ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓްތައް އިމާރާތް ކުރުން ރަސްމީކޮށް ފެށުމަށް ނޮވެމްބަރު 2017 ގައި ބޭއްވި ހަފްލާގައި އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު
07 ޖޫން 2020 - 20:37
ހުޅުމާލޭގައި ޕީޕީއެމް ސަރުކާރުން އިމާރާތް ކުރަން ފެށި 7،000 ފްލެޓަށް ދިޔަ ހަރަދާ އެކު، މަހެއްގެ މައްޗަށް 5،600ރ. އަށް ކުއްޔަށް ދެވޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޭރު އެންމެ އިސްކަންދިން އެއް ޕްރޮޖެކްޓުގެ ގޮތުގައި އިމާރާތް ކުރި ފްލެޓްތަކާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔައިރު ހައުސިން މިނިސްްޓަރަކަށް ހުންނެވި ޑރ. މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިމާރާތްކުރުމަށާއި ފިނިޝިންނާއި ފައިނޭންސިން ހަރަދުގެ މައްޗަށް ފައިދާ ހިމަނާފައި ވެސް އެ ފްލެޓެއްގެ ކުއްޔަށް މަހަކު 5،600ރ. އަށް ދޫކުރެވޭނެ ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ފްލެޓު ލިބޭ މީހުން 20 އަހަރު ވަންދެން މަހަކު 5،600ރ. ދެއްކުމަކީ ދެކޮޅުޖެހޭ ކަމަކަށް ވުމުން ރައީސް ޔާމީން އޭރު އެގޮތަށް ނިންމެވީ އެވެ. އޭރަށް އެ މުއްދަތުގައި ކުލީގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކޭނެ އެވެ.
Hiyaa flat thakuge construction cost aa hurihaa finishing cost akaa ekkoh adhi financing cost ves himanaigen jehey varuge mahchah faidhaa himanaafa ves mahaku Rf5600, 20 aharah bahaalaigen flat libey faraathun dhekkumun dhekolhujeheythee egothah RY nimmevee. https://t.co/nn4lGfqm77
— Dr Mohamed Muizzu (@MMuizzu) June 7, 2020
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފްލެޓުތައް އަޅާފައިވަނީ ކުދި "ކޮތަރު ކޮށިތަކެއް" ގޮތަށް ކަމަށެވެ. އެ ތަންތަން ހަރަދުކޮށްފައިވާ ކަމަށް ބުނަނީ އަކަފޫޓަކަށް 1،900ރ. ކަމަށާއި އެހެންކަމުން ކުލީގެ ގޮތުގައި 11،000ރ. ޖެހޭ ކަމަށް ވިދާޅުވި އެވެ. އެ ފްލެޓުތަކުގެ ފޮޓޯއަކާ އެކު ނަޝީދު ދެން ވިދާޅުވީ އެއީ "ދަރަނީގެ ދަންތުރައިގެ ފޮޓޯއެއް" ކަމަށެވެ.
"ދެން މި ކިހިނެއް ދެކޮޅު ޖައްސާނީ؟" ނަޝީދުގެ ޓްވީޓުގައިވެ އެވެ.
ޗައިނާ ސްޓޭޓް އިންޖީނިއަރިން އެންޑް ކޮންސްޓްރަކްޝަން ކުންފުނި (ސީއެސްއީސީ)އާ ހަވާލުކޮށްގެން ފެށި މަޝްރޫއުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ. އެކަމަށް ޗައިނާގެ އެގްޒިމް ބޭންކުން 437 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވާއިރު، އެކަން ކޮށްފައިވަނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު، ހަ ޕަސެންޓުގެ އިންޓަރެސްޓް ރޭޓްގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދަައްކަން ޖެހެ އެވެ.
އެކަމަކު އެ ލޯނުން ފްލެޓްތަކުގެ ހުރިހާ މަސައްކަތެއް ނުނިމޭނެތީ، އެޗުޑީސީން މިހާރު މަސައްކަތްކުރަމުން އަންނަނީ 45 މިލިއަން ޑޮލަރުގެ ލޯނެއް ލިބޭތޯ އެވެ. އެވަރުގެ ލޯނެއް ނުލިބި، ފްލެޓްތަކުގައި ޓައިލްސް ޖެހުމާއި އެތެރޭގެ ދޮރުތައް ލުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށް، އެޗުޑީސީން ބުނެފައިވެ އެވެ.
ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ގެންނަން ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއަށް ހުޅުވާލުމުން 20،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން ފްލެޓް ލިބޭނެ މީހުންގެ ލިސްޓު ޔާމީންގެ ސަރުކާރުން ވަނީ އާއްމުކޮށްފަ އެވެ. އެކަމަކު އެ ފްލެޓްތައް ދެނީ ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު މައްސަލަތައް ބަލަން އާ ސަރުކާރުން ކޮމެޓީއެެއް އެކުލަވާލާފައިވާއިރު، ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އަންނަ މަހުގެ ނިޔަލަށް ފައިނަލްކޮށް ނިންމާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
08 June 2020
މުއިއްޒު ދިފަ އެހުރީ ތަފްސީލް 1،270،591.23ރ 20 އަހަރަށް %8 ގައި ބެލީމަ މަހަކު 10،600ރ ދައްކަން ޖެހޭ، ދެން މުއިއްަޒު އެބުނާ 5600ރ އަށް ދެވޭނެ ގޮތެއް ނޯންނާނެ، ސަރުކާރުން ސަބްސިޑި އެއްގެ ގޮތުގައި 5000ރ ހަމަޖައްސައިދީފިއްޔާމު 5600ރ އަށް ދެވޭނެ.. މޮގޮތަށް ސިޔާސީ މީހުން ކުރާ ޓްވީޓް ތައް ވެސް އިވޭލުއޭޓް ކޮށްލާފަ ޙަބަރު ގައި ހިމަނަން ވާނެ
އަލިފްހާބާ
08 June 2020
ދެން ކީއްވެބާ މިހާރު ހުރި ތަންތަން 7000 އަށް ދިނީ
ކޮރަލް
08 June 2020
އެޗްޑީސީ ވިޔަފާރި އުސޫލުން ބޮޑު ފައިދާގަ ފްލެޓް ކުއްޔަށްދޭތީ ކުލި ބޮޑު ވަނީ އެވެ. މ ރައީސް އަކީ ފޮނި ބައިސާ ކަނޑައިގެން އުޅޭ މީހެކެވެ. ފްލެޓް ހުރި ސަރަހައްދު ދުރުން ބަލާލީމަ ސާކް ގެ ގައުމަކާ ވައްތަރެއް ނޫނެވެ. ކޮންމެ ޕާޓީ އަކުން ކުތިއަސް ރަނގަޅު ކަންކަން ބަލައިގަންނަން ޖެހެ އެވެ. ނޫނީ ލޮލައް ފެންނަ ލޯކަނު މީހެކޭ ބުނެވި ދާނެ އެވެ.
އަހުމަދި
08 June 2020
މަގޭފުލެޓް ނުދީފިއްޔާ ޓވަރުމަތީން ފުންމާލާނީ...
ހހހހ
08 June 2020
ތެދަށް އެއްޗެއްބުނާ އެކަކުވެސް ނެތެއްނު. މިތަން ހަދަން ނެގީ 437މ (ސްޓްރަކްޗާ) + 45މ (ފިނިޝިން). ޖުމްލަ 482މ ޑޮލަރު. ޔުނިޓަކަށް ގާތްގަޑަކަށް 68 ހާސް ޑޮލަރު. 20 އަހަރަށް ބަހާލީމަ ޔުނިޓަކަށް 4500 ދިވެހި ރުފިޔާ. ފްލެޓް ލިބޭ މީހާ އަށް 6600 ރުފިޔާ އަށް. 5600 އަކަށް ނޫން. ދެން އަނެއްކާ އަންނި މިކިޔާ 11000 ހާސް މީ ކިހިނެއް އައި އަދަދެއް؟
ބޭރުވެލާ
08 June 2020
މުއިއްޒު ބުނެދީބަލަ 5 އަހަރު ދުވަހު މިނިސްޓަރު ކަން ކޮށްފަ މާލެއިން ބި މެއް ގަނެގެން 10ބުރި އި މާރާތެއް މިލްކު ކުރި ގޮތް....
ޑޯރި2
08 June 2020
މުއިއްޒު އެބުނާ އަގަށް ދޭ ކަމަށްވާނަމަ ފާރުގައި ކުލަލުމެއް ތަޅުމުގައި މުށިޖެހުމެއް ބަދިގޭ އަށްޓެއް ހެދުމެއް ނެތެވެ.
ހޭބަލިމިތުރު
08 June 2020
2 ރޫ މް އެޕާޓް މެންޓް 580 އަކަފޫޓް. 2ކޮޓަރި 10 ފޫޓް 11 ފޫޓް، ވަކިން ފާހާނާ އެޓޭޗް. ސިޓިންގ ރޫ މް 17 ފޫޓް 9 ފޫޓް، ޑައިނިންގ 9 ފޫޓް 9 ފޫޓް.
ލުތުފީ
08 June 2020
މީނަ ހައުސިންގ މިނިސްޓަރު ކަމުގަ ހުރެ ދިން ތަންތަން ކުރިން ބުނެފަހުރި އަގުތަކުގަ ނުދިނީ ކީއްވެބާ!
އެމްސް
08 June 2020
ފްލެޓްގެ ކަންކަން ދުނިޔޭގަ ކޮށްއުޅޭ ގޮތަކީ ބިންގާއެޅުމުގެ މާކުރިއަށް އަގު ކަނޑައެޅުން ފަދަ ކަންކަން ނިއްމާ ތަންތަން ވިއްކަން ފެށުން! މުޢިއްޒުމެންވެސް ބައިކުޅަބައިން ކަންކަން ނިއްމާފަހުރީތީ ހުރިހާ އުނދަގުލެއް ޖެހިގެން މިއުޅެނީ!