ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

ސްކޫލުތަކާއި ކޮލެޖު/ޔުނިވާސިޓީތައް އަންނަ މަހު ހުޅުވަނީ

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި މީގެ ކުރިން ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ގާތްގަނޑަކަށް ހަތަރު މަހެއްހާ ދުވަސް ފަހުން، އަންނަ ޖުލައި މަހުގެ ތެރޭގައި ސްކޫލުތައް ހުޅުވާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ.

އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އާމިނަތު ޝައިނާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތައް ދީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފަ އާއި އިރުޝާދާ އެކު އަންނަ މަހުގެ ތެރޭގައި ސްކޫލުތަކާއި މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒުތައް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް އެކަން ކުރާނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު 12 ވަނަ ދުވަހުން ފެށިގެން ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ. މި މުއްދަތުގެ ތެރޭގައި އެކި ވަސީލަތްތައް މެދުވެރިކޮށް ކިޔަވައިދީފައިވެ އެވެ. ކޮލެޖު އަދި ޔުނިވާސިޓީތައް ވެސް، މާޗު މަހުގެ މެދެއްހާ ހިސާބުން ފެށިގެން ވަނީ ބަންދުކޮށްފަ އެެވެ.

އަންނަ މަހުގެ ތެރޭގައި ސްކޫލުތައް ހުޅުވާލާނެ ކަމަށް އެންއީއޯސީން ބުނިއިރު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިއު ނޯމަލްގައި ސްކޫލުތަކުގައި ކިޔަވައިދިނުމަށް ވާންޖެހޭ ތައްޔާރީތައް ވާން ފެށުމަށް ސްކޫލުތަކަށް އަންގައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނީ ސްކޫލުތަކުގެ ދަންފަޅިތަކުގެ އަދަދާއި ހާޒިރުވާންޖެހޭ ގްރޭޑުތައް ކަނޑައަޅާނީ ސްކޫލުގެ އާބާދީ އާއި ރަށުގެ ބަލިމަޑުކަމުގެ ހާލަތަށް ބެލުމަށް ފަހުގައި ކަމަށެވެ. ސްކޫލުގެ އިދާރީ ހިންގުމާއި ކިޔަވައިދިނުމުގެ އިންތިޒާމްތަކާއި ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރަން މި ހާލަތުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާއި އެކަމަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ފަސޭހަކަމާ އެކު ފޯރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ސްކޫލުތައް ހުޅުވައި ހަތަރު ދަންފަޅިއަށް ވެސް ކިޔަވައިދޭން ޖެހިދާނެ ކަމަށް މީގެ ކުރިން މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ސްކޫލުތަކަށް މިނިސްޓްރީން އެންގި ބައެއް ކަންތައްތައް

- ދަރިވަރުން ސްކޫލަށް ހާޒިރުވުމުގެ 15 މިނެޓު ކުރިން މުވައްޒަފުން ސްކޫލަށް ރިޕޯޓުކުރުން

- ސްކޫލު ގޭޓުން ދަރިވަރުންނާއި މުވައްޒަފުންގެ ހުން ހުރި މިންވަރު ބެލުން. އެގޮތަށް ބަލާއިރު 37 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ ހުން ގަދަވެ ބަލީގެ އަލާމާތްތައް ހުރި ނަމަ ކަމާ ބެހޭ އިދާރާތަކުގެ ލަފައަށް އެދުން

- ދަރިވަރުން އަތް ދޮންނާނެ ގޮތް ހަމަޖެއްސުން

- ކިޔަވައިދޭއިރު ފޭސް މާސްކް ބޭނުންކުރުން. ދެ އަހަރުން ދަށުގެ ކުދިން އަދި ނޭވާލުމުގައި ދަތިތައް ހުންނަ ދަރިވަރުން އެ މާސްކް ބޭނުންކުރާކަށް ނުޖެހޭނެ

- ގައިދުރުކޮށް ތިބުމަށް މާކްކޮށްފައި ބެހެއްޓުން. ދަރިވަރުންނާއި މުވައްޒަފުން އިށީނދެ ތިބުމަށް ތިން ފޫޓުގެ ދުރުމިން ބެހެއްޓުން

7 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 12%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

(މުހައްމަދު)

12 June 2020

މާލޭ ސްކޫލް ތަކުގެ ކުލާސް ރޫމެއްގަ '3 × '3 ގައިދުރު ކޮށްގެން ތިބެވޭނީ ކިތަށް ކުދިންނަށް ތޯއެވެ؟

The name is already taken The name is available. Register?

Ali Gasim

12 June 2020

ބަލި އެއްގޮތަކަށް ވެސް ނެތްރަށްރަށުގެ ކުދިންނަށް ކިޔަވައިދިންނަ މަ ރަނގަޅުވީސް އެކުދިން ތައުލީ މުން މަހުދީ މު ކުރާކަށް ނުޖެހޭ މާލެއޮތީ ބަލިމަޑުކަމުގަ ނުޅިރާއްޖެއެއްނޫން ލޮކްޑައުންކުރުމުން ރަށްރަށަށް ބަލިދިއުމުގެ ފުރުސަތެއްނެތް އެރަށްރަށުގައި ކިޔަވާދޭ ްްްްްްްްްްްްްްްްްްްްންޖެހޭނ

The name is already taken The name is available. Register?

ކާނިވާ ސަރަހައްދުން

12 June 2020

އަދިވެސް ދުވަހެއް ނޭނގޭ. ކިހާދެރަ. މިސްކިތަށް ދާހިތްވަނީ އަވަސް ކުރައްވާ. ޅަކުދިންނާ ޒުވާނުން މިސްކިތާ ދުރުވެދާނެ މާލަސްވަންނާ.

The name is already taken The name is available. Register?

ފަހުދު

12 June 2020

މިދިޔަހަފްތާގަ ސައުތު ކޮރެއާގަ ލުއިދިނުމައްފަހު ކުއްލިޔަކައް 500 ސްކޫލް ބަންދުކުރި.

The name is already taken The name is available. Register?

ނަން

12 June 2020

ހޮޓާ ރެސްޓޯރެންޓްތައް އަދި މިސްކިތްތައް މާލޭގައި ހުރިި ދައުލަތުގެ އޮފީސްތައް 15 ޖޫންގައި ނުހުޅުވާ ަ އަންނަ ޖުލައި މަހު ހުޅުވާއިރު އެއާއެކު ސްކޫލުތައް ހުޅުވުން ގޯސް. ސްކޫލުތަކުގައި ކުޑަކުޑަކުދިން ގިނައީ ވަރަށް ގިނަ ފަހަރަށް އެކުދިންނަށް އަނގަޔަށް ތަކެތިލެވޭނެ. ކުޑަކުދިންގެ ތެރޭގައި މި ބަލި ފެތުރުމުގެ ފުރުޞަތު ވަރަށްބޮޑު. އެނޫންތަންތަން ހުޅުވާ ބަލީގެ އަސަރު މުޖްތަމަޢަހުރީ ކިހާ ވަރަކަށްތޯ ބެލުމަށްފަހު ސްކޫލުތައް ހުޅުވާލުން ބުއްދިވެރީ.

The name is already taken The name is available. Register?

ސްކިޕަރ

12 June 2020

ދުވާލަކު 20 ޕޮޒިޓިވް ކޭހަކީ މާލެވަރުގެ ކުޑަރަށަކަށް ވަރަށްބޮޑު މިންވަރެއް. އެއީ 4.8މިނިއަން މީހުން އުޅޭ ނިއުޒީލޭންޑުކަހަލަ ގައުމެއްނަމަ ދުވަހަކު 60000 މީހުން ޕޮޒިޓިވް ވަމުން ދިޔުން ކަހަލަ ކަމެއް. އެކަމަކު ނިޒުޒީލޭންޑުންވެސް ސްކޫލު/ޔުނިވާސިޓީ ފަދަ ތަންތަން ހުޅުވީ އެންމެ މީހަކުވެސް ޕޮޒިޓިވްނުވާނެ ފެށުމުން. ރާއްޖޭގެ އެހެން ރަށްރަށް ހުޅުވުން މައްސަލައެއް ނޫން. އެކަމަކު އަދި މާލޭގެ މިފަދަ ތަންތަން ހުޅުވުމަކީ މުޅި ރާއްޖެއަށްވެސް އޮތް ބޮޑު ނުރައްކަލެއް.

The name is already taken The name is available. Register?

އޭނަ މީނަ

12 June 2020

ކަލޭ އަޅެ ނިއުޒީލެންޑާއި މާލެ އަޅާނުކިޔަބަލަ. ޕޮޕިއުލޭޝަން ޑެންސިޓީ މާލެޔާއި ނިއުޒީލެންޑާހުރި ތަފާތު އަޅާކިޔާބަލަ. މިބަލި ބޮޑަށް ފެތުރެނީ ކުޑަތަންތާނގައި ގިނަ މީހުން އުޅޭތީ. މިކަމާމެދު ވިސްނާލާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454