އާކްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
05 ޖޫން 2020 - 14:11
ތިމާވެށި ހިމާޔަތްކުރުމުގައި މި ސަރުކާރު އަބަދުވެސް ދެމިތިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓުވީޓުގައި ރައީސް ވަނީ ކޮވިޑް-19 ގެ މި ހާލަތުން އަރައިގަނެ ހުރިހާ ކަމެއް އަލުން ފަށަން މަސައްކަތްކުރަމުން އަންނައިރު ތިމާވެއްޓާއި، ބައޯޑައިވާސިޓީ ރައްކާތެރިކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން އަބަދުވެސް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާނެ ކަމަށާއި އަބަދުވެސް އެކަމަށް އަޑުއުފުލާނެ ކަމަށެވެ.
On #WorldEnvironmentDay2020 as we emerge from the covid crisis, it is paramount that we make the protection of the earth’s natural environment and its biodiversity key aspects of our efforts to build anew. My Government will continue our advocacy #ForNature for our common future.
— Ibrahim Mohamed Solih (@ibusolih) June 5, 2020
ރައީސް މިހެން ވިދާޅުވެފައިވާއިރު، މި ދަނޑިވަޅު ވެސް ތިމާވެއްޓާ ގުޅުންހުރި އެކި މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމާއެކު ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ވާން ފަށާފައިވާ ކަމުގެ ޝަކުވާ ތިމާވެއްޓާ ގުޅުންހުރި ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.
މިކަމާ ގުޅިގެން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވެސް ބުނީ ފަރަށް ކިސަޑު އެޅޭ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި ފަޅަށް އެއްވެސް ގެއްލުމެއް އަދި ލިބިފައި ނުވާ ކަމަށް ވެސް އީޕީއޭއިން ބުނެފައި ވެއެވެ.
މި މައްސަލަ މަޖިލީހުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
05 June 2020
ރައްޔިތުންނޭ މިމީހުން ދައްކާ ވާހަކައާއި އަމަލާއި ދިމާނުވާނެ
މަންޑޭލާ
05 June 2020
ވެރިކަމަ އެރީ މޮޑެލް ކުރަންތަ؟
ރެނދަން
05 June 2020
އަބަދުވެސް މޮޅު ވާހަކަ ދައްކަނީ... އަނގައިން ތިމާވެށި ހިމާޔަތް ނުކޮށް، ގުޅީ ފަޅު ހިއްކުން ހުއްޓުވަބަލަ. އެތަން ހިއްކައިން މާލެ ސަރަހައްދުގެ ފަރުތައް ހަލާކު ކޮށްގެން ބަނދަރު ހެދުމަކީ، ތިމާވެއްޓަށްވެސް ގެއްލުން އަދި ދިވެހި އިޤްތިސާދަށާއި، ލާމަރުކަޒީކޮށް ގައުމު ހިންގުމާއިވެސް އިދިކޮޅު ކަމެއްް. ވެރިކމަަށް އައީ ލާމަރުކަޒީކޮށް ގައުމު ހިންގަން ވައުދުވެގެން، ތިމާވެށިވެސް ހިމާޔަތް ކުރަން ވައުދު ވެގެން. އެހެންވީމަ ވައުދުވީ ގޮތަށް އަމަލުތަށް ބަހައްޓަވާ.
ޑިސްއޮނަރަބަލް އަފީފު ދީދީ
05 June 2020
ދެން ކަނޑުއަޑީގާ ގަސްއިންދުމުގެ ޕުރޮގުރާމެއް ބާއްވާ. އޭރުން ހުންނަނީ ތިމާވެށި ހަމާޔަތްވެފާ.
އާދު ޝާމް
05 June 2020
ރައްޔިތުން ޖީބު ހުސްވީމާ ކޮން ތިމާވެއްޓެއްތޯ އޮންނާނީ. ހިޔަންޏަށް ރަނގަޅަކަށް މުޑިނެގިފާ އަހަރުމެންނަށް މިތެވުނީ. އަދިވެސް މިއުޅެނީ ހޭވެރިކަން ނައިސްގެން.
ޝޮކްތެރަޕީ
05 June 2020
ކޮބާހޭ އަފްރަޝީމުގެ ގާތިލުން؟
ނިރު
05 June 2020
ހުޔޮނުވާނެ ތިމާވެއްޓޭ ކިޔާގެން ތިޖައްސާ މައްސަލަތަށް ޖެއްސުން ހުއްޓާލާ .. އަދިކިޔާ ކަމަކައް ވާކަހަލަ ކަމެއް ކުރެވެން އެއުޅެނީ .. ދައުރު ހަމަވުމުގެ ކުރިން އެބަޖެހޭތާ ދަރިންގެ ދަރިންނަށް ފެންނާނެ ވަރުގެ ކަމެއް ކުރެވިފަ ހުރިކަން ދައްކަން.. ރައީސް ނަޝީދުއާ ރައީސް ވަހީދު ރައީސްކަން ކުރި... ހަމައެކަނި ލިޔެވިފަ އޮތީ ކަރުދާހުގަ އިތްކަން ނެތް ފެންނާކަށް. ރައީސް ޔާމިން ވެރިކަން ކޮއްފަވާކަން އުތުރުން ދެކުނަށް ކޮންމެ ދިމާލަކުން ބަލާލިޔަސް އެހެރީ ފެންނަން
މިވަރެއްނެތް
05 June 2020
ތިމާވަށްޓަކީ ރާއްޖޭގެ ހުރިހާ ވެރިންވެސް މެޑަލްޖަހާ ސަލާންޖަހަން ގެންގުޅޭ އުކުޅެއް. ޢަމަލީގޮތުން ކަމެއް ނުކުރޭ. އެހެން ނޫންނަމަ އިރުގެ އަލިން މިލިބޭ ހަކަތަ ބޭނުންކުރުމާއި، ރިސައިކަލިން އިތުރުކޮށް ތިމާވަށްޓަށް ނޭދެވޭ އަސަރުކުރާ ތަކެތި ރާއްޖެ އެތެރެކުރުން މަނާކުރުވާނެ. އެފަދަ އެއްވެސް ކަމެއް ނުކުރާއިރު ރައްޔިތުންގެ، ވަކިން ޚާއްސަކޮށް ސްކޫލު ދަރިވަރުން، ގެ މެދުގައި ހޭލުންތެރިކަމެއް ވެސް އިތުރު ނުކުރުވާ. ބަހާއި ޢަމަލާއި ދިމާނުވޭ. ސޮރީ ރައީސު.
ރެނދަން
05 June 2020
ރައީސްކަން ލިބުނީމަ ކަންކަން ކުރަންވީމަވެސް ކަންކަން ނުކުރެވި މޮޅު ވާހަކަ ދެއްކޭތޯ ބަލަނީ... ހަޤީޤަތުގަ ބަދަލުކުރެވޭނެ ފަދަ ގޮތަކަށް އެއްކަމެއްވެސް ނުކުރެވޭ...