މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ.
16 މެއި 2020 - 23:46
ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ކޮވިޑް-19 ފެތުރުނީ މިދިޔަ މަހު އެތަނަށް ފަރުވާ އަށް ގެންދިޔަ މީހެއްގެ ފަރާތުން ކަމަށް ލަފާކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ/
ރިހެބުގައި ފަރުވާ ހޯދަމުން އަންނަ އަންހެނަކާއި ދެ ފިރިހެނުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
އެ ތަނުގައި ތިބި ތިން މީހަކު ބައްޔަށް ޕޮޒިޓިވްވުމަކީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ވެސް ކަންބޮޑުވުމެކެވެ. އެ ތަނުން ބުނިގޮތުގައި މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމުގެ ކުރިން، އެތަނުން ފަރުވާ ހޯދާ މީހުންނާއި އެ މީހުންނާ ބައްދަލުވާ މުވައްޒަފުން އެ ސެންޓަރުން ވަދެ ނިކުތުން ވަނީ ހުއްޓާލައިފަ އެވެ.
Rehab ah Covid-19 vaiygotheh neiygey, varah kanboduvey: NDA
The most trusted news source in the Maldives
Mihaaru
ރިހެބަށް ކޮވިޑް-19 ވަތްގޮތެއް ނޭންގޭ ކަމަށް އެންޑީއޭއިން ބުނުން
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެންމެ ފަހުން ރިހެބަށް ފަރުވާ ހޯދަން މީހަކު ދިޔައީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހު ހަތަރު މީހަކު އެ ތަނަށް ދިޔަ ކަމަށާއި ޕޮޒިޓިވްވި ތިން މީހުންގެ ތެރޭގައި އޭގެ ތެރެއިން އެކަކު ހިމެނޭ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"އޭނާ ޑީޓީއާރުސީއަށް ދިއުމުގެ ކުރިން ގޮސްފައިވާ ތަންތަނަށް އަޅުގަނޑުމެން ބަލައިލިއިރު އޭނާ ގޮސްފައި ހުރި އެއް ގެއަކުން މިއަދު އަޅުގަނޑުމެންނަށް ބޭރު މީހަކު، ޕޮޒިޓިވް މީހަކު ވަނީ އައިޑެންޓިފައި ކުރެވިފައި. އެހެންވީމަ މިއީ އެ ތަނަށް ބަލި ދިއުމުގެ ޕޮޒިބަލް ރޫޓަށް ވެދާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާ ކުރެވޭ،" ނަޒްލާ ވިދާޅުވި އެވެ.
ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓް ޓްރޭސިން ހަދައި ކޮންޓެކްޓްވި މީހުން ދެނެގަނެވިފައިވާ ކަމަށްވެސް ނަޒްލާ ވިދާޅުވި އެވެ.
"އެ ތަން ލޮކްޑައުން ކުރިކަމަށް ވިޔަސް ކޮންމެވެސް ވަރަކަށް ބައެއް ސްޓާފުން އެތަނުގެ މެނޭޖްމަންޓަށް ނޭނގި އެ ރަށު ތެރެއަށް ކޮންމެވެސް ވަރަކަށް ގޮސްފައިވޭ. އަދި ރަށު ތެރޭގައި އުޅެފައިވާ ކަމަށް. އެހެންވީމަ އެމީހުންގެ މައުލޫމާތު އަޅުގަނޑުމެން އިތުރަށް ހޯދާފައި ވަނީ،" ނަޒްލާ
އެންމެ ފަހުން ރިހެބަށް ގެންދިޔަ ހަތަރު މީހުންގެ ތެރެއިން ދެ މީހުން މިވަގުތު ރިހެބުގައި ނެތް ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ. އެގޮތުން އެކަކު އާއިލީ ކަމެއްގައި މާލެ ގެނެސްފައިވާއިރު އެހެން މީހަކުވެސް އިތުރު ސަބަބަކާ ހުރެ އެތަނުން ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.
މިދިޔަ މަހުގެ 22 އިން ފެށިގެން އެ ސެންޓަރު ވަނީ ލޮކްޑައުންގެ ހާލަތަށް ގެނެސްފައި ކަމަށް އެންޑީއޭއާ ހަވާލާ ދެއްވައި ނަޒްލާ ވެސް ވިދާޅުވި އެވެ.
ނަމަވެސް ފަރުވާ ހޯދާ ދެ މީހަކު ބަލިވެގެން އިތުރު ފަރުވާ ހޯދުމަށް ހިންމަފުށީ ސިއްހީ މަރުކަޒަށް އޭގެ ފަހުން ގެންދިޔަ ކަމަށް ނަޒްލާ ވިދާޅުވި އެވެ. އަދި އެތަން ލޮކްޑައުން ކުރިއަސް ބައެއް މުވައްޒަފުން އެ ރަށު ތެރެއަށް ގޮސް ހަދާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"އެ ތަން ލޮކްޑައުން ކުރިކަމަށް ވިޔަސް ކޮންމެވެސް ވަރަކަށް ބައެއް ސްޓާފުން އެތަނުގެ މެނޭޖްމަންޓަށް ނޭނގި އެ ރަށު ތެރެއަށް ކޮންމެވެސް ވަރަކަށް ގޮސްފައިވޭ. އަދި ރަށު ތެރޭގައި އުޅެފައިވާ ކަމަށް. އެހެންވީމަ އެމީހުންގެ މައުލޫމާތު އަޅުގަނޑުމެން އިތުރަށް ހޯދާފައި ވަނީ،" ނަޒްލާ ވިދާޅުވި އެވެ.
ރިހެބުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި ހިންމަފުށީގެ މީހުން ގިނަ އެވެ.
ރިހެބުން ތިން މީހަކު ޕޮޒިޓިވްވުމުން ހިންމަފުށިން މިއަދު އިތުރު 156 ސާމްޕަލް ވަނީ ނަގައިފަ އެވެ އޭގެ ތެރޭގައި ހިމެނެނީ ރިހެބުން ނެގި 37 ސާމްޕަލަކާއި އައްސޭރި ޖަލުން 37 ސާމްޕަލްއަކާއި އިންޑަސްޓްރިއަލް ވިލެޖުން 45 ސާމްޕަލްއަކާއި ރަށު ތެރެއިން ރެންޑަމްކޮށް ނެގި 38 ސާމްޕަލްއެކެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.
ހިންމަފުށީފައި ހުންނަ ރިހެބުން ތިން މީހަކު ޕޮޒިޓިވްވުމުން އެ ރަށް އެޗްޕީއޭ އިން ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަނުގެ ދަރި
17 May 2020
ލޮކްޑައުން ކުރީ 15 އެޕްރީލްގަ އޭގެފަހުން މަގުމަތިވެ ކާން ނުލިބި ބިއްޖެހިފަ ތިބި ކުދިންކޮޅު ރީހެބަށް ގެންދިޔަ އިރު ޓެސްޓް ނުކުރައްވާ ގެންދިޔައިމަ ނޫންބާ ރީހެބަށް ބަލި ވަދެގެން އުޅެނީ
ހަކީމް
17 May 2020
ދަރިޔާ ތިދައްކަނީ ރަނގަޅު ވާހަކަ ، އެކަމަކުވެސް މިމީހުން މިހެދުނީ ގޯހެއް ކަމަކަށް އެއްބަހެއް ނުވާނެ. މިސަރަހައްދުގަވެސް އެންމެ ފުރިހަމަ އަށް ތައްޔާރުވެފަ އޮތް ޤައުމޭ ކިޔައިގެން މިއުޅެނީ.
ހައިޑްރޮކްލޮރޮކްސިޓްރަމްޕީން
17 May 2020
މިދިޔަމަހު 13 ގައި ވެއްދި މީހެއްގެ ފަރާތުން ކަމުގައިވަނީނަމަ، މިދިޔަ މަހު 15ގައި ޖަރީމާގެ މީހަކު ޕޮޒިޓިވްވެގެން އޭނާއަށާ އާއިލާއަށް އެންއޯއީސީވެސް ހިމެނޭގޮތުން ލެވިހާ "ހަޅޭއް" އެބަޖެހޭތާ އެނބުރިގެންނަން. މިހާރު ތިޔަ 14 ދުވަހުގެ ކަރަންޓީންގެ ބޭނުންކެނޑިއްޖެހެން އެބަހީވޭ. އަނެއްކާ މިހާރު ބައެއްމީހުން ފޮޒިޓިވްވާގޮތުން ތިޔަޓެސްޓް ކިޓްތަކަކީ ހަމަ އެންމެރަނގަޅުތަކެތިތޯވެސް ސުވާލު އުފައްދަންއެބަޖެހޭ
ބަންގާޅީ ނުކިޔާތި
17 May 2020
އެމީހާ ވެއްދުމުގެ ކުރިން ޓެސްޓެއް ނުކުރޭތަ؟ ޓެސްޓް ކިޓު ތަކުން ބަނގުލާދޭސްގެ ބޭފުޅުން އެކަނި ދޯ ޓެސްޓު ކުރަނީ
ކޭބީ
17 May 2020
ޢެތަނަށް 13 އެޕްރީލް ގެ ފަހުން މީހަކު ނުފޮނުވާކަމަށް ބުނާއިރު 30 ދުވަސްވީ މިހާރު 14 ދުވަހުގެ ކަރަންޓީނުގެ ބޭނުމެއް އެބައޮތްބާ
ބައިސްކަލްު
17 May 2020
މާލެއަތޮޅު އަތޮޅު ކައުންސިލުން ބަހެއް ނުބުނެ އޮޓޯއަށްލައިގެން ތިބެނީ. އަތޮޅު ކައުންސިލް ކޮބާތަ.
ކިހާ ދެރަ
17 May 2020
މަނާ ކޮށްފައި ބަނިކޮށް ވަގަށް ސިއްރުން ކުރި ކުށް މިއޮތީ ހިތާމަ ވެރި ގޮތަކަށް ފަޅާ އަރާފައެވެ. ފަޅާ އެރި އިރު މިވަނީ ބޮޑުވެގެންވާ އޮޅުން ބޮޅުން ގަޑަކާއެކު ސަލާމަތުން އޮތް ރަށެއް ހަލާކު ކޮށްލާފައެވެ.
ޙަސަން މަނިކު
17 May 2020
ތިތަނަށް ވަންނަ މީހުންނަށް އެހާ ފަސޭހައިން މާލެ ދެވެނީ ކިހިނެއްތަ.. އެންޓިކޮރަޕްޝަން ބޯޑުން ތިކަން ބަލަން ޖެހޭ.
ހަވާމް
17 May 2020
ރިހެބް ސެންޓަރގެ އިފިޝަލް ދޮގުހެދީ ކީއްވެ..އޭނަބުނީ އެއްވެސް އިތުރުމީހަކު ނާންނަކަމަށް...ކުރިންވެސް ސަރުކާރުންބުނި މަގުމަތިވެފައިތިބި މީހުންގެ ތެރެއިން ބަޔަކު ފަރުވާއަށް ރިހެބަކަށް ގެންދިޔަ ވާހަކަ .
ކުކުޅޭ ---
17 May 2020
14 ދުވަސަ ކަރަންޓީނު ނުކޮށް ވެއްދީމާ ލަނޑު ލިއްބިއްޖެ ދޯ