ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔޫއޭއީއަށް ކުރިން ކުރެއްވި ދަތުރެއްގައި އެގައުމުގެ ފޮރިން މިނިސްޓަރު އަބްދުﷲ ބިން ޒައިދު އަލް ނަހްޔާނާ ބައްދަލުކުރައްވަނީ. ޔޫއޭއީން ވަނީ 77.3 މިލިޔަން ރުފިޔާގެ އެހީގެ ތަކެތި ރާއްޖެއަށް ފޮނުވައިދީފައި.
08 ޖޫން 2020 - 14:48
ކޮވިޑް-19 އަށް ޓެސްޓު ކުރާ ޕީސީއާރު މެޝިނަކާއި އެ އަށް ބޭނުންވާ ކިޓްތަކާއި އެހެން ބައެއް މުހިއްމު ތަކެތި ޔޫއޭއީ އިން ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ކޮވިޑް-19 އަށް ޓެސްޓު ކުރާ ޕީސީއާރު މެޝިނާއި އެހެން ތަކެތި މީގެ ކުޑައިރުކޮޅެއް ކުރިން ރާއްޖެއަށް ގެނެސްފައިވާ ކަަމަށާއި އެ ތަކެތީގެ ޖުމުލަ އަގު 77.3 މިލިޔަން ރުފިޔާ އަަށް އަރާ ކަމަށެވެ. ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ޔޫއޭއީގެ ސަރުކާރުން ދިން އެހީގެ އެ ތަކެތި ރާއްޖެ އަށް ގެނައީ އެ ގައުމުގެ ސަރުކާރުން ފޮނުވި ހާއްސަ މަތިންދާބޯޓެއްގަ (އެމިރޭޓްސް) އެވެ.
ޔޫއޭއީން ހަދިޔާކުރި ޕީސީއާރު މެޝިނަކީ ގަޑިއަކު 96 ސާމްޕަލް ޕްރޮސެސް ކުރެވޭ ފެންވަރު ރަނގަޅު މެޝިނެކެވެ.
ރާއްޖެ އަށް ކުރިމަތިވެފައިވާ މި ދަތި ވަގުތު ވެސް ޔޫއޭއީ ސަރުކާރުން ދިން ބޮޑު އެހީތެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެ ގައުމުގެ ސަރުކާރަށް ހާއްސަ ޝުކުރެއް އަަދާކުރެއްވި އެވެ. މި އެހީ ދީފައި މިވަނީ ޔޫއޭއީގެ ފޮރިން މިނިސްޓަރު އަބްދުﷲ ބިން ޒައިދު އަލް ނަހްޔާނަށް އޭޕްރިލް 10 ގައި ޝާހިދު ގުޅުއްވައި ރާއްޖޭގެ ހާލަތުގެ މައުލޫމާތު ދެއްްވާފައި ވަނިކޮށެވެ.
- ދެ ރިއަލް ޓައިމް ޕީސީއާރް ސިސްޓަމް.
- ޕީސީއާރް އެކްސްޓްރެކްޝަން މެޝިނެއް.
- 30،000 ޕީސީއާރް ޑަަޔަގްނޯސްޓިކް ކިޓް.
- 75،000 ޕާސަނަލް ޕްރޮޓެކްޝަން ގައުންސް (ޑިސްޕޯސަބުލް).
- 10،000 ފޭސް ޝީލްޑް.
- 2.5 މިލިއަން ސާޖިކަލް މާސްކް.
-225،000 ކޭއެން 95 މާސްކް.
100،000 ފުޅި ސެނިޓައިޒާ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ޔޫއޭއީ އިން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ގާބިލުކަން އިތުރު ކުރެވި، ޓެސްޓް ކުރެވޭ އަދަދު ވެސް ގިނަވާނެ ކަމަށެވެ. މިއީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދީ، 'ނިއު ނޯމަލް' އާ ދިމާއަށް ރާއްޖެ އިން މިސްރާބު ޖަހާފައިވާ މިވަގުތު ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރިފައިވާއިރު، އެ ބައްޔަށް މިހާރު ޓެސްޓު ކުރަނީ އައިޖީއެމްއެޗާއި ފުލުހުންގެ ފޮރެންސިކް ސާވިސް އަދި އޭޑީކޭ ހޮސްޕިޓަލުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫންގޮތެއް
09 June 2020
ޝާހިދު ނޫންގޮތެއް ނެތްތަ މިގައު މަށް؟
ރާއްޖެ
09 June 2020
އިގިރޭސީ ވިލާތުގެ ރާނީގެ ފަރާތުން އެއްވެސް އެހީ އެއް ލިބިއްޖެތަ؟
ކޮބައިތަ
09 June 2020
ކޮބައިތަ ކޮބައިތަ އެބުނާ އިއްޒަތްތެރި މަތިވެރި ކޮމަންވެލްތު. ރާއްޖޭގެ ހުރިހައި ކަމަކަށް އަނގަބާނައިގެން އުޅުނު ކޮމަންވެލްތު ވީތަނެއް ދެނަހުރި މީހަކު އެބަހުރިތަ؟ ޓެސްޓް ކިޓް ކޮޅެއްވެސް ދިއްކޮއްލިބާ!
ހަސަނު
08 June 2020
މިއީ މި ވަގުތަށް މިރާއްޖެއަށް އެންމެ ބޭނުން ބޮޑުވެފައިވާ ތަކެތި.. މީ ވަރަށް ބޮޑު އެހީއެއް...
ދުމައިން
08 June 2020
މިއީ އިހައްދުވަހު އިންޑިއާ އަކީ މުސްލިމުންދެކެލޯބިވާގައުމެއްކަން ދައްކަން ޖެހި ސަކަރާތާ، މުސްލިމުން ކޯތާފަތްމަތީ ދިބެހިދައުލަތުން އަޅާލި އެތިފަަހަރުގެ ބަދަލުގެގޮތުން ލިބުނު ޕެކޭޖެއް.
ައަހުމަދު
08 June 2020
އެހީ އެބަދޭޤައުމުތަކުން ސުވާލަކީ ތިއެހީއަށް ސަރުކާރުން ކުރަނީ ކޮންކަމެއްހޭ މާސްކެއްވެސް ގަންނަން ޖެހެނީއަގުބޮޑުކޮށް ހިލޭނުލިބޭތާގައި އަގުހެޔޮކޮށްވެސް ވިއްކިދާނެތާ ، ސަރުކާރުން ބުޑުމުސާރަނަގައިގެން ތިބޭމީހުންނަށް އޯކޭ ވިޔަސް އަމިއްލަމަސައްކަތުން ކުޅޭ ނިކަމެތި ރައްޔިތުން ކީއްކުރާނީ ؟މަސައްކަތް ނުކުރެވި އަތްމަތިހުސްވެފައި މިތިބީ އެވަރުން ފާޑެއްގެ ޖޮބުސެންތަރެއްގެ ރަޖިސްޓްރީ ވެގެންވެސް އެއްޗެއްނުލިބޭ ބޮޑުން ބޭނުންބަޔަކަށް ނޫނީ ނުލިބޭ،
ހަސަނު
08 June 2020
ބަލަ އެއީ ހެލްތު ވޯކަތުން ބޭނުން ކުރަން ހުންނަ ތަކެތި.. އާންމުން ފޮތި މާސްކު އަޅާ....އ
އަހުމަދު އިބްރާހިމް
08 June 2020
ތިހާ ގިނަ އެހީތައް ލިބޭއިރު 900 މިލިއަން ހަރަދުވީ ކޮންކަމަކަށްތޯ؟
ޢަލީ ބަނާތު
08 June 2020
ބަލަގަ އެ 900 މިލިއަނާއި ކުރީގެ ބަޖެޓްތަކަށް ވީގޮތް ފޮރުވުމަށްޓަކައިތާ އަހަރެން މިކުރާހާ މަސައްކަތް މިކުރަނީ ތިއެކަނިތަ ކޮބައިތަ އެއްކަލަ އެހީގެ ގޮތުގައި ލިބުނު ފައިސާތަށް ؟ މީގައޮންނާނެ ގޮތަކީ ވަކިބަޔަކު ވެއްޖެއްޔާމު ވައްކަން އަދި އަނެއްފަޅިން ވެއްޖެއްޔާމު އެއީ ގަނީމާލާރި .. ހަހަހަ އަރަތާއިގެ ތެރެއިންވެސް މިހިރީ ބޮޑެތި އަރަތަތައްދޯ .. މިހާރު މާލޭއިން ރައްރަށައް ހޯމްއައިސޮލޭޝަނަށް މީހުން ފޮނުވަނީވެސް ކޮންމެވެސް ކަމެއްވީމަތަދޯ
ޙަސަނާ
08 June 2020
މުޅިން ވެސް މިހެން މީހުންދޭ ހަދިޔާއިން ތޯ އެއްޗެހި ލިބެނީ..މިހެން ލިބޭކަން ވެސް ނަސީބު..ތޭންކްސް ޔޫ.އޭ.އީ
އަރީފު އަލީ
08 June 2020
ބޭސްވެރިކަމަށް މޮޅު މިސަރުކާރުގެ އިންޑިއާއިން ދިނީ ކޯއްޗެއްވާ ބޭނުން ނުކުރޭ މެލޭރިޔާބޭހުގެ 20ހާސް ގުޅަބޭސް.... ޔޫއޭއީ ވެސް މިފެނުނީ މާރަގަޅު ކަމަށް މިސަރުކާގެ ބޮޑުބޭބެ އަށް ވުރެ...އިންޑިޢާއިން ކޮއްދިން ކަމަކީ އިންޓަރެސްލާފައި އިންޑިއަން ރުޕީސް އިން 2 ބިލިއަން ދިވެހި ރުފިޔާގެ ލޯނެއް ބޮލުގައި އެޅުވުން..ވަރައް ސަލާމް
ހުންގާނު
08 June 2020
އަބްދުﷲ ޔާމީން، އަބްދުﷲ އަމީން، އަބްދުﷲ ޝާހީދު. ހިންގޭ، ހިންގާ، ހިންގާނެ.
ޔާސިރު އަރަފާ
08 June 2020
ތިން މީހުންގެ ފެށުމަކީވެސް އެމްޑީޕީއެއް ނޫން. މިވެސް އެއްގޮތް ކަމެއް.