ބިދޭސީން ބައިތިއްބަން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ހަދާ ފެސިލިޓީގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެޗްޑީސީ
06 މެއި 2020 - 13:02
މާލޭގެ ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން އުޅޭ ބިދޭސީން ބައިތިއްބަން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ކަރަންޓީން ފެސިލިޓީގެ މަސައްކަތްތައް މި މަހުގެ 18 ވަނަ ދުވަހަށް ނިންމައިލެވޭނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖާން ލިޖޯން މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ސަރުކާރުގެ އެދުމަކަށް، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނީގެ މުވައްޒަފުންނާއި މަސައްކަތް ކުރުމަށް ބޭނުންވާނެ ސާމާނު ވަނީ ދީފަ އެވެ. މިދިޔަ މަހުގެ ފަހުކޮޅު ހަދަން ފެށި ފެސިލިޓީގެ މަސައްކަތުގެ 68 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ.
ސަފީރު ޖާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނީގެ 200 މުވައްޒަފުން ފެސިލިޓީ ހެދުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މުވައްޒަފުންނާއި ވަސީލަތާއި ސާމާނާ އެކު، އެ ކަމަށް 280،000 ޑޮލަރު (4.3 މިލިއަން ރުފިޔާ) ގެ އެހީތެރިކަން މިހާރު ވެސް ފޯރުކޮށްދީފައިވާނެ ކަމަށް އަންޒާދާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަ ބްލޮކަކަށް ހަދާ ފެސިލިޓީއަކީ 800 މީހުންގެ ޖާގައިގެ ތަނެކެވެ. އެ ތަނުގައި 175 މީހުންގެ ޖާގައިގެ ކާ ކޮޓަރިއަކާއި 84 މީހުންގެ ޖާގައިގެ ފާހަނާ ބްލޮކެއް ވެސް އަންނަނީ ހަދަމުންނެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން އަންނަނީ ދަތި ތަންތަނުގައި، ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ބިދޭސީން ރައްކާތެރި ތަންތަނަށް ބަދަލުކުރަމުންނެވެ. އެގޮތަށް މިހާރު ވެސް ހުޅުމާލޭގައި ހުރި ހިޔާތަކަށާއި ގުޅިފަޅަށް ބިދޭސީން ބަދަލުކޮށްފައި ވެ އެވެ.
ޗައިނާއިން ވަނީ، އަދި ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 ކޮންޓްރޯލް ކުރަން ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެހީވާން 10 ވެންޓިލޭޓަރާއި 30،000 ސާޖިކަލް މާސްކާއި އިމަޖެންސީ ސާމާނު ވެސް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުގު ތެދު
08 May 2020
4.3 މިލިއަން ހިލޭ އެހީ، މީ އެހީތެރިވެ އަޅާލުމަކީ. ލަންކާ އަށް 1 ބިލިއަން ޑޮލަރު ފައިސާގެ ލޯނު އެހީ ދިނީ 3 އަހަރު ފަހުން އިގްތިސޯދަށް ބެލުމަށްފަހު ރަގަޅު ކަމަށް ވަނީ ނަމަ ލޯނު ދައްކަން ފަށަން. މީ ދޯ އޯގާތެރިވެ އަޅާލުން... ވަކި ބަޔަކު ގާތްކަން ބާއްވަން އުޅުނަސް، އިންޑިއާ އަކީ ޗައިނާ އާއި ގާތްވެސް ކުރެވޭވަރު އިގްތިސޯދެއްނޫން. މިއީ ފެކްޓް. ހުރިހާދާއިރާއަކުން ތަރައްގީވާން ދިވެހިނަށް ފައިދާބޮޑީ ޗައިނާ އަތުގަ ހިފުން، ގަބޫލް ކުރައްވާ އަޅުވެތި ނުވަނީސް
ލުގުމާން
06 May 2020
އާދޭސްކޮފައި ދަންނަވަން މިހާލަތުގައި ތި ބޮޑު ކަޓުތަށް ނުނަގައި ހުޅުލާލޭގައި ހަދައި ނިމިފައިހުރި 7000 ފުލެޓަށް ތިޔަ ކަރަންޓީނު ކުރާ މީހުނާއި އައިސޮލޭޓް ކުރާމީހުން ލާބަލަ. އެތާގައި އެބަހުރި 15000 ކޮޓަރި. އަދި ހަމަ ގައިމުވެސް ކުރިއަށްއޮތް އަހަރުވެސް ކަލޭމެނަކަށް އެފްލެޓްތަކެއް އޭގެ ހައްގުވެރިންނަކަށް ނުއެއް ދެވޭނެ. ދެން އެތަންތަން ހުސްކޮށް ބަހައްޓާފަ އެތަކެއް މިލިއްން ޚަރަދުކޮށްފަ ތިހަދަނީ ވަގުތީ ތަންތަން. އެއްމެ ބޭނުމެއް އޮތީ ހަމަ ކަޓްނެގުން.
ޫވުބު
06 May 2020
ޗައިނާއާ ގައިވެ އިންޑިއާވެކިބައިން ގައުމުސަލާމަތްކުރަންޖެހޭ
ބޮޑުމީހާ
06 May 2020
މިކަމުން ނިމޭއިރަށް ޝުކުރުގެ ލިސްޓުގެ އެންމެ ކުރިއަށް އިންޑިއާ އަރާނެ
ސަރީފު
06 May 2020
ކޮބާތަ މިގައުމު ކޮންޓްރޯލް ކުރާ އިންޑިޢާ މިހާރު ހަބަރެއްވެސް ނުވޭ..
ޙަބީބު
06 May 2020
އެއީ މިތާނގަ ޖާސޫސުކުރަން އުޅޭބައެއް ހެލްކޮޕްޓަރެއްގެ ދަޅަދައްކައިގެން ދިވެހިންގެ ބޯކާލަން ކުޑައިރު އަލައް މަތިންދާބޯޓު ފެނުނީ މަ ކޮސްބޮލައްއަރާފަ ތިބޭހެން ތިބޭނެ ކަ މައް ހީކޮއްގެން
އިސްމާލި
06 May 2020
ކިރިޔާވެއް އެހީތެރިކަމެއްް މި ލިބެނީ ޗައިނާ ފަރާތުން. އިންޑިއާ އިން ލިބެނީ ދަރަންޏަށް ފައިސާ.
ަަްަްްއަހުމަދު
06 May 2020
މިޤައުމު ބަންގާޅިންނަށް ދެން ދޭން ވީ ނުން މިހާ ވަރަށް މިކަން ތައް ދިޔައީވެސް ސަރުކާރު ތަކުން އަޅާނުލުމުން ، ކޮންމެ ބައެއް ގެނަބައެއް ވިޔަސް ޤަވާއިދާ ޚިލާފް ވީމާ ޖެހޭނީ ފޮނުވައިލަން އެބައެއްގެ ޤައުމަށް...
އިހްލާްސް
06 May 2020
މާލޭ ފަޅުތެރެއަށް ލައްގާގެން އުޅޭ ބިދޭސީން ބައެއްތޯތިއީ، ސަރުކަރުން އެމީހުންގެ ހުރިހާ ކަމަކާއި ހަވާލުވެގެން މިއުޅެން ޖެހެނީ، ކޮބައިތޯ އެމީހުން މިގައުމަށް އެތެރެކުރި ފަރާތްތައް އެމީހުންގެ ޒިންމާއަކީ ކޮބައިތޯ؟ ނާސީބު އޯގާތެރި ވެރިއަކު ކުރިކަން،
މިނިވަން ރިޕޯޓަރ
06 May 2020
ކޮބާ އެއްކަލަ އިންޑިއާ. ނަށީދު އިންޑިއާ ގެ ކަނު ލޯބީގަ ޖެހިގެން ޗައިނާ އަށް އެއްވެސް ޝުކުރެއް އަދާ ކޮށްލާކަށް ނުކެރުން. އެއްވެސް ޑިޕްލޮމަސީ އެއް ނޭންގޭ މޮޔަ ވެރިއެއް
ސަރީފު
06 May 2020
ނަސީދު އުލޭނީ އިންޑިއާ ހިޔާވަހިކަމުގައި އިންޑިއާގެ ސްޓެރެޖިކް ތަކެއް ދިވެހިރާއްޖެއަކީ އެހެން ވީމާ ދިވެހި ވެރިން ޖެހޭނީ އިންޑިއާ ބުނާ ގޮތެއް ހަދައިގެން ތިބެން. އިބްރާހިމް ނާސިރު ހުޅުމާލެ އެއަރޕޯޓް ހަދަން އުޅުން އިރުވެސް އިންޑިޢާއިން ވަރައް ބޮޑާހޭކި..މިހާރު ރާއްޖޭގައި ޓްރާްންސިޕް ބަދަރެއް ނަހަދާ އޮތީވެސް އިންޑިއާގެ ޕްރެސަރުގައި..މިހާރު ދެރަވާނެ ޓޫރިޒަމް ނޫން ޑޮލަރު ލިބޭނެ ވަސީލަތެއްނެތީމައި..އެހެނަސް އިންޑިއާ ..އިންޑިއާ
1234
06 May 2020
އިންޑިޔާއިން ކޮއްދެނީ ކޮންކަމެއްބާ؟ މިކަން ފާހަގަކޮށްލާފަ ޝުކުރުއަދާކޮށްލާނެ ވެރިއަކުވެސް ނެތް މިގައުމަކު.. ގަސްގަހަށް ފެންދީފަ ޓްވީޓް ކުރީމަ ރައްޔިތުން ވަރަށް އުފާވާނެ..