހެން ގައުމުތަކުގެ މީހުންނެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް އެ ގައުމުން އިއުލާން ކުރިއިރު، އެ ގައުމުގައި މިހާރު އޮތީ 22 ދުވަހުގެ މޫވްމަންޓް ކޮންޓްރޯލް އޯޑަރުގެ ދަށުން ކާފިއުއެއް އިއުލާން ކޮށްފަ އެވެ.
Seramai 416 kes dalam kalangan bukan warganegara Malaysia.
— KKMPutrajaya (@KKMPutrajaya) April 9, 2020
KKM juga bekerjasama dengan UNCHR untuk aktiviti pengesanan di lapangan dan saringan. pic.twitter.com/i0YaR0xGQK
މެލޭޝިއާ ހެލްތު މިނިސްޓްރީގެ ޓްވީޓް
އެހެންވެ، އެ ގައުމުގައި ތިބި ދިވެހިން ގެނައުމާއި އާއިލާތަކުން އެހީ ފޮނުވުމުގެ އިންތިޒާމް ދިވެހި ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.
އިނގިރޭސިވިލާތުގައި އުޅޭ ތިން ދިވެއްސަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
ރާއްޖެއިން ކޮވިޑް-19 އަށް 19 މީހަކު ޕޮޒިޓިވް ވިޔަސް، އޭގެ ތެރެއިން 13 މީހަކު ފިޔަވައި ދެން ތިބި އެންމެން ވަނީ ރަނގަޅުވެފަ އެވެ. ބާކީ ތިބި ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޭގަ އޮއިނަމަ
09 April 2020
ގޭގަ އޮތްނަމަ ؟
ދަންނަ ނުދަންނަ
09 April 2020
ކުދިންނޭ! ނުރައްކާތެރިކަން ކުޑައެއް ނުވޭ! ފަރުވާކުޑަނުކުރޭ!
އައްޑޫ ކޮއްޔާ
09 April 2020
މީތަ ފްލައިޓު ބޭއްވި ސަބަބަކީ؟
ސަލާމަތެއް ނެތް
09 April 2020
މިހާރު ބައިވަރު ތިބޭނެ އެވެ.ކޮބާ އެމީހާ އާއި ކޮންޓްރެކްވި މީހުން މާލެ ގެނެސްފި ތަ؟