ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް: މި ނާޒުކް ދަނޑިވަޅުގައި އެޗްޕީއޭގެ ވެބްސައިޓް ހެކްކުރުމަކީ ނާތަހުޒީބު، ފިނޑި އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
03 މެއި 2020 - 21:34
ރާއްޖެ އަށް ކޮވިޑް-19 ފެތުރިފައިވާ މި ދުވަސްވަރު އެންމެ މުހިންމު މައުލޫމާތުތައް ފޯރުކޮށްދޭ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ވެބްސައިޓް ހެކްކުރި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ނާޒުކް ވަގުތު އެޗްޕީއޭގެ ވެބްސައިޓް ހެކް ކުރުމަކީ ނާތަހުޒީބު، ފިނޑި އަމަލެއް ކަމަށެވެ. އަދި އެ އަމަލު ހަރުކަށި އިބާރާތުން އޭނާ ކުށްވެރި ކުރެއްވި އެވެ.
"ތަހުގީގީ އިދާރާތަކާ ގުޅިގެން މިކަން ތަހުގީގު ކުރާނަން. އެކަން ފެށިގެން މިހާރު ކުރިއަށް އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
Mi naazuku dhandivalhuga HPA ge website hack kurumakee naathahuzeebu findi amaleh. Mikan emme harukashi ibaaraathun kuhverikuran. Thahugeegee idhaaraathakaa gulhigen mikan thahugeegu kuraanan. Ekan feshigen mihaaru kuriyah ebadhey.
— Mohamed Maleeh Jamal (@maleehjamal) May 3, 2020
މިނިސްޓަރު މަލީހްގެ ޓުވީޓް
އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް، އެ ވެބްސައިޓުގައި މިއަދު ވަނީ ސަރުކާރަށް ބޮޑެތި އިންޒާރުތަކެއް ދީފަ އެވެ. އެ މެސެޖުގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރިފައިވާ މި ހާލަތުގައި ސަރުކާރުން "ކުޅެނީ ޕޮލިޓިކްސް" ކަމަށެވެ. މި ކަންކަން އިސްލާހު ނުކުރާ ނަމަ ސިއްރުތައް ހާމަކުރާނެ ކަމުގެ އިންޒާރު ވެސް ދީފައި ވެ އެވެ.
ވެބްސައިޓް ހެކްކޮށް އިންޒާރުގެ ވީޑިއޯއެއް ޕޯސްޓްކުރި ފަހުން ވެބްސައިޓް މިހާރު ވަނީ ޑައުންކޮށްފަ އެވެ. ނަމަވެސް އެ ވީޑިއޯ ޔޫޓިއުބްގައި ވެސް ވަނީ އާންމުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބުރާޙީމް:
05 May 2020
މިއުޅެނީ، މާލެ ލޮކްޑައުން ތަންފީޒް ކުރުމުގެ ޤާބިލްކަން ކަލޭމެންނަށް ނުލިބިގެން. ދެން ކުރެވޭނެ ކަމެއް ބުނެބަލަ. ދިވެހިން ފޭލް ކޮށްލައިފި.
އުމަރުބެ
04 May 2020
ވެބްސައިޓް ހެކްކުރެވެނީ އެކަށީގެނވާ ސެކިއުރިޓީ ސިސްޓަމް ޤާއިމް ކުރެވިފައި ނެތީމަ، އެކަން ކުރުމަށް މިނިސްޓްރީއެއް އުފެއްދީ، ކޮބައިތޯ ކުރެވުނު ކަމަކީ؟
މިކޯ
04 May 2020
މިރާއްޖޭގައި އިންޓަނެޓް ހެޔޮކުރަން ހެޔޮނުވާނެ. އަގުހެޔޮ ކޮއްފިނަމަ މަސައްކަތެއް ނުކޮށް ގޭމްކުޅެން ތިބޭނީ.
ހަކީމު
04 May 2020
ކިތަށް އަހަރު ވާނެތޯ ... ހަމަ އަހާލީ.
ޢާސީ
04 May 2020
ޢަޅުގަނޑައްވެސް ފެންނަނީ ވާވަރު ކަންތަކުގެ ވާހަކަ ދައްކަން ..ނުފޯރާ ފޮތިން ފޫގަޅަން ނޫޅުން..ކީކޭތޯ..
ނަޝީދު.
04 May 2020
ނުވާނެ ތިކަމެއް. އެންމެ ފުރަތަމަ ބުނީ އިންޓަނެޓް އަގުހެޔޮކުރާނަމޭ. އެކަމެއް ނުވި. އިންޓަނެޓް ހިދުމަތް ދޭ މީހުން ދޭނެ އަގެއްގަ ދޭނެ ސްޕީޑެއްގަ ދެނީ. އެކަން ނުވި މީހަކަށް ވަކި މިކަން ވާނެތަ؟ އިތުބާރެއް ނެތް. ރައްޔިތުންގެ ވަޒީފާއިން އިސްތިއުފާދީފަ ގެޔަށް ވަޑައިގަންނަވާ.
ގައުމެއްނެތްމިހާރަކު
04 May 2020
ތަންދޮރުދަންނަ ކިޔަވައިގެން ތިބިމީހުން ހުރިހާދިމާލަކުންވެސް އެއްފަރާތް ކޮށްފަ އެބައުޅޭ އެބައުޅޭ ޖާހިލިން ބޮޑެތި މަގާމުތަކަށް ލައި ހުސްއެކުޓިވިސްޓުން ނާ ބުރާންތިން ގޮވަގެން ހިންގާސަރުކާރަކަށް މާބޮޑު ނަތީޖާއެއް އެއްވެސް ދާއިރާއަކުން ނުނެރެވޭނެ.
ރައްޔިތުމީހާ
04 May 2020
އެހެން ގައުމުތަކުގައި މިފަދަ ކަމެއް ހިނގައިފިނަމަ ފުރަތަމަވެސް އެކަން ހިނގަން މެދުވެރިވި ސަބަބު ބަލާ އެކުންފުންޏެއް ނުވަތަ އިދާރާއަކާމެދު ފިޔަވަޅުއަޅަނީ. ރާއްޖޭގަ މިކަންވެސް މިކުރަނީ އެކޮޅުކޮޅުން.
ޑަބިޔާ
04 May 2020
ކޮންޗެއް ބެލޭނީ ކޮންކަމެއް ކުރެވުނީ. ކިތައްމީހުން މަރާފި ހޯދުނު ކަލޭމެންނައް އަދިވެސް އާއިލާތަކުން ރަޯލަރޯލަ. މަހުސަރުދުވަހުން ލިބޭނީ ހުރިހާއެއްޗެއް. މިގައުމަކުން ނުލިބޭނެ
ރައޔިޖބޒ
04 May 2020
މިއޮތް ޒަމާނުގަ ވަގުތުން އެބަ ހޯދާލެވޭ ކާކުގެ ފޯނަކުން ކާކުކަން މިކަހަލަ ކަންކަން ކުރަނީ. ތި މީހުން ނުކުޅެދެ ބަޔަކަށް ވެގެން ކީއްވެބާ ތި ތިބެނީ؟ މި އުޅޭ ސްކޭމް ކޯލްތައް ކުރާމީހުންވެސް އެބަ އިނގޭ ކާކުގެ ނަމެއްގަ އިން ސިމެއްކަން ކާކުގެ ނަމެއްގަ އިން އެކައުންޓެއްކަން ކީއްވެ ފިޔަވަޅު ނޭޅިގެން ތިއުޅެނީ؟ މި ކަންކަން ކުރަނީ ތި މީހުންގެ ގޭ މީހުން ކަމަށް ވާތީތ؟