ޚަބަރު / ގުޅިފަޅު

ޕޯޓް ހަދަން ރަނގަޅީ ތިލަފުށި، މާސްޓަޕްލޭން އޮންނާނީ ހަދާފައި: ސައީދު

މާލޭ ކޮމާޝަލް ޕޯޓު ބަދަލުކުރަން އެންމެ ރަނގަޅު ތަނަކީ ތިލަފުށި ކަމަށާއި އެކަން ކުރުމަށް ހަދަން ޖެހޭ ހުރިހާ ޕްލޭނެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަދައި ނިންމާފައިވާ ކަމަށް އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ ޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން މިސަރުކާރުން ވެސް ފުރަތަމަ ނިންމީ ޕޯޓް ތިލަފުއްޓަށް ބަދަލުކުރާށެވެ. ނަމަވެސް ކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށް ފަހު ގުޅިފަޅަށް ޕޯޓް ބަދަލުކުރަން ފަހުން ނިންމީ އެވެ. އަދި އެ ޕްރޮޖެކްޓަށް ބޭނުންވާ ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، ނެދަލެންޑްސްގެ ބޮސްކާލިސް އިން މިހާރު ވަނީ ފަށައިފަ އެވެ.

ތިލަފުށީގެ ބަދަލުގައި ގުޅިފަޅުގައި ޕޯޓް ހަދަން ނިންމި ސަބަބެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ ތިލަފުއްޓަކީ ކުރިންސުރެ ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ތަނަކަށް ވާތީ ޕޯޓެއް ހިންގަން ދަތިވާނެތީ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ގުޅިފަޅުގައި އެ ޕްރޮޖެކްޓް ހިންގަން ނިންމީ މާލޭގައި އޮތް ޕޯޓް ކުޑަވުމުގެ ސަބަބުން މާލެ ކައިރިން އެފަދަ ބަނދަރަކަށް އެންމެ ރަނގަޅު ތަނަކަށް އެތަން ވާތީ އެވެ.

Thimaavettah gellun viyas Gulhifalhu hikkan jehey: Aslam

Thimaavettah gellun viyas Gulhifalhu hikkan jehey: Aslam

The most trusted news source in the Maldives

Mihaaru

ގުޅިފަޅު ޕްރޮޖެކްޓް ވަރަށް މުހިންމު ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވުން

މިހާރު މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު، "މިހާރު" އަށް ވިދާޅުވީ މާލެ އާއި ހުޅުމާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ކުރީގެ ސަރުކާރުން ނިންމާފައިވަނީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ގުޅިފަޅު ތަރައްގީކުރަން ކަމަށެވެ. އޭގެ ބަދަލުގައި އެ ރަށުގައި ޕޯޓް ހެދުމުން މާލެ ތޮއްޖެހުމަށް ހައްލު ހޯދަން ދަތިތަކާ ކުރިމަތިވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި އިންޑަސްޓްރިއަލް މަސައްކަތަށް ހާއްސަކޮށްފައިވަނީ ތިލަފުށި ކަމަށްވާއިރު ޕޯޓް ހަދަން ވާނީ އެރަށުގައި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އަދި ތިލަފުށީގައި ޕޯޓާއި އެ ޕޯޓަށް ބޭނުންވާނެ ހިދުމަތްތަކާއި ފެކްޓްރީތައް ހިމެނޭ ގޮތަށް މާސްޓާ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"ޕްލޭން އޮންނާނެ ސަރުކާރުގައި. އެ ޕްލޭން އެގޮތަށް އޮއްވައި އެ ބަދަލު އެ ގެނައީ. ވެއ ހައުސްއާ ހުރިހާ ކަމެއް އަންނާނެ ގޮތަށް ޕްލޭން ހަދާފައިވާނީ. މުޅި ތިލަފުށި އެއްކޮށް ހިއްކައިގެން އެތަން އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ކުރުމަށް އަޅުގަނޑުމެން ނިންމީ،" ސައީދު ވިދާޅުވި އެވެ.

ގުޅިފަޅުގައި ޕޯޓް ހަދާތީ ފާޑު ވިދާޅުވެ ސައީދު ކުރެއްވި ޓްވީޓެއް

ތިލަފުއްޓަކީ ކުނި އަންދާ ރަށަކަށް ވާތީ އެ ރަށުގައި ޕޯޓް ހެދެން ނެތް ކަމަށް ޕްލޭނިން މިނިސްޓަރު ވިދާޅުވާއިރު އަބަދު ކުނި ނައްތާލާނީ އަންދައިގެން ނޫންކަން މިނިސްޓަރަށް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ސަރުކާރުން ތިލަފުށީގައި ޕޯޓް އަޅަން ނިންމި ސަރަހައްދާއި ކުނި އަންދާ ސަރަހައްދާ 3،369 މީޓަރުގެ ދުރުމިން ހުރޭ. ކުނި އަންދާ ސަރަހައްދާ ގުޅިފަޅާ ހުރި ދުރުމިނަކީ 365 މީޓަރު،" ސައީދު ވިދާޅުވި އެވެ.

ތިލަފުށީގައި އަޅަން ނިންމާފައިވާ ޕޯޓް މިސަރުކާރުން ގުޅިފަޅަށް ބަދަލުކުރަން ނިންމިއިރު އުތުރު ތިލަފަޅުގައި އަސްކަރީ ބަނދަރެއް ހަދަން ބަޔަކަށް ދީފައި ވޭތޯ ޔަގީންކުރަން ޖެހޭ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އާ މާސްޓާ ޕްލޭންގެ މަސައްކަތް މިހާރު އެބަ ކުރޭ

މިނިސްޓަރު އަސްލަމް މިއަދު މަޖިލީހުގެ ކޮމެޓީގައި ވިދާޅުވީ ޕްލޭނިން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތަކީ ޕޯޓް ހަދަން ބޭނުންވާ ބިމާއި މާލޭ ނޯތު ހާބަރުގައި މިހާރު ދެމުން އަންނަ ހިދުމަތްތައް ގުޅިފަޅަށް ބަދަލުކުރަން ބޭނުންވާ ބިން ހިއްކުން ކަމަށެވެ. އޭގެ ތެރޭގައި ގުދަންތަކާއި ހޯލްސޭލް ފިހަރާތަކަށް ބޭނުންވާ ބިން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަމުގެ މާސްޓާ ޕްލޭން ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން މިހާރު ކުރިއަށް އެބަ ދެ އެވެ.

"އެއީ އަދި އޮންގޮއިން މަސައްކަތެއް. އެ މަސައްކަތް ނިމިފައި އޮތީއެއް ނޫން. އެ މަސައްކަތް އަޅުގަނޑުމެން އަދި ހިއްސާ ކުރާނަން ހުރިހާ ސްޓޭކްހޯލްޑާސްއާ އަޅުގަނޑުމެންނަށް އެ މަންޒަރު ރަނގަޅަށް ޑީޓެއިލް މާސްޓާ ޕްލޭން ފެންނަ ހިސާބުން،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ގުޅިފަޅުގައި މަގަތު ފާލަން އަޅަން މިހާރު ކަނޑައަޅާފައިވަނީ މާލޭގެ މިހާރުގެ ޕޯޓް ސަރަހައްދާ އެއް އެލައިމެންޓްގައި އޮތް ހިސާބެކެވެ. އެކަމަކު ބަނދަރު ތަރައްގީކުރާނެ ސީދާ ޕޮއިންޓް ކަނޑައެޅުމުގެ ދިރާސާ، ޕްރޮޖެކްޓްގެ ކޮންސަލްޓެންޓެއް މެދުވެރިކޮށް އިކޮނޮމިކް މިނިސްޓްރީން ހަދަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

47 ކޮމެންޓް, 64 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 5%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަރީފު

07 June 2020

އުތުރު ތިލަފަޅުގައި އަސްކަރީ ބަނދަރެއް ހަދަން މޯދީ ރާއްޖެ އައިއިރު ސޮއިކުަރި މަކަށް އެމީޓިންގައި އިންމީހަކު ބުނާތީ އަޑުއެހިން...އުތުރު ތިލަފަޅު ބާއްވަން ޖެހޭނީ މާލެ ތޮއްޖެހުން ކުޑަ ކުަރަން ކުރެވޭ މަސަތްކަކަތް ކަމަތް ދިރާސާކުރާ މީހުން ބުނަނީ...އަޅުގަޑަށް ވެސް ހީވަނީ މުސްތަލް ބަލަށް އެގޮތްހެން ރަގަޅީ.

The name is already taken The name is available. Register?

ެއެއްކަލަރަށުމީހާ

07 June 2020

ގުޅީފަޅު ހިއްކަންފަށާ އެތަނުގައި މީހުންދިރިއުޅެން ގޯތި ދޫކުރުމަށަ އަދި ފްލެޓްތަކާ އެހެނިހެން ކަންކަން ކުރަން ނިންމީ އެމްޑީޕީގެ ވެރިކަމުގައި. ވަކަ މުހައްމަދުމެން ވެރިކަމަށް އައިސް އެއްވެސް ކަމެއް ކުރަން ކަަމުނުދާ ބޭކާރު ތަނަކަށް ހަދާފައި އެތަނުގައި ދިރިއޮޅުމައްޓަކައި ގެދޮރު ހޯދުމައް ފައިސާ ދެއްކި މީހުނަށް އެވެސްނުދީ އޭރުއޮތްގޮތައް ބާއްވާފައި އޮތްތަނެއް ކުއްލިއަކަށް މި ރަނގަޅުވީ ސަބަބެއް އަޅެ ބުނެލަދިންނަމަ ދޯ؟

The name is already taken The name is available. Register?

ކަކުނިބޯ-

07 June 2020

ސައީދުއެވެ. އެގިލައްވާތޯ މާލެ، ހޫޅުމާލެ، އަދި ވިލިމާލެ އަށް ކިހާއުދަގުވާނެލަން އަދި ތަކެތި އަގުބޮޑުވުމަށް ބާރަކަށްވާނެކަން ތިލަފަޅުގައި ޕޯޓްއެޅުން. 3.3 ކިލޯމީޓަރ އިތުރަށް ކޮންމެ ވެހިކަލްއެއް ދުއަވްޖެހުމަކީ ކިހާ ޕެޓްރޯލެއް، ޑީސަލްއެއް، މިހާގެ ކިހާވަގުތެއްތޯ، ވެހިކަލްގެ ކިހާމަރާމާތެއްތޯ، މިކަމުން ގެއްލުންވަނީ ދިވެހި އިޤްތިސޯދަށް ކިހާމިންވަރެއްތޯ އެއީ އަދިވެސް ޑީސަލް.ޕެޓްރޯލް އަދިވެސް ނަގާސާފުކުރަން ނުފަށާތީ ކާށިތެޔޮ ހާނާ ސާފުކުރޭއެކަމު.

The name is already taken The name is available. Register?

ފިނިފެންމަލުޗާލުގުމްރީ

07 June 2020

ތިޔަ މާސްޓަރ ޕްލޭން އިހަށްވެސް އޮތީ ތަންފަށަށް ލެވިފަ ސައީދު ފިނިފެންމަލުގެ މާމެލާމެލީގެ ދުވަސްވަރު އެކަން ނުކުރީ ކީއްވެތޭ

The name is already taken The name is available. Register?

އަލީ ރަސްގެފާން

07 June 2020

ރައިސް ޔާމިން ޖަލައްލީގޮތަ ދުނިއޭގެ އެމްމެ ތެދުވެރިމީހާވެސް ޖަލައްލެވިދަނެ.؟ ހުއްބުލް ގަލަން ކިޔާގެން ކޮމެންޓްކުރާ މީހާ މޮޔަފުޅުވީތޯ

The name is already taken The name is available. Register?

އަލީރާޖާ

07 June 2020

ދުނިޔޭގެ ތެދުވެރިމީހުން ވައްކަމެއް ނުކުރާނެ. ޔާމީނުއޮތީ ވައްކަން ކުރިކަމަށް އަމިއްލައަށް އިއުތިރާފްވެފަ. 100 މިލިއަން ހޯދީ ކޮންކަމެއް ކޮށްގެންބާ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

07 June 2020

އަސްލުމިކަމަކީ ރޔާމިންގެ ދުރުވިސްނުން. ރޔާމިންގެ މަސްސަލައަކީ ބަސްމަދުވެފަ އަމަލުން އެކަން ދެއްކުން. އެމްޑީޕީ މީގެ ފައިދާ ނަގާފަ އެމްޑީޕީ ކުރާކަމެއްގެ ގޮތުގަ ރައްއިތުންނަ ދައްކަނީ. މީ ހަގީގަތަކީ

The name is already taken The name is available. Register?

ހުއްބުލް ގަލަން

07 June 2020

ދުރަށް ވިސްނާފަ ހުރީމަ ވީގޮތަކީ ވައްކަން ސާބިތުވެ ޖަލުގޮޅި ކަށަވަރުވުން

The name is already taken The name is available. Register?

މީމަގޭ ހިޔާލު

07 June 2020

ލާމަރުކަޒީ މިވަގުތަށް އަސްލު ނޯނީޑް ލާމަރުކަޒީ ބާއްވާ ދެންއަންނަ ޖެނެރޭސަނަށް މާލެއާ އެންމެ ކައިރީގަ އޮތް ބޮޑުފަޅެއްބަލާފަ އަވަހަށް ހިއްކާ ނިންމަންވީ އެތަނުގައި މަދުގެން 4 ލައްކަ މީހުންނަށް ކޮންމެ މީހަކަށް 3000 އަކަފޫޓުގެ ބިމެއް ދެވޭވަރަށް ހިއްކަންވީ ސްޕީޑު ފެރީން އެބައި މާލެއާ ގުޅާލާނީ ގިނަވެގެން 15 މިނެޓުން ޖެހޭނެ މާލެއަށް އާދެވެން އޭރުން އިގްތިސޯދަށްވެސް ވާނީ ފައިދާ ތިމާވެއްޓަށްވެސް ވާނީފައިދާ ހުރިހާރައްޔަތުންނަށް ގައުމުގަހުރި ހުރިހާހިދުމަތެއްލިބުނީ

The name is already taken The name is available. Register?

ާޕޮންޕޮން

07 June 2020

ކަންކުރަން އެގޭ މީހުން ކުރަން ނިން މާފަވާ ކަންކަން ބަދަލުކޮށް އަގައިން ސަރުކާރުހިނގާ ކެބިނެޓް ކުދިންކޮޅު ގޭންގް ކުދިންނަށް ބައިއަޅަން އުޅޭތީ ވާގޮތް. މިރާއްޖެއަކު ނުތިބޭނެ އެ މޑީޕީ އިން ކުރާ ކަންކަން ގޯހޭ ބުނަން ކެރޭނެ ބަޔަކުވެސް. ފހަރުގަ މީހަކު ބުނެފިއްޔާވެސް ބުނި މީހާ ގޯސްވާނީ.

The name is already taken The name is available. Register?

ފާރިހަތު ޖަލީލު

07 June 2020

އަސްލު ސައީދުވެސް އަދި އަސްލަމްއަކަށްވެސް މިކަމުގެ ޓެކްނިކަލް މައުލޫމާތު ނޭނގޭނެ. ބަނދަރެއް ހަދާނެ ލޮކޭޝަންއެއް ކަނޑައެޅުމަކީ ވަރަށް ގިނަ ދިރާސާތައްކޮށް، އެދިރާސާތަކުގެ އަލީގައި ކުރާ ކަމެއް. މިސަރުކާރުގެ ގިނަ ސިޔާސަތުތައް އަހަރެންނަށް ގޯސް، އެކަމަކު ބަނދަރު ހަނދާނެ ތަނެއް ކަނޑައެޅުމަށް ބޭނުންވާ ފަންނީ ލަފާ ހޯދަމުންދޭ. ހިތުގައި އުފެދޭ ސުވާލަކީ މިކަމުގެ ކޮންސަލްޓެންސީ އެވޯޑްކުރީ އެންމެ ރަގަޅު ޕާޓީއަށްތޯ.

The name is already taken The name is available. Register?

ރޭޒަރ

07 June 2020

ސިޓީ ކައުންސިލާއި ވެސް މަޝްވަރާ ނުކޮށް ބަނދަރު ހަދާތަން ނިންމީ ކުރީގެ ދެ ހައުސިންގ މިނިސްޓަރުން ކަމަށްވާ ރަފީގު އާއި ހައިދަރު. ކުރީގެ މައުމޫނު ޒަމާނު ވިސްނުން. ލާމަރުކަޒީ ނުދަނޭ. މާލޭގައި އުޅޭ މީހުންގެ ބޯހިޔާވަހި ކަމަށް ކައިރިން އޮތް ތަނަކީ ގުޅިފަޅު. ތިލަފުއްޓަކީ ބަނދަރު ހަދަން އެންމެ ރަނގަޅުތަން. އެތާ ކަނޑުއޮޅި ވެސް ގޯހެއް ނޫން. މި ނިންމުން ބަދަލު ކުރުމުގެ ފުރުސަތު ސަރުކާރަށް އަދި އެބައޮތް.

The name is already taken The name is available. Register?

ާޕޮންޕޮން

07 June 2020

ދިރާސާކޮށް ހަދާނިން މާފައޮތް ޕްލޭން ވަކަރުގޭ ސަރުކާރުން ބަދަލު ކުރަނީނު

The name is already taken The name is available. Register?

ކަލީމާ

07 June 2020

އައިހެވަން މާސްޓަރ ޕްލޭން ކޮބާތަ ރީތި ޕޮޓޯ ދައްކާފަ

The name is already taken The name is available. Register?

ކަކުނިބޯ

07 June 2020

އެވާހަކަދެއްކީމާ ބޮޑުބޭބެ ހާދަ ރުޅިއާދެއޭ ބޮޑުބޭބޭ ރުޅިއައިސިއްޔާ ކިހިނެއް ލައިންކާއެއްޗެހި ހަމަޖައްސާނީ ހަނޑޫކޮޅުވެސް މިގެންނަންމިޖިހެނީ އެތަނުން ވިސްނާ ފިކުރުކޮށްބަލަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454