މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ޝީނާ ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ: އޭނާ ވިދާޅުވަނީ ރާއްޖޭގައި ޓެސްޓް ކުރެވޭލެއް މަދު ކަމަށް.
08 މެއި 2020 - 01:43
އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރަށް ބަލާއިރު މިދިޔަ ބުދަ ދުވަހު އެކަނި ވެސް ބަލި ޖެހިފައި ތިބި ގާތްގަނޑަކަށް 300 މީހުން ފެންނަން ޖެހުނަސް އެކަށީގެންވާ ގޮތެއްގައި އަދިވެސް ރާއްޖޭގައި ޓެސްޓް ނުކުރެވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް މި ބައްޔާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދެއްވާ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ރޭ ވިދާޅުވެއްޖެ އެވެ.
މުޅި ދުނިޔޭގައި ފެތުރިފައިވާ ބައްޔަށް ޕޮޒިޓިވް މީހަކު މާލެ އިން ފުރަތަމަ ފެނުނީ މިދިޔަ އެޕްރީލް، 15ގަ އެވެ. ހަލުވި މިނެއްގައި އޭރު މާލެ ތެރޭގައި ބަލި ފެތުރިފައި އޮތް ކަމަށް ބެލެވުނަސް ޓެސްޓް ކުރަމުން އައީ ކޮންޓެކްޓް ޓްރޭސިން އިން ފާހަގަކުރެވޭ މީހުންނެވެ. އޭރަކު ރެންޑަމް ޓެސްޓިން ނުވަތަ ބަލި ފެތުރިދާނެ ކަމުގެ ނުރައްކާ ބޮޑު މީހުންނަށް އަމާޒުކޮށްގެން ޓެސްޓެއް ނުކުރެ އެވެ.
އެކަމަކު މި ފަހުން، އެޗްޕީއޭ އިން ރެންޑަމް ސާމްޕަލް އަދި ބިދޭސީންނާއި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ސަރަހައްދުތަކުން އެކި މީހުން ޓެސްޓް ކުރެ އެވެ.
ރާއްޖޭގައި ދުވާލެއްގެ މައްޗަށް ޓެސްޓް ކުރެވެނީ 300-400 ދެމެދުގެ ސާމްޕަލެވެ. އެއީ އައިޖީއެމްއެޗުގެ ދެ މެޝިނާއި ފުލުހުންގެ ލެބޯޓްރީގައި ހުންނަ މެޝިނަކުންނެވެ.
އައިޖީއެމްއެޗުގެ ލެބޯޓްރީގައި ދެ ޓެކްނީޝަނަކު މަސައްކަތުގައި.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި މީޑީއާ ބްރީފިންގައި، ހެލްތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ޝީނާ ވިދާޅުވީ ޓެސްޓް ކުރެވޭލެއް މަދުވުމުން، ޕޮޒިޓިވް ކޭސްތައް ފެންނަލެއް ވެސް ރާއްޖޭގައި ވަރަށް މަދު ކަމަށެވެ. މި މަހުގެ 31 ގައި ރާއްޖެ ޕީކަށް އަރާނެ ކަމަށް ލަފާކުރައްވައި އޭނާ ހެއްދެވި އާ ޕޮޖެކްޝަންސްގައިވާ ގޮތުން މިހާރު ދުވާލެއްގެ މައްޗަށް 300 މީހުން ޕޮޒިޓިވްވާނެ އެވެ.
އެހެންވެ، ޓެސްޓް ކުރުމުގައި މިހާރު އަމަލުކުރާ ގޮތްތަކަށް ބަދަލު ގެންނަން ޖެހިފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޝީނާ ވިދާޅުވި ގޮތުގައި ޓެސްޓް ކުރެވޭ ނިސްބަތާއި ޓެސްޓް ކުރެވޭ ގްރޫޕްތަކަށް ބަލާއިރު ވެސް ޕޮޒިޓިވްވާ މީހުން ފެންނަލެއް މަދެވެ.
"ޓެސްޓް ނުކުރެވުމަކީ އަސްލު ކަންބޮޑުވާ ކަމެއް. އަޅުގަނޑުމެންނަށް ޑިޓެކްޓް ނުވެ އިންފެކްޝަންސް އުޅުމަކީ ކްރޮނިކް ޑިޒީޒް ހުރެ، ނޭނގި ހާލު ކުއްލިއަކަށް ބޮޑުވެގެންދާ ކަމެއް. އޭގެ މާނައަކީ އަޅުގަނޑުމެންނަށް ޕޭޝަންޓް ލިބޭއިރު ބަލި ބޮޑުވެފައޭ މި އޮންނަނީ ދެއްތޯ. އެހެންވީމަ މެނޭޖް ނުކުރެވޭނެއޭ. ރިސްކު މި ބޮޑުވަނީ ކުރިން އަޅުގަނޑުމެންނަށް ބަލި ދެނެނުގަނެވޭތީ. އެކްޓިވްކޮށް ކޭސް ހޯދައި ކުރީގައި ބަލި ދެނެގަތުން ވަރަށް މުހިއްމު،" ޓެސްޓް ކުރުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ދެންނެވުމުން ޝީނާ ވިދާޅުވި އެވެ.
"އެޗްޕީއޭ އިން މިހާރު ވެސް ކޮންމެވެސް ވަރަކަށް އެބަކުރޭ އެކްޓިވް ސަވައިލެންސް، ނޫނިއްޔާ ކޮންޓެކްޓް ޓްރޭސިންގެ ބޭރުން ވެސް އަދި ފްލޫ ކްލިނިކްތަކުން ވެސް އެބަ ޓެސްޓްކުރެވޭ. އެކަމަކު ވެސް އަޅުގަނޑުމެން ޓެސްޓިން ސްޓްރެޓެޖީ އަދިވެސް އެކްޓިވްކޮށް ކޭސް ހޯދުމަށް މިހާރަށް ވުރެން ވެސް ބޮޑަށް މަސައްކަތް ކުރަން ޖެހޭ."
"ރާއްޖެ ކަހަލަ ގައުމަކަށް އެފަދަ މެޝިންތައް ހޯދުމުގައި ދިމާވެގެން އުޅޭ ދަތިތަކެއް މި އުޅެނީ. ޓެސްޓްކުރާ މެޝިނަރީޒް ލިބޭ ވަރަކުން އަޅުގަނޑުމެން ވެސް ތައްޔާރަށް މިތިބީ. ހޯދުމުގައި އުނދަގޫތަކެއް ކުރިމަތިވެގެން މި އުޅެނީ،" މަބްރޫކް
އެކަށީގެންވާ ގޮތެއްގައި ޓެސްޓް ނުކުރެވޭތީ އޭގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ އުމުރުން ދުވަސްވީ މީހުންނާއި އެކި ބަލިތަކުގައި ފަރުވާ ހޯދަމުން އަންނަ މީހުންނަށް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
މުޅި ދުނިޔޭގައި ބަލި ފެތުރެމުންދާތީ ރާއްޖެ އަށް ބޭނުންވާ އަދަދަށް މެޝިން ނުލިބިދާނެ ކަމަށާއި އެއީ މި ހާލަތުގައި އެހެން ގައުމުތަކަށް ވެސް އޮތް ދައްޗެއް ކަމަށް ޝީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެހެންވިޔަސް ޓެސްޓް އެކަށީގެންވާ ގޮތެއްގައި ނުކުރެވުމަކީ ނޭނގި ވައިރަސް ވަރަށް ބޮޑަށް ފެތުރިފައިވުން އެކަށީގެންވާ ކަމެއް ކަމަށާއި އިތުރު މެޝިން ލިބި ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރެވިއްޖެ ނަމަ ހަގީގީ އަދަދުތަކެއް ފެނުން ގާތް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕްރޮޖެކްޝަންސްގައި އެ ވަރަށް އިންފެކްޝަން އުޅޭނެ ކަމަށް ލަފާކުރިއަސް އެ ދެނެނުގަނެވޭ. އެހެންވެ ނޭނގި އެބަ ފެތުރެއޭ އަޅުގަނޑުމެންގެ ފެމިލީސްތަކުގެ ތެރެއަށް،" ޝީނާ ވިދާޅުވި އެވެ.
ޝީނާގެ ޖަވާބަށް ތަފްސީލް ދެއްވަމުން އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޓެސްޓް ކުރުމުގެ މެޝިނާއި އެހެން ވެސް ވަސީލަތްތައް ހޯދަން ސަރުކާރުން ފަހެއް ނުޖެހޭނެ ކަމަށެވެ. ސިއްހީ މާހިރުންގެ ލަފައާ އެއްގޮތަށް އެ ކަންކަން ކުރިއަށް ދާއިރު އޮތް ގޮންޖެހުމަކީ މުޅި ދުނިޔޭގައި ވެސް މިވަގުތު މެޝިން ފަދަ މި ބަލި ރައްކާތެރިވުމަށް ބޭނުންވާ ސާމާނު ހޯދުމުގައި ގޮންޖެހުންތަކެއް ހުރުން ކަމަށް ވިދާޅުވި އެވެ.
"ރާއްޖެ ކަހަލަ ގައުމަކަށް އެފަދަ މެޝިންތައް ހޯދުމުގައި ދިމާވެގެން އުޅޭ ދަތިތަކެއް މި އުޅެނީ. ޓެސްޓްކުރާ މެޝިނަރީޒް ލިބޭ ވަރަކުން އަޅުގަނޑުމެން ވެސް ތައްޔާރަށް މިތިބީ. ހޯދުމުގައި އުނދަގޫތަކެއް ކުރިމަތިވެގެން މި އުޅެނީ،" މަބްރޫކް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
08 May 2020
މީ ސަރުކާރުގެ މައްސަލައެއްނޫން. ސަރުކާރުން ކަންކުރަނީ ފަންނީ ބޭފުޅުން ދެއްވާ ލަފާގެމަށްޗަށް. ހުރިހާކަމަކާ ހުރިހާ ބާރެއް އެބޭފުޅުންނަށް ދެއްވާފައޮތީ
ޑރ. ރާމީ ހަސަން ނިއުޔޯކް/އެމެރިކާ
08 May 2020
މޯޑީ އެހާ ގާތް ގޮތަކަށް ރާއްޖެ އާއި މެދު ދެކެވަޑައިގަންނަވާ އިރު ޓެސްޓް ކުރުމުގެ މައްސަލަ ހައްލު ނުވެ އޮތުމީ ހިތާމަ ހުރި ކަމެއް. އިންޑިއާ ގައި ވެސް އެކްސްކިއުސް ދައްކާ ބަހަނާ ދައްކާ ސްޓޭޓް ތަކުގައި އޮތީ ހަމަ ރާއްޖެ ގޮތަށް ޓެސްޓް ކުރުމުގެ މައްސަލަ ހައްލު ނުވެ. ނަމަވެސް "ކަންކުރަން ބޭނުންވާ" ސްޓޭޓް ތަކުގައި މައްސަލައެއް ނެތް. 11 މެއި ގައި އިންޑިއާ އިން ބޯޓެއް އާދޭ. "ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެ". އެދެފި ނަމަ ޓެކްނީޝަނުން ވެސް އިންޑިއާ އިން ލިބޭނެ!
ވެލަނބުލި
08 May 2020
ތީ އާވާހަކަ އެއް. ރައީސުލް ޖުމްހޫރިއްޔާ އާއި ފިނޭންސް އަދި ހެލްތް މިނިސްޓަރު ވެސް ނުދެނެ ހުރިކަމެއް. ކަމަނާ ހާދަ މޮޅޭ.
ހޯރަބޭ
08 May 2020
ބޭރަށް ފޮނުވައިގެން ވެސް ޓެސްޓް ކުރެވޭ ވަރު އިތުރު ކުރަށްވީއެއްނު. މީގެ ކުރިން ވެސް ބޭރަށް ފޮނުވައިގެން ވިއްޔާ ޓެސްޓް ހަދާފަ ހުރީ.
ޖައިސާމް
08 May 2020
ތިކަން ރިއަލިސްޓިކް އެއް ނޫން. ދަތުރު އުނދަގޫވެފަ، ބޭރުގެ މެޝިންތައް ބިޒީ ވެފަ، ނަތީޖާ ލިބޭލެތް ލަސް ވީމަ ބޭރަށް ފޮނުވައިގެން ޓެސްޓެއް ނުކުރެވޭނެ
ހޯރަބޭ
08 May 2020
އިއްޔަ ވެސް ފައްޔާޒް. ބިދޭސީންނޭ ކިޔާ ނޫސްވެރިޔަކު ސުވާލު ކޮށްލާއިރަށް ޑިފެންސަން ފައިބަނި.
ނަދީމް45
08 May 2020
ބުނިކަމައްވޭ...އަދި ހަމަ ބޯޓަކައް އަރުވާފަ އެހެން ފޮނުވައެއްނުލެވޭނެ....
އާހާ
08 May 2020
އެންމެން ޓެސްޓްކިޓްގެ ވާހަކަ ދައްކާއިރު ޗައިނާއިން ބަލީގެ އެންމެ ކުރީކޮޅު އެންމެ ބާރަށް ފެތުރުނުއިރު ފުދޭވަރަށް ޓެސްޓްކުރެވެން ނެތިގެން އެމީހުން އަލާމާތް ހުންނަ މީހުންގެ ސީޓީ ސްކޭނަށް ދަންދެން ހެދީ ޓެސްޓްކޮށް ނަތީޖާ ލިބިގެން ފަރުވާ ދެވުން ލަސްވާތީ ވީހާ އަވަހަކަށް ފަރުވާ ފެށުމުގެ ގޮތުން. ބަލިޖެހުމުން ބަލި ހުންނަ ކަމަށް ދައްކާ ޚާއްސަކަންކަން ސީޓީން ފެންނަން ހުރި ކަމަށް އޭރު ރިސާޗަރުން ލިއެފައޮތް.
ނަސްރު
08 May 2020
ބައެއް މީހުންނަށް ހީވާ ކަހަލަ ޓެސްޓު ކިޓުތައް ސިންދިތާ ފިހާރައިގެ ފޮތި ހުރިހެން ފީސަބީލިއްލާހިއަށް ވިއްކަން ހުރި އެއްޗެކޭ މިއީ. ލާރިއާއި ފައިސާއިން ކަންކުރެވޭނަމަ މިއަދު އެމެރިކާ ޓެސްޓު ކިޓު ބަނޑަށް ޖެހިފައި ނޯންނާނެ. އަދި މިލިއަނުން މީހުންވެސް ޕޮޒިޓިވްވަމުން ނުދާނެ. ހަގީގަތަކީ މި ބަލީގައި ހުރިހާވެސް ފަރުވާއަކީ ފަރުދީ ޒިންމާކަން. ގޭގައި ތިބުންކަން. އެހެންނޫން ނަމަ ދުނިޔޭގެ އެންމެ ބާރު ގަދަ ގައުމުތަކޭ އެއްގޮތަށް ވައިރަސް ކުރިމަތީ ކުޑަކަކޫ ޖަހަންޖެހޭނީ.
ރޯނދުއެދުރު 1
08 May 2020
ގިނަ މީހުންނަށް ނުވެސް އެނގޭ ވާނުވާގައި ކޮމެންޓު ކުރާއިރު ރާއްޖޭގެ ހާލަތެއްވެސް. މިހާރުވެސް ރާއްޖޭގައި 11 ސަރަހަދެއްގައި ޓެސްޓު ކުރާ މެޝިން އެބަހުރި. މި އުޅެނީ މެޝިން ނެތިގެނެއް ނޫން. މި އުޅެނީ ޓެސްޓު ކިޓު ބާޒާރުގައި ނެތިގެން. އެއީ ވަކި މިންވަރަކަށް އީޖާދުކޮށް ބާޒާރަށް ނެރެމުންދާ އެއްޗެއް. ޓެސްޓު ކިޓުތައް ދިނުމުގައި ޑަބްލިއުއެޗްއޯއިން އިސްކަން ދެނީ އެއްކޮށް ބޮއްސުން ލައިގެންގޮސް ހާލު ދެރަވެފައިވާ ގައުމުތަކަށް. ރާއްޖެއަށްވުރެ ހާލު ދެރަ އެމެރިކާވެސް.
ޝައްފަ
08 May 2020
ޓެސްޓް ކިޓާއި މެޝިން އެމެރިކާ ގައި އެބަ ހުރި. އެމެރިކާ މީހުންނަށް ކޮރޯނާ ޖެހެނީ ތިރީ ގައިވާ ސަބަބާއި ހެދި. (1) އާބާދީ ގެ %49 އަކީ ފަލަ މީހުން. ފަލަ މީހުންނަށް ކޮރޯނާ ޖެހުމުން ސީރިއަސް ވޭ. (2) ލޮކްޑައުން ކުރުމަކީ ވަކި ވަކި ކައުންސިލް ތަކަށް ލިބިފައިވާ ބާރެއް. ޓްރަންޕް އަށް އޮންނަ ބާރެއް ނޫން.
ޟުކުން
08 May 2020
ދިވެހިންނޭ ހޭއަރާށެވެ....ވަރަށަ ސާފުކޮށް ޓެސްޓް ކިޓެއްނެތްވާހަކަ ރޭގަ އެއްބަސް ވެއްޖެއެވެ...ސަރުކާރުން އަހަރެމެން ގުބޯ ހައްދާފިއެވެ... ދެން އޮތީ ފަރުދީޒިން މާ ނަގާ އަ މިއްލައަށް ފިޔަވަޅު އެޅު މެވެ. ސަރުކާރުން ކޮށްދޭނޭ ކަ މަށް ނުވިސްނާށެވެ...
ނާހީ
08 May 2020
ކޮން ގައުމެއްގައިތޯ ދިހަ ބާރަ މެޝިން ހުރީ ބަލި ފެނުނުއިރު؟ މިއީ މުޅި ދުނިޔެއަށްވެސް އާ ވައިރަހެއް. މިދަނީ ކޮންމެ ދުވަހަކުހެން ބަލީގެ ކަންތައް ދަސްވާ މިންވަރަކުން ބައްޔާ ގުޅޭ ތަކެއްތި އީޖާދު ކުރެވެމުން. ކޮންމެ ދުވަހަކު ހަބަރު ބަލާ މީހެއް ނަމަ ވެސް އެނގޭނެ ގައުމުތަކުން އެދަނީ އެ ގައުމެއްގައި ޕޮޒިޓިވްވާ އަދަދަށް ބަލާފައި ޓެސްޓިން ކެޕޭސިޓީ އިތުރުކުރަމުންކަން. ޕޮޒިޓިވްވާ އަދަދު ބިނާވަނީ އެ ގައުމެއްގެ ފަރުދުންގެ އުޅުން ހުރި ގޮތުން.
ޑޫބެ
08 May 2020
މައްސަލަޔަކީ އެބަހުއްޓޭ ކިޔާފަ ދޮގުހެދުން. ބޮޑުބޭބެކަމަށް ހެދިގެން ކަރުބުޑަށް އަތްބާނާ ގައުމަކުން ދޭން "ބުނީ". ބާކީބައި ގެންނަން ބައިއަޅާގޮތަށް ގާތްމީހުންނަށް ދިނީ.