ޚަބަރު / އެންވަޔަރްމެންޓް މިނިސްޓްރީ

ނައީމަށް އިންޒާރު ދިނީ ވިލިމާލެ ފަރުގެ ހާލަތާ މެދު އުފެދު ދެބަސްވުމަކަށް ފަހު

ގުޅީފަޅުގެ ބިން ހިއްކަން ފެށުން: އެއާއެކު ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން-- ފޮޓޯ: ޒޫނާ ނަސީމް

އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމަށް، އެންވަޔަރު މިނިސްޓްރީން އިންޒާރު ދިނީ، ގުޅީފަޅު ހިއްކަމުން ދާއިރު ވިލިމާލޭ ފަރާއި ފަޅުތެރެއަށް ކިސަޑު ފެތުރިފައި ހުރި މިންވަރު ބަލައި އެކަމާ ބެހޭ ގޮތުން މައުލޫމާތު ހާމަކުރުމާ މެދު އުފެދުނު ދެބަސްވުމަކަށް ފަހުގައި ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

ފަރުގެ ހާލަތު ހާމަކުރުމާ ބެހޭ ގޮތުން ވަޓްސްއެޕް ގްރޫޕެއްގައި ދެއްކި ވާހަކަތަކެއްގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވަނީ، ކިސަޑު ހުރި މިންވަރު އާއްމުންނާ ހިއްސާކުރަން މިދިޔަ ބުރާސްފަތި ދުވަހު ގްރޫޕެއްގައި އެދިވަޑައިގެންފައި ކަމަށް ވަނީ އެނގިފަ އެވެ. ނައީމްގެ މަގާމު ދަށްކުރަން ނުވަތަ ވަޒީފާ އިން ވަކިކުރަން ޖެހިދާނެ ކަމުގެ އިންޒާރު އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ ދެއްވީ އެކަމަށް ދެކޮޅު ހެއްދެވުމުން ކަމަށް، މައުލޫމާތު ހިއްސާކުރެއްވި ފަރާތަކުން ބުންޏެވެ.

ނަމަވެސް ނައީމް "މިހާރު" އަށް ވިދާޅުވީ މިނިސްޓްރީން ބޭނުންވަނީ ވަކި ގޮތަކަށް މައުލޫމާތު ހާމަކުރަން ކަމަށެވެ.

ނައީމް ތުހުމަތުކުރެއްވި ގޮތުގައި މިނިސްޓްރީން ބޭނުންވަނީ ވަކި ކޮޅަކަށް ޖެހިގެން ވަކި މަންޒަރެއް ޖައްސާށެވެ. އެކަމަކު އީޕީއޭއިން އަމިއްލަ އަށް އެ ސަރަހައްދުގެ ޑާޓާ ނެގުމަށް ފަހު ނޫނީ އެކަމާ ގުޅުން ހުރި އެއްޗެއް ނުބުނާނެ ކަމަށް އެރޭ އެންގެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނައީމް ވިދާޅުވި ގޮތުގައި އޭގެ މަޝްވަރާތައް ގިނަ އިރުތަކެއް ވަންދެން ވަޓްސްއެޕް ގްރޫޕުގައި ވެސް ކުރި އެވެ.

"ހަމަ ކިސަޑުގަނޑު ލޮލަށް ފެންނަން އޮއްވާ ބުނަންވީ ކިސަޑު ހުރީ އެކްސެޕްޓަބްލް ލެވެލްގައޭ. އަޅުގަނޑު ބުނީ އީޕީއޭ އިން ގޮސް ޑޭޓާ ނަގާފައި ނޫނީ އެއްޗެއް ނުބުނާނަމޭ،" ނައީމް ވިދާޅުވި އެވެ.

އީޕީއޭގެ ކަންކަމާ ގުޅިގެން އެ އެޖެންސީގެ ވެރިންނަށް އިރުޝާދާއި ލަފާ ދިނުމަށް ކަނޑައަޅާފައިވާ ސިޔާސީ އިސް ބޭފުޅެއް ކަމަށްވާ ނަސީރުގެ އިތުރުން އެ ގްރޫޕުގައި މިނިސްޓަރު ޑރ. ހުސެއިން ރަޝީދާއި ޕީއެސް އަޖުވަދާއި އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ޑރ. އިބްރާހީމް މުހައްމަދާއި އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ހަމްދާން ޒުހައިރު ވެސް ތިއްބެވި އެވެ.

ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމާ އެކު ވިލިމާލޭ ފަރާއި ފަޅުތެރެއަށް ވަރަށް ބޮޑަށް ކިސަޑު ފެތުރެން ވަނީ ފަށައިފަ އެވެ. އެ ކިސަޑުތައް ފަރުމައްޗަށް އެޅި މުރަކަތައް މަރުވުމުގެ ބިރު ބޮޑުވެފައިވާ ކަމަށް، ތިމާވެށި ހިމާޔަތްކުރަން ހަރަކާތްތެރިވާ ފަރާތްތަކުން ބުނެ އެވެ.

ނައީމަށް އިންޒާރު ދިނީ ކިސަޑު ފައިބާ މިންވަރާ ބެހޭ މައުލޫމާތު ހާމަނުކުރައްވާނެ ކަމަށް ވިދާޅުވުމުން ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި ފަރާތުން ވިދާޅުވީ އެ ދުވަހު ކިސަޑު ހުރީ ކޮންސަލްޓަންޓް ރިޕޯޓުގައި ލަފާކުރި މިންވަރާއި އީޕީއޭއިން ކަނޑައަޅާފައިވާ މިންވަރަށް ކަމަށެވެ. އެހެންވެ އެކަމުގެ މައުލޫމާތު ހިއްސާކުރަން ޑރ. ނަސީރު އެދިވަޑައިގަތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްޓޭޓް މިނިސްޓަރު ވިދާޅުވި އީޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އެސެސްމަންޓް ހަދައިގެން ފާސްކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއްގައި ގޯސްކޮށް ދަންޏާ އެ ކަމެއް ބަލައި ފިޔަވަޅު އަޅަން ޖެހޭނެއޭ. އެ މަޝްރޫއުގައި ވެސް އާއްމުންގެ ބޮޑު ކަންބޮޑުވުމެއް އޮތީމަ އެކަން އަމިއްލަ އިސްނެގުމަށް ބަލަން ޖެހޭނެ ކަމަށް ވިދާޅުވި،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

"ކޮންސަލްޓަންޓް ރިޕޯޓާއި އީޕީއޭއިން ކަނޑައަޅާފައި ހުރި މިންގަނޑަށް ފެތޭ ގޮތަށް އެ ދުވަހު ކިސަޑު ހުރީ. އެހެންވެ އެ މައުލޫމާތު ހާމަކުރަން އެދުނީމަ އެކަން ނުކުރާނަމޭ ނައީމް ވިދާޅުވީ،"

އޭނާ ވިދާޅުވި ގޮތުގައި، ޑްރޯން ބޭނުންކޮށްގެންނާއި އެތަނަށް ގޮސްގެން ވެސް އެކަން ބަލަން ނަސީރު ވަނީ ނައީމްގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އަޖުވަދު ސޮއިކުރައްވައި ނައީމަށް ފޮނުއްވި އިންޒާރުގެ ލިޔުމުގައި ބުނެފައިވަނީ، އެއީ އީޕީއޭ ފަދަ ސަރުކާރުގެ މުހިއްމު ރެގިލޭޓަރީ މުއައްސަސާއެއްގެ ޒިންމާދާރު ވެރިއަކަށް ހުންނެވި ފަރާތެއްގެ ކިބައިން ފެނިގެންވާނެ އަމަލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އެހެންކަމުން ނައީމްއާ ހަވާލުކޮށްފައިވާ މަސައްކަތްތައް ފަރުވާތެރިކަމާއި ޒިންމާދާރުކަމާ އެކު ކުރުމަށާއި ވެރިންނަށް އިހުތިރާމް ކުރުމާ އެކު ވެރިން ދޭ ލަފަޔާއި އިރުޝާދު ހެޔޮ ހިތުން ބަލައިގެންނެވުމަށް ވެސް ވަނީ އަންގައިފަ އެވެ. މީގެ ފަހުން ސިވިލް ސާވިސްގެ ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ވެއްޖެ ނަމަ އިތުރު އިންޒާރެއް ދިނުމަކާ ނުލައި ވަޒީފާގެ ފަންތި ދަށްކުރުން ނުވަތަ ވަޒީފާ އަށް ނުކުތުން މަނާކުރުން ނުވަތަ ވަޒީފާ އިން ވަކިކުރުން ފަދަ ފިޔަވަޅެއް އެޅުމުގެ އިހުތިޔާރު ސީއެސްސީއަށް ލިބިގެންވާކަން އަންގައި އިންޒާރު ދީފައިވެ އެވެ.

އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޑރ. އިބްރާހިމް ބުރާސްފަތި ދުވަހު "މިހާރު" އަށް ވިދާޅުވެފައިވަނީ ގުޅީފަޅު ހިއްކުމުގެ ސަބަބުން ވިލިމާލެއާ ދިމާލަށް ކިސަޑު ދާތީ އެކަން ބަލަމުން އަންނަ ކަމަށެވެ. އެކަން އެގޮތަށް ދިމާވަނީ ހިއްކުމުގެ ކުރިން އެ ސަރަހައްދުން ކިސަޑު ފެތުރުނަ ނުދިނުމަށް ހަރުކުރަން ޖެހޭ "ސިލްޓް ސްކްރީން" މިހާތަނަށް ހަރުކޮށްފައިނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ އެއްޗެހި ހަރުނުކުރެވެނީ، އޭނާ ވިދާޅުވި ގޮތުގައި، މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

31 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 5%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުޝާމު

31 May 2020

ނާއީމް އަމިއްލައަށް ނަގާ ޑޭޓާ ނޫނިއްޔާ ބަލައި ނުގަނެވޭނެކަމަށް އެނާ ބުނާބުން އެއީ ވަރަށް ތާކުންތާކު ނުޖެހޭ ވާހަކައެއް. ރާއްޖޭގައި މިހާތަނަށް ހިންގި މަޝްރޫޢުތަކުގެ ކަންކަން ނިންމީ ނަޢީމް އަމިއްލައަށް ގޮސް ޑޭޓާ ނަގައިގެން ބަލާފަތޯ؟ އިޕީއޭ އިން އަބަދުވެސް ނިންމުންތައް ނިންމާފަ ހުރީ ކޮންސަލްޓެންޓް ހުށަހަޅާ ރިޕޯޓްތަކަށް ބަލައިގެން. މިފަހަރު އެކަން އެގޮތަށް ކުރަން އުޒުރުވެރި ވުމުން ސުވާލު އުފެދޭ. ބޮޑަށް ބެލެވެނީ ސަރުކާރަށް ޖެއްސުން ކުރަން އުޅޭކަމަށް.

The name is already taken The name is available. Register?

ޝިޢުނާ

31 May 2020

އީ.ޕީ.އޭ އެބަޖެހޭ ހަރުދަނާވާން. އީ.ޕީ.އޭ މިހާރު ހިންގަންހުރި ބޭފުޅާކީ އެކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ ނޫންކަން މިހާރު މިއޮތީ ހާމަވެފަ. ތިމާވެށީގެ ކަންކަމުގެ އުޅޭ ގިނަ މީހުންނަށް އޮޅިފައެއްނޯންނާނެ ނައީމްއަކީ ކާކުކަން. އީ.ޕީ.އޭ ގަ ބާއްވާ ރަސްމީ ބައްދަލުވުންތަކުގަ ހުތުރުބަހުން ވާހަކަ ދެއްކުމާ، އެއްވެސް ސައިންޓިފިކް ފެކްޓަކަށް ބޭސްނުކޮން އޭނައަށް ފެންނަގޮތް އެއީ އެންމެ ރަނގަޅުގޮތްކަމަށް ދައްކަން މަަސައްކަތް އަބަދުވެސް ކުރޭ.

The name is already taken The name is available. Register?

އަހމަދު

31 May 2020

ވަކި ގޮތަކަށް ވަކި ރަހައެއްލައްވާފައި ރައްޔަތުންނަށް އަސްލު އޮޅޭގޮތައް ރިޕޯޓުލިޔުން، އަދި ނޫސަތަކުގައިވެސް ސަރުކާރު ބޭނުންވާހާ ގޮތަކަށް ސުރުޚި އެޅުމަށް މަތިން ސިޔާސީ އެކްޓިވިސްޓަކު އަންގައިގެން ރިޕޯޓު ހެދުން މުސަރުކާރުން އާންމުކޮށް ކުރަމުން ގެންދާ ބޮޑު ހަގީގަތެއް

The name is already taken The name is available. Register?

އާދަމުގެދަރި

31 May 2020

މި ސަރަހައްދުގައި އޮތް އެންމެ ބޮޑު ކޮންނަ ބޯޓު އެމްޓީސީސީގައި އޮތްވައި އެހެން ބަޔަކަށް މިތަން ހިއްކަން ދިނުމުގެ ފަހަތުގައި ސިއްރުތަކެއް ވާނެ. މިކަހަލަ ކަންކަން މިހެން ކުރީމާ ފަހުން މިކަންކަމާމެދު ދިރިތިބީން ވާހަކަދައްކާނެ މިޒާތުގެ ލައްކަ ކަންކަން ފެންމަތިވާނެ.

The name is already taken The name is available. Register?

ށައްލެ

31 May 2020

ތީ ވަރަށް ރަނގަޅު ވާހަކައެއް. 18 މީޓަރަށް ވުރެ ފުން ސަރަހައްދެއް މުޅި މާލެ އަތޮޅުންވެސް ބޭނުންވާ ވަރަށް ވެލި ލިބޭނެކަން ޔަގީންނުވާއިރު މިހާ އަގުބޮޑުކޮށް މިހިއްކަނީ މިކަމުގެ އަޑީގައި ވަރަށް ގިނަ ކަންތައްތައް ހިމެނޭތީ. އަދި މިތަން ނުހިއްކުމަށް ފަރުދާގެ ފުރަގަހުގައި އެތައްބަޔަކު އެޑްވައިޒް ކޮށްފައި ވަނިކޮށް. މީގެ ފައިދާ އެމްޕީއެލް ގެ މީހަކަށް އަދި ޕްލޭނިންގް މިނިސްޓްރަށް ލިބޭކަމަށް ކިޔާ.

The name is already taken The name is available. Register?

އަޅުކަލޭގެ

31 May 2020

"ސަރަހައްދުގައި އޮތް އެންމެ ބޮޑު ކޮންނަ ބޯޓު" މަ ހީހީ ހަލާކު؟ އެއީ ކުޑަކުޑަ އެއްޗެއް. 3000 ކިއުބިކް މީޓަރު އެޅެނީ. 6 މިލިއަން ކިއުބިކް މީޓަރު ހިއްކަން ހުއްޓާނުލާ ހަތަރު ދަމު މަސައްކަތް ކުރިއަސް އަހަރަކަށް ވުރެ ގިނަދުވަސް ނަގާނެ. ބޮސްކާލިސްގެ ބޯޓު 30،000 ކިއުބިކް މީޓަރު އެޅޭ. އެމީހުން ދެ މަހުން ނިންމާނެ. އެމްޓީސީސީ މާ ރަނގަޅު ކުދިހިއްކުންތައް ހިއްކަން. ނޭނގޭ ވާހަކަ ނުދައްކާ

The name is already taken The name is available. Register?

އިސްމާލި

31 May 2020

ކިސްޑު ފެތުރުނަ ނުދިނުމަށް ނުވަތަ ފެތުރޭ މިންވަރު މަދުކުރުމަށް ސިލްޓް ސްކްރީން ޖެހުމަށް އީ.އައި.އޭ ރިޕޯޓުގައި ލަފާ ދީފައި ވަނިކޮށް، މޫސުން ގޯސް ވުމުގެ ސަބަބުން ސިލްޓް ސްކރީން ނުޖަހައި ހިއްކަން ފެށުމުން އުފެދުނު ކިސަޑު (ސެޑިމަންޓް ޕްލޫމް) ވިލިމާލޭ ފަރަށް ކުރުމުން އެއީ އީ.ޕީ.އޭ އާއި އީ.އައި.އޭ ރިޕޯޓުގައި އެކްސްޕެކްޓް ކުރި މިންވަރު ކަމާއި އެއީ މައްސަލައެއް ނޫން ކަމަށް ބުނެވޭނޭ ގޮތެއް ނުވިސްނޭ.

The name is already taken The name is available. Register?

ކަނބިލި

31 May 2020

ސިޔާސީ މީހުންނަކީ ނުބައެއް.އަބަދުވެސް އުސޫލު މުގުރާލާފައި ކަންކުރަން ބޭނުންވާނީ. ދެން އެގޮތައް ނުކުރީ މާ ސިވިލް ސަރވަންޓުން އެއްބާރުލުން ނުދީގެން ސަރުކާރު ނުހިގައިގެން އުޅޭވާހަކަ ދައްކާނީ ޕޯޑިއަ މްތަކަށް އަރާ.

The name is already taken The name is available. Register?

އިސްމާލު

31 May 2020

ބައެއް ރިޒޯޓްތަކުން ފަޅުތެރޭގައި އަމިއެްލައަށް ތަންތަން ހިއްކާލާ ރިޒޯޓު ބޮޑު ކޮށްލާއިރު ތިބޭފުޅުންނަށް ގިނަފަހަރު ވާއެއްނުވާއެއްވެސް ނޭނގެއެެވެ.

The name is already taken The name is available. Register?

މީނުވާގޮތޭ

01 June 2020

މިކަންކަން އެންވަޔަރަމަންޓް ކޮމިޓީއަކަށް ވެސް ނުބެލޭނެ

The name is already taken The name is available. Register?

ދޮންބެއްޔާ

31 May 2020

އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޑރ.އިބްރާހިމް ވިދާޅުވެފައިއެވަނީ ވިލިމާލެއާ ދިމާއަށް ކިސަޑުދަނީ، ގުޅީފަޅު ހިއްކުމުގެ ކުރިން އެ ސަރަޙައްދުން ކިސަޑު ފެތުރުނަ ނުދިނުމަށް ހަރުކުރަން ޖެހޭ ސިލްޓް ސްކްރީން ހަރުކޮށްފައިނުވާތީ ކަމުގައި. އޭނާ ވިދާޅުވެފައިވަނީ އެއެއްޗެހި ހަރުނުކުރެވެނީ މޫސުން ގޯސްވުމުގެ ސަބަބުން. މިއީ ބަލައިގަންނަށް ފަސޭހަ ވާހަކައެއްނޫން. ކަން ކުރަންވާނީ ކުރަން ހަމަޖެހިފައިވާ ގޮތަށް ކަންކަން ކުރުމަށްފަހު. ތެޅިގަނެގެން ކުރާކަށް ނުޖެހޭނެ.

The name is already taken The name is available. Register?

ވާކަށްނެތް

31 May 2020

ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން ބުނެލަން. ކޮންސަލްޓަަންޓުންނަށް ރިޕޯޓުގައި ކަމެއް ފާހަގަ ކުރެވުނީމަ އަދި އެކަން ޕްރޮޕޯނަންޓް ކައިރީ ބުނީމަ ބުނާނެ އެހެންގޮތެއް ބަލާބަލާށޭ... ކޮންސަލްޓަންޓުގެ ރިޕޯޓުގައި އަދި "މިންގަނޑަށް" އޮތަސް އީ.ޕީ.އޭ އަށް އިޙުތިޔާރު އޮވޭ އެމީހުނަށް ވޭރިފައި ކުރަން. ކޮށްފައި އިސްލާހު ކުރަން. އެހެންވެ ނައީމް އެ ބުނަނީ ރަނގަޅު ވާހަކައެއް.. މިނިސްޓްރީއިން އެ އުޅެނީ ކޮންސަލްޓަަންޓު ބުނިގޮތަށް ޖަހުވަން އީޕީއޭ ބެލުމުގެ ކުރީގައި..

The name is already taken The name is available. Register?

ފޭކް ކޮންސަލްޓަންޓް

31 May 2020

ތީ ހާދަ ފައްކާ ކޮންސަލްޓަންޓެކޭ! އެދައްކަނީ މޮނިޓަރިންގ ރިޕޯޓެއްގެ ވާހަކަ. މޮނިޓަރިންގ ރިޕޯޓްގައި ހުރީ ވޯޓަރ ޓެސްޓް ރިސަލްޓްސް. ގަވާއިދުގައި އޮވޭ މޮނިޓަރިންގ ރިޕޯޓް ރައްޔިތުންނާ ހިއްސާކުރަން. އޭގައި އޮތްއެއްޗެއް ރަނގަޅުތޯ ނޫނީ ގޯސްތޯ ބެލުމަކީ އެހެންކަމެއް. އެހެން މަޝްރޫޢުތަކުގައިވެސް އީޕީއޭންގޮސް ބަލާފައި ވަކި ރިޕޯޓެއް ނެރޭ. މައްސަލައަކަށް ވެގެން މިއުޅެނީ އާންމުކޮށް ކުރާކަމެއް ކުރާށޭ ބުނީމައި ބޭއަދަބީ ބަހުން ވާހަކަދައްކައި ބޮޑާހާކައިގެން.

The name is already taken The name is available. Register?

ރޯނުއެދުރު1

31 May 2020

ޑރ. ނަސީރު ވިދާޅުވީ މިހާރު ލިބިފަހުރި މަޢުލޫމާތެއް ވެއްޖިއްޔާ ރައްޔިތުންނާ ހިއްސާކުރުމަށް. ނަޢީމުގެ މައްސަލައަކަށްވީ އެމަޢުލޫމާތުން ފެންނަގޮތުގައި ކިސަޑުހުއްޓަސް ކިސަޑުލެވެލް ވިލިގިލީ ފަރަށް ގެއްލުންވާނެކަމަށް އީޕީއޭން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ބޮޑުނުވުން. ތިމަންނާ ޓެސްޓުކޮށްފައޭ ލާނީކިޔާ ބޭއަދަބީބަހުން ބޮޑާހޭކުން. އެމަޢުލޫމާތު ރައްޔިތުންނާ ހިއްސާކޮށް ތިމަންނަ މިޗެކްކުރަމޭ ބުނީމަ ނިމުނީނޫންތޯ؟ މިކަން އަނބުރާލައި ލީކުކޮށް ނައީމު ހެދީގޯހެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454