ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަ އުޝާމް .އޭނާ ވިދާޅުވީ މަޖިލީހުގައި ޖިނާއީ ކަމެއް ބެލުމަކީ މަޖިލީހުގެ އިންތިޒާމްގެ ތެރެއަށް ވަނުން ކަމަކަށް ނުވާނެ ކަމަށް-ފޮޓޯ: ނިޝާން އަލީ/މިހާރު
05 ޖޫން 2020 - 20:25
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިޔަސް ޖިނާއީ ކަމެއް ހިންގައިފި ނަމަ ފުލުހުންނަށް ބެލޭނެ ކަމަށާއި އެއީ މަޖިލީހުގެ އިންތިޒާމުގެ ތެރެއަށް ވަނުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު، ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެ މެންދަމު ބޭއްވި ޖަލްސާގައި ހިންގި ހަމަނުޖެހުންތައް ފުލުހުން ތަހުގީގުކޮށް، އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެފައި ވެ އެވެ.
އިމްރާން އެހެން ވިދާޅުވީ، އެ ރޭގެ ޖަލްސާގައި ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވަވައި މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގަންނަވަން އެންގެވި ނަމަވެސް އެއާ ދެކޮޅު ހެއްދެވުމުން ޝިޔާމް ނެރުމަށް އެމްޑީޕީގެ މެމްބަރުން ކުރި މަސައްކަތްތަކާ އެކު ގަޔަށް އަތްލައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ ޝިޔާމް ނެރުމަށް އެމްޑީޕީގެ މެމްބަރުންނަށް އެންގެވީ ނަޝީދުކަން، ހާމަވެފައިވާ ވީޑިއޯތަކުން އެނގެ އެވެ. މަޖިލީހުގެ ތަޅުމުގައި ރިޔާސަތުން ނަން އިއްވާ މެމްބަރުން ނެރުމަށް އެހެން މެމްބަރުން ބައިވެރި ކުރުމަކީ މަޖިލީހުގެ ގަވައިދާ ޚިލާފު އަމަލެކެވެ.
މަޖިލީހުގެ ތަޅުމުގައި މި ހިންގި ކަންކަން ބައްލަވާނެ ކަމަަށް މިނިސްޓަރު އިމްރާން ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު އެކަމަށް ފާޑުވިދާޅުވިދާޅުވި އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ކުޑަ ވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އިމްރާންގެ އަދާލަތު ޕާޓީ އަށް ލިބި، މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ. އެކަން އެގޮތަށް އޮއްވައި މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން އިމްރާންގެ ކިބައިގައި ހުރެގެން ނުވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
އުޝާމް މިރޭ "މިހާރު"އަށް ވިދާޅުވީ މަޖިލީހުގައި ވެސް ޖިނާއީ އަމަލެއް ހިނގި ކަމަށް ބެލެވިއްޖެ ނަމަ ފުލުހުންނަށް އެކަން ތަހުގީގުކޮށް، ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވޭ ނަމަ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް ގެ އޮފީހަށް ވެސް ފޮނުވޭނެ ކަމަށެވެ.
"އެއީ މަޖިލީހުގެ އިންތިޒާމުގެ ތެރެއަށް ވަނުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގައި ހިނގި ކަންތައްތައް ތަހުގީގު ކުރައްވާނެ ކަަމަށް އިމްރާން ވިދާޅުވުމުން ހަސަން އެކަމަށް ފާޑުވިދާޅުވި ޚަބަރު ޓްވީޓް ކުރައްވަމުން އަމިއްލަ މެމްބަރު އުޝާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ވެސް ޖިނާއީ ކުށެއް ކޮންމެ ތަނެއްގައި ކުރި ނަމަވެސް އެކަން ބެލޭނެކަން ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ބެލުމުން އެނގޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްވެސް ޖިނާއީ ކުށެއް ކޮންމެތަނެއްގައި ކުރިނަމަވެސް އެކަން ބެލޭނެކަން، ބަލަންޖެހޭނެކަން ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި މަތީމަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ބެލުމުން ވަރަށް ސާފު. https://t.co/29eAPmWuic
— Ahmed Usham (@a_usham) June 5, 2020
މެމްބަރު އުޝާމްގެ ޓުވީޓް
މަޖިލީހުގެ ތަޅުމުން ޝިޔާމް ނެރެން އުޅުމުގެ ތެރޭގަ އޭނާ އަށް އެމްޑީޕީގެ މެމްބަރުން ހަމަލާ ދިން ކަމަށް ތުހުމަތުކޮށް އިދިކޮޅުން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ. މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރެއްގެ ނަން އިއްވުމުން ނުކުމެވަޑައި ނުގަންނަވާ ނަމަ އެ މެމްބަރަކު ތަޅުމުން ނެރުމަކީ ސާޖަންޓް އެޓް އާމްސްގެ ޒިންމާ އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަތަރުކަށިމަތި
09 June 2020
މަޖިލިހުން އިންތިޒާމު ކޮށްގެން ގަތުލުއާންމެއް ހިނގިޔަސް އެކަން ބެލޭނެ ބަޔަކު ނުތިބޭކަމަށް އަނގާށޭ އެސޮރުގެ ސާހިބު އެންގީމާ އެކަން ކުރީތާ! އަނގަޔަށް އަޅާ އެއްޗެއް ނޫނީ ބުނާކަށް އެސޮރަކަށްވެސް ހުއްދައެއް ނޫން.
އެހެންޏާ
06 June 2020
މަޖިލީހުގަ މީހަކު މެރިއަސް ބުނާނެ ދޯ ހޯހޯ އޭ. ނުބެހޭށޭ. އެހެނެއް ނުވާނެ. މާރާމާރީ އެއް ހިންގީމަ ދިވެހި އެހެން ރައްޔިތުން ފަދައިން އެމީހުންނަށް މައްސަލަ ބެލޭނެ. އެތަނަށް އަރުވާފަ ތިބީ ރަސްކަލުންގެ ދަރަޖަ ދީފައެއް ނޫން.
ފާތޭ
06 June 2020
ކޮމެންޓަށް ބަލާފަ ނަޝީދުއަށް ތާއީދު އޮތްވަރު ފެނޭ... މަޖިލީހުގެ ތެރޭ އަންހެނުންގެނަމުގަ އެތިބެނީ ޖެޓް ލީ ކަހަލަ ކުދިންތަކެއް ދޯ... ލަދުހުތުރުކަން..ޗީ ޗީ ޗީ....
ދިޔަރެސް
06 June 2020
އަނެއް ރޯނުއެދުރު.
ވިސްނާލުމަށް އެދެމޭ
06 June 2020
މަޖުލިސް ރައީސް މަނިކުފާނު ކުޅުނީ ތިންކުޅިކުރިއަށް ކަ މަށް މަނިކުފާނު ވިދާޅުވީ.ބައްލަވާ އިދިކޮޅުން މިއޮތީ ހަކުޅި ކުރިޔަށް ކުޅެފަ. މަނިކުފާނަކީ ދުނިޔެއަށް އިޝްތިހާރުވެފައޮތީ ތިއީ ޑި މޮކުރަސީ ރާއްޖޭގަހިންގާ ހަ މައެކަނި ބޭފުޅާކަ މަށް.އެކަ މަކު ދުނިޔެއަށް އިދިކޮޅުން މިސާބިތުކޮއްދިނީ މަނިކުފާނުގެ ފޮރުވިފާވާ އަސްލު.ފަރުދާ ކަހާލީ އެއް މެ ފަހުލަވާނެ އިސްސަފަށްނުކު މެ.ރިންގުންބޭރަށް އެނިކުތީ ބޮޑުބައެއް ނުބައިކޮއްފަ.އިންސާފުން ތަހުގީގުކޮއްފިނަ މަ ބޮޑުއަދަދެނުބައިވާނެ.
މޯލީ
06 June 2020
އުޝާމް ވިލިމާލޭ އަށް މިނިވަން މެމްބަރެއްގެ ގޮތުގައި ހޮވުނީތީ މަރހަބާކިޔަން. އެކަމަކު ތިބޭފުޅާ މަޖްލިހުގައި ދައްކާ ހުރިހާ ވާހަކައެއް ގާނޫނީ ނަޒަރުން ހީކުރިހާ ގާތަކައްވެސް އެއްޗެއް ރަގަޅަށް ބުނެފައިވާތަނެއް އަދި ނުފެނޭ. އެހެންވީމާ ދައްނަވަން ޖެހެނީ ރަގަޅަށް ވިސްނަވާފައި ވާހަކަދައްކަވާށޭ.
ބޮޑުމީހާ
06 June 2020
ވީޑިއޯ އޯޑިއޯ އެބަހުރި. އޮޅުވާނުލެވޭނެ. ފުލުހުން އިންސާފުން މައްސަލަ ބަލައިފިއްޔާ ހައެއްކަ މެމްބަރަކަށް މާރާމާރީ ދައުވާ އުފުލޭނެ. އީވާވެސް ހިމެނެންޖެހޭނެ. އިންސާފުގައިމުކުރަން ވިދާޅުވި ރައީސް އިންސާފު ގާއިމުކޮށް ދެއްވާ
ރީތި މޫސަ
06 June 2020
ތިމައްސަލަ ބަލަންޖެހޭ ސަބަބަކީ ރައްޔިތުންހޮވާފަ ތިބޭމަންދޫބުން ރައްޔިތުންނަށް ވުރެމަތިވެގެންނުވާނެ ރައްޔިތުންހޮވީ މަޖުލީހަށްގޮސް މާރާމަރީ ހިންގާކަށްނޫން އަދި ނުބައިއެއްޗެހިގޮވާކަށްވެސްނޫން ރައްޔިތުންނަށްޓަކައި ކަންކަންފަސޭހަކޮށްދޭން އިއްޒަތްތެރިމެންބަރުކިޔައިގެން މެންބަރަކަމަށްހޮވާދިން ރައްޔިތުން ލަދުގަންވާކަށްނޫން މާރާމާރީއަކީ ޓެރަރިޒަމްގެ އަމަލެއް މަޖުލީހުގެ ރައީސަކަށްވެސް އެފުރސަތެއްނޯންނާނެ މަޖުލީހުން މެންބަރުންނެރެން ވަކިބަޔަކުތިބޭނެ ވަރަށްސާފު
ލަބީބު
05 June 2020
އަދާލަަތު ޕާޓީގެ ވެރިން އިސްވެތިބެ ކުރި ބަޢާވާަތުގެ މައްސަލަވެސް ބަލަންޖެހޭ.
އިބިރިހިންބެއްޔާ
06 June 2020
އަދި އެހަފުތާގައި މާލެތެރޭގައި ހިންގުނު ކަންތަކާއިމުލީއާގޭގައި ހިގިކަންތައް އަދި ބަޑޭރިގޭގައި ހިގި ހުރިހާކަމެއް ބެލުމުގެ އިތުރުން އެވިދާޅުވާ "ބާޢާވާތަ" ކާއި ހަމަޔަށް ދާންޖެހުނު ސަބަބު ބަލަންވެސް ރައްޔިތުން ބޭނުންވާނެ. އެހެންމެ، އޭގެ އަނެއްދުވަހު މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްތަކުގައި ހިގި ހާދިސާތައްވެސް ބަލަން މުހިންމު. އައްޑޫން އަޅިޔަށްހަދާލީ ކިތައްއަހަރުގެ ތާރީޚް!
ލުތުފަރު
05 June 2020
އަނިޔާވެރި ނުވާނީ ކޮންތާކުތޯ.... ނުވާނީ ކާކައްތޯ