ޚަބަރު / ފައްޔާޒު އިސްމާއިލް (ކުރީގެ މިނިސްޓަރު)

އަމިއްލަ މަސައްކަތްކުރާ އެންމެންނަށް އެލަވަންސް ދޭނެ ފައިސާއެއް ނެތް: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް: އަމިއްލަ މަސައްކަަތްކުރާ އެންމެންނަށް އެލަވަންސް ދޭނެ ފައިސާއެއް ނެތް ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށް އެލަވަންސް ދިނުމުގައި، އަމިއްލަ މަސައްކަތްކުރާ ހުރިހާ އެންމެންނަށް އެލަވަންސް ދޭނެ ފައިސާއެއް ސަރުކާރުގައި ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކުގައި ވަޒީފާ ގެއްލުނު މީހުންނށް ސަރުކާރުން ވަނީ 5،000ރ. ގެ އިނާޔަތެއް ދޭން ނިންމައިފަ އެވެ. އެކަމަށްޓަކައި ޚާއްސަ ޖޮބް ސެންޓަރެއް ގާއިމްކޮށް، ޝަކުވާ ހުށަހަޅަން ޚާއްސަ ނިޒާމެއް އޮތީ ގާއިމްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ވަޒީފާ ގެއްލޭ މީހުންނަށް އެލަވަންސް ދޭނެ ގޮތްތައް އިއުލާން ކުރުން ލަސްވެފައި އޮތީ އަމިއްލަ މަސައްކަތްކުރާ މީހުންނާ މެދު ގޮތެއް ނިންމުން އުނދަގޫވުމުން ކަމަށެވެ. އަމިއްލަ މަސައްކަތްކުރާ މީހުން ކަމަށް ބަލާނެ މިންގަނޑެއް ނެތްއިރު އަދި އެފަދަ ހުރިހާ މީހުންނަށް ދޭނެ ފައިސާއެއް ނެތް ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"ސެލްފް އެމްޕްލޮއިޑް ފަރާތްތަކަށް ދޭނީ ކިހިނެތްތޯ، ކޮން ހިސާބަކުންތޯ ލައިނެއް ޑްރޯ ކުރާނީ؟ ދޮގެއް ނަހަދާ ދަންނަވާ ކަމަށް ވަންޏާ އޭގައި ތާށިވެފައި އަޅުގަނޑު މިހިރީ. ކިހާ ހިސާބަކުންތޯ ލައިން ޑްރޯ ކުރާނީ؟ އެއީ އަޅުގަނޑުމެންގެ ހުރީ ލިމިޓެޑް ފަންޑްސް. އަންލިމިޓެޑް ފަންޑްސް ހުރި ނަމަ އަޅުގަނޑުމެންގެ އެއްވެސް ޖެހިލުމެއް ނެތް ހުރިހާ ރަައްޔިތުންނަށް އެ ފޯރުކޮށްދޭން ވެސް،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިގްތިސާދު ރަނގަޅު ނުވިޔަސް، ލޮކްޑައުންގެ ހާލަތު ނިމުމާ އެކު، އަމިއްލަ މަސައްކަތް ކުރާ މީހުންނަށް އެއްވެސް ހުރަހެއް ނެތި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އަމިއްލަ މަސައްކަަތް ކުރާ ގިނަ އަދަދެއްގެ ބައެއް އެބަ ތިބިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި، ދައުލަތުގެ ހިންގުމުގެ ޚަރަދުތަކަށާއި އިގްތިސާދު ސަލާމަތް ކުރުމަށްޓަކައި ބޮޑު އިގްތިސާދީ ޕެކޭޖެއް ގެނައުމަށްޓަކައި އޯވަޑްރޯކޮށް ފައިސާ ނެގުމާއި ބޭރުން ދަރަނި ނެގުމަކީ ވެސް ކުރަން ޖެހިދާނެ ކަމެކެވެ. އަދި މި ވަގުތު ބޭރުން ދަރަނި ލިބުން ދަތިވެދާނެ ކަމަށާއި އެހެންވެ ކުރަންޖެހޭ ކޮންމެ ކަމަކަށް ވެސް ތައްޔާރަށް ތިބެންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"ސެލްފް އެމްޕްލޮއިޑް ފަރާތްތަކަށް ދޭނީ ކިހިނެތްތޯ، ކޮން ހިސާބަކުންތޯ ލައިނެއް ޑްރޯ ކުރާނީ؟ ދޮގެއް ނަހަދާ ދަންނަވާ ކަމަށް ވަންޏާ އޭގައި ތާށިވެފައި އަޅުގަނޑު މިހިރީ. ކިހާ ހިސާބަކުންތޯ ލައިން ޑްރޯ ކުރާނީ؟ އެއީ އަޅުގަނޑުމެންގެ ހުރީ ލިމިޓެޑް ފަންޑްސް. އަންލިމިޓެޑް ފަންޑްސް ހުރި ނަމަ އަޅުގަނޑުމެންގެ އެއްވެސް ޖެހިލުމެއް ނެތް ހުރިހާ ރަައްޔިތުންނަށް އެ ފޯރުކޮށްދޭން ވެސް،" ފައްޔާޒް

"އަޅުގަނޑުމެން ތައްޔާރަށް ތިބެން ޖެހޭނެ އަޅުގަނޑުމެންގެ އަތުގައި ނިއުކްލިއާ ބޮމެއް އޮތިއްޔާ ނިއުކްލިއާ ބޮން ބޭނުން ކުރަން. އެއީ މި ދަންނަވާ ވާހަކަ އަކީ. އޯޑީ ކުރަން ވިޔަސް، ޗާޕް ކުރަން ވިޔަސް ދަރަންޏަށް ނަގަން ވިޔަސް އަޅުގަނޑުމެންނަށް ދައުލަތުގެ ސިފައިގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ތައްޔާރަށް ތިބެން ޖެހޭނީ،" ފައްޔާޒް ވިދާޅުވި އެވެ.

ފައިސާ އޯވަ ޑްރޯ ކުރުމުން އިންފްލޭޝަން ކޮންމެވެސް ވަރަކަށް އުފުލިދާނެ ކަމަށާއި އެކަމަކު އޭގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ހިފެހެއްޓިގެން ދާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ. އަދި އެއީ ދެ ގެއްލުމުގެ ތެރެއިން ކުޑަ ގެއްލުމުގެ ބޭނުން ހިފުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންފްލޭޝަން މިހާރަށް ވުރެ ބޮޑުވެ، އަޅުގަނޑުމެންނަށް ތަކްލީފަކަށް ވިޔަސް، އަޅުގަނޑުމެންނަށް ހިފެހެއްޓޭ ލެވަލްއަކަށް ބޮޑުވެފައި އެކަމަކު ގިނަ ބައެއްގެ ވަޒީފާތަކެއް ހިފަހައްޓައި، ގިނަ ވިޔަފާރިތަކެއް ހިފެހެއްޓުންތޯ އެއީ އަޅުގަނޑުމެންގެ ހިިތާ ހިތާ ކޮށްލަން ޖެހޭ ސުވާލެއް." ފައްޔާޒް ވިދާޅުވި އެވެ.

"ބޭންކް އިގްތިސާދުގެ އިންޖީނެއްގެ ގޮތުގައި މަސައްކަަތް ކުރާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ބޭންކްގެ ފައިދާއިން ކުޑަވާ ތަނަށް ވުރެ މާ ބޮޑު ފައިދާއެއް މުޅި އިގްތިސާދުގައި އާންމު ރައްޔިތުންނަށް ވެސް އަދި ސަރުކާރަށް ޓެކްސްގެ ގޮތުގައި ވެސް ލިބޭނެ،" ފައްޔާޒް

ފައްޔާޒް ވިދާޅުވީ ވިޔަފާރިތައް ކުރިއަރުވައި، އިގްތިސާދު ހިނގައިގަތުމަށްޓަކައި ބޭންކްތަކުގެ ލޯނު އިންޓްރެސްޓް ރޭޓް ކުޑަކޮށް ލޯނުތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރާ އެސްއެމްޑީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އެކަށީގެންވާ މިންވަރުގެ ބަޖެޓެއް ނެތުމަކީ ވެސް ދިމާވާ ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ވިޔަފާރިތަކަށް ލުއި ލޯނު ދޫކޮށްފި ނަމަ، ދިގު މުއްދަތުގައި ލިބޭނެ ފައިދާ މާ ބޮޑު ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"ބޭންކް އިގްތިސާދުގެ އިންޖީނެއްގެ ގޮތުގައި މަސައްކަަތް ކުރާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ބޭންކްގެ ފައިދާއިން ކުޑަވާ ތަނަށް ވުރެ މާ ބޮޑު ފައިދާއެއް މުޅި އިގްތިސާދުގައި އާންމު ރައްޔިތުންނަށް ވެސް އަދި ސަރުކާރަށް ޓެކްސްގެ ގޮތުގައި ވެސް ލިބޭނެ،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން އިގްތިސާދަށް ބޮޑު އަސަރެއް ކުރަމުންދާ ކަމަށާއި އެހެންވެ، ލޮކްޑައުންގެ ހާލަތު އަބަދު ދެމެހެއްޓުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. އަދި ސިއްހީ ދާއިރާގެ ބޭފުޅުންނާއި ކަމާބެހޭ އިދާރާތަކުގެ ލަފައާ އެކު، ހާލަތު ރަނގަޅުވިހާ އަވަހަކަށް އިގްތިސާދީ ހަރަކާތްތަކަށް މަޑުމަޑުން ސަރުކާރުން ޖާގަ ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރީގައި އޮތް ރެސްޓްރިކްޝަންތައް ދޫކޮށްލައި، ރެސްޓޯރެންޓްތަކަށް ވެސް ސޯޝަލް ޑިސްޓޭސިންގައި ދާން ހުޅުވާލަން އޮތް ދުވަހު މާލެ ތެރެއިން މި ކޭސް ފުރަތަމަ ފެނިގެން ލޮކްޑައުން އަކަށް މި ދިޔައީ،" ފައްޔާޒް ވިދާޅުވި އެވެ.

އަމިއްލަ މަސައްކަތް ކުރާ ހުރިހާ މީހުންނަށް އެލަވަންސް ދިނުމާ މެދު ގޮތެއް ނިންމުން އުނދަގޫ ވެފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއިރު، ސަރުކާރުން ކުރިން އޮތީ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ލުއި ލޯނު ލިބޭނެ އިންތިޒާމް ކުރިން އޮތީ ހަމަޖައްސައިފަ އެވެ.

59 ކޮމެންޓް, 87 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 9%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިމްރާނު

03 May 2020

ތިޔަ ތާށިން ވަރަށް ފަސޭހައިން ނެއްޓޭނެގޮތް އެބައޮތް. އަވަހަށް ވަޒީފާއިން އިސްތިއުފާ ދެއްވާ.

The name is already taken The name is available. Register?

އެމްސް

03 May 2020

ލައިން ޑްރޯކުރަންވާހިސާބު ކަނޑައަޅަން ފަސޭހަވާނެ ޤާނޫނުހަދާމަޖިލިހުގަ އެފެންވަރު ހުންނަނަމަ! ރަޢިއްޔަތުންގެ ފައިސާއިން މުސާރަނަގައިގެން ތިބޭބަޔެއްގައިގަ ރަޢިއްޔަތުންގެކަންކަން ހިންގު މުގެ ޤާބިލްކަންނެތުނީމަ، ދެނޯ؟

The name is already taken The name is available. Register?

ވާނުވާ

03 May 2020

ކޮބާ ރިސޯޓު އޯނަރުން....އެމީހުންގެ އަތުގައި ހެސްކިޔާފަ ފައިސާ އޮނާނެ. ތިފައިސާ ބޭނުންޖެހޭހާލުގައި ބޭނުންކޮށްބަލަ، އެހެންނޫނީ ތިޔަކު ބަރަކާތެއް ނުހުންނާނެ....ތިޔެކޭ ހަމަ ހުސްކަރުދާހެކޭވާނީ އެއްވަރު....މިފައިސާކޮންޓްރޯލް ކުރެވޭނެ ނިޒާމެއްގާއިން ކުރަން ސަރުކާރުން ވިސްނަންޖެހޭނެ

The name is already taken The name is available. Register?

މިކޯ

03 May 2020

އުމުރުން 18 ވީމާ ކޮއްމެ މީހަކު މީރާ ގައިރަޖިސްޓްރީ ކުރަންވީ ޓިން ނަމްބަރެއްދީފައި . އޭރުން ތިހުރިހާކަމެއް އޮއްނާނީ ހައްލުވެފައި.

The name is already taken The name is available. Register?

ފޫހި

03 May 2020

ބިދޭސީންނަށް ކޮންމެ ހަރަދެއް ކުރަންވިއަސް ކުރާނެ ހަރަދު ހުންނާނެ. ދިވެއްސަކަށް ލޯލާރިއެއްދޭންވިއަސް ދައުލަތަކު ނުހުންނާނެ. ޢަހަރެން ހިތަށްއަރާ. ޢަމިއްލަ މަނަވަރެއްހާ ހިސާބުވެސްނެތް ކުޑަކުޑަގައުމެއްގަ ކިހާވަރެއްވީމަބާއޭ ބިދޭސީން ގިނަކަމަށް މިމީހުން ދެކޭނީ. މިމީހުންނަކީ ގައުމިއްތަތެއްވެސް ނެތް ބައެއް.

The name is already taken The name is available. Register?

ފިލާވަޅު

03 May 2020

ކަލޯ އަހަރުމެންދެއްކި ޓެކްސް ފައިސާ ބަދަލުދިނުމުގަ ބެހި ލާރިކޮޅުކޮބާތޯ؟ ކީއްކުރަން ދައްކާ ޓެކްސްއެއްތޯ؟ ވަކިބަޔަކައް ވިޔަފާރިކުރުމުގެ ފުރުސަތުހަނިކޮށް ހެދުމުގެ ނަތީޖާމިއީ؟ މިއީ ދައުލަތެއްބާ؟

The name is already taken The name is available. Register?

ނަައާދޭ

03 May 2020

ޕްރައިވެޓް ސެކްޓަރ އެއީ އޮންނަ އެއްޗެއްކަން އެގޭ ސަރުކާރެއް އަދި ނަައާދޭ މިގައު މަށް.

The name is already taken The name is available. Register?

ގުއިޓައްޕަން

03 May 2020

މަހަމަ އަންތަރީސްވޭ. މިކުޑަކުޑަ އާބާދީއާއިއެކު މިއޮތްބައިވަރު ފައިދާވާ ޓުއަރިސްޓު ރިސޯޓުތައް ހިންގާގައުމުން ދެތިންމަހަށް މަސައްކަތް ހުއްޓުނީމަ މޭނޭޖުނުވެގެން މިއުޅޭސަބަބު. މިގައުމަށް ބޭރުފައިސާހޯދަދެނީ ރިސޯޓުތަކުން އެތަނުގައި މަސައްކަތް ކުރާމުއައްޒަފުން. އެމީހުންނަށް ނުލިބޭ މުސާރައެއް ދެން ލިބެންޖެހޭ ބަޔަކު ނުވިސްނުނު. ސަރުކާރުން އެބަޖެހޭ މިއިންޑަސްޓުރީ ކޮންޓްރޯލޮކޮށް މެނޭޖުކުރަން.

The name is already taken The name is available. Register?

ޝޮކްތެރަޕީ

03 May 2020

ދައުލަތުގެ ބަޖެޓުން ތިމާގެ މީހުންނަޝާ ރައްޓެހިންނަ މިލިޔަނުން ލާރިތައް ބެހީމަ ދޭނެއެެއްޗެ ނޯންނާނެ ދެއްތޯ؟

The name is already taken The name is available. Register?

ރީތި މޫސަ

03 May 2020

ދުނިޔޭގަތިބި މުއްސަދިންނަށް 10 ވަރަކަށް އަހަރަށް 20 ވަރަކަށް ފަޅުރަށް ދީފަ ފައިސާ ހޯދަންވީނޫންތޯ އޭރުން ރައްޔިތުން ނުދަރާ ފައިސާ ލިބޭނެ ނޫންތޯ ނޫނީ 10 ވަރަކަށް ރިސޯޓުދޭންވީނޫންތޯ އެބަތިބިނޫންތޯ ބޮޑުއަގުދީފަ ރާއްޖެއަށް މިވަގުއައިސްތިބެން ބޭނުންވާ މިލިއަނަރުން އެމީހުންގެ އަމިއްލަޖެޓްގަ އެމީހުންގެ ސާވަންޓުންނާއިއެކު އަންނަންބޭނުންވާ އެމީހުންނަށް ދޭންވީނޫންތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454