ޚަބަރު / އިބްރާހިމް އަމީރު، ކުރީގެ ފިނޭންސް މިނިސްޓަރު

ހުއްދަ އޮވެގެން ބޭރަށް ދާ މީހުންގެ ފަރާތުން ގޭތެރެ އަށް ވައިރަސް ވަދެފައި އެބަހުރި

ކޮރޯނާވައިރަހުން ރައްކާތެރިވާން މީހަކު މާސްކް އަޅަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

07 މެއި 2020 - 14:52

98 comments
07 މެއި 23:17

މަބްރޫކް: މިހާރު ދުވާލަކު ޓެސްޓް ކުރެވެނީ 350-400 ވަރު. ވަކި ރޭންޖެއްގެ ތެރޭގައި އެކަން ކުރެވެމުން ދަނީ

07 މެއި 23:16

މިރޭގެ ބްރީފިންގައި މަބްރޫކް ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.

07 މެއި 23:12

މިރޭގެ އޮންލައިން މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް، ކޮވިޑް-19 އާ ގުޅޭ ބައެއް ގްރާފްތައް ދައްކާލައްވަނީ.

07 މެއި 23:09

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ބައެއް ތަފާސްހިސާބުތައް ނޫސްވެރިންނަށް ވިދާޅުވެ ދެއްވަނީ.

07 މެއި 23:07

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ޝީނާ ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.

07 މެއި 22:58

މަބްރޫކް: ޓެސްޓިން އެއްޗެހި ހޯދަން އިސްކަން ނުދެނީއެއް ނޫން. ރާއްޖެ ކަހަަލަ ގައުމަކަށް މިކަހަލަ އެއްޗެހި ހޯދުން ވަރަށް އުނދަގޫވެފައިި. އެ ހޯދަން ވެސް ވަރަށް ގިނަ މަސައްކަތް ވެސް އެބަ ކުރެވޭ. އެ ތަކެތި ލިބެން ހުރި ބަޔަކު ވިއްޔާ އެ މީހުންގެ އަތުން ވެސް އަޅުގަނޑުމެން މިތިބީ ގަންނަން ތައްޔާރަށް.

07 މެއި 22:57

ޑރ. ޝީނާ: ޓެސްޓް ނުކުރެވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެއީ ވަރަށް ބޮޑު ރިސްކެއް. އެހެންވީމަ، އަޅުގަނޑުމެންނަށް ބަލި މީހާ މި ލިބެނީ ވަރަށް ހާލު ބޮޑުވާފަހުން. ހާއްސަކޮށް ހައި ރިސްކް މީހުން. އެހެންވީމަ، ޓެސްޓް ކުރާ އެއްޗެހި ލިބުމުގައި ވެސް ވަރަށް ގިނަ ދަތިތަކެއް އެބަހުރި. އެކަމަކު ޓެސްޓް ކުރެވެން ނެތީމަ އޭގެ މާނައަކީ ސައިލެންޓްކޮށް އެބަ މި ބަލި ސްޕްރެޑްވެއޭ.

07 މެއި 22:54

ޑރ. ޝީނާ: މި މަހުގެ ތެރޭގައި ވަރަށް ބޮޑަށް ސޯޝަލް ޑިސްޓެންސް އަށް ސަމާލުކަން ދޭން ޖެހޭ. އޭގެ ފަހުން ރިލެކްސް ވެވެން އޮތީ. ޕާމިޓް ލިބިގެން ގެއަށް އަންނަ މީހުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ މިއޮތް ދުވަސްކޮޅަށް. އެ މީހުންގެ ފަރާތުން ގޭތެރޭގައި ލޮކްޑައުންވެގެން ތިބި މީހުންގެ ގަޔަށް ވައިރަސް އަރާފައި ހުރިކަން އަޅުގަނޑުމެން ފާހަގަކުރަން.

07 މެއި 22:49

ޑރ. ޝީނާ: ހުރިހާ އެންމެން ވެސް ހަނދާންް ކުރަން ޖެހޭނެ މި ސާޖް މެނޭޖްކުރެވުނަސް، މި ބަލިން ސަލާމަތް ވީއެއް ނޫނޭ. ލޮކްޑައުން ފިލިޔަސް ރާއްޖޭން ބަލި ނައްތާލެވުނީއެއް ނޫނޭ. ބަލި ކޮންޓްރޯލް ކުރެވުނީއޭ. ޖުލައި، އޮގަސްޓްގައި ވެސް މި ބަލި ސަވަޔަލެންސް ކުރެވެން ވާނެ. މި ބަލި ގޮސް އައިސް އޮންނާނީ. އިންފުލުއެންޒާ ގޮތަށް އަންނަމުންދާނީ. އެހެންވީމަ އަޅުގަނޑުމެންގެ ސާވަޔަލެންސް ސިސްޓަމް ވެސް އެގޮތަށް ރާވަމުން ގެންދަން ވާނީ.

07 މެއި 22:42

ޝީނާ: އެންމެ ފުރަތަމަ އަޅުގަނޑުމެން ޕްރޮޖެކްޓް ކުރީ 2000 މީހުން މަރުވާނެ ކަމަށް. މި ޕްރޮޖެކްޝަންގައި އަޅުގަނޑުމެން ބަލާފައިވާނީ މަރުވާނީ 900 ކަމަށް.

07 މެއި 22:41

ޝީނާ: ޕީކަށް ފަހު ކާވް ދާނީ ދަށަށް. އޭގެ މާނައަކީ ޕީކްގެ ފަހުން ވެސް ބަލި އުޅެނީއޭ. ބެލެވޭ ގޮތުގައި ޖުލައިއާ ހަމައަށް ދެމިގެންދާނެ. އެކަމަކު ގޭބިސީތަކުން ފެންނަ އަދަދު ދަށްކުރެވިއްޖިއްޔާ ކާވް ވަރަށް ބޮޑަށް ދަށް ކުރެވިދާނެ.

07 މެއި 22:38

ޑރ. ޝީނާ: 77،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހޭނެ ކަމަށް އަޅުގަނޑުމެންނަށް ލަފާ ކުރެވެނީ. މިއީ ޕީކްގެ ތެރޭގައި އަޅުގަނޑުމެން ޕްރޮޖެކްޓް ކުރާ ގޮތް. ޕީކް 14 ދުވަހުގެ ތެރޭގައި، އެއީ މެއި 15 އިން 30 މެއިގެ ނިޔަލަށް ޕީކް ކަމަށް މި ބަލަނީ 6804 މީހުންނަށް ބަލި ޖެހޭނެ ކަމަށް. މީގެ އިތުރުން ޕީކްގެ ތެރޭގައި 281 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރާނެ ކަމަށް، މީގެ އިތުރުން މި ބަލީގައި ޖުމްލަ 13،568 މީހުން އެޑްމިޓް ކުރާނެ ކަމަށް. މީގެ އިތުރުން އައިސީޔޫގައި ޕީކްގައި 101 މީހަކު، އަދި މި ބަލީގައި ޖުމްލަ 5805 މީހުން އެޑްމިޓް ކުރާނެ ކަމަށް ބެލެވޭ.

07 މެއި 22:33

ޑރ. ޝީނާ: މިހާރު ސާވިސް އަށް ނުކުމެ އުޅޭ ފަރާތްތަކުގެ ފަރާތުން އަދި ގޭބިސީތަކަށް ވައިރަސް ވަނުމުގެ ފުރުސަތު ބޮޑު. އެހެންވީމަ، އެބައި އަދި ފެންނާނެ. އެކަމަކު ވަރަށް ބޮޑަށް ބަލައިގެން އުޅެފިއްޔާ އެކަން ކުޑ ކުރެވިދާނެ. މިއީ ރޯދަ މަހާއި އީދު ކުރިމަތީގައި ވެސް އޮތުމުން ވަރަށް ބަލައިގެން އުޅުނިއްޔާ ޕީކް ކުޑަކުރެވިދާނެ.

07 މެއި 22:29

ޑރ. ޝީނާ: އަޅުގަނޑުމެންނަށް ޓެސްޓް ކުރެވޭލެއް ވަރަށް މަދު. މިހާރު ފެންނަން ޖެހޭނެ 300 ވަރުގެ އިންފެކްޝަން. އަޅުގަނޑުމެންގެ އަތުގައި ހުރި ވަސީލަތަށް ބަލާއިރު ޓެސްޓިން ސްޓްރެޓެޖީ އެބަ ޖެހޭ ބަދަލު ކުރަން. ހުރިހާ ހައި ރިސްކް މީހުން ބަދަލު ކުރަން ކުރިން އޮންނާނީ. އެކަމަކު މިހާރު ޓެސްޓް ކުރަނީ ހަމައެކަނި ހައި ރިސްކް މީހުން އެކަނި.

07 މެއި 22:27

ޑރ. ޝީނާ މޫސާ: ލޮކްޑައުންއާ ގުޅިގެން ޕީކް ވަރަށް ބޮޑަށް ދަށް ކުރެވިއްޖެ. އެކަމަކު އަދިވެސް އެހާ ރަނގަޅެއް ނޫންް. އެކަމަކު ވަރަށް ބޮޑަށް ދަށް ކުރެވިފައިވާ ކަން ފާހަގަކުރެވޭ.

07 މެއި 22:26

ޑރ. ޝީނާ: މާލެ ވެސް އޮތް ގޮތުން ކަން ނޭނގެ އަދިވެސް ބޭނުންވާ ވަރަށް ސޯޝަލް ޑިސްޓެންސިންއެއް ނުފެނޭ.

07 މެއި 22:25

ޑރ. ޝީނާ މޫސާ: ދެ ވައްތަރެއްގެ ކޭސްތައް ފެނިފައި އެބަހުރި. އެއް ބަޔަކީ ގިނަ ބަޔަކު އުޅޭ ތަންތަނުގައި ފެތުރޭ މީހުން. އެއީ ގިނަ އަދަދެއް. އަދި އެ މީހުންގެ ތެރޭގައި ކޮންޓެކްޓްތައް ވެސް ގިނަ ކަން ފާހަގަކުރެވޭ. ކޮންމެ ކޮންޓެކްޓެއްގެ އެވްރެޖްކޮށް 40 އަށް ވުރެ ގިނަ. އެކަމަކު ގޭބިސީތަކުގައި އެވްރެޖް ކޮންޓެކްޓް މި އުޅެނީ 8 ގައި.

07 މެއި 22:22

ޑރ. އަފްޒަލް: ރޯދަ މަސް ވީމަ، އެއްގެއިން އަނެއް ގެއަށް ތަށިބަރި ކޮންމެހެން ގެންދަން ޖެހިއްޖިއްޔާ ނޫނީ ނުގެންދިއުން މުހިންމު. ތަށިބަރި ފޯރުކޮށްދިނުމަކީ އެއްގެއިން އަނެއް ގެއަށް ބަލި ޓްރާންސްފާ ކުރުން. ކޮންމެހެން ފޮނުވަން ވިޔަސް، އެ ތަށިތައް ރަނގަޅަށް ސާފުކޮށް ފޮނުވުމަށް ސަމާލުކަން ދޭން ޖެހޭ.

07 މެއި 22:19

ޑރ. އިބްރާހިމް އަފްޒަލް: މިއަދު ފެނިފައި ވަނީ 20 ކޭސް. ސިމްޓަމެޓިކް މީހުން ފަހަކަށް އައިސް ފެންނަލެއް މަދު. ކޮންޓެކްޓްސް ވެސް ވަރަށް މަދުކަން މިހާރު ފާހަގަ ކުރެވޭ. އޭގެ ސަބަބަކީ ލޮކްޑައުން. އެހެންވެ، ފެންނަ މީހުން ކޮންޓެކްޓްވާލެއް މަދުވާނެ. ކްލަސްޓާތަކުގެ ކޮންޓެކްޓްސް ވެސް ޖުމްލަ ދަށްކަން ފާހަގަވޭ.

07 މެއި 22:17

ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި

07 މެއި 18:14

ރާއްޖެ އިން ކޮވިޑް 19 އަށް އިތުރު 24 މީހަކު ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެވި. އެ އިދާރާ އިން މިއަދު ހަވީރު 4:30 އާ ހަމައަށް ބަންގްލަދޭޝްގެ 20 މީހަކާއި ދިން ދިވެއްސަކާއި އިންޑިއާގެ އެކަކު ޕޮޒިޓިވްވެފައިވާ ކަމަށް. އެހެންވެ ރާއްޖެ އިން މިހާތަނަށް އެ ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 642.

07 މެއި 16:04

އަމީރު: ކުޑަ ކުރި މުސާރަތަކުން ސިއްހީ ދާއިރާގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކާއި އެހެން ފަރާތްތައް ވާނީ އިސްތިސްނާ ކޮށްފައި. މީގެ އިތުރުން ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް ރައީސް މިހާރު ވަނީ އެލަވަންސެއް ވެސް ހަމަޖައްސަވައިދެއްވައިފައި. ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުން ވަނީ ތިން ގިންތިއަކަށް ބަހާލައިފައި. މި ތިން ގިންތީގެ ތެރެއިން ފުރަތަމަ ގިންތީގައި ހިމެނޭ މީހުންނަށް ދުވާލަކު 500ރ. އަދި ތިން ވަނަ ގިންތީގައި މަސައްކަތް ކުރާ މީހުންނަށް ދުވާލަކު 200ރ. ވަނީ ހަމަޖައްސާފައި.

07 މެއި 15:44

ފައްޔާޒު: ޖުލައި މަހު ހުޅުވާލައިގެން، އަހަރެއް ދޮޅު އަހަރުގެ ތެރޭގައި ކިރިޔާ ހަމައަކަށް އެޅޭނީ. އެހެންވީމަ، އެހާ ހިސާބަށް ދެވެންދެން އިގްތިސާދު ހިފެހެއްޓުން އެއީ ސަރުކާރުގެ ކަމެއް. އެހެންވީމަ އެ މުއްދަތުގައި އިގްތިސާދު ހިފެހެއްޓުމަށް ޓަކައި 10-15 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖެއް ބޭނުންވާނެ ކަމަށް އަޅުގަނޑުު ގަބޫލުކުރަނީ.

07 މެއި 15:43

މިއަދުގެ މީޑިއާ ބްރީފިންގައި ފިނޭންސް މިނިސްޓަރު އަމީރު ވާހަކަ ދައްކަވަނީ.

07 މެއި 15:35

އަމީރު: ޕެންޝަން ފަންޑުގެ ބޭނުމަކީ، އެ ފަންޑަށް ފައިސާ ޖަމާކުރަނީ ކީއްކުރަންތޯ އަޅުގަނޑުމެން ވިސްނާލަން ޖެހޭ. މިހާރު ވެސް އެ ފަންޑުން އެބަ ހޭދަތަކެއް ކުރެވޭ. އަޅުގަނޑުމެންގެ އެއްވެސް ވިސްނުމެއް ނެތް ޕެންޝަން ފަންޑުން ހޭދަކުރާކަށް. އަދި އޭގައި ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތް ހެދުމުގެ ވިސްނުމެއް ނެތް. ސަބަބަކީ އެއީ ފަހަށް ރައްކާކުރާ ފައިސާއެއް.

07 މެއި 15:23

މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި ނޫސްވެރިންގެ ސުވާލުތަކަށް މިނިސްޓަރު ފައްޔާޒް ޖަވާބު ދެއްވަނީ.

07 މެއި 15:22

އަމީރު: ހަރަދު ކުޑަކުރުމުގެ ޕޮލިސީ އަކީ އެންމެން ވެސް އެއްބާރުލުން ލިބެން ޖެހޭ ކަމެއް. އަޅުގަނޑުމެން ވިސްނަން ޖެހޭނީ ދިގު މުއްދަތަކަށް ފައިދާ ވާނީ ކޮން ގޮތަކަށްތޯ، އެހެންވެ ހުރިހާ މުވައްޒަފުންގެ އެއްބާލުން މިދަނޑިވަޅު އަޅުގަނޑުމެން ބޭނުންްވާނެ.

07 މެއި 15:21

އަމީރު: އެންމެން ވެސް ގަބޫލުކުރަން ޖެހޭނެ ހަމައެކަނި ސަރުކާރަށް އެކަންޏެއް ނޫންކަން މި ގެއްލުން ލިބެނީ. ދައުލަތުގެ އެކި ކުންފުނިތަކަށް ވެސް އެބަ ވަރަށް ބޮޑެތި ގެއްލުންތައްވޭ. އެހެންވެ ފިނޭންސުން އޮންނާނީ ހުރިހާ ކުންފުނިތަކަކަށް ވެސް އަންގާފައި ކިހާ ވަރެއްގެ މުސާރަތަކަކަށް ހަދައިގެންތޯ އެތަންތަން ހިންގޭނީ އަންގައިދިނުމަށް.

07 މެއި 15:16

މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި ފިނޭންސް މިނިސްޓަރު އަމީރު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ އަދި އޮންލައިންކޮށް މީޑިއާ ބްރީފިންގައި ބައިވެރިވި ނޫސްވެރިން.

07 މެއި 15:16

ފައްޔާޒު: ސަރުކާރަކީ އަމިއްލަ ކުންފުންޏެއް ނޫން. މިކަހަލަ ހާލަތެއްގައި ހިލޭ އެހީ ދޭނެ ގާނޫނެއް ނެތް. މާލިއްޔަތުގެ ގަވައިދުގެ ތެރޭގައި ކޮންމެވެސް ވަރަކަށް އެބައޮތް. އެހެންވެ އަމިއްލަ އަށް މަސައްކަތްކޮށްގެން އާމްދަނީ ހޯދާ މީހުންްގެ އަޅުގަނޑުމެންގެ ބަލާނީ މި ބަލިމަޑުކަމާ ގުޅިގެން ކިހާވަރެއްގެ ގެއްލުމެއްތޯ ލިބުނީ. މިސާލަކަށް ޓެކްސީ ޑްރައިވަރުން، ފޮޓޯގްރާފަރުން، ޖިމްތައް ކަހަލަ ތަންތަން ވެސް މާލެ ލޮކްޑައުން ކުރީމަ ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފި، އެތަންތަނަށް ސީދާ ކުރި އަސަރު.

07 މެއި 15:13

މިއަދުގެ މީޑިއާ ބްރީފިންގައި ފިނޭންސް މިނިސްޓަރު އަމީރު އޮންލައިންކޮށް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

07 މެއި 15:10

މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވާހަކަ ދައްކަވަނީ.

07 މެއި 15:06

އަމީރު: ފުރަތަމަ އަޅުގަނޑުމެން ބެލީ އާންމު ލޯނުތަކަށް ޑެޓް މޮރޮޓޯރިއަމް ދިނުމަށް. އެކަމަކު އަޅުގަނޑުމެންނަށް ފަހުން ފާހަގަ ކުރެވުނީ އެކި މިނިސްޓްރީތަކުން ވެސް ދޫކޮށްފައިވާ ލޯނުތައް. އޭގެ ތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަމަށް ވެސް ދޫކޮށްފައިވާ ލޯނުތަކެއް ހިމެނޭ. އެހެން ބައެއް ދާއިރާތައް ވެސް ހިމެނޭ އޭގެ ތެރޭގައި. އޭގެ 15 ލޯނެއް މިހާރު ވާނީ ހިމަނާފައި.

07 މެއި 15:01

ފައްޔާޒު: އެސްޑީއެފްސީން މިހާތަނަށް 38 ފަރާތަކަށް ވަނީ ލޯނު ދީފައި. އޭގެ އިތުރުން 263 ފަރާތަކަށް ވަނީ އެޕްރޫވް ކޮށްފައި. 57 ރިޖެކްޓްކޮށްފައި. މިހާރު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި އަންނަ ހަފުތާގެ ތެރޭގައި ބާކީ އޮތް 1100 އެއްހާ ފޯމްގެ ކަންކަން ނިންމަން. މި ލޯނުތައް ދޫކުރުން ލަސްވެގެން މި ދަނީ، ލޯނުތައް އިއުލާން ކުރިތާ 15 ވަރަކަށް ދުވަހުގެ ތެރޭގައި ލޮކް ޑައުން ކުރުމާ ގުޅިގެން.

07 މެއި 15:00

އަމީރު: މީގެ އިތުރުން ކުންފުނިތަކުގެ ވެރިންގެ މުސާރައިން 25 ޕަސެންޓް ކަނޑާ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފައި.

07 މެއި 14:59

އަމީރު: އެކަމަކު ދައުލަތުގެ މުސާރަތަކުން 20،000ރ. އަށް ވުރެ ދަށް އެއްވެސް މުސާރަ އަކަށް ބަދަލެއް ނާންނާނެ. ބަދަލު އަންނާނީ 20،000-25،000ރ. އާ ދެމެދު މުސާރައިން 25 ޕަސެންޓް، 25،000-60،000ރ އާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް އަދި 60،000ރ. އިން މަތީގެ މުސާރަތަކުން 35 ޕަސެންޓް ކަނޑާނެ.

07 މެއި 14:56

އަމީރު: ދައުލަތުގެ މުވައްޒަފުންގެ މުސާރަތަކަށް އަނެއްްކާ ވެސް މި ވަނީ ބޮޑު ބަދަލުތަކެއް ގެނެސްފައި. އަޅުގަނޑުމެން ކުރިން ވެސް ވާނީ ޑެޕިއުޓީ މިނިސްޓަރުން ފެށިގެން މަތީގެ މުސާރަތަކުގެ 20 ޕަސެންޓް ކުޑަކޮށްފައި. އެކަމަކު ކުރާނެ އަސަރުތައް ބޮޑުވެދާނެތީ، އެހެން ބައެއް ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފައި.

ދައުލަތުގެ ހަރަދުތައް ކޮންްމެ ހަފުތާއެއްގެ ވެސް ހޯމަ ދުވަހު ފިނޭންސުން އާންމު ކުރަމުން ގެންދާނެ ކަމަށް މިނިސްޓަރު އިބްރާހިމް އަމީރު ދެންމެ ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާ އެކު ދަރުބާރުގޭގައި މިހާރު ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމުގެ ސިޔާސަތުގެ ދަށުން ހުރިހާ އޮފީސްތަކަށް ސާކިއުލާއެއް ވެސް ފޮނުވާފައިވާނެ ކަމަށެވެ.

98 ކޮމެންޓް, 107 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 21%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޯނުއެދުރ

09 May 2020

ތިޔަ ސީނާގެ ވާހަކައައްވުރެ ހަސީނާގެ ވާހަކަވެސް ޑައިރީއަކަސް މާރަނގަޅު.

The name is already taken The name is available. Register?

ބަރުބާދު

09 May 2020

އެއްވެސްކަމެއްގެ ހައްލުނޭނގި ހުސްމޮޅެތިވާހަކަ، ގޭގަ މުސްކުޅިންނާ ކުޑަކުދިން ބައިތިއްބާފަ ޒުވާނުން ބޭރައްދިޔައީމަ މުސްކުޅިންނާ ކުޑަކުދިންނައް ބަލިޖެހިދާނެވާހަކަ. ނުގޮސް ކިހިނެއްތޯ އަނބިދަރިންނައް ކާންދެނީ؟. ޑެލިވަރީކުރާމީހާގެ ބަލިނެތްކަން ގެރެންޓީތޯ؟. އެންމެ ނުބައި ސިނާރިއޯއައްވެސް ތައްޔާރުވެވިފަ ތިބިއިރު ދުވާލަކު 300 ޓެސްޓު ހެދެންނެތް. ދެން ރައިއްޔަތުންތިބެންވީ ބިކަވެފަ ލޮކްޑައުންގަ. އެބުނަނީ އަމިއްލަ މަސައްކަތް ކުރާމީހުނައްދޭނެ ފައިސާއެއްނެތޭ.

The name is already taken The name is available. Register?

ތުއްތު ކުޑޭ

08 May 2020

ޑރ . ސީނާ ޙާދަ ރީއްޗޭ

The name is already taken The name is available. Register?

ގަޓް ބްރޯ

08 May 2020

ރަށުތެރޭ މިވަރަށް ރޯގާ ފެތުރޭ އިރުވެސް ފިހާރަ ތަކުގެ ކައުންޓަރ ތަކުގަ މާސްކް ނާޅާ އަންގިނުލައްވާ ތިބޭ ބިދޭސީންނަށް ތިބެވެނީ ކީއްވެބާ؟ އިކޮނޮމިކް މިނިސްޓްރީގަ ސްޕަވައިޒަރަކު ނެތިއްޔާ މިނިސްޓަރ ފައްޔާޒު ނުކުންނަވައިގެންވެސް މިކަން ހުއްޓުވަން އެބަޖެހޭ.

The name is already taken The name is available. Register?

ހައިޑްރޮކްލޮރޮކްސިޓްރަމްޕީން

08 May 2020

މިހާރު ޕްރޮޖެކްޝަން ދައްކާގޮތޔުން ރާއްޖެއަށް ބަލިއައިއިރު ހުރި ވެންޓިލޭޓަރތަކުން ފުދޭނެކަން މިހާމަވީ. އެނޮްމެފުރަތަމަ ޗާޓް ދެއްކިދުވަހުވެސް ބުނިން އެވަރެއް ނުވާނޭ. ކާކުތޯ އިރަޕްޓްވެގެން އަލިފާނާ އަޅިފައިބާ ވޯލްކެނޯއެއްގެ ދަށުގައި ހުންނާނީ. އަދި ސަރުކާރަކުންވެސް ބޭރަށްދިއުމުގެ ފުރުސަތެއް ނުދޭނެ. ބާރަށް ވިދާ ގުގުރަންފެށީމަވެސް ގެއަށްވަދޭ ނޫންތޯ؟ އެކަމަކު ފައިސާގެ ދަހިވެތިކަމުގަ ބަޔަކު ހެސްކިޔާފަ އެއެއް މިއެއްނުބަލާ ވެންޓިލޭޓަރގަތީ. ކޮބާ އެތަކެތި؟

The name is already taken The name is available. Register?

ހިތްވަރު

08 May 2020

ޝިނާ ތިޔަ ފަދަ ފިއްކަޑައިގެންދާ ވަރުގެ އަދަދުތައް ކިޔަސް ﷲ ގެ އިރާދަފުޅުން ތިހާ ދެރަގޮތެއް މި ރާއްޖެއަށް ނުވާނެ. މިފަދަ ދަތި ދަނޑިވަޅެއްގައި ބޭނުންވަނީ ރަނގަޅަށް ވިސްނާ އީމާންތެރިކަން ވަރުގަދަ މީހުން.

The name is already taken The name is available. Register?

ޢިބޫ

08 May 2020

ގާމު މީގެ ދެމަސްކުރިން މިނިސްޓަރުތަށް އަރާކީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނޭ މިތިބީ އެކަމު ޓެސްޓް ކުރެވޭނެ ގޮތެއްނެތް. ތަށްޔާރުވީ އަނެއްކާ ކޮރަޕްޝަން ހިންގަންތޯ؟

The name is already taken The name is available. Register?

ޙުސާމް

08 May 2020

މަބްރޫކް. ކޮބާ އަލީ ވަޙީދު. ޥަރަށް ބޮޑަށް ތައްޔާރުވެފައި އޮތްވާހަކަ ބުނި. ފުލޯޓިން ހޮސްޕިޓަލް ބަންނަނީތަށް. ސިއްޙީ ޚިދުމަތްތެރިންނަށް ޟުކުރު

The name is already taken The name is available. Register?

ރީތި މޫސަ

08 May 2020

ހުސާމް ތިބުނާ މީހަޔަކީ ކަރައެއް ގެޔަށްގެންގޮސް ބަލާއިރުވާނީ ދޮންނޫންޅަކަޔަކަށް

The name is already taken The name is available. Register?

އިޔެ1

08 May 2020

2 ކިލޯ މީޓަރު ހަމަނުވާ ސިޓީއެއްގއި ޑެލިވަރީ ކުރަން ދޫކޮށްފަ ހުރިކަމަށް ބުނާ ހުއްދަތަކުގެ އަދަދުން ވެސް ގައިން ހީބިހި ނަގާ. އިސްތިސްނާއެއް ނެތި، އެންމެން ގޭބަންދު ކުރޭ. ބަނޑަށް މަރު ނުވާނެ ސާމާނު ހުންނާނެ ކޮންމެ ގެޔަކަކުވެސް. ހަމައެކަނި ދުވާލަކު އެއްފަހަރު ސިނގިރެޓު ފޮށި ގަންނަން ނިކުންނަ މީހާއަކީވެސް ގޭގައި އުޅޭ އެންމެނަށް ނުރައްކަލެއް. ޖޫރިމަނާވެސް 7000 ރުފިޔާއަށް ބޮޑުކޮށް، ދެވަނަ ފަހަރު ތަކުރާރު ކޮށްފި ނަމަ، ފަޅުރަށަކަށް ފޮނުވާ.

The name is already taken The name is available. Register?

ބަރުބާދު

08 May 2020

އެހެންވީމަ ތިއޮތީ އެންމެނުބައިސިނާރިއޯއައްވެސް ތައްޔާރުވެވިފައިތާ!!!!!. ސަރުކާރު މުވައްޒަފުންގެ މުސާރައިން ކަނޑާފަ ދުވާލަކައް ތިޔަބޭފުޅުންގެ މުސާރައިގެއިތުރުން 500 އިގެ އެލަވަންސް މަދުކަމައް ލަފާކުރެވެނީ، އެކަކުގެވާހަކަ ދެންހުރިމީހާގެ ވާހަކަޔާ ދިމާނުވީމަ 3 ވަނަމީހާ މިޖެހެނީ ފުރަތަމަ ދެމީހުންގެ ވާހަކަ ތަރުޖަމާކޮއްދޭން. ވަރައްވެދުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454