ޚަބަރު / އައިޖީއެމްއެޗު

ޑޮކްޓަރަކާއި ނަރުހަކު ޕޮޒިޓިވްވެ، އައިޖީއެމްއެޗުގެ 16 ނަރުހަކު އައިސޮލޭޝަނަށް

ކޮވިޑް ބަލީގެ މީހުންނަށް ފަރުވާދޭން ކުރިއަށް ގެންދިޔަ ތަމްރީންތަކުގައި ނަރުހުންތަކެއް ބައިވެރިވަނީ. --ފޮޓޯ/މިހާރު

އައިޖީއެމްއެޗުގައި ބަލި މީހަކަށް ފަރުވާ ދިނުމުގެ ތެރޭގައި ކޮވިޑް-19 ޖެހި އެއްވެސް ޑޮކްޓަރަކާއި ނަރުހަކު މިހާތަނަށް ޕޮޒިޓިވްވެފައި ނުވިޔަސް އެއް ޑިޕާޓްމެންޓެއްގެ 16 ނަރުހަކު އައިސޮލޭޝަންގައި އެބަތިބި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި، އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ އެ ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު ކޮވިޑަށް-19 އަށް ޕޮޒިޓިވްވެ ފަރުވާދެމުން އަންނަ ކަމަށެވެ. އެކަމަކު އެ ދެ މީހުން ބައްޔަށް ހުށަހެޅުނީ ހޮސްޕިޓަލްގައި ފަރުވާ ދިނުމުގެ ތެރޭގައި ނޫން ކަމަށާއި އެނގިފައި އޮތް ގޮތުގައި ހޮސްޕިޓަލުން ބޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒީމް ވިދާޅުވި ގޮތުގައި އެންމެ އިސް ސަފުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް މި ބަލި ޖެހުމުގެ ފުރުސަތު އެބައޮތެވެ.

ފަރުވާ އަށް އައިޖީއެމްއެޗަށް ގެންދާ ބައެއް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގެނީ އޮންނަ އުސޫލްގެ ތެރެއިން، ޓެސްޓް ކުރުމުން ކަން ޑރ. ނަޒީމް ފާހަގަކުރެއްވި އެވެ. އައްޑޫން އެންމެ ފަހުން އައިޖީއެމްއެޗަށް ބަލި މީހަކު ބަދަލުކުރީ ހިތުގެ ބައްޔެއްގައި ފަރުވާ ދޭން ކަމަށާއި އޭނާ އަށް ބަލި ޖެހިފައިވާ ކަން އެނގުނީ ޓެސްޓް ހެދުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ކުރިން، އެ ހޮސްޕިޓަލުގައި ފަރުވާދިން މާބަނޑު މީހަކު ވެސް ބައްޔަށް ޕޮޒިޓިވްވި އެވެ. އޭނާ އަށް ފަރުވާ ދިން ގިނަ ނަރުހުންތަކެއް ވެސް އައިސޮލޭޝަނަށް ދާން ޖެހުނެވެ.

މިއަދުގެ މީޑިއާ ބްރީފިންގައި ޑރ. އަލީ ނަޒީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

އައިޖީއެމްއެޗަށް ގެންދާ ބަލި މީހުންނާ ހަވާލުވާ ޑޮކްޓަރުންނާއި ނަރުހުން ވެސް ތިބެނީ ޕީޕީއީގަ އެވެ. އަދި އެކި ލެވެލްތަކެއް ކަނޑައަޅާފައިވާ އިރު އިމަޖެންސީ އަށް ގެންނަ ބަލި މީހުންގެ ގާތަށް ދެވޭނީ ފުލް ކިޓުގައި ތިބޭ ޑޮކްޓަރުންނާއި ނަރުހުންނަށެވެ.

ނަޒީމް ވިދާޅުވި ގޮތުގައި 16 ނަރުހުން އައިސޮލޭޓްކުރީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ލަފައާ އެކުގަ އެވެ. އެ މީހުން ފަހުން ޓެސްޓްކުރާ އިރު އަދި އަލާމާތްތައް ފެނިގެން ޓެސްޓްކުރާއިރު ބައްޔަށް ޕޮޒިޓިވް ވެދާނެ ކަމަށާއި މިއަދާ ހަމައަށް އެކަކު ވެސް ޕޮޒިޓިވް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވެސް ވަރަށް ބޮޑު ނުތަނަވަސް ކަމެއް ލިބޭ ކަމެއް. އެއާއެކު އަޅުގަނޑުމެންގެ ވޯކްފޯސް މަދުވާނެ. އެއް ވޯޑަކުން އެއްފަހަރާ 16 ނަރުހުން ދިއުމަކީ އަޅުގަނޑުމެންނަށް ވެސް ލިބޭނެ ދެރައެއް،" ނަޒީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރަކު ނުބަލަން ކޮވިޑް ފްރީއެކޭ. ކޮވިޑްގެ ޕޮސިބިލިޓީ ވަރަށް ހަމަ ހައި ހޮސްޕިޓަލްތަކުގެ އިމަޖެންސީ ރޫމްތަކުގައި."

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލްތަކުގެ ވެސް ހާލަތު އޮތީ މިގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒީމް ވިދާޅުވީ، އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުން ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އޮތުމުން އާއިލާތަކާ ވަކިން އެކޮމެޑޭޝަން ވެސް އަންނަނީ ހަމަޖައްސަމުންނެވެ. މިހާތަނަށް 60 މީހަކަށް އެކަން ހަމަޖައްސައިދީފައިވާ ކަން ނަޒީމް ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި މިހާތަނަށް މި ބަލި 740 އަށް ވުރެން ގިނަ މީހުންނަށް ޖެހިފައިވާ އިރު ޕީކަށް އަރާނެ ކަމަށް ލަފާކުރަނީ މި މަހުގެ 31 ގަ އެވެ. މި މުއްދަތުގައި، ވީހާ ވެސް ގިނަ ނަރުހުން ބޭނުންވާނެތީވެ، މިހާރު ޚިދުމަތާ ދުރުގައި ތިއްބެވި އެކަމަކު އެހީވާން ބޭނުން ނަރުހުން އައިޖީއެމްއެޗަށް ގުޅައިގެން އެކަން ހަމަޖެއްސުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.

5 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދޮރުނެތް މާލޭމީހާ

09 May 2020

އައި.ޖީ.އެމް.އެޗަށް އުރަލައްވާ ވާހަކަ ދައްކާއިރު އެތަނަށް ވަންނައިރު ކުރާ ސްކްރީނިންގ އާ ހުރެ ކިހާ ހަޅޭކެއް ލަވާބާ. އައި.ޖީ.އެމް އެޗް ގެ ތަންތަނަށް ދާން ޖެހޭ ރޫޓް ބުނެދިނީމަ މުވައްޒަފުން ރޮވެންދެން ހަޅޭ ލަވާ ކަން އެނގޭބާ. ކިޔަމަންތެރިކަމާއި އިޙްތިރާމް ކުރުމުގެ ބައި ދިވެހިންގެ ކިބައިގައި ނެތީބާއޭ ވެސް ބައެއް ފަހަރު ހިތަށް އަރާ

The name is already taken The name is available. Register?

ސަންޕަދަރި

09 May 2020

ބަލަ އެއީ ކީއްވެ ޕޮސިޓިވް ވާންވީ 15 އޭޕްރިލްގަ ރައްކާތެރި ކަމުގެ ހެދުން ލީގޮތަށް ނުބާލާ އެތިބީ މަތިމައްޗަށް ހެދުން ލައިގެން. ނުވިތާކަށް މުޅި އައިޖީއެމްއެޗް ވެސް އެއޮތީ އުރަ ލައްވާފަ. ދެންކީއްވެ ޕޮސިޓިވް ވާންވީ? މީ މަބްރޫކު ދައްކާވާހަކަ, މަށެއްނޫން. ނިކަން މިރޭވެސް އަހާބަލަ އަނގައިގަ ބަސް އޮއްވަ ބުނާނެ ޕޮރޮޓޮކޯލް އޭ ރައްކާތެރި ކަމުގެ ހެދުން ލައިގެންނޭ ތިބީ ހޮސްޕިޓަލްވެސް އޮތީ އުރަޔަށް ލާފައޭ. ކިހިނެއް މިވަނީ? ލޯވަޅު އެޅިފަ ހުރީތޯ?

The name is already taken The name is available. Register?

އިސްރޯ

09 May 2020

ވަރަށް ހިތާމަވެރި ހިސާބަކަށް ދެވިފަމިވަނީ. ﷲ އަވަހަށް އެންމެނަށް ޝިފާދެއްވާ އަޅަމެން މިބަލިންރައްކާ ތެރި ކުރައްވަވާށި. އާމީން.

The name is already taken The name is available. Register?

ކެޔޮޅުބޭ

09 May 2020

މިހާރު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ކޮވިޑް ވައިރަސް މިއޮތީ މުޅި ދިވެހި ރާއްޖޭގަ ފެތުރިފަ. ބައެއް ރަށްރަށުގަ ބަލިނެތަސް އަތޮޅު ތެރައަށްވެސް ހަމަ މިއޮތީ ބަލި ފެތުރިފަ. އެހެންވީމަ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއް ގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަށް ވަރުގަދަ ކުރަން އެބަޖެހޭ. އަދި ހުރިހާ އަތިޅެއްގައި ޓެސްޓުކުރެވޭނެ އަދި ފަރުވާދެވޭނެ އިންތިޒާމް ހަމަ ޖެއްސޭތޯ އާއި މާލޭގެ ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމަށް އެހީވެދޭނެ ގައުމެއް ލަސްނުކޮށް ހޯދަން އެބަޖެހޭ.

The name is already taken The name is available. Register?

ގެދާނޯމޮސް

09 May 2020

ދުވަސްތަށް ދިގުލާ ދާތީއާއި އެކު ބުރަކޮށް އުޅެންޖެހުމުގައި އިންސާނުންވީމާ ބޭއިޙްތިޔާރުގަ ފަރުވާ ކުޑަކޮށް ލެވެނީއެވެ. މިކަމުން އަރައި ގަތުމުގައި އަދި މަސްތަކެއް އަހަރެއް ނަގާފާނެ ކަމަށް ހިޔާލަށްވެސް ނުގެނެވޭނެއެވެ. ދަތި އުނދަގޫ މިދުވަސްތަކުގަ އެންމެ މުހިންމީ މާތް ﷲ އަށް ކެތްތެރިކަން އިސްކުރުމެވެ. ގިނައިން އަވިލިބޭގޮތަށް ހަރަކާޔް ތެރިވުމަށް ހުރިހާ ޑރ ނާއި ނަރުހުންނަށް ވަރައްއެދެމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454