އިންޑިއާގައި ތާށިވެފައި ހުރި ބޭސްތަކެއް އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެ ގެނައުމަށް ފަހު ބޭއްވި ރަސްމިއްޔާތުގައި އިންޑިޔާއިން ރާއްޖެއަށް ކަޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރު ވާހަކަ ދައްކަވަނީ: ރާއްޖޭގައި ތިބި އިންޑިއާ މީހުން ގެންދަން އެ ގައުމުގެ ހައި ކޮމިޝަނުން އަންނަނީ މަސައްކަތްކުރަމުން .-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
04 މެއި 2020 - 22:25
ރާއްޖޭގައި ތިބި އިންޑިއާ މީހުން ގެންދަން އަންނަ ބޯޓުގެ ފުރަތަމަ ދަތުރުގައި 700 މީހުން ގެންދާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިރޭ ބުނެފި އެވެ.
ރާއްޖޭގައި ވެސް ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާ އިރު، މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބިދޭސީންނެވެ. މިހާތަނަށް އިންޑިއާގެ 52 ރައްޔިތަކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ އިރު، ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުން ގެންދަން ބޯޓެއް ފޮނުވަން އެ ގައުމުން ވަނީ ނިންމައިފަ އެވެ.
📌Repatriation of Indians in Maldives!
— India in Maldives (@HCIMaldives) May 4, 2020
*1st phase begins on 8 May from Malé to Kochi by Indian Naval ship
*1st lot to include 700
*HCI is reaching out to Indians who wish to travel on Compelling Grounds (medical emergencies,pregnancy,stranded tourists,job-lost migrant workers)
އިންޑިއާ ހައި ކޮމިޝަނުން ކުރި ޓްވީޓެއް
ހައި ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ، ފުރަތަމަ ދަތުރު ކުރާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ. މާބަނޑު އަންހެނުންނާއި މެޑިކަލް އިމަޖަންސީތަކަށާއި ވަޒީފާ ގެއްލިފައިވާ މީހުންނަށާއި އެނބުރި އިންޑިއާ އަށް ނުދެވިފައިވާ ޓޫރިސްޓުންނަށް މި ދަތުރުގައި އިސްކަންދޭނެ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ.
ޑެޕިއުޓީ ހައި ކޮމިޝަނަރު ޝްރީ ރޮހިތު ރަތިޝް "މިހާރު" އަށް ވިދާޅުވީ، މިއީ މި މަސައްކަތުގެ ފުރަތަމަ މަރުހަލާ ކަމަށެވެ.
"އަޅުގަނޑުމެން އަދި ނުނިންމަން، ކިތައް ދަތުރު ކުރާނެ ކަމަކަށް. ނަމަވެސް ގިނަ މީހުން ބޭނުންވާ ނަމަ އެ ގޮތަށް ކަންތައް ކުރަން މަޝްވަރާ ކުރަން،" ރޮހިތު ވިދާޅުވި އެވެ.
ކުރިއަށް އޮތް ދެ ތިިން ދުވަހުގެ ތެރޭގައި އެ ބޯޓު އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ތިބޭ އިންޑިއާ މީހުން ބަލާ އަންނަ ބޯޓު ފުރަތަމަ ދާނީ ކޮޗިން އަށެވެ. އަދި އެތަނުގައި 14 ދުވަސް ކަރަންޓީން ކުރުމަށް ފަހު، އެ މީހުން ބޭނުންތަނަކަށް ދިއުމުގެ ފުރުސަތު ދޭނެ އެވެ.
ލަފާ ކުރެވޭ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 30،000 މީހުން ދިރިއުޅެ އެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި ޑޮކްޓަރުން ފަދަ ޕްރޮފެޝަނަލް މަސައްކަތު މީހުންގެ އިތުރުން ލޭބަރުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޭފެއަރ ކުޑޭ
05 May 2020
ނިކަމެތީންނަށް އެހީވެވޭނީ ބޮޑުންނާއި ވަޒީރުން މަޖިލީހަށް ބައި އަޅާފަދޯ.. މަޖިލީހުގެ ކޮންމެ މީހަކުން 100،000 މަހަކު + (ކެއުން ބަޖެޓުން) ޝާހިދު (ފޮރިންގ) ގެ ދަރިފުޅު ޔޫކޭ ގައި ބަހައްޓަން ދައުލަތުން 127،000 މަހަކު؟ 1.5 މިލިޔަން ސަލާމަތް ކުރެވޭ.. މަޖިލީހުގެ މުސާރަ 30 ހާހަށް ކުޑަކޮށް ފިނަމަ ދައުލަތަށް 92 މިލިޔަން ރުފިޔާ އަހަރަކުސަލާތް ކުރެވޭ.. މިބަޔާން ކުރި 107 މިލިޔަނުން ސިވިލް ސާވިސް މީހުންގެ މުސާރަ %15 އަށް ބޮޑުކުރެވޭނެ
ބްރޯ88
05 May 2020
އަވަހަށްދޭ ދެން ނާންނާތި. އެލެކްސްވެސް ގޮވައިގެން ދާތި
ފަރު
05 May 2020
އެންމެން ހުސްކޮށްފަ އެމްބަސީވެސް ބަންދުކުރާތި މިފަހަރު. މިވެރިން ބޭރުކުރަންވީ
ޝާޑު
05 May 2020
ތީ ކުރަންހަމަ ލަސްވެއްޖެކަމެއް. މިފަހަރު މުޅި ސިސްޓަމް އޯވަހޯލްކޮށްލަންޖެހޭނެ.
ޙަސަން ޝަކީލް
05 May 2020
އިންޑިޔާ އިން 50،000 ގުޅަ ހައިޑްރޮކްސި ކްލޮރޯކުއޮން ދެއްވާއިފި. ޝުކުރިޔާ ވަރަށް އަގުބޮޑު(ދިވެހި 1ރ އަށް ގުޅައެއް) އަދިވެސް އެެއފަހަރު ޝުކުރިޔާ. ޑޮކްޓަރުން މިބޭސް ކޮވިޑަށް ނުދެއްވާނެ. އެވާހަކަ ދިވެހި ސީނިޔާރޑޮކްޑަރުން އެ އޮތީ ބުނެފަ. ކުނިއަޅަން ބެކްޔާޑް ހުނ؟
ބަންގާލް ބާއީ
05 May 2020
ދިވެހިލިބާސްލައިގެން އުޅޭ ދިވެއްސަކަށްވެގަނެގެންއުޅޭ އެލްކްސްކިޔާ އިންޑިޔާމީހަކު މިގައުމުގާ އުޅޭ. މިބުރު އޭނާވެސް ދެން މިކޮޅަށް ނާދެވޭގޮތަށް ގެންދަންވާނެ.
ހާމިދު ޝާހިދު
05 May 2020
ބަންގްލަދޭޝް ބާއީންތައް ވެސް ގޮވައިގެން ދޭ. އިންޑިއާ އިން އުޅެފިނަމަ، ރާއްޖޭގައި ޑޮކިއުމަންޓް ނެތި ތިބި ބަންގާޅު ހުރިހާ އެންމެން، މިކަހަލަ ބޯޓަކަށް އަރުވައިގެން ގެންދެވިދާނެ.
ލިވިލީ
05 May 2020
މޯސްޓް ފޭކަސްޓް ޕީޕަލްސް އާ އިންޑިޔަން މޯޑީ ގަވަރުމެންޓް
ހުސްނީ
05 May 2020
ހެލިކޮޕްޓަރާއި އެ ބަލަހައްޓަން ގެނެސްފަތިބި ސިފައިންވެސް ގޮވައިގެން ދޭ. މެޑިކަލް އިވެކިއޭޝަން އޭ ކިޔާފަ ގެނެސް އޮންނަ ހެލިކޮޕްޓަރަށް ކޮވިޑް19 އާ ގުޅޭ އެންމެ ދަތުރެއްވެސް ކުރެވޭ ކަމަކަށް ނުވި. އެހެންވީމަ އަވަހަށް ގެންދޭ. އަވަސްކުރޭ.
ބޮޑުމީހާ
05 May 2020
ޕްލީސް. މިބުރުގަ އަޅުގަނޑުމެންގެ އިއްޒަތްތެރި މަޖްލިސް ރައީސް ކޮންމެހެންވެސް ގެންދަންވާނެ
ފޫހި
05 May 2020
އެންމެން ގެންދޭ. ޢަހަރެމެން ދިވެހިން އައުފެށުމަކުން ފަށާނީ ހިތްވަރާއެކު ބިދޭސީންނާ ނުލައި.
ކިމް ޖޮންގް
05 May 2020
އެހެންތަ އެހެންވިއްޔާ ހުރިހާ މަސައްކަތެއް އަމިއްލަ އަތުން ކުރެވޭނެވަރުގެ މުރާލިކަން ކަލޯމެންގެ ޖާނުގައި އެބަހުރިތަ؟ މައްސަލައަކީ ބިދޭސީންނެއްނޫން. މައްސަލައަކީ ދިވެހިން (ސަރުކާރުތައްވެސް އަދި ރައްޔިތުންވެސް) ބިދޭސީން ގެންގުޅުނު ގޮތް، ގެނައިގޮތް، މަގުމައްޗަށް އުކާލިގޮތް، މެނޭޖްކުރި ގޮތް. މި 21 ވަނަ ގަރުނުގަ ތިޔަގޮތަށް އުޅެވެން އޮތީ ހަމައެކަނި ނޯތު ކޮރެޔާއާށް.