ކޮވިޑް-19 އަށް ޓެސްޓްކުރަން ނެގި ސާމްޕަލެއް އާރްއާރްޓީމްގެ މެމްބަރަކު ބަންދުކުރަނީ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު މިހާރު އިތުރު.
10 ޖޫން 2020 - 00:08
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު އެ ބަލީގައި ތިބި މީހުންނަށް ވުރެން ރަނގަޅުވި އަދަދު ފުރަތަމަ ފަހަރަށް އިތުރުވެއްޖެ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާއްމުކުރި މައުލޫމާތުގައިވާ ގޮތުގައި ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 1010 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލީގައި މިހާރު ތިބި އަދަދަކީ 922 ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 26 މީހުންނެވެ. އެކަމަކު ބަލިން 85 މީހަކު މިއަދު ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިދިޔަ އެޕްރީލް 15 ގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭ ކަން އެނގުނު ހިސާބުން ކޮވިޑް-19 ޖެހުނު މީހުުންގެ އަދަދަކީ 1942 އެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ.
އެކްޓިވް ކޭސްތަކަށް ވުރެ ރަނގަޅުވި މީހުންގެ އަދަދު އިތުރު މިވީ ކޮވިޑް ޖެހުމަށް ފަހު މީހަކު ރަނގަޅުވި ކަމަށް ރާއްޖޭގައި ބަލާ އުސޫލު ބަަދަލުކުރި ފަހުންނެވެ. އެ ބަލިން ރަނގަޅުވި ކަމަށް ކުރިން ބަލަނީ ބަލި ޖެހުނު ކަމަށް ޕީސީއާރް ޓެސްޓުން ދައްކާތާ 14 ދުވަސް ފަހުން، އަލާމާތެއް ނެތް ނަމަ ޕީސީއާރް ޓެސްޓް ދެ ފަހަރަށް ހަދައި ނެގެޓިވް ވުމުންނެވެ. އެކަމަކު މިހާރު ރަނގަޅުވި ކަމަށް ބަލަނީ ބަލި ޖެހުނު ކަން އެނގުނުތާ 14 ވުމުން ނުވަތަ އަލާމާތްތައް ފެނުން ހުއްޓޭތާ ތިން ދުވަސް ވުމުންނެވެ.
އެގޮތަށް އަމަލުކުރަން ނިންމި ސަބަބު ތަފްސީލްކޮށްދެއްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވިދާޅުވީ ޕީސީއާރު ޓެސްޓުން ކޮވިޑަށް ޕޮޒިޓިވް ކަމަށް ބައެއް މީހުން ވަރަށް ގިނަ ދުވަސް ވާއިރު ވެސް ދައްކާ ކަަމަށާއި އެއީ ހަށިގަނޑުގައި ވައިރަސް ދިރިހުރުމުން ލިބޭ ނަތީޖާއެއްކަން ނުވަތަ ނޫންކަން ނޭނގޭނެ ކަމަށެވެ.
އެގޮތުން ސައުތު ކޮރެއާގައި ރަނގަޅުވި ކަމަށް ކަނޑައެޅި މީހުން ފަހުން ޓެސްޓްްކުރުމުން ވެސް ޕީސީއާރު ޓެސްޓުން ކޮވިޑަށް ޕޮޒިޓިވް ވި ކަމަށާއި އެކަމަކު އެއީ ވައިރަސް ދިރި ހުރުމުން ދެއްކި ނަތީޖާއެއް ނޫން ކަން ފަހުން އެނގުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވިދާޅުވަނީ އާއްްމުކޮށް މީހެއްގެ އަލާމާތްތައް ފެންނަން ފެށުމަށް ފަހު ނޫނީ ބަލި އެ މީހަކަށް ޖެހުމަށް ފަހު އެމީހެއްގެ ހަށިގަނޑުގައި ވައިރަސް ދިރިހުންނަނީ ނޫނީ އެ ވައިރަސް ޝެޑްކޮށް އޭނާގެ ފަރާތުން އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު މި އޮންނަނީ ގާތްގަނޑަކަށް 11 ދުވަސް ވަންދެން [ކަަމަށް]،" ނަޒްލާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްކިޕަރ
10 June 2020
ހަގީގަތަކީ ވޭތުވެތިޔަ 48 ގަޑިއިތު ތެރޭގައި 39 މީހުން މިކުޑަކުޑަ މާލެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން. ކުޑަކުޑަ ރަށަކަށް ބަލާއިރު މިއީ ބިރުގަންނަންޖެހޭފަދަ ބޮޑު އަދަދެއް. މިއީ އެމެރިކާ ފަދަ 330 މިލިއަން މީހުން އުޅޭ ގައުމެއްގެ ނިސްބަތުން ބަލާނަމަ 48 ގަޑިއިރު ތެރޭ 8،000،000 މީހުންނަށް ބަލިޖެހުންފަދަ ކަމެއް. އެހެނަސް، ކިތަންމެ ޕޮޒިޓިވް ވާމީހުން ގިނަވިޔަސް ސަރުކާރުން ބޭނުންވަނީ މިއަންނަ އާދީއްތައިގައި މާލެ ހުޅުވަން. ސްކޫލު ހުޅުވަން. ހިތާމަ ހުރި
ވިސްނުން
10 June 2020
ٱلْحَمْدُ لِلَّٰهِ
މައުސޫމާ
10 June 2020
އެހެންވީމަ ދިވެހިންގެ ދިފާއީ ނިޒާމުވެސް ގޯހެއްނޫންތާ. ޢަލްހަމްދުލިއްލާހި !
ދޭސީ
10 June 2020
ٱلْحَمْدُ لِلَّٰهِ . ހިންތުންތެރި ހެލްތު މިނިސްޓަރު، ޑީޖީ މައިމޫނާ، މިނިސްޓްރީ މުވައްޒަފުން، އެޗްޕީއޭ މުވައްޒަފުން، ޑޮކްޓަރުން، ނަރުހުން، ލެބް ޓެކްނީޝަނުން، ޕަބްލިކް ހެލްތު ވޯކަރުން، ވޮލަންޓިއަރ ކުދިން އިތުރުން، އެކި ގޮތް ގޮތުން ކޮވިޑް އޮޕަރޭޝަންގައި ބައިވެރިވެ މި އޮޕަރޭޝަން ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށް ފަށް ފަށުން ޝުކުރިއްޔާ. ތިބޭފުޅުންގެ ބުރަ މަސައްކަތުގައި ﷲ ބަރަކާތްލައްވާށި.
ޚިޔާލު
10 June 2020
ތައްޔާރުވާތާ ހަމަސް ވީއިރުވެސް އަދިވެސް އައްޑޫފަދަ އާބާދީ ބޮޑެތި ތަންތަނުގައި ޓެސްޓްކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައެއް ނެތް. މިނިސްޓަރުގެ ކަމަކީ އިންސްޓަގްރާމަށް ފޮޓޯލުން
ގައުމީ ލޯބީގާ
10 June 2020
ތައްޔާރު ވެވުނީތީ 98،000 މީހުން ޕޮޒިޓިވް ވާން އޮތް މަންޒަރެއް 1500 އަށް ބަދަލު ކޮށްލެވުނީ. ތައްޔާރު ވެވުނީތީ ކުރިއަރާފައިވާ ގައުމުތަކުގެ ނިޒާމް ބޮއްސުން ލައިގެން ދިޔައިރުވެސް މި ގައުމުގައި ކޮމިއުނިޓީ ސްޕްރެޑް ކޮންޓްރޯލު ވެފައި އޮތީ ފުރަތަމަ 3 މަސް ދުވަހުގައިވެސް. ތައްޔާރު ވެވުނީ ނަޝީދު ބުންޏަސް، މުޅި އާބާދީއަށް ބަލި ނުޖެހި ސަލާމަތްވީ. ދެން ހުރިހާ މިނިސްޓްރީ ތަކުންވެސް ކުރާ މަސައްކަތުގެ ފޮޓޯލާ. ރައީސްވެސް ކޮންމެ ރެއަކު ކޮވިޑް ފޮޓޯއެއް ލާ. ކޮބާ މައްސަލައަކީ؟
މިލްޒާ12
10 June 2020
ރަނގަޅުވި ކަމަށް ނިންމި އެންމެނަކީ އެންޓިބޮޑީ ހަދާފަ އައި ޖީޖީ ޕޮސިޓިވްވެފަ ތިބިމީހުން. ތިއެންމެން ޕީސީއާރު ޕޮސިޓިވް. ނަމަބަރު އިތުރުކުރަން ޖަހާ ސަކަރާތެއްމީ
ނަޝީދު.
10 June 2020
މަޑިކޮށްލާ 21 ދުވަސް. ހަބޭހަށް އަދި މައްޗަށްދިޔުން އޮތީ!
ގުދާރު
10 June 2020
މައްޗަށް ދާނި ކަލޭގެ ޕްރެޝަރު. ދެން ޔަމީނުގެ ކޮލެސްޓްރޯލް
ގަޓް ބްރޯ
10 June 2020
ރާއްޖޭގަ ޓޫރިޒަމް އަންނަ ޖުލައިގަ އަލުން ފެށޭއިރު ކޮވިޑް ބަލީގެ އެކަކުވެސް ހުންނާނެހެނެއް ހިޔެއްނުވޭ އެކަމަކު ހުންއައިސް ކެއްސާ އާދައިގެ ރޯގާޖެހިފަވާ ބަލިމީހުންތަކެއް ތިބެދާނެ. އެއީ ކުރިއަށް އޮތީ ދެމޫސުން ބެދޭ ދުވަސްވަރުވީމަ.
ފަނަން
10 June 2020
އަލްހަމްދުލިއްﷲ.