ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު، އީޕީއޭގެ ޑީޖީ ނައީމްއާ މިއަދު ބައްދަލުކުރައްވަނީ.
07 ޖޫން 2020 - 13:21
މާލެ ސަރަހައްދު އިތުރަށް ހިއްކަން ޖެހޭނީ އެހެން ގޮތެއް ނެތް މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ކޮމާޝަލް ހާބަރު ކ. ގުޅިފަޅަށް ބަދަލުކުރަން ގުޅިފަޅު ފަޅުން ބިން ހިއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ މަޝްރޫއުގެ ސަބަބުން ވިލިމާލޭ ފަރަށް ގެއްލުންވާތީ އެ މައްސަލަ މަޖިލީހުން މިހާރު ދަނީ ބަލަމުންނެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމްއާ ބައްދަލު ކުރައްވާ ފޮޓޯއާ އެކު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ތަރައްގީގެ ގިނަ މަސައްކަތްތަކުން ތިމާވެށްޓަށް ގެއްލުން ލިބޭ ކަމަށާއި މާލެ ސަރަހައްދު އިތުރަށް ހިއްކަން ޖެހޭނީ އެހެން ގޮތެއް ނެތިިގެން މާލޭގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެކަނި ކަމަށެވެ. އަދި މި ސަރަހައްދު އިތުރަށް ތޮއް ނުޖެހޭ ގޮތަށް ހެދުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެ، ނައީމަކީ ތަޖްރިބާކާރު ބޭފުޅެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
Tharaqqeege gina masakkaiythakun thimaavettah nurangalhu asarukurey.Male’ sarahahdhah ithuru hikifas beynumee Male’ ga dhiriulhuva ehengothehneiy gina rayyithunah boahiyavahikan hoadhadhinumah adhi mi sarahadhu thohjessun huttuvunves muhimmu.EPA ge DG akee thajribakaaru beyfulheh pic.twitter.com/lpWh4fX0I7
— Mohamed Nasheed (@MohamedNasheed) June 7, 2020
ނަޝީދުގެ ޓްވީޓް
ނަޝީދު އެގޮތަށް ވިދާޅުވިއިރު، ގުޅީފަޅު ހިއްކުމުގެ މައްސަލާގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެން ނައީމަށް އެންވަޔަރްމަންޓް މިނިސްޓްރީން ވަނީ އިންޒާރު ދީފަ އެވެ. ގުޅިފަޅު ހިއްކުމުން ވިލިމާލޭ ފަރަށް ގެއްލުންވާ މައްސަލާގައި ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެ މަސައްކަތް ހިނގާ ގޮތް އީޕީއޭ އިން ހާމަ ކުރަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު އެންގެވުމުން އެކަމަށް ނައީމް އިންކާރު ކުރެއްވި ކަމަށް ބުނެ އެ މިނިސްޓްރީން ވަނީ ނައީމްގެ މަގާމު ދަށްކޮށް ނުވަތަ ވަޒީފާއިން ވަކިކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ދީފަ އެވެ.
ގުޅިފަޅު ހިއްކުމުން ގެއްލުންވާ މައްސަލާގައި އީޕީއޭ އާއި ޕްލޭނިން މިނިސްޓްރީގެ އިސްވެރިން ވެސް މަޖިލީހަށް ވަނީ ހާޒިރުކޮށްފަ އެވެ. އީޕީއޭ އިން ބުނެފައިވަނީ ގުޅިފަޅު ހިއްކުން ހުއްޓުވަންޖެހޭ މިންވަރަށް ގެއްލުން ނުވާ ކަމަށެވެ. އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ ގެއްލުންތަކެއް ލިބުނަސް، އެ މަޝްރޫއު ކޮންމެހެން ވެސް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމްސް
09 June 2020
ނަޝީދުގެ އަނގައާއި ހެދި މަޖިލިސް ރަޢިސަށް އެއްވެސް ކަމަކާއިގެން އުޅުވޭކަށް ނެތް!
އިބިރިހިންބެއްޔާ
08 June 2020
ގަރަހިތަ؟ ވޯޓްހޯދަންވުމުން "ޖަޒީރާ ރާއްޖެ" "ލާމަރުކަޒީ ދިވެހި ރާއްޖެ". މިހާރު "މަރުކަޒީ ތަރައްޤީ"
އެކަނި ވެރިޔާ
08 June 2020
ކެޕިޓަލްސިޓީގަ އުޅެވޭނީ މުއްސަދިންނަން ފަގީރުން އުޅޭނި ރާއްޖެތެރޭގައި މިހަގީގަތް މިގޮތައް މާސްޓަރޕުލޭން ކޮއްނިންމާފަ އޮތީ ކުރިއަށް އޮތްތަނުގައި މާލެސަރަހައްދު ތަރައްގީ ކުރުމައް ފަހުނޫނީ އެހެންކަމެއް ނުކުރާނަން އެއްފަހަރާ ހުރިހާ ކަމެއް ނުކުރެވޭނެ...ގަބޫލް ކުރައްވާ
ޙަސަނބެ3
08 June 2020
ކޮބާ “ޖަޒީރާ ރާއްޖެ” “ރައްވެހި ފަތިސް” މިހާރު އެއީ ނުދައްކާ ވާހަކަ.
އަލިދީ
08 June 2020
ޤާނޫނު އަސާސީ ގައި ބަޔާންކޮށްފައިވަނީ ސިވިލް ސަރވިސް މަސައްކަތް ކުރަންވާނީ ފަންނީ މިންގަނޑުތަކާއި ސުލޫކީ ހަމަތައް އޭގެ އެންމެ މަތީ ދަރަޖައެއްގައި ހިފަހައްޓާ ސަރވިސް އެއްގެ ގޮތުގައެވެ. މިހެން މިކަން އޮތްވާ ސިވިލް ސަރވިސް މުވައްޒަފަކަށް ސިވިލް ސަރވިސް ގެ ގަވާއިދާ އެއްގޮތަށް އިދާރީގޮތުން އެޅޭ އިސްލާހީ ފިޔަވަޅެއްގެ ސަބަބުން، އޭނާގެ ދިފާއުގައި މަޖިލިސް ރައީސް ނިކުތުމުން ދެން މިދެވެނީ ކޮން މެސެޖެއްބާ؟ މުޅި ނިޒާމް ގަޑުބަޑު ކުރެވެނީ ނޫންބާ؟
ކޮރަލް
07 June 2020
މަޖްލިސް ރައީސް މަޖްލިސް ވާހަކަ ދައްކަ ބަލާށެވެ. ގައުމުގެ ރައީސް ގައުމުގެ ވާހަކަ ދައްކާ ނެ އެވެ. ނުބެހޭ ކަމެއް ނެތެވެ.
އަލީދުހު
07 June 2020
ރާއްޖެތެރޭގެ ތަނެއްް ތަރައްޤީ ކުރަންޏާ ވެލާ ބިސްއެޅިއަސް އެކަން ހުއްޓޭ. މާލެ ސަރަހައްދުވީމަ ނުހުއްޓޭ. ދެން އަނެއްކާވެސް އެހެން ބަޔަކު ކެއުމަށް ވެރިކަން ބަދަލު ކޮއްލަންޖެހޭ . ޔާމިނު ނޫން މީހެއް
އަހްމަދުހ
07 June 2020
އަދިވެސް މި ސަރަހައްދު ތޮއްޖެއްސުން ދޯ އޮތީ؟ ތަރައްގުއި މުޅިރާއްޖެއަށް
ނަޝީދު.
07 June 2020
އިބޫ ކައިރީ ބުނެފަ އޮންނާނީ އެއްވެސްކަމެއް ނުކުރަން. އަހަރެން ދެން ކުރެވޭތޯއޭ މި ކިޔަނީ. ސަރުކާރާ މަޖްލިސްގެ ކޯޅުމަކަށް ދައްކާނީ. އަންނަ ދައުރުވެސް ލިބޭނެ އިބޫ ނޫން މީހެއް ނިކުމެއްޖިއްޔާ. ނުވި ކަމެއް ވިއްޔާ އަޅާނީ އިބޫ ބޮލުގަ. އެމް.ޑީ.ޕީ ރައީސް އަބަދުވެސް ކަން ކުރަން އުޅޭތީ އަނެއްކާވެސް މީހުން ވޯޓުދޭނެ. ހައްގު މިންވަރުގެ ދަޅަ ދައްކާލައިގެން 30 އަހަރު ވެރިކަން ކޮށްލެވޭނެ ޑިކްޓޭޓަރުގޮތަށް ނުކުރިޔަސް. ފިޔަރ އަށްވުރެން ހޯޕް މާ ރަގަޅުވާނެ ވާވައްދަން.
ރައްޔަތު އަހުމަދު
07 June 2020
މީނާއަކީ ގާނޫނު ހަދާ މަޖިލީހަށް ހޮވުނު މެމްބަރެއްދޯ.. ދެން ދައުލަތް ހިންގާނެ ގޮތާއި ކުރާނެ ކަންކަމަށް ބަސްބުނަން މީނާގެ ހައިސިއްޔަތެއް ނެތެއްނު ރައިޔަތުން އެފުުރުސަތެއް ނުދޭ.. ހީވަނީ މޮޔަގޮވަނީ ހެން