އެންމެ ފަހުން ހައި ކޯޓުގައި އޮތް އަޑުއެހުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓަށް ހާޒިރުކުރަނީ. އެމަނިކުފާނު ދޫކޮށްލަން ޕީޕީއެމް-ޕީއެންސީން މިއަދު ގޮވައިލި -- ފޮޓޯ: ނިޝާން އަލީ / މިހާރު
21 މެއި 2020 - 13:10
މަނީ ލޯންޑަރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ 61 ވަނަ އުފަން ދުވަސް މިއަދު ފާހަގަކުރާއިރު ގައުމު އެދި ގޮވަނީ އެމަނިކުފާނުގެ ޚިދުމަތަށް ކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.
ޔާމީންގެ އުފަން ދުވަސް ފާހަގަކޮށް އެ ދެ ޕާޓީން ނެރުނު ބަޔާނުގައި ވަނީ އެ މަނިކުފާނުގެ އިސްތިއުފާނު ޝަރީއަތް އަވަސްކުރުމަށާއި ގެއަށް ބަަަދަލުކުރުމަށް ގޮވާލައި ގޮވާލުން ތަކުރާރުކޮށްފަ އެވެ.
ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށްލީ ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެގެންނެވެ. އެކަމަކު މީގެ ކުރިން ވެސް ޕީޕީއެމް-ޕީއެންސީ އިން ބުނަމުންދާ ގޮތަށް މިއަދުގެ ބަޔާނުގައި ވެސް ބުނީ ޔާމީނަށް ދެނީ ނުހައްގު އަދަބެއް ކަމަށެވެ.
ޔާމީނު ޖަލުން ސަލާމަތްކޮށް އެ މަނިކުފާނު ރާއްޖޭގެ ވެރިކަމަށް އަލުން ގެންނަން ކުރާ މަސައްކަތްް އިތުރަށް ވަރުގަދަކޮށް އެ މަސައްކަތުގައި ދެމިތިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"...ގިނިކަންްޏާ ޖަލުގައި އޮންނެވި ނަމަވެސް ދިވެހި އެންމެހާ ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަަޑައިގަންނަވަނީ ގައުމު އިސްކޮށް ގައުމާއި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަަކައި ކެތްތެރިކަމާއި ސާބިތުކާ އެކު ގުޅިގެން މަސައްކަތް ކުރެއްވުމަށެވެ،" ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން ބުނެފައިވަނީ ޔާމީންގެ ޚިދުމަތަށް ގައުމުން އެދި ގޮވާ ކަމަށާއި މިހާރު ރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ކޮޅަށް ޖަހައި އާރާސްތުކުރެވޭނެ ހަމައެކަނި ލީޑަރަކީ ޔާމީން ކަމަށް ރައްޔިޔުން ގަބޫލުކުރާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
ޔާމީންގެ ސިއްހީ ހާލަތު ވަރަށް ދަށް ކަމަށާއި ކޮޅަށް ހުންނަވައިގެން ނަމާދު ވެސް ނުކުރެއްވޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވަނީ ވިދާޅުވެފަ އެވެ.
ޗެނަލް 13ގެ ޕްރޮގްރާމެއްގައި އަދުރޭ ވިދާޅުވީ ޔާމީންގެ ހާލުކޮޅު ރަނގަޅު ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
"އެމަނިކުފާނަކީ މައިބަދައިގެ މައްސަލައެއް ހުންނަ ބޭފުޅެއް. ހަމައެއާ އެކު ހިތުގެ އާލާސް ކަންފުޅެއް ހުރި ކަމަށް ޑޮކްޓަރުން ލިޔުން ދެއްވާފައިވާ ބޭފުޅެއް. މިވަގުތު ވެސް ރައީސް ޔާމީނަށް އަމިއްލަފުޅަށް ކޮޅަށް ހުރެގެން ނަމާދު ނުކުރެވޭ ހާލަތުގައި ހުރީ. އަޅުގަނޑަށް އެކަން އެނގޭތީ މިދަންނަވަނީ،" އަދުރޭ ވިދާޅުވި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި އެ މަނިކުފާނު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ އިސްތިއުނާފް ކުރުމުން، ބައެއް އަޑުއެހުންތައް ހައި ކޯޓުން ކުރިއަށް ގެންދިޔަ ނަމަވެސް މައްސަލަ ނިމުމަކާ ގާތަށް އަދި ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
22 May 2020
ގައުމު އަސުލުގާ ގޮވަނީ ޔާމިނު ޖަލުގާ އޮތަދޭން.. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
އުއްޗު
22 May 2020
މިގައުމަށް ޑިމޮކްރެސީ އައި ފަހުން އަދި މިގައުމުގެ މާޒީވެދިޔަ ތާރީހުގައި ބޭއްވުނު ހުރިހާ ރިޔާސީ އިމްތިހާނުތަކުގެ ތެރެއިން އެންމެ ބޮޑު ތަފާތަކުން ބަލިވެ އެހާ ބޮޑުތަނުން ހާމަބޮޑުކޮށް ބަލިވުމުގެ ސަބަބުން ނަތީޖާވެސް އޮޅުވާލުމުގެ ފުރުސަތުވެސް ނުލިބުނު މީހާގެ ވާހަކަތަ ތިޔާދައްކަނީ؟؟؟
ފޫހި
21 May 2020
މިގައުމުގައި ވަކި ޕާޓީއެއް ސަހަލެއްނޫން. ވެރިކަން ނުލިބޭއިރު ރައްޔިތުންނާ ގައުމުގެ ހައްގުގައި. ވެރިކަން ލިބުމުން އަމިއްލަ އެދުމާއި ޕާޓީ ގެ ހައްގުގަ. ޢައުސިޔާސީ ބަޔަކު ބޭނުންވޭ.
ޢައިނާ
21 May 2020
ޢެހެންޏާ ފަހެ. ޜައްޔިތުން އެވަރަށް ވޯޓް އެޅީ އެހެނވެ ދޮތަ. ޙީ ހީ ހލާކު.
އައިސް
21 May 2020
މުޅި ޤައުމު ގޮވަނީ އަދުރޭ އަށް ވެރިކަން ދޭށޭ.
އޮނަރަބްލް އަފީފު ދީދީ
21 May 2020
އެމްޑީޕީގެ މެނިފެސްޓޯއާއި ސޯލިޙް ވެވަޑައިގެންނެވި ވައުދުތަށް ނުފުއްދިކަމުގައިވިޔަސް ޔާމީން އޭނާގެ ވެރިކަމުގައި ޤާނޫނުއަސާސީގެ ބާރު ކަޑުވާލާ ދައުލަތުގެ ތިންބާރުގެ މައްޗަށް ގަދަކަމުން ވެރިވެގަނެ ދައުލަތުގެ މުދަލާއި ފައިސާއަށް ޙިޔާނާތް ތެރިވެ ހަޒާނާ ކަޅާކޮށްލި މައްސަލަ އަހަރުމެން ދޫދޭކަށް އެއްބަހެއްނޫން. # އަހަރުމެން އެދެނީ ޔާމީން އާއި އޭނާގެ މަދަދުވެރިންވެސް ކޮށްފައިވާ ކުށަށް ޙައްޤު އަދަބު ދިނުމަށް އަހަރުމެން އެދެން.
ސީޒަން ޖެކްޝަން
21 May 2020
ގައުމު ގޮވަނީ ބަނޑުގައި ދައިއަޅަގެންނަމަވެސް 100 މިލިޔަން ނެރޭން.
އައްލާބެ
21 May 2020
ވަގު ފައިސާއަށް ބޫތު ކައިފަ ހުރި މާފިއާ ލީޑަރުގެ "ބާތުޑޭ" ފާހަގަ ކުރަން ގޭންގު ކުދިންނަށް މިޖެހުނީ ލޮކްޑައުންގަ ދޯ! ހެހެހެ.
އަލްޖިބްރާ
21 May 2020
ޤައުމު ގޮވަނީ ޔާމީނު ޖަލުގާ ބަހައްޓަން ! އަދިއޭނާ ބަޑުއަޅާލި ލާރިގަޑު ސަރުކާރަށް ދައްކަން !
ބޮޑުމީހާ
21 May 2020
ޔާމީނާއި އޭނަގެ ސަރުކާރުގެ ގިނަ މީހުން ކުރީ ވައްކަން. ހަމަ އެގޮތަށް މި ސަރުކާރުގަވެސް ޚިޔާނާތާއި، ވައްކަން ވަކި ކުޑަ އެއް ނޫން. މިނޫން އާ ސިޔާސީ ޖީލެއް މިގައުމަށް ބޭނުންވޭ