މެލޭޝިއާގެ ވިޔަފާރިވެރިއަކު ހަދިޔާކުރި މާސްކް މެމްބަރު ނާޒިމް ހަވާލުކޮށް ދެއްވަނީ -- ފޮޓޯ/ސޯޝަލް މީޑިއާ
05 މެއި 2020 - 15:50
މެލޭޝިއާގެ ވިޔަފާރިއަކު ރާއްޖެއަށް 60،000 ފޭސް މާސްކް މިއަދު ހަދިޔާކުރައްވައިފި އެވެ.
މެލޭޝިއާގެ ލިންބާގް ހޮލްޑިންގެ ވެރިޔާ ވިރާ ލިން ކަޗޮކްގެ ފަރާތުން ހަދިޔާކުރެއްވި މާސްކް ސަރުކާރާ ހަވާލުކޮށްދެއްވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެވެ.
ސަރުކާރުގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގަތީ ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ސީއީއޯ ހިސާން ހަސަން އެވެ.
އިމާރާތްކުރުމާއި އިންޖިނިއަރިން އާއި ތައުލީމީ ދާއިރާ ފަދަ ކަންކަމުގައި އިންވެސްޓްކޮށްފައިވާ ލިންބާގް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އޮތް ހާލަތުން އަރައިގަތުމަށް އޭނާގެ ފަރާތުން އެހީއެއް ފޯރުކޮށް ދިނުމުގެެ ގޮތުން ކަމަށެވެ. އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުން މި ހާލަތުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރެވޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
I am delighted to donate 60,000 face masks to Maldives, on behalf of Malaysian based Linbaq Holding’s founder, my good friend Mr. Datuk Wira Ling Kah Chok.
— Col(rtd)Mohamed Nazim MP (@nazim7878) May 5, 2020
Private sector help to goverments is vital in this unprecedented times due to #COVID19. We will get through this together. pic.twitter.com/fsgivrTqHa
ލިންބާގްގެ އިތުރުން ވިރާ ލިން އާއި ނާޒިމްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ގްރޭންޑާ އިންޓަނޭޝަނަލް އަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ވިރާ ލިން އެވެ. ނާޒިމަކީ އޭގެ ޑައިރެކްޓަރެކެވެ.
އެ ކުންފުނިން އަންނަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަމުން ކަމަށް ވެސް، އެ ބަޔާނުގައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ބޭރުގެ ބައެއް ވިޔަފާރިވެރިން ރާއްޖެ އަށް އަންނަނީ އެހީތެރިވަމުންނެވެ. އެގޮތުން އެންމެ މަތީ ފެންވަރުގެ ރިސޯޓެއް ކަމަށް ވާ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ ހިއްސާދާރުން ފަސް ވެންޓިލޭޓަރާއި 100،000 މާސްކާއި އެހެން ވެސް ބައެއް ސާމާނު ހަދިޔާކުރެއްވި އެވެ. އޭގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރައްވާފައިވާ ސިންގަޕޫރުގެ ބިލިއަނަރެއް ކަމަށްވާ އޮންގް ބެންގް ސެންގް ވަނީ ރާއްޖެއަށް 15 ވެންޓިލޭޓަރު ހަދިޔާކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަޓް ބްރޯ
06 May 2020
މަށަށް ރަނގަޅީ ރާއްޖޭގެ މަހުޖަނަކު މިދަނޑިވަޅު ސަރުކާރަށް އެއްޗެއް ނުދިނިއްޔާ. އެއީ އެއްޗެއްދީފިއްޔާ އޭގެ ބަދަލު ހޯދާނީ ހައެއްކަ ފަޅުރަށުން ނޫނީ ރައްޔިތުންގެ ނަމުގަ ދުނިޔޭގެ މުއްސަނދި ބޭންކަކުން ނަގާ ބިލިއަން ޑޮލަރުގެ ބޮޑު ލޯނަކުން.
ބީރުބޭ
06 May 2020
ކޮބާހޭ މިރާއްޖޭގެ ފަގީރުމުއްސަނދިންތަށް. ދިހަބާރަރިސޯޓާ ވިހި ފަންސަވީސް އާގު ބޯޓާ ދުއިސައްތަ ތިން ސަތޭގަ ބިގަރު މެންޓެއްޔާ ހުރި މީހުން. ތިމާމުއްސަނދި ކުރަން ވިހި ފަންސަވީސް އަހަރު ޚިދްމަތް ކޮށްދިން މީހުނަށް ތިން މަހުގެ މުސާރަ ދިއްކޮށްލާނެ ފަދަ ނެތިފަ އެތިބީ. ޒަކާތު ފަންޑުން ވެސް ދޭންޖެހޭ ހިސާބުގަ އެތިބީ. އެކަމަކު ދުއްވާނީ މާސަޑީޒް، ހަތަރު މީހުން ޚިދުމަތުގަ، މަތީގަ ހެލިކޮޕްޓަރެއް އަޑީގަ ސަބްމެރީނެއް އޮންނާނެ ބޭރަށް ދަންޔާ. ޗާލޭ ޗާލޭ. ވާވާވާ.
ވަތަން އިސްކުރަންޖެހޭ
05 May 2020
މިޤައުމުގަ އުޅޭ ވިޔަފާރިވެރިން އުޅެނީ ސަރުކާރުތައް ވައްޓާ ލެވޭތޯ. ރާއްއިތަކަ އެހީއެއް ދޭންނޫޅެ. ތާރީހު ހެކިދޭ ކަމެއްމީ
ޝޮކްތެރަޕީ
05 May 2020
މުޅިންވެސް އެހީގެ ތަކެތި ފެންނަން ހުރީ. ދައުލަތުގެ ބަޖެޓު ހުސްވެއްޖެ؟
ހާޖަރާ ރަޝީދު
05 May 2020
މެލޭޝިއާ އެމްބަސީގަ ހުރި ތަސްމީނު އަންހެނުންނަށް އެއްވެސް އެހީ އެއް ހޯދިއްޖެބާ؟
ހުސައިނުބޭ ، ހުޅުދޫ
05 May 2020
މާސްކުތަކާއި އެކި އެހީތައް ކިތަންމެވަރަކަށް ލިބުނަސް އާންމު ރައްޔިތުމީހާއާހަމަޔަށް އަންއިރު ބޮޑުއަގުަގއި ގަންނަންޖެހެނީ، އިހަކަށްދުވަހު މިރަށު ނިއުލައިނާ ބޯޓުއައިސްގެން ދަރިފުޅުފޮނުވި ފޮށިގަނޑު ބަލާދިޔަިމާ އެތާތިބިކުދިން ބުނެފި މާސްކުއަޅައިގެން އަންނާށޭ، ދެން ދިޔައީ އެސްޓީއޯ ބޭސްފިހާރައަށް ބުނީ ނެތޭ، ދެން އެތާކުރިމަތީހުރި ބޭސްފިހާރައިންވެސް ނުލިބުނު، އެހެން އުޅެނިކޮށް ދިމާވިމީހަކުސައިކަލުމަޑިދަށުން ނެގި މާސްކުދިނީ 15ރުފިޔާއަށް 2އެތި.
ސަލަމީ
05 May 2020
މާސްކު ހޯދާ އެ ބޭނުން ކުރަން ސަރުކާރުން ހިތްވަރު ނުދެނީ ކީއްވެބާ.
ޝާޑު
05 May 2020
ސަރުކާރުން ހިތްވަރުދޭ. މިހާރު ސަރުކާރުގެ ނަސޭހަތަކީ މާސްކު އަޅައިންގެން ގެއިންނުކުންނަންޖެހިއްޖެ ހާލަތެއްގައި ނުކުތުން.
ޙާމް1
05 May 2020
ތީގެން މާސްކެއް ވިއްކަބަލަ.
ޟިޔާ
05 May 2020
މާސްކުލިބެނީ 17 ރފއަށް
އެންދެރި
05 May 2020
ޑިސާސްޓަރ އިން ކުރާ ހަރަދު ތަކުގެ ތަފްސީލް އެއް ނުލިބެ އެވެ. ސުނާމީ ގަ ވެސް ވާނުވާނޭނގުނެވެ. ބައެއް މާސްކް ރަށްރަށު ސިއްހީ.މަރުކަޒް ތަކަށް ފޮނުވާފަ ނޫސްވެރީންނަށް ހަބަރު ދީބަލާށެވެ. ރަށްރަށުގަ ޕީޕީއީ ވ މަދެވެ. ރާއްޖޭގެ މާލިއްޔަތު އޮތީ ޑިސާސްޓަރ ގައެވެ. އޭސީސީ އިން ވ ބަލަން ޖެހެ އެވެ.