ޚަބަރު / ވަޒީފާ

ރިސޯޓު އަލުން ހުޅުވާއިރު ވަޒީފާތަކަށް ދިވެހިންނަށް ފުރުސަތު ދޭން ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް

މެމްބަރު ހައިތަމް: ރިސޯޓްތައް އަލުން ހުޅުވާލާއިރު ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދޭން ގޮވާލާ ޕެޓިޝަނެއް ވަނީ ހުށަހަޅާފައި -- ފޮޓޯ/މިހާރު

ރިސޯޓްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގައި ޓޫރިޒަމް ދާއިރާގައި ދިވެހިންނަށް ފުރުސަތުތައް ލިބޭކަން ކަށަވަރުކުރަން ގޮވައިލާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ރިސޯޓްތައް ބަންދު ކުރުމުން ޓޫރިޒަމް ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލި އަދި ގިނަ ބަޔަކު ވަނީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވާލައިފަ އެވެ. އެކަމަކު މިހާރު ސަރުކާރުން ދަނީ ރިސޯޓްތައް އަލުން ހުޅުވާލަން ތައްޔާރުވަމުންނެވެ.

މައްޗަންގޮޅީ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް މަޖިލީހަށް އިއްޔެ ހުށަހެޅުއްވި ޕެޓިޝަންގައި ވަނީ ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށެވެ. ޓޫރިޒަމް ދާއިރާއަށް ރާއްޖޭގެ ބޯޑަރު ހުޅުވާލަން ތައްޔާރު ވާއިރު، ރިސޯޓްތަކުގައި ދިވެހި މުވައްޒަފުން އެންމެ މަދުވެގެން ތިބެން ޖެހޭ މިންވަރަށް ދިވެހި މުވައްޒަފުން ތިބި ކަން ކަށަވަރު ކުރުމަށާއި އަދި ރިސޯޓްތަކުގައި ހުސްވެފައިވާ މަގާމަށް ބިދޭސީއަކު ނެގުމުގެ ކުރިން ދިވެހިންނަށް ފުރުސަތު ލިބޭކަން ކަށަވަރު ކުރުމަށް ފަހު ނޫނީ ރިސޯޓްތައް ހުޅުވަން ހުއްދަ ދެވިގެން ނުވާނެ ކަމަށް އެ ޕެޓިޝަންގައިވެ އެވެ.

ހައިތަމްގެ ޓްވީޓް

ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުނު ގިނަ އަދަދެއްގެ ބަޔަކު ތިބިކަން ފާހަގަކޮށް، ޕެޓިޝަންގައި ވަނީ އެ މީހުންނަށް ލުއިތަކެއް ލިބޭނެ ގޮތަށް މަޖިލީހުން މަސައްކަތް ކުރަން ވެސް އެދިފަ އެވެ.

އެފަދަ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅިއިރު، ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުނު ފަރާތްތަކަށާއި ވަކި މިންވަރަކަށް ވުރެ މުސާރަ ކުޑަވި ފަރާތްތަކަށް ސަރުކާރުން ދަނީ ޚާއްސަ އެލަވަންސެއް ދެމުންނެވެ. އަދި ސަރުކާރުން އިއުލާންކުރި އިގްތިސާދީ ޕެކޭޖެއްގެ ދަށުން ވިޔަފާރިތަކަށް އެހީ ދިނުމުގައި ދިވެހި މުވައްޒަފުން ވަކި ނުކުރާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

14 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްސް

10 June 2020

މިފަދަސިޔާސީޝޯތަކަށް ދައުލަތުން ކުރާޚަރަދު މަދުކޮށްލަން ވެއްޖެ!

The name is already taken The name is available. Register?

ދޮންވެލި

10 June 2020

މާލޭގެ ފިހާރަ ހޮޓާ ފަދަ ތަންތަނުގަ ކޭޝިއަރުންނަށް ބިދޭސީން ތިބުމަކީ ގާނޫނުގަ ކަނޑަ އެޅިގެން މަނާކަމެކެވެ. 90 ޕަސެންޓް ބިދޭސީ ކޭޝިއަރުންނެވެ. އެމީހުން ފިހާރައިން ނުނެރެވޭ ސަބަބު ބުނެދީ ބަލާށެވެ. މާލެ އަކީ ވ ކުޑަ ތަނެކެވެ. މިދައްކަނީ ދުރުގަ އޮތް ރަށެއްގެ ވާހަކަ އެއް ނޫނެވެ. ބިދޭސީން ކޭޝިއަރުންނަށް ތިބެނީ ހޮޓާ ނޫނީ ފިހާރަ ގަނެގެންނެވެ.

The name is already taken The name is available. Register?

އަލްޖިބްރާ

10 June 2020

ދިވެހި ވިޔަފާރިވެރިން ބަލާނީ ކުޑައުޖޫރަ ދީގެން މީހުން ގެންގުޅެވޭތޯ ! ދިވެއްސަކަށް ރަގަޅު މުސާރަ އަކާ އެލަވަންސް ، ސަރވިސް ޗަރޖް ، ލިވިންގ އެލަވަންސް ، މިފަދަ އިނާޔަތް ތަކަކީ ވަޒީފާ އަދާކުރާ ދިވެހިންނަށް ދޭނެ އިނާޔަތް ތަކެއްނޫން ! އެއީ ދިވެއްސަކަށް ރަގަޅުގޮތެއްވުމަކީ މިއުޅޭ " މަހުޖަނުން " އެދޭގޮތެއްނޫން ! މިފާއިތުވި ޒަމާންތަކުގައި ފެނިފައިވަނީ މުޅިންވެސް މިމަންޒަރު !

The name is already taken The name is available. Register?

Ali Gasim

09 June 2020

ދިވެހިގައުމުގަ ދިވެހިން ނިކަމެތިކުރަނީސަރުކާރު ތަކުން ސަރުކާރު އޮފިސްތަކާ ކުންފުނި ތަކުގަވެސް އުޚެނީ ބަނގްލަދޭސް ބޭފުޅުން ދިވެއްސަކަށް ވަޒީފާދިނުން މަނާ ދެން ރިސޯޓުތަކަށް ވާނެގޮތްބަލާ މިގަެުމުގައުޅެ ބިދޭސީންގެ އަދަފު ނެންގޭކަނަށްހަދައިގެން ފޮރުވައިގެންތިބެ މިގައުމަށް ބިދޭސީން އަޅާފުރާލީ ސީދާ ސަރުކާރުންޗދުނިޔޭގެ ކޮންގައުމެއްގަތޯ އެގައުމެއްގެ ސަރުކާރުއޮފީސްތަކުގަ ބަގުލަދޭސް ބޭފުޅުން އުޅުއްވަނީ މީސީދާ ސަރުކާރުން ދިވެހިންނަށްދޭ ނިކަމެތިކަން

The name is already taken The name is available. Register?

މިވަރެއްނެތް

09 June 2020

މަޖިލީހުގެ ރޯނު އެދުރުންގެ ފެންވަރެއް ނެތުމުން އަބަދުވެސް ކޮންމެވެސް ކަމަކަށް ގޮވާލާ ޕެޓިޝަނެއް ހަދާ ނޫސްތަކުން ޖާގަހޯދަނީ. ކަލޯގެޔާ ތިއީ ގާނޫނު ހަދާ މަޖިލީސް! ދައުލަތުގެ އެންމެހާ ޤާނޫނެއް "އ" އިން "ޔ" އަށް ލިޔެވި ތައްޔާރު ކުރަންޖެހެނީ ތި ހަތަރު ފާރުތެރޭގަ. ބައްލަވާ ތިއަކީ ޕެޓިޝަން މަޖިލީހެއް ނޫން އިނގޭތޯ؟ މިފަދަ ރޯނު އެދުރުންނަށާއި އަދި މިފަދަ ރޯނު އެދުރުން މަޤާމުތަކަށް އިންތިޚާބުކުރާ ރައްޔިތުންނަށްވާ ސަލާން! މިހެންވީމަ ގައުމު ފަހަތަށްދަނީ.

The name is already taken The name is available. Register?

ދަރޫފް

09 June 2020

ސަޅި މިގަރާރުގެ ސަބަބުން ހުރިހާ ހައްގުތަކެއް ކަށަވަރުވީ..ގަވައިދު ތަކުގަވެސް އޮވޭ ކިޔާ ރިސޯޓްތަކުގައި ދިވެހިންނަށްވުރެ ބޭރުމީހުން ގިނަވެގެން ނުވާނޭ..އެގޮތައް ކަންކަން ދޭތަ..ސާރވިސްޗާޖް ދޭންވާގޮތްވެސް އޮވޭ އެކަން އެހެން ވޭތަ..

The name is already taken The name is available. Register?

ސަންޕަ ހަސަންފުޅު

09 June 2020

މި 5 އަހަރު ނިމޭނީ ޕެޓިޝަނުން. ދެން ބުނާނެ ދެން އަންނަ 5 އަހަރު ދިނީމާ 10 އަހަރު ކުރިއަށް ޖައްސާލާނަމޭ. މިހާރު މިއޮތީ ބަރާބަރަށް އޮނިގަނޑު ނިމިފައޭ. ދެން ދިވެހިން ހޭބަލިވެގެން އަނެއްކާ މިމީހުންނަށް ވޯޓުދޭނެ. ދެން އަނެއްކާވެސް ހަމަ މިކުޅިވަރު އޮންނާނީ. މި ނިމުމެއްނެތް ކުޅިއެއް.

The name is already taken The name is available. Register?

Saim Seed

09 June 2020

ޕެޓިޟަން އޯކޭއި. އެކަމަކުން ގިނަ މީހުން ތިބޭނީ ދެދުވަހުން އެއްދުވަހު ސަލާމުގައި

The name is already taken The name is available. Register?

އައިޝާ

09 June 2020

70 ނޫނީ 80 ޕަސެންޓް ދިވެހިންނަށް ހާއްސަ ކުރަންވީ ނޫންތޯ. ދިވެހިން ނުލިބެނިއްޔޭ ކިޔުމުގެ ބޭނުމެއްނެތް އެހެންނަމަ ވެމްކޯގަ ނޫޅުނީސް ދިވެހިންނެއް.

The name is already taken The name is available. Register?

ހުރާގު

09 June 2020

ނުވާނެ ނުވާނެ..އެއުޅެނީ %50ނުވެގެން...%30 ދިވެހިން ތިބި ތަންތަން މިހާރު ގިނައީ.. ބާރުހުރި ފައިސާހުރި މީހުނަށް ގަވައިދެއް ގާނޫނެއް ނުހިނގާނެ..

The name is already taken The name is available. Register?

މޑޕ

09 June 2020

ގާނޫނު ހަދާލަ ބަލަދިވެހިންނަން ނޫނީ ރިސޯޓުވަޒީފާ ނުދޭގޮތަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454