މަގުމަތީ ކިއޫއެއްގައި ހުރި މީހެއްގެ އަތް ސާފުކުރުމަށް ސެނިޓައިޒާ އަޅަނީ. ބަލިން ރައްކާތެރިވާން އެންމެ މުހިންމު އެއް ކަމަކީ އަތް ސާފުކޮށް ގެންގުޅުން. -- ފޮޓޯ: މިހާރު
09 މެއި 2020 - 15:16
✳️ COVID-19 Case Updates
— Health Protection Agency (@HPA_MV) May 9, 2020
As of 02:00am, confirmed an additional 25 cases of COVID-19 infection in Maldives.
Cases:
- 20 Bangladeshis
- 05 Maldivians
Total number of cases: 790
އެޗްޕީއޭގެ ޓުވީޓް
އިތުރު 25 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. އެއީ ބަންގްލަދޭޝްގެ 20 މީހަކާއި ފަސް ދިވެއްސެއް. މިހާރު ރާއްޖެ އިން އެ ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 790.
މަބްރޫކް: އައްޑޫ ހޮސްޕިޓަލްގައި ބޭނުންވާ މާސްކާއި ގައުން އަދި ސެނިޓައިޒާ ވެސް އެތަނުގެ ސްޓޮކް އެބަހުރި. އައްޑޫން ޕޮޒިޓިވް ވި މީހާގެ ދެވަނަ ޓެސްޓެއް ހެދުމުގެ މަސައްކަތް އެބަ ކުރެވޭ.
މަބްރޫކް: ރާއްޖޭގެ ސަރަހައްދުގައި ހަދާ މެޑިކަލް ފެސިލިޓީތައް އެބަ ލަސްވޭ. ހިތަދޫގައި ހަދާ ފެސިލިޓީގެ މަސައްކަތުގެ 90 ޕަސެންޓް ވަނީ ނިމިފައި. އަދި އެހެން އަތޮޅުތަކުގައި ހަދާ ފެސިލިޓީތަކުގެ މަސައްކަތް ވެސް އެބަ ކުރިއަށް ދޭ. ގިނަ ތަންތަން ހުރީ ނިމުމާ ގާތުގައި.
މަބްރޫކް: އިތުރު 19 މީހަކު ޕޮޒިޓިވްވެ، މިހާރުގެ ޖުމްލަ އަދަދަކީ 785. މިއަދުގެ ޖުމްލަ އަދަދަކީ 41.
ޑރ. އަފްޒަލް: ގޭގައި އައިސޮލޭޓް ވާން ބުނަނީ، މިސާލަކަށް ކޮންޓެކްޓްވާ މީހާ އަޅުގަނޑުމެންނަށް ދިމާވާ އިރު އޭނާ ބާކީ އޮވެދާނެ ތިން ހަތަރު ދުވަސް. މީހެއްގެ ކިބައިން އަލާމާތްތައް ފެންނަން އާންމުކޮށް މި ނަގަނީ ކޮންޓެކްޓް ވާތާ ފުރަތަމަ ހަތް ދުވަސް. އެހެންވެ، އެ މީހާ ކަރަންޓީނު ފެސިލިޓީ އަކަށް ނުފޮނުވިޔަސް އޭނާ ހުންނަން ޖެހޭނީ އައިސޮލޭޓް ވެގެން ވަރަށް ބޮޑަށް.
މަބްރޫކް: ކޮންސްޓްރަކްޝަން މަސައްކަތް އާންމުކޮށް ކުރަން ދޫކޮށްލަނީއެއް ނޫން. އަޅުގަނޑުމެން ހުއްދަ ދެނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓްތަކުން އެހެން ތަންތަނަށް ގެއްލުމެއް ލިބިދާނެ ތަންތަނަށް. މިސާލަކަށް ފައުންޑޭޝަން އަޅަން ކޮނެފައި ހުރުމުން ކައިރީގައި ހުންނަ އިމާރާތަކަށް ގެއްލުން ލިބިދާނެ ކަހަލަ ތަންތަން. އޭގެ މައުލޫމާތުތައް ފަހުން ސިޓީ ކައުންސިލުން ދޭނެ.
ޑރ. އަފްޒަލް: މިހާތަނަށް 29 މީހަކު ވަނީ ބަލިން ރަނގަޅުވެފައި. އެއީ ދިވެހިންގެ 16 މީހަކާއި 13 ބިދޭސީއެއް.
ޑރ. އަފްޒަލް: ޑީއެޗް 11 ގައި މި ވަގުތު ތިބީ 4 މީހުން. އެއީ 44 އަހަރުގެ ބިދޭސީއަކާއި 70 އަހަރާއި، 88 އަހަރާއި 41 އަހަރުގެ ދިވެހި ފިރިހެނުން.
ޑރ. އަފްޒަލް: އުމުރުން 65 އަހަރުން މަތީގެ މީހުންގެ އަދަދަކީ 13. އެއީ ހަގީގަތުގައި ވަރަށް ދަށް އަދަދެއް. އަދި އެއީ ވަރަށް ރަނގަޅަށް ވެފައި އޮތް ކަމެއް. ސަބަބަކީ، މި ބަލީގައި އެންމެ ރިސްކް ބޮޑު މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުން ކަމަށް ވާތީ.
ޑރ. އަފްޒަލް: އަދިވެސް އެންމެ މަތީގައި އުޅޭ ކްލަސްޓާތަކަކީ ބާޒާރުމަތީގެ ކްލަސްޓާ އާއި އެމްއެޗްއޭ ކްލަސްޓާ. މީގެ އިތުރުން އިންޑިޕެންޑެންޓް ކްލަސްޓާ ވެސް ހިމެނޭ.
މަބްރޫކް: ވައިބާގައި ދައުރުވާ މެސެޖެއް އެއީ މާލޭގެ އެއްވެސް މީހަކަށް ނުނުކުމެވޭ ގޮތަށް އަދި އެއްވެސް ޑެލިވަރީއެއް ނުކުރެވޭ ގޮތަށް ލޮކްޑައުން ހަމަޖައްސާ ވާހަކަ. އެކަމަކު އެކަހަލަ އެއްވެސް ކަމެއްގެ މަޝްވަރާއެއް ނުކުރެވޭ.
މިރޭގެ ނޫސްވެރިިންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭ ވެސް މައުލޫމާތު ދެއްވަނީ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް.
ކޮވިޑް-19 އަށް މިއަދު އިތުރު 22 މީހަކު ރާއްޖޭން ޕޮޒިޓިވްވެ މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 766 އަށް އަރައިފި އެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަންގްލާދޭޝް ހަތަރު މީހަކާއި ނޭޕާލް މީހަކާއި އިންޑިއާ މީހެކެވެ. މާޗް 15 ވަނަ ދުވަހު މާލޭން ބަލި ފެނުނު ފަހުން ކޮންމެ ދުވަހަކު ވެސް އަންނަނީ އެތައް ބަޔަކަށް ބަލި ޖެހެމުންނެވެ.
މިއަދު ހާމަކުރި އަދަދުތަކާ އެކު މިހާރު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު ވަނީ 254 އަށް އަރައިފަ އެވެ. ބަންގްލާދޭޝްގެ 420 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައި ވާއިރު އިންޑިއާގެ 61 މީހަކާއި ސްރީ ލަންކާގެ ފަސް މީހަކު ވެސް ޕޮޒިޓިވް ވެފައިވެ އެވެ. އަދި އެހެން ގައުމުތަކުގެ 26 މީހަކު ޕޮޒިޓިވްވި އެވެ. އެކަމަކު އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓުންނާއި ރިސޯޓްތަކުގެ މުވައްޒަފުންނެވެ.
އަލަށް ހާމަކުރި ކޭސްތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. ކުރިން ބުނެފައިވާ ގޮތުގައި ބިދޭސީންގެ ތެރެއިން މިހާރު ޕޮޒިޓިވްވާ ގިނަ މީހުންނަކީ ތޮއްޖެހިގެން އެއް ތަނެއްގައި އުޅޭ މީހުންނެވެ.
އިއްޔެ ވެސް ރާއްޖޭން ވަނީ ކޮވިޑް-19 އަށް 44 މީހަކު ޕޮޒިޓިވް ވެފަ އެވެ. އަދި އޭގެ ކުރީ ދުވަހު 69 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ.
ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލައި މިހާރު އަންދާޒާކޮށްފައި ވަނީ މި މަސް ނިމޭއިރު ޕީކަށް އަރާނެ ކަމަށެވެ. އެހެންވެ މި ދެ ހަފުތާ އަކީ ވަރަށް ފަރުވާތެރިވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަންޖެހޭ ދެ ހަފުތާ ކަމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ އިންޒާރު ދެއްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިވަރެއްނެތް
10 May 2020
ވަރިވުމުގެ ދާއިރާއިން ދުނިޔޭގެ 1ވަނަ ހޯދިހެން މިފަހަރު ކޮވިޑުން ދިވެހިން 1 ވަނަ ހޯދާނެ! އެންމެ ހެއްވާކަމަކީ ރާއްޖެއަކީ ކޮރޯނާ ފްރީ ގައުމެއްކަމަށް އިއުލާންކޮށް އަދި ކޮރޯނާ ފްރީ ޓުއަރިޒަމަށް ހުޅުވާލަން އުޅެނިކޮށް މުޅިއެތި އަތަށްމިގޮވީ! ރަނގަޅަށްވީޔާ ޖެނުއަރީން ފެށިގެން މިބަލިދަނީ ރާއްޖޭގައި ފެތުރެމުން. ބަލީގެ އަލާމާތްނެތުމުން ވެރިންނަށް އެކަން ނޭގުނީ. ފެށުނުއިރު ގެންގުޅުނު ވިސްނުން ގޯސްކަން މިހާރު އެގިއްޖެ. އާވިސްނުމަކަށް ދާންވެއްޖެ.
ތުރުކުމެނިސްތާން
10 May 2020
ބުދަ ނުވަތަ ބުރާސްފަތި ދުވަހު ގެ މެންދުރު އެނގޭނެ ކިހާ ހަރުކަށި ލޮކްޑައުން އަކަށްކަން މި ދަނީ! އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު، ކ.މާލޭގެ ޓާސްކް ފޯސްއިން ކަންކަން ފޮރުވުމުގެ ބޭނުމެއް ނެތް .
ޤަމޭ
10 May 2020
މަބްރޫކް އަށް ވަރަށް ސަލާމް، މިހާރުވެސް ކޮންޓްރަކްސަން މަސައްކަތް އެބަކުރޭ އަ.ޖީ.އެމް.އެޗް ކައިރީގައި ހުރި ގެއެއްގައި، 3 ވަނަ ސީޓް އަޅަމުންދަނީ، އެހެންވީމާ ރަގަނޅު ތެދު މައުލޫމާތު ފޯރުކޮށްދެއްވުމަށް އެދެން ވަރަށް ބޮޑަށް
ފަންކާ
10 May 2020
އާހިރުގަ ބަގުލާދޭސް މީހުން ގެ ނުހުރުންފާން އުފުލަށް މި ޖެހުނީ ދިވެހި ރަށްއިތުންނަކަށްނު. ފަންޑް ހަދައިގެން އެމީހުންނަށް ކާންދިނުމާ ނިންދެވުމާއި. ކޮބާތަ އެމީހުން މިތަނަށް ގެނެސް އެޅިމީހުން ކީއްވެތަ އެމީހުންގައިގަ އަތް ނުލެވިގެން ތި އުޅެނި. ބަޖެޓް ހުސް ކޮށްފި އަދިއެއް ދިވެހި ރަށްއިތަކަށް ބޯހިޔާވަހި ކަމެއް ހޯދައި ނުދެވޭ.
ޢިޙްސާސް
10 May 2020
މަބްރޫޙު ފުލްލޮކްޑައުން މަޝްވަރާ ނުކުރާކަ މަށް ބުންޏަސް ސަލާ މަތީ ބާރުތަކުގެ ބައެއް އޮފިސަރުންނާ ސަރުކާރުގެ ބައެއް މަސައްކަތު މީހުން އެބަ ބުނޭ ބުރާސްފަތިން ފެށިގެން ޑެލިވަރީ ނުކުރެވޭނެއޭ އަދި ފުލްލޮކްޑައުން އަކަށް ދާނެއޭ. ދެން.
ހޭބަލިމިތުރު
09 May 2020
މިހާރު ޕޮސިޓިވްކޭސް މިބުނަނީ ޖު މްލަކޮއް ބަންގާޅީންގެ އަދަދު ނޭގޭގޮތައް، މިއަދު 41 ކޭސް. ބަންގާޅީން މާލޭން ބޭރުނުކޮއް ހުރިހާ ގެއްލު މެއް އަ މިއްލަ މަސައްކަތުން ދިރިއުޅޭ ދިވެހިންނައް، ސަރުކާރުގެ ނުކުޅެދުންތެރިކަ މުގެވެސް ބޮޑުވަރު.
ކުނިއަނގަ
10 May 2020
ދޮގު ނުހަދަަބަލަ.
މޯޑް
09 May 2020
2020 އައި އިރުވެސް ރާއްޖެތެރޭ ނިކަމެތި ރަށްއިތުން ނަށް މިޖެހެނި ހަމަ މީހަކު ބަލިވާ އިރަށް މާލެފޮނުވާލަށް މީ ސަރުކާރު ތަކުގެ އިހުމާލު.
ހޯގުޅ
09 May 2020
މާލޭ މަގުތިން ލޮކުޑައުން ހެން ހީވެސް ނުވޭ. އެޗްފީއޭ ފޮލިސް ސާވިސް ކީއްތަ މި ކުރަނި
ހޯހޯތަ
09 May 2020
ފަރުދީ ޒިންމާ ވާހަކަ ދައްކަބަލަ. ކޮންމެ މީހެއްގެ ފަހަތުގަ ޕޮލިހެއް ނޫނީ އެޗްޕީއޭ މީހަކު ހުނަންޖެހޭ ކަމަށް ގަބޫލު ކުރެވެންޏާ އެއީ ވަރަށް ބޮޑު ކުއްހީއެއް. އަމިއްލައަށް ޒިންމާދާރުވެގެން ނޫނީ ދެދުނިޔޭގަ ވެސް އަހަރެމެން ނަށް ސަލާމަތެއް ނުލިބޭނެ ކަން ހަނދާންކޮއްދެން.
ހޯރަބޭ
09 May 2020
މިހާރު ގޭގެ ތިށްބަސް ސަލާމަތަށް ނެތް. ރެންޑަމް ކޮށްނެގި ސާންމްފަލު ތައް ވެސް ފޮޒިޓިވް ވެއްޖެ. ކޮންޓެކްޓް ރޭސިން ހެދުމުގެ ބޭނުން ކެޑިންޖެ. މުޅި މާލޭގަ ކޮވިޑްގެ ވައިރަސް އުތުރި އަރަނި. އެމީހަކު ސަލާމަތް އެމީހު ހޯދައިގެން ދުއާ ކޮށްލަ ކޮށްލާ ތިބުން އޮތީ މިކަމުން ކޮޅެއް ދަށްކަވާތޯ.
ނަރުސް
09 May 2020
ބަންގްލަދޭޝް މައްސަލަ ހައްލު ނުކުރެވި ކަންތައްތައް މިދަނީ ގޯހުން ގޯހަށް. ފައްޔާޒު ބުނީ އެމީހުންގެ ޕާސްޕޯޓެއް ނެތޭ، ކުރެވޭނެ ކަމެއް ނެތޭ. ބަލަ ބޮޑު މުސާރަ ދީފައި ވަޒީރުކަން ދީފައި މިހިރީ އެހެން މީހުންނަށް ނުކުރެވޭ ކަންތައް ކުރެވޭނެ ކަމަށް ބަލާފައި ނޫންތަ. ބޯ ހަލާކުވެދާނެ ހަމަ. އެމްޑީޕީގައެއް ނެތީއޭ އެންމެ ވަޒީރެއްވެސް ކަމެއް ތަންފީޒުކޮށްދެވޭނެ. ދެން އެޗްޕީއޭ ބޮލަށް ހުރިހާ ކަމެއް ކެނޑީމަ ނިމުނީ. އެމީހުން މަސައްކަތްކޮށް އަވަދިވަނީ.