ޚަބަރު / ކޮވިޑް-19

އަމާޒު ބޯޓު ދަތުރުކުރި ހުރިހާ ރަށެއް ބަންދުކޮށްފި

ހއ. އުތީމް: މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުގެ ތެރޭގައި އުތީމް ހިމެނޭ

މި މަހުގެ 15 ވަނަ ދުވަހު މާލެ އިން ފުރައިގެން އުތުރުގެ ތިން އަތޮޅަކަށް ދަތުރުކުރި "އަމާޒު" ބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، އެ ބޯޓު ދަތުރުކުރި ހުރިހާ ރަށެއް އެޗްޕީއޭ އިން ބަންދުކޮށްފި އެވެ.

އެޗްޕީއޭގެ މޮނިޓަރިން ލިސްޓަށް ލާފައި ވަނީ ހއ. އަތޮޅުން ދިއްދު އާއި އުތީމުގެ އިތުރުން ށ. ނަރުދު އާއި ށ. ފުނަދު އާއި ށ. މިލަންދު އާއި ށ. ފީވަކާއި ށ. މާއުގޫނދު އާއި ނ. ވެލިދު އާއި ހޮޅުދު އާއި ނ. މާފަރާއި ނ. މިލަދު އާއި ނ. ކެނދިކުޅުދު އާއި ނ. ހެނބަދޫ އެވެ.

covid19.health.gov.mv

އެޗްޕީއޭގެ މޮނިޓަރިން ލިސްޓު

މި 13 ރަށް މިވަގުތަށް ބަންދުކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މާލެ އިން ފުރައިގެން އުތުރަށް ދަތުރުކުރި އަމާޒު ބޯޓުގައި 98 މީހަކު ދަތުރުކޮށްފައިވާ ކަމަށާއި އެ ބޯޓުގެ ކެޕްޓަނާ ގުޅުން ހުރި 50 މީހަކު ހޯދާފައިވާ ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭ އިން ރޭ ބުނެފައި ވެ އެވެ.

ކެޕްޓަނާ ގުޅުން ހުރި މީހުން އެޗްޕީއޭ އަށް ނޭނގުން އެކަށީގެންވާ ކަމަށް އެ އިދާރާ އިން ބުނެ އެވެ. އެހެންވެ، އޭނާއާ ކޮންޓެކްޓް ވެފައިވާ މީހެއް ނަމަ އެޗްޕީއޭ އަށް އަމިއްލަ އަށް އަންގަން ވެސް އެ އިދާރާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ހދ. ކުޅުދުއްފުއްޓަށް މި މަހުގެ 21 ވަނަ ދުވަހު އިއުލާންކުރި ލޮކްޑައުންގެ މުއްދަތު ވެސް މިހާރު ވަނީ އިތުރުކޮށްފަ އެވެ. މިދިޔަ އަންގާރަ ދުވަހު، އެ ރަށް ލޮކްޑައުން ކުރަން ނިންމީ ތިން ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެ މުއްދަތަށް އިތުރު ހަތް ދުވަސް މިހާރު ވަނީ އިތުރުކޮށްފަ އެވެ. އެ ސިޓީ އަށް އިއުލާންކޮށްފައި ލޮކްޑައުން ނިމޭނީ އަންނަ ބުރާސްފަތި ދުވަހެވެ.

ލޮކްޑައުން މުއްދަތުގައި ޑެލިވަރީ ފާސް ދޫކުރުމާއި މަސައްކަތަށް ނުކުންނަން ޖެހޭ މީހުންނަށް ފާސް ދޫކުރުމުގެ މަސައްކަތް ޓާސްކް ފޯހުން ކުރަމުން އަންނަ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަބްދުލްލަތީފް ވިދާޅުވި އެވެ. އަދި ލޮކްޑައުންއާ ހިލާފަށް އަމަލުކުރި ފަސް މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމުގެ ތެރެއިން އެކަކުގެ ސާމްޕަލް ނަގާފައިވާ ކަމަށާއި ނަމަވެސް އޭގެ ނަތީޖާއެއް އަދި ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.

މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ ގިނަ މީހުން މިހާތަނަށް ފެނިފައި ވަނީ މާލެ ސަރަހައްދުންނެވެ. ނަމަވެސް އަމާޒު ދޯނީގެ މައްސަލައާ ގުޅިގެން ރަށްރަށަށް ކޮވިޑް-19 ފެތުރުމުގެ ބިރު ބޮޑު ކަން އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރިން ރަށްރަށަށް ދަތުރުކުރި މީހުން، އަމިއްލައަށް އިސްނަގައިގެން ގައިދުރުކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ މީގެ ކުރިން އިލްތިމާސްކޮށްފަ އެވެ.

9 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 94%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕޮގުބަ

27 April 2020

މާލެ ލޮކްޑައުން ކުރާތި ނ. އަތޮޅު މީހުން އެބޯޓަށްއެރީ ސަރުކާރުން ވަގުތު ކޮޅެއް ނުދިނީމަ އަމާޒް ބޯޓަކީ ނ.އަތޮޅުން އެހާގިނަ ރަށްރަށަށް ލަފާބޯޓެއް ނޫން އެބޯޓް އާމްކޮއް ލަފާނީ ހޮޅުދުއަށް މިކަމުގަ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން

The name is already taken The name is available. Register?

ބަހުސް

28 April 2020

އެ ކީއްވެ ސަރުކާރުން ޒިންމާނަގަންޖެހެނީ؟ ތިޔަ ވިދާޅުބަހުގެ މާނައެއް ނޭންގުނޭ..ތިޔަ ވިދާޅުވި

The name is already taken The name is available. Register?

ބާބީ

27 April 2020

ކޮމިއުނިޓީ ސަަވައިލެންސް ޓެސްޓިންގ ނަހަދާ، މާލޭގައި ފެށީ ކާފިއުވެސް އުވާލާ، މިދިޔަ މަހުގެ 15 ވަނަ ދުވަހު ސަރުކާރު ހުޅުވަންށޭކިޔާ ރަށުގައި ހުއްޓާމާލެގެނެސް ކުޑަގޮޅިޔަކަށް ވައްދާ ގޮޅީގެ ތަޅުދަނޑިވެސް ތިޔަ އެއްލާލީ ބޯހާސްކޮށްމަރަންތަ؟ކީއްކުރަން ޔަޤީންނުކޮށް ސަރުކާރުހުޅުވާ ބާޒާރުހުޅުވާ މިގަނޑެއްގަތީ! މިސުވާލުކޮށްލަދެއްވުން އެދެން! ބުނަން މާލޭބޮޑުންނަށް ވަޒީފާ ދޭގޮތަށް އަހަރެމެން މާލެއިން ފޮނުވާލަން ނޫޅޭތި! ރަށަކު ބޮޑުލާރިލިބޭ ފަސޭހަ ވަޒީފާއެއްނެތް!

The name is already taken The name is available. Register?

ޣގggފފ

26 April 2020

ހދ.ކުމުންދޫ ޓާސްކު ފޯހުން ހަވީރު ގޮވި ތިޔަ ބޯޓުން ދަތުރުކުރި ބަޔަކު ކުމުންދޫ އަށް އައޭ. ރައްޔިތުން ގޭގަ ތިބޭށޭ. އެޗްޕީއޭ އިން ކުމުންދޫ ބަންދު ނުކުރޭ އަދިވެސް

The name is already taken The name is available. Register?

ގދހޖޖޖ

26 April 2020

އެޗްޕީއޭ އިން މޮނީޓަރިން އަށް ނުލާނެ މީހަކަށް ޖެހުނީމަ ނޫނީ. ހދ.ކުޅުދުއްފުށި މޮނީޓަރިންނަށް ލީ ކޮވިޑް އަލާމަތް ފެނިގެން. ރައްކާތެރިވެ ތިބިއްޔާ ދަތުރު

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

26 April 2020

ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. ﷲގެ ރަޙުމަތުން މި ވަބާއިން ރައްޔިތުން ސަލާމަތް ކުރައްވާދޭނވެ. އާމީން.

The name is already taken The name is available. Register?

ރަދީފްް

26 April 2020

އަމާޒެއްނެތި ދަތުރުކުރުމުން ތިޔަހެން ތިދިމާވީ!!!

The name is already taken The name is available. Register?

ހގދ

26 April 2020

ތިބޯޓުން ދަތުރު ކުރި މީހަކު ބ.ކެންދޫގައި އުޅޭ ވާހަކަވެސް އެހިން. ތެދެއްތޯ. އެޗްޕީއޭ.

The name is already taken The name is available. Register?

އެޗްޕީއޭ

26 April 2020

ބަލަމުންދަނީ ކެންދޫ އިން ފުރައިގެން މާލެވެސް އަތުވެއްޖެ މީހަކު ޓުވީޓް ކުރަމުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454