އިދިކޮޅު ކޯލިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ: ކޮވިޑް-19 ގައި ރާއްޖެއިން ފުރަތަމަ ފަހަރަށް މީހަކު މަރުވުމުގައި ސަރުކާރުގެ އިހުމާލު އޮތް ކަމަށް އެ ކޯލިޝަނުން ބުނޭ -- މިހާރު ފޮޓޯ/ހުސެއިން ވަހީދު
30 އެޕްރީލް 2020 - 19:26
ކޮވިޑް-19 ގައި ފުރަތަމަ ފަހަރަށް ރާއްޖެއިން މީހަކު މަރުވުމުގައި ސަރުކާރުގެ އިހުމާލު އެބައޮތް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
ކޮވިޑް-19 ގައި ރޭ ނިޔާވި އުމުރުން 83 އަހަރުގެ އައިމިނަތު އާދަމް އެ ބައްޔަށް ޕޮޒިޓިވްވި ކަން ކަށަވަރުވީ އޭނާ މަރުވި ފަހުންނެވެ. އޭނާއަކީ އެ ބައްޔަށް ޕޮޒިޓިވްވި ބަޔަކާ ގުޅުން ހުރި މީހެއް ކަމަށް ވާއިރު، އޭނާގެ ސާމްޕަލް ނެގުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށް ބުނެ ބައެއް ފާޑުކިޔުންތައް އޮތީ އަމާޒުވެފަ އެވެ.
އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ، އައިމިނަތު އާދަމް ގުޅުން ހުރި ކަން އެނގޭއިރު ވެސް އޭނާ އިއްޔެއާ ހަމައަށް ގޭގައި މޮނީޓަރިންގައި ބެހެއްޓުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. ޕީޕީއެމް/ޕީއެންސީން ބުނީ، އެ ބަލީގެ އަލާމާތެއް ފެނިގެން ޓެސްޓް ކުރުމަށް އައިމިނަތު އާދަމްގެ އާއިލާ އިން އެދުމުން ވެސް އެކަން ކުރުން ލަސްވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އެހެންވެ، އެކަމުގައި ސަރުކާރުގެ އިހުމާލު އޮތްކަން ހާމަވާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ސަރުކާރުގެ ފަރާތުން މިކަމަށް ދޭންޖެހޭ ސަމާލުކަން ކުޑަވުުމާއި ފަރުވާ ކުޑަކުރުން އޮތްކަން ވަރަށް ބޮޑަށް ފާހަގަވެ އެވެ." އެ ބަޔާނުގައިވެ އެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ، އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ހުރި މީހުންގެ ކިބައިން ކޮވިޑް-19 ގެ އަލާމާތެއް ފެނިއްޖެ ނަމަ، އެ މީހުންގެ ފަރުވާގެ ކަންކަމުގައި ފަރުވާ ކުޑަ ނުކުރަން ސަރުކާރަށް އިލްތިމާސް ކޮށްފަ އެވެ. އަދި ބައްޔަށް ޝައްކު ކުރެވޭ މީހުންނާއި ފުރާނައަށް ނުރައްކާ ވެދާނެ ފަދަ މީހުންގެ ސާމްޕަލް ނެގުމަށް ފަހު ނަތީޖާ ލިބެންދެން މަޑުކުރުމުގެ ބަދަލުގައި ގާތުން މޮނީޓާ ކުރެވޭނެ ގޮތަކަށް އެކަންކަން އިންތިޒާމް ކުރަން ވެސް ޕީޕީއެމް/ޕީއެންސީން ގޮވައިލި އެވެ.
މީގެ އިތުރުން މަރުވި މީހާގެ އާއިލާއަށް އެ ކޯލިޝަން އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގައި ތައުޒިޔާ ކިޔާ ކަމަށް ވެސް އިދިކޮޅުގެ ބަޔާނުގައިވެ އެވެ.
ކޮވިޑް-19 ގައި ފުރަތަމަ ފަހަރަށް ރާއްޖެއިން މީހަކު މަރުވިއިރު، އެކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ އާއި އެ ބައްޔަށް މީހުން ޓެސްޓް ކުރުމުގައި މިހާރު އަމަލުކުރާ އުސޫލުތަކަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭތޯ ބައްލަވާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރޭ ވަނީ ވިދާޅުވެފަ އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 396 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ވެސް ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހްމޫދް
01 May 2020
ސަރުކާރުން އަބަދު އެދަނީ ގައިދުރުކުރުމަށާއި ސާފްތާހިރުކަމަށް ސަމާލުގުމައް ނަސޭހަތް ދެމުން.އެހެންނަމަވެސް ގިނަމީހުން ދިޔައީ މިެރންގުންތަކަށް ބީރުކަންފަތެއް ދެމުން.މިކަމުގައި ކޮންމެމީހެއްގެވެސް ފަރުދީ ޒިންމާ ވަރައްބޮޑު. މިފަދަ ބަލިމީހުން ނާއި އެހެންމީހުން ބައްދަލުކޮއް ހެދިއިރު މިހެންދިމާވެދާނެ ކަމަކައް ނުދެކިފަތުވާކުޑަކުރުމުން ވީގޮތެއް މީ. ސަރުކާރުން ކުރާމަސައް ކަތައް ފާޑިކިޔުން ވަރަށް ފަސޜހަވާނެ.
ނެޝަނަލިސްޓް
01 May 2020
އިންސާނެއްގެ ފުރާނަ ދިޔުމުން އެއީވެސް ސިޔާސީ ކަމަކަށް! ކޮންފަދަ ބަޔެއްތަ މިއީ!
މަޖިލިސްބޮޑޭ
01 May 2020
މިހާލަތުގައި ކަންތައްތައް ހުރެފަ އެމް.ޑީ.ޕީ އިދިކޮޅުގަ އޮތަނަމަ މިހާރު ގައުމު ގެ އެތަން މިތަނުގަ ހުޅުޖަހައި މުޒާހަރާކޮށް މުޅި ގައުމު ފުނޑާލައިފިސް....
ހޯރަބޭ
01 May 2020
ޔާމީނު ދަރުމަވަންތަ ހަދަށް 140 މިލިޔަން ޑޮލަރ. އިކުއިފްމަންޓް ގަންނަށް 850 މިލިޔަން ޑޮލަރ. އެކަމް 10 މީހުން ގެ ޖާގައިގެ އައިސީޔޫއެއް ހުރީ. ލަދު ކޮބާ އަދުރޭމެންގެ އަމިންލަޔަށް ފަލީހަތް ނުވެ މަޑުމަޑުން ގައިދުރުކޮށްގެން ގޭގަ ތިބޭ ކުރާނި ކަމެއްމިހާރު ނޯންނާނެ ސިރާޖް ގޮނޑިވެސް ދަމައިގަތީ ވިއްޔާ
ވަޙީދު
01 May 2020
ދެންބުނޭ ޔާމީނު ދޫކޮށްލާށޭ އޭރުން މިބަލިމަޑުކަން ފިލާނެއޭ..ޕޕމ އެއްކޮށް ލޮކްޑައުން ކުރަންވީ
ވަތަން އިސްކުރަންޖެހޭ
01 May 2020
ފިތުނަ އުފައްދަނީ އެމްޑީޕީ ޖާހިލު ނުވިސްނޭ މީހުން
އެ ކޯޅުން
01 May 2020
މި ޕީޕީއެމް ނޫނިއްޔާއި ދުނިޔޭގައި އިދިކޮޅު ޕާރޓީއެއް ނެތީބާވައެވެ. މިދިމާވެގެން އުޅޭ ބަލިމަޑު ކަމުގައި އެންމެއް އެއްބާރު ދީގެން މިކަމުން ސަލާމަތްވޭތޯ މަސައްކަތް ކުރުމުގެ ބަދަލުގައި އަދިވެސް ޕޮލިޓިކަލް ޚިޔާލު ތަފާތުވުމުގައި ކުރިއަށް..
ބޮޑުމީހާ
01 May 2020
އިހުމާލުވެސް އޮންނާނެ، އިހުމާލުވެވޭނީ އެކަންކުރަން ތިބޭ ބަޔަކަށް އެއީ އިންސާނީ ފިތުރަތެއް. ވިސްނަންވީ ކަމަކީ އެބޭފުޅުން މިހާތަނަށް ކިތައް ފުރާނަ ސަލާމަތް ކުރިތޯ! އެކަމަކު މިކަމުގައި އިދިކޮޅުން ނާޖާއިޒު ފައިދާ ނަގަން އުޅުމަކީ ލާއިންސާނީ ކަމެއް.
ވައިސޫރި
30 April 2020
މަރުވާ ކޮންމެ މީހަކީ ސަރުކާރު ޒިންމާވާންޒެހޭ ކަމެއްނޫނެވެ އެކަމަކު ޔާމީނު ވެރިކަމުގާ މަރާލާފައިވާ މީހުންތަތުގެ ޒިންމާ ނަގަން ޖެހޭނީ ނިމިދިޔަ ސަރުކާރުން
މެދުމީހާ
30 April 2020
މީހަކު މަރުވާއިރަށް ގައުމު ހަލަބޮލިކޮށް ސިޔާސީ މަންފާ ނަގަން ދިމާނުކުރުން ބުއްދިވެރި. ބުރަކޮށް ރެޔާދުވާލު މަސައްކަތް ކުރާ ސިއްޚީ ޚިދުމަތްތެރިންނަކީ އިންސާނުން. އަތުން ކައްސާލާ ފަހަރުވެސް އަންނާނެ.