23 އެޕްރީލް 2020 - 10:24
އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ މުއާސަލާތީ ކުންފުނި ރިލަޔަންސް ޖިއޯގެ 9.99 ޕަސެންޓް ހިއްސާ މާކް ޒަކަބާކްގެ ފޭސްބުކަށް 5.7 ބިލިއަން ޑޮލަަރަށް ވިއްކާލައިފި އެވެ.
މިއި މުއާމަލާތް ހިންގާފައި މި ވަނީ ޖިއޯގެ ހިއްސާ ގަންނަން ފޭސްބުކުން މަޝްވަރާތަކެއް ކުރަމުން އަންނަކަން މިދިޔަ މަހުގެ ތެރޭގައި މީޑިއާތަކުން ވެސް ރިޕޯޓްކޮށްފައި ވަނިކޮށެވެ.
މިކަމާ ބެހޭ ގޮތުން ފޭސްބުކުން އާންމުކުރި ބަޔާނެއްގައި ބުނީ އެ ކުންފުނިން ޖިއޯގެ ހިއްސާ ގަންނަން ނިންމި މައިގަނޑު ސަބަބަކީ މުވާލަސަލާތީ ހިދުމަތްތަކުގައި އިންޑިއާ ހޯދަމުން އަންނަ ކުރިއެރުންތަކާއި އެ ގައުމުގައި އެ ދާއިރާގެ މާކެޓް ފުޅާވަމުން އަންނާތީ އެވެ. އަދި ފެސްބުކުން ޖިއޯގެ މައިނޯރިޓީ ހިއްސާއާ އެކު، ކުރިއަށް އޮތް ދުވަސްތަކުގައި ފޯނާއި އިންޓަނެޓްގެ ހިދުމަތްތައް އިތުރަށް ވަރުގަދަކޮށް، ފުޅާކުރަން މުހިއްމު ރޯލެއް އަދާކުރާނެ ކަމަށް ބުންޏެވެ.
"ޑިޖިޓަލް ޓެކްނޮލޮޖީޒްގައި އިންޑިއާ ހޯދަމުން އަންނަ ކުރިއެރުންތަކުގައި ހިއްސާވުމަކީ އަހަރެމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި އިންޑިއާ އަކީ މި ދާއިރާގެ ކުރިމަގު ވަރަށް އުޖާލާ ގައުމެއް." ފޭސްބުކްގެ ޗީފް ރެވެނިއު އޮފިސަރު ޑޭވިޑް ފިޝާ ވިދާޅުވި އެވެ.
އިންޑިއާގައި އެންމެ ފުޅާކޮށް މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ރިލަޔަންސް ޖިއޯ އަކީ އަމްބާނީގެ ރިލަޔަންސް ގްރޫޕްގެ ސަބްސިޑަރީ ކުންފުންޏެކެވެ.
މީގެ 13 އަހަރު ކުރިން 2007 ގައި ވުޖޫދަށް އައި އެ ކުންފުނީގެ މިލްކިއްޔާތު 26 ބިލިއަން ޑޮލަރަށް އަރާ އިރު، ޖިއޯގެ ހިދުމަތް ހޯދާ މީހުންގެ އަދަދު 370.07 މިލިއަނަށް ވުރެ ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރަންޖީ
23 April 2020
ފޭސްބުކުން ދުނިޔެވެސް ގަނެލަފާނެ.
ސޭން
23 April 2020
މޮޅު އެއްޗެހި ލިޔަން އުޅެގެން ލިޔެވޭ ގޮތް.