ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމެރިކާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޖޭމްސް މަޓިސް. --ފޮޓޯ: ރޮއިޓާސް
04 ޖޫން 2020 - 22:32
ވޮޝިންޓަން (ޖޫން 4) - އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ފުލުހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާ މަރާލާފައިވާތީ މުޅި އެމެރިކާގައި ފަށާފައިވާ މުޒާހަރާތައް ހުއްޓުވުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް އަޅުއްވާ ފިޔަވަޅުތަކަކީ ގައުމު ބައިބައި ކުރުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ޖޭމްސް މަޓިސް ވިދާޅުވެއްޖެ އެވެ.
މަޓިސް އިއްޔެ ވިދާޅުވީ ރައީސްއާ ނުލައި އެމެރިކާގެ ރައްޔިތުން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށެވެ.
"އަޅުގަނޑުގެ މުޅި ހަޔާތަށް ބެލި ނަމަވެސް އެމެރިކާގެ ރައްޔިތުންގެ އެއްބައި ވަންތަކަމަށް މަސައްކަތް ނުކުރާ ހަމައެކަނި ރައީސް އަކީ ޑޮނަލްޑް ޓްރަމްޕް،" ޓްރަމްޕުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވުމަށް ފަހު 2018 ވަނަ އަހަރު އިސްތިއުފާ ދެއްވި މަޓިސް ވިދާޅުވި އެވެ. "އޭގެ ބަދަލުގައި ޓްރަމްޕް މަސައްކަތް ކުރައްވަނީ ގައުމު ބައިބައި ކުރުމަށް. ތިން އަހަރެއްހާ ދުވަހު ތެރޭ ގަސްދުގައި އެގޮތަށް ކުރި މަސައްކަތުގެ ނަތީޖާ މިހާރު އެ ދަނީ ފެންނަމުން."
މުޒާހަރާ ކުރާ މީހުން ދުރަށް ޖެއްސުމަށް ފަހު، ވައިޓް ހައުސް އިން ނުކުމެވަޑައިގެން ޓްރަމްޕް ހިންގަވާފައި ފައްޅި އަށް ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ. --ފޮޓޯ:އޭއެފްޕީ
މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ހަތިޔާރާ އެކު ސިފައިން ނެރޭނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން ވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔަން ފަށައިފަ އެވެ.
އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންގެ ކުރީގެ ކޮމާންޑަރު ޖޯން އެލަން ވަނީ ވައިޓް ހައުސްގެ ބޭރުގައި މުޒާހަރާ ކުރަމުން ދިޔަ މީހުން ދުރަށް ޖައްސައި ފައްޅިއަކަށް ޓްރަމްޕް ވަޑައިގެންފައިވާތީ ފާޑު ވިދާޅުވެފަ އެވެ.
މުޒާހަރާ ކޮންޓްރޯލް ކުރުމަށް ސިފައިން ނެރުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން މިހާރުގެ ޑިފެންސް މިނިސްޓަރު މާކް އެސްޕާ ވެސް ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
20000
05 June 2020
ތީގެ ވާތު ކިބަ އެބައުޅޭ އިގިރޭސި ވިލާތުން ރައްޖެ އައިސް
ނިރު
04 June 2020
ރައީސް ނަޝީދު އާއި ރައީސް ޓުރަމްޕް އާ ދެމީހުންގެ މާކަބޮޑު ތަފާތު ކަންތައްތަކެއް ނެތް.. ނަޝީދު ގެ ވެރިކަން ވެއްޓުމުގެ އަސްލަކީ ވެސް ޤައުމު ބާބާ ކުރުމަށްޓަކައި ދެ ފިކުރުގެ މީހުން އާޓިފިޝަލް ބީޗަށް އެއްކޮށް އެތާ ބޮޑު ތަޅާފޮޅުމެއް ހިންގުވާ ދެން ފުލުހުން ނެރި ބަޔަކަށް އަނިޔާ ތަކެއް ދިނުމަށް ރޭވުން ،ނަތީޖާ އަކަށް ވީ ތިމާގެ ވެރިރަށް ވެއްޓުން ،އެންމެ ފަހުން ޓުރަމްޕަށްވެސް ވާނީ މިހެން ކަން ނޭގޭ
ފޭން.
05 June 2020
ހިތުން މޮޅު އެއްޗެއް ބުނެލެވިދާނެ.
20000
05 June 2020
ހާގީގަތެއް