ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވާޗުއަލްކޮށް ކެބިނެޓުގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވަނީ.
21 މެއި 2020 - 19:32
ކޮވިޑް-19 ކޮންޓްރޯލް ކުރަން މާލެ ސަރަހައްދު ލޮކްޑައުންކޮށް އަޅާފައިވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތަކަށް ލުއި ދިނުމުގައި އަމަލުކުރާނެ ގޮތްތަކަކާ ގުޅޭ ގޮތުން ކެބިނެޓުގައި މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
މިދިޔަ އެޕްރީލް މަހުގެ 15 ގައި މާލެ އިން ކޮވިޑަށް ޕޮޒިޓިވް މީހަކު ފެނުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރިތާ މަހަކަށް ވުރެން ގިނަ ދުވަސްވެއްޖެ އެވެ. މި މުއްދަތުގައި އާއްމުންނަށް ދަތިތަކެއް ކުރިމަތިވަމުންދާތީ، މި މަހުގެ 28 އަށް ލޮކްޑައުންގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދޭން ނިންމާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާން ކުރައްވައިފަ އެވެ.
ލުއި ދޭން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.
Lockdown ah luithakeh dheynee fiyavahithakakah bahaalaigen: Raees
މި ލުއިތަކާއެކު ކޮވިޑް-19 ގެހާލަތު ގޯސް ވާނަމަ އަނެއްކާވެސް ލޮކްޑައުން އަކަށް ދާން ޖެހިދާނެ ކަމަށް ރައީސް ވިދާޅުވި.
Mihaaru
ފިޔަވަހިތަކަކަށް ބަލާހައިގެން ލޮކްޑައުންއަށް ލުއިތަކެއް ދޭން ނިންމެވިކަން ރައީސް އިއުލާން ކުރެއްވުން
ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ބޭއްވި ކެބިނެޓް ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ އެ ބައްދަލު ކުރެއްވުމުގައި ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި ހުރިހާ ވުޒާރާތަކުންވެސް ރާއްވަވަމުން ގެންދަވާ ކަންތައްތަކާއި ގައުމު އާރާސްތު ކުރުމަށް އިތުރަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
"މި ބަލި ދުނިޔޭގައި ފެތުރެން ފެށި ހިސާބުން ދިވެހިރާއްޖޭގައި މި ބަލި ފެތުރުން ކުޑަކުރެއްވުމާއެކު ފަންނީ މާހިރުންގެ ލަފާގެމަތިން ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު އަޅުއްވާފައިވާ އަދި އަޅުއްވަމުން ގެންދަވާ ހިކުމަތްތެރި ފިޔަވަޅުތައް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މިއަދުގެ ޖަލްސާގައި ފާހަގަކުރެއްވި،" މިއަދު މެންދުރު ބޭއްވެވި ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުން ބުންޏެވެ.
ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރިކުރެއްވުމަށް އެކި މިނިސްޓްރީތަކުން ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ރައީސް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.
ގައުމުގެ ހާލަތާ ގުޅޭ ގޮތުން ދެއްވި ޚިތާބުގައި ރައީސް ވިދާޅުވެފައި ވަނީ، ލޮންޑައުންނަށް ލުއި ދެއްވާއިރު އެންމެ ފުރަތަމަ ލުއި ދޭނީ ގެއިން ބޭރަށް ދިއުމާއި މިހާރަށް ވުރެން ފަސޭހަކޮށް ވިޔަފާރި ކުރެވޭ ގޮތަށެވެ.
އެހެން ފިޔަވަހިތަކުގައި، ޖަމާއަތުގައި ނަމާދު ކުރުމާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވުން ފަދަ މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ސަރުކާރުން ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެއިތުރުން ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުން ވެސް ވަކި އިންތިޒާމްތަކެއްގެ ތެރެއިން ހުޅުވާލެވޭނެ ކަމަށް ވިދާޅުވި އެވެ.
މި ލުއިތަކާ އެކު ފަރުވާ ކުޑަކޮށްފި ނަމަ ހާލަތު އިތުރަށް ގޯސްވެދާނެ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ އަލުން ލޮކްޑައުން އަކަށް ދާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞފދ8
22 May 2020
މިއިން އެއްވެސް ކަމެއްގައި ޑިސިޝަނެއް ނެގުމަށް ސީދާ އެކަމުން އަސަރުކުރާނެ ފަރާތްތަކާ މަޝްވަރާކުރެވި ހިޔާލު ހޯދިންތޯ؟ އެކަން ނުކުރެވޭހާ ހިނދަކު ނުބުނެވޭނެ ރައްޔިތުންގެ ފައިދާއަށް ނެގުނު ޑިސިޝަނެކޭ. ވަކި ބައެއްގެ އިންޓްރެސްޓަށް ކަންކަން ނުނިންމަވާ. ގަދަވެ ސަލާމަތުން ތިބި މީހުން މިކަމަށް ޕުޝް މިކުރަނީ. އެކަމަކު އެއީ ހުރިހާ ބައެއްގެ ސިޓުއޭޝަނެއް ނޫން. މިވައިރަސް އިތުރަށް މިއުޓޭޓް ވެއްޖެއްޔާ އެމީހުނަކަށްވެސް ނެތް ސަލާމަތެއް.
ޝައްފަ އ
22 May 2020
މި މީސްމީހުންނަށް ފޯނު ކޮށްފަ އަމުރު ކޮށް ބަލަ ހަދަންވީ ގޮތް ވަގުތު ގެއްލުވާ ނުލާ.
ޝަމާނާ
22 May 2020
އަޅެ އަޅެ އަޅެ.ދުވެލަން ނިކުމެވޭ ގޮތް ހަދައްޗޭ ދެން އަޅެ ޕްލީޒް.އަޅެ އަޅެ އަޅޭއި.
ޑރ. ރާމީ ހަަސަން ނިއުޔޯކް/އެމެރިކާ
22 May 2020
މިކަހަލަ ދަނޑިވަޅެއްގައި ވަގުތަކީ ފައިސާ. ފައިސާ އެއްވެސްނޫން ފުރާނަ. މިފަދަ ދަނޑިވަޅުގައި މޮޅެތި ލީޑަރުންތިއްބަވާނީ ފީލްޑް ގައި ނުވަތަ އަމަލީމައިދާނުގައި މަސައްކަތުގައި އަމަލީގޮތުން މަސައްކަތްކުރާ ފަރާތްތަކުގެ މޯރަލް ލެވެލް މަތިކުރުމުގައި އެހީތެރިވެވަޑައިގަތުމުގައި. ހުކުރު މިސްކިތު ގައި ކުލަކޮޅެއް ލެވުމަކީ ރައީސްއޮފީހުން އެންގެވީމާ ކުރެވޭކަމަށް ދެކެވަޑައިގަންނަވާ ފަދަ ވަޒީރުން(ޔުމްނާ) އާއިއެކު ޖަލްސާ ކުރެއްވުމުން ގެއްލިގެންދާނީ އަގުބޮޑު ވަގުތު.
ސުރައްޔާ
22 May 2020
ތެދުފުޅެއް. ހުސްއެކަހަލަމީހުން.
ޚިޔާލު
21 May 2020
ތީގެ ތެރެއިން ބައެއް ވަޒީރުންނަކީ ރާއްޖެތެރޭގައި ތިއްބައިވެގެން ވުޒާރާ ހިންގަވާ ބޭފުޅުންގެ ގޮތުގައި ހައްދަވަންވީ ނޫންތޯ. އޭރުން މާބާރަށް ރާއްޖެތެރ ތަރައްގީވާނެ. މިއީ އިންޓަނެޓްގެ ޒަމާން. ރާއްޖެތެރޭގައި ތިބެގެންވެސް މަސައްކަތް ކުރެވޭނެ. މިހާރުވެސް ޓްރާންސްޕޯޓް މިނިސްޓަރ ވުޒާރާ ހިންގަވަނީ ރިސޯޓެއްގައި ހުންނަވައިގެން.
ޞައިނީ56
21 May 2020
ގައިޑުލައިނު ވަރަށް ސްޕެސެފިކް ވާންވާނެ. މިސާލަކަށް ދުވެލަން ދެވޭތަ.
ދުން ތަރި
21 May 2020
ދަންނަވަންތޯ ސިއްހީ މާޙިރުން ކިހާވަރަކަށް ގޮވާލެއްވިތޯ ބޯޑަރު ބަންދުކުރުމަށް އެކަމަކު އެކަމަށް ސަރުކާރުން ބީރުކަންފަތެއްދީ ސަރުކާރުން ބޯޑަރު ބަންދުކުރިތޯ؟ 2019 ޑިސެމްބަރ މަހު ޗައިނާއިން ފެނުނު ބަލި ހަލުއިކަމާއެކު ފެތުރެމުންދިޔައިރު އެބަލީގެ މައުލޫމާތުލިބި ތތިބެ ބައްތަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ހޯދުނުތޯ؟ބަލި ފެތުރިއްޖެނަމަ ކަންތައްވާނެގޮތް ބިދޭސީ ހާލިތަކުގެ ވާހަކަ ނުދައްކާތޯ އެކަމަށް ފިޔަވަޅު އެޅުނުތޯ؟ ވާޏެ އެއްޗެއްވިމަ ތެޅިގަތީ
ސައިސައްލާ
21 May 2020
ބަޔަކަށް މަޝްވަރާ ކުރިކަން ދައްކަން ކުރިކަމެއް ހެން ހީވަނީ. ފުޅާ ދާއިރާއެއްގައި އެންމެނާ ވެސް މަޝްވަރާކޮށްގެން ކުރިއަށް ދެވޭނީ. މަޝްވަރާކޮށްގެން ގެއްލުން ލިބިދާނެކަމަށް ދެކުމީ ގަދީމީ ބޯދާ ވިސްނުމެއް.
ބަބުރުލް ސަލީމް
21 May 2020
ހާދަ މަޖާ ބައެކޭ ފޮޓޯއިން ފެންނަނީ.
ބޮޑުމީހާ
21 May 2020
ވަރަށް ހިތާމަޔާއިއެކު ދަންނަވަންޖެހެނީ އިބޫގެ ކެބިނެޓުގެ ގިނަ ވަޒީރުންނަކީ އެހާ ހިންގުންތެރި ބައެއް ނޫން. ޚާއްސަކޮށް އެޑިއުކޭޝަން، ފިޝަރީސް، ޓްރާންސްޕޯޓު، ހޯމް ، ޕްލޭނިންގް، އެންވައިރްމަންޓު