ޚަބަރު / އެސްޓީއޯ

ކޮވިޑް-19: އެސްޓީއޯ މެދުވެރިކޮށް ހަރަދުކުރި ގޮތް ބަލަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ ކޮވިޑް-19 އަށް 814 މިލިއަން ރުފިޔާ ހަރަދު ކުރެވުނު އިރު، އޭގެ ތެރެއިން ބޮޑު ބައެއް ހޭދަކޮށްފައިވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް. މެޑިކަލް ކޮންސިއުމަބަލްސްގެ ތެރެއިން ގާތްގަނޑަކަށް 86 ޕަސެންޓް ޕްރޮކިއުއާ ކުރަނީ އެސްޓީއޯ އިން ކަމަށް އަމީރު ވިދާޅުވެފައިވޭ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ، ކޮވިޑާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ހަރަދުކުރި ގޮތް ބަލަން ހުށަހެޅުއްވީ ޔައުގޫބް. ފައިލް ފޮޓޯ/މިހާރު

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ މެޑިކަލް ސަޕްލައިސް ގަތުމުގައި އެސްޓީއޯ މެދުވެރިކޮށް ހަރަދުކުރި ގޮތުގެ ހާއްސަ އޮޑިޓެއް ކުރަން އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.

ކޮވިޑް-19 ފެތުރޭ ހާލަތާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ހަރަދުކޮށްފައިވާ ގޮތުގެ އޮޑިޓެއް ކުރަން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތަށް އަންގަން އެ ކޮމިޓީ އަށް ހުށަހެޅުއްވީ ކޮމިޓީގެ މެމްބަރު، ދާންދޫ ދާއިރާގެ ޔައުގޫބް އަބްދުﷲ އެވެ. އޭނާ ހުށަހަޅުއްވައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ތާއީދު ކުރެއްވި އެ ހުށަހެޅުން ފާސްކުރީ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ އިއްތިފާގުންނެވެ.

ޔައުގޫބްގެ ހުށަހެޅުއްވުމުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން އެކިއެކި މުއައްސަސާތަކުން ކޮށްފައިވާ ހަރަދުތަކުގެ ހާއްސަ އޮޑިޓެއް ކޮށް، ރިޕޯޓް ފޮނުވަން އޮޑިޓާ ޖެނެރަލް ހަސަނަށް ސިޓީއަކުން ދެންނެވުމަށެވެ. އެ ސިޓީ އޮޑިޓާ ޖެނެރަލަށް ލިބިވަޑައިގަންނަވާތާ 45 ދުވަހުގެ ތެރޭގައި އެ މަސަައްކަތް ނިންމަން ވެސް އެ ހުށަހެޅުމުގައި ވެ އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ޔައުގޫބް ވިދާޅުވީ، ކޮވިޑް-19 އާ ގުޅޭ އެކި ކަންތައްތައްތަކަށް ފިނޭންސް މިނިސްޓްރީން ކުރި ހަރަދުގެ 72 ޕަސެންޓް ހޭދަ ކޮށްފައި ވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އެހެންވެ، އެ ކަން ކޮށްފައި ވަނީ އެކަމަށް އޮންނަ އުސޫލުގެ ތެރެއިންތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެސްޓީއޯ އަކީ ސަރުކާރުގެ ކުންފުންޏަކަށް ވާތީވެ އެސްޓީއޯގެ ތެރެއިން ހަރަދު ކުރެވުނީ އުސޫލުގެ ތެރެއިންތޯ ބެލުމަށް ހާއްސަ އޮޑިޓެއް ކުރަން އަޅުގަނޑު މި ހުށަހަޅަނީ،" އޭނާ ވިދާޅުވި އެވެ.

ޔައުގޫބް ވިދާޅުވި ގޮތުގައި، މީގެ ކުރިން ކޮށްފައިވާ އެފަދަ އޮޑިޓް ތަކުގައި އޮޑިޓާ ޖެނެރަލްގެ އޮފީހަށް އެކިއެކި ދަތިތައް ވަނީ ކުރިމަތިވެފަ އެވެ. އެހެންވީމާ މި ފަހަރުގެ އޮޑިޓަށް ކުރިމަތިވާ އެފަދަ މައްސަލަތަކުގެ މައުލޫމާތު ވެސް ކޮމިޓީއާ ހިއްސާ ކުރަން އެދެން އޭނާ ހުށަހެޅުއްވި އެވެ.

"ހަމަ މީގެ ތެރޭގައި އަޅުގަނޑު ހިމަނަން ބޭނުންވޭ، މި އޮޑިޓް ކުރަމުން ދާއިރު އެސްްޓީއޯ އިން ލިބެންވާ އެއްބާރުލުން ލިބޭތޯ ނުލިބޭތޯ ނުލިބެންޏާ އަޅުގަނޑުމެންނާ އެ މައުލޫމާތު ހިއްސާކުރަމުން ގެންދިއުމަށް އެ މުއްދަތުގެ ތެރޭގައި،" ޔައުގޫބް ވިދާޅުވި އެވެ.

16 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރޭމިރުތާ

19 May 2020

އެސް.ޓީ.އޯ މެދުވެރިކޮށް ޚަރަދު ކުރިގޮތް ވަރަށް ރަގަޅަށް އެނގޭނެ އިންޑިޔާގެ އެމް.އެމް.އެކްސްޕޯޓަށް! ވަރަށް ވާހަކަ މިބުނީ! މިވަރުން އެނގޭނެ ޔައުޤޫބަށްވެސް!

The name is already taken The name is available. Register?

ބޮޑުމީހާ

19 May 2020

މިހާރު އެމްއެމްޕީއާރުސީގެ މައްސަލަ ނިމުނީތަ. ސީޕްލޭން ޓާމިނަލް މައްސަލަ ނިމުނީތަ. ދެން ތިކަންވެސް ހަފްތާއެއް ފަހުން ހަދާންނެތޭނެ

The name is already taken The name is available. Register?

މައި ސެލްފް

19 May 2020

މިބުރު ވާނެ އަމީރު ނޫނީ އެސްޓީއޯ ބާނުވާލަން

The name is already taken The name is available. Register?

މަންނާނު

19 May 2020

މިފަހަރު ބައިއެޅުމުގައި ތަފާތުތަކެއް ހުރީތީ ތޯއްޗެއް އަލުންބަލަން މިޖެހުނީ

The name is already taken The name is available. Register?

މިވަރެއްނެތް

19 May 2020

ރައްޔިތުން ތަމްސީލުކުރަން ރައްޔިތުން އިންތިޚާބުކުރާ މެންބަރުންގެ ވަނަވަރާއި، ތައުލީމީ ގާބިލުކަން އެނގި ފެންނައިރު ހަމަ ރައްޔިތުން ފަޚުރުވެރިވޭބާ؟ ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ޒިންމާދާރުކުރުވާ ހުރިހާ ގާނޫނުތައް ހަދާ ދައުލަތުގެ މުސްތަޤްބަލު އާރާސްތުކުރަން އަހަރެމެން ރައްޔިތުން އިންތިޚާބުކުރަނީ ހަމައެންމެ އެކަށީގެންވާ މީހުންބާ؟ ނުވަތަ ހަމަ ޕާޓީއިން ދައްކާ ކޮންމެ ބޮލަކަށް ވޯޓުދޭ އުސޫލުންބާ ނުވަތަ އެތިކޮޅެއްދޭ މީހާއަށްބާ؟

The name is already taken The name is available. Register?

Saim Seed

19 May 2020

އަލީ ވަހީދުގެ ކޮރަޕްޟަން ކޮން އިރަކުން ބަލަނީ

The name is already taken The name is available. Register?

ޙުސާމް

19 May 2020

ޔައުޤޫބް. މާތެދު ވެރިއެއްކަން ދައްކަން މަސައްކަތް ކުރާނެ ކަމެއްނެތް. އަނދުން ހިސެއިން ދެއްކީ ޔައުގޫބާއި ބެހޭ ގޮތުން ރަނގަޅު ވާހަކަ . ޙަމަ ކޮއްމެވެސް ފާއިދާއެއްލިބޭތޯ ތިއުޅެނީ.

The name is already taken The name is available. Register?

ލުތުފީ

19 May 2020

ބަޔަކު ރަގަޅުކަމެއް ކުރަން އުޅުނަސް މިވަނީ ގޯސް. އަޖައިބެއްކަހަލަ ކަމެއްމީ

The name is already taken The name is available. Register?

ހަސަންބެ.

19 May 2020

އެއްވެސް ކަމެއް ނުފެންނާނެ . ތީ ހުސް އެއްބައެއް. އެންމެންނަށް ބައިއަޅާފަ އޮތީ . ރައިޔަތުންގެ ލޮގައި އަޅުވާ އަނދު ނެއް. ސަރުކާރުގައި ތިބި މިނިސްޓަރުން މިމީހުންނަށް ބައިނާޅާތީ ރުޅިއަސްގެން ބޭރުކުރަން އެގޮވަނީ.

The name is already taken The name is available. Register?

falcon_autho

19 May 2020

ޔައުގޫބު ބަލާލަން ރަނގަޅު 2013 އިން ފެށިގެން އެސްޓީއޯ އިން ސަރުކާރަށް ކޯޓް ކުރި ޞިއްޙީ ސާމާނު އެއީ ބޭރުން ސިދާ އެސްޓީއޯއަށް އިމްޕޯޓް ކޮށްގެން ހޯދި ތަކެތިތޯ ނުވަތަ ލޯކަލް ކުންފުނިތަކުން ގަނެގެން "ބޮޑުއަގު" ގައި ސަރުކާރަށް ވިއްކާފައިވާ ތަކެތިތޯ؟ އަދި އެސްޓީއޯ ސަޕްލައިގައި މަސައްކަތް ކުރި މީހުން އެތަނުން ނުކުމެ ވަޒީފާ އަދާކުރަނީ ކޮންތާކުތޯއާ އެސްޓީއޯ އަށް ބޭރުގެ އެޖެންޓުން ނުލިބިގެން އުޅެނީ ކީއްވެތޯ؟ 2008 އިން ފެށިގެން ފާޑެއްގެ ކަމެއް ހިންގަމުންދަނީ.

The name is already taken The name is available. Register?

ދުންނިކަ އިބްރާހިމް ފުޅު

19 May 2020

ދާންދޫ ދާއިރާގެ ޔައުގޫބް އަބްދުﷲ އަށް ދަންނަވަން އޮތީ، އަތްފިހެ ނުލައްޗޭ.މިދޭތެރެއަކުންވެސް ސީޕްލޭން ޓާމިނަލްގެ ކަންކަމާއި އުޅެގެން ވަރަށް ބޮޑަށް "ކުލަ ހަޑި" ވި ނޫންތޯއެވެ.އެކަމަކު މިފަހަރު އޮޑިޓަރ ޖެނެރަލްކައިރީ ދަންނަވައިގެން އެސް.ޓީ.އޯ.މެޑިކަލްސް 2012ވަނަ އަހަރުންފެށިގެން އޮޑިޓްވާނެ ގޮތެއް ބައްލަވާ ދެއްވާށެވެ.އެފަހަރު އޮތީ މާ އަގުބޮޑުކޮށް އެކްސްރޭ މެޝިންތަކެއް ގަނެ ގަޑުބަޑުކޮށްފައެވެ.ފަހުން އެމައްސަލައަށް ވީގޮތެއް ނޭގުނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454