ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ:ނިޝާން އަލީ/މިހާރު
15 ޖޫން 2020 - 16:39
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްލާމްދީނާ ޚިލާފުވެވަޑައިގެން، ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރެއްވި ކަމަށް ބުނެ މީހަކު ދައްކާފައިވާ ވާހަކައިގެ މައްސަލަ ބަލައި ދައުވާ ކުރަން ހުށަހަޅުއްވާފައިވީ ނަމަވެސް މިހާރު އެ މައްސަލަ ކުރިއަށް ގެންދަން އެދިވަޑައިނުގަންނަވާ ކަމަށް އެމަނިކުރާނު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިދިޔަ މެއި މަހުގެ 17 ގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަޝީދު، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ވިދާޅުވެފައިވާ ކަމަށް ބުނެ ދެއްކި ވާހަކައަކާ ގުޅިގެން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިވަޑައިގެން ހުށަހަޅުއްވަން އެ މަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.
ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އެޅުވީ، މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރ. އަނގޮޅިތީމު، ޖީޒާގެ އިބްރާހިމް އަލީ ނަމަކަށް ކިޔާ މީހެކެވެ.
އެހެންވެ، އޭނާގެ އިންޓަވިއު ބްރޯޑްކާސްޓް ކުރި ޗެނަލްގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވުމަށް އެދިވަޑައިގެން، މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުއްވުމަށް ނަޝީދު ނިންމަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ކުރިން ބުނެފައި ވެ އެވެ. އެ އިންޓަވިއު އަކީ ހަގީގަތުގައި ޔޫޓިއުބްގައި މީހަކު އާއްމުކޮށްފައިވާ ވީޑިއޯ އެކެވެ.
އެ މައްސަލައިގައި ހިމެނޭ ވީޑިއޯ ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ ހިއްސާ ކުރެއްވި ބޭފުޅުންގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނިވަޑައިގަންނަވާ އިރު، އިމްރާން ހޯމް މިނިސްޓަރަކަށް ހުންނަވައިގެން އެ ވީޑިއޯގެ މައްސަލަ ބެލޭނެ ކަމަށް ދެކަމަށް ދެކެވަޑައިގަންވަންތޯ މަޖިލީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި ނޫސްވެެރިއަކު ސުވާލުކުރި އެވެ.
އެ ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ އިމްރާން ހުންނަވައިގެން ފުރިހަމަ ތަހުގީގެއް ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ. އިމްރާންގެ މިނިސްޓަރުކަމުގެ އަހުލާގާއި ގާބިލުކަމާ މެދު އެއްވެސް އިރަކު އޮމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"ދެން އެވީޑިއޯ ތަހުގީގު ހަގީގަތުގައި ނުކުރުމަށް އަޅުގަނޑު އެދެނީ. ދެން އަޅުގަނޑަށް މައްސަލައެއް ނެތޭ މީހަކު އަޅުގަނޑާ ދިމާލަށް އެއްޗެއް އެހެން ބުނެލިއެއްކަމަކު. އެއީ އަޅުގަނޑު ކަންބޮޑުވާކަމެއް ނޫން. އަދި އަޅުގަނޑުމެން މި މާލޭ މަގުމަތީގައި އަދި ރާއްޖޭގެ [އެހެން ރަށްރަށުގެ] މަގުތަމަތީގައި ހިނގާބިނގާވެ މިއުޅެނީ އަބަދުމެ. ގޮވާ އެއްޗެއްސެއް މަދެއް ނޫނެއް ނޫންތޯ؟ އެކަމައިގެން ދެން އަޅުގަނޑު ދެފައި އެއްތާ ނުޖެހިގެނެއް ނޫޅެން،" ނަޝީދު ވިދާޅުވި އެވެ.
އެކަމަކު މަޖިލީހުން ކުރިން ނެރުނު ބަޔާނުގައި އޮތް ގޮތުން ވީޑިއޯގައި ވާހަކަ ދައްކާ މީހާއާ ދެކޮޅަށް ދައުވާކޮށްދޭން އެދިވަޑައިގެންނެވީ އެމަނިކުފާނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިއީ މީގެ ހަތް އަހަރު ކުރިން، 2013 ގައި އާންމުވި ވީޑިއޯ އެކެވެ. އޭރު ނަޝީދާ އިދިކޮޅު، އެކަމަކު މިހާރު ސަރުކާރުގެ ތެރޭގައި ތިއްބެވި ބައެއް އިސް ބޭފުޅުން މި ވީޑިއޯ އަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި ކަން ފަހުން ހާމަވެފައިވާ ޓުވިޓާ ޕޯސްޓުތަކުން އެނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނާ
06 June 2021
އިންޝާ ﷲ
ނަޝީދޫ
16 June 2020
ޢަހަންނަށް ފެންނަނީ އޭނަ އެހެން ބުންޏަސް ތިޔާ މައްސަލައިގެ ޝަރީޢަތް ލައިވްލޮށްގެން ބަލަން. ތީކީ ރާއްޖޭގެ މީހުނަށް އޮޅިފައި އޮތްކަމެއް ނޫން. މާސިޔާސީ ގޭމު ކުޅެން އުަޅުނަސް
މީސަ
16 June 2020
އެއީ ތެދަކަށްވެ މީނާގެ ހުރި ނުބައި ނުލަފާކަން މީހުންނަށް އިތުރަށް އެނގިދާނެތީ ބިރުގަތީ، މީނާ ހީކުރީ މީނާގެ އެ ޢަމަލު މީހުންނަށް ނޭނގޭކަމަށްތަ މިރާއްޖޭގެ އެންމެންވެސް ދަނޭ ނަމަވެސް ޕާޓީ ކުދިންކޮޅު ތިބެނީ އެކަމަށް ދެލޯމަރައި އަނގަ ލައްޕައިގެންނެވެ. އެކަން އެނގެނީ އެމީހުންވެސް އެމީހުންގެ ރައްޓެހި އެހެން ޕާތީތަކުގެ ކުދިންގެ ކައިރީ ކިޔައިދޭތީއެވެ.
އަށްޑޫ ކަތީބު
16 June 2020
ކިތަންމެ ވަރެއްވިޔަސް ދެނެއް މިގައުމުގެ ރައީސް ކަމަކަށް ނާދެވޭނެ.
އެހެންޏާ
16 June 2020
އޭނައާ ދިމާއަށްވުރެ ބޮޑަށް މިފަހުން އޭނާ ރުޅިއަންނަ މީހަކާ ދިމާއަށް މާގިނަ މީހުން އެއްޗެހިތަކެއް ކިޔައިފި. އެހެންވެ އޭނާ ކުޑަކޮށް ހިތްހަމަޖެހިއްޖެ އޭނާއަށްވުރެ އެހެން މީހަކު ދެކެ ބަޔަކު މާ ބޮޑަށް ރުޅިއައިއްސަ ތިބިކަން އެނގިގެން. ހިތްހަމަޖެހުނުވަރުން އެއްކަލަ މީހާއާމެދު އޮތް އަދާވާތްތެރިކަން ދޫކޮށްލައިފި ވަގުތީ ގޮތުން.
ރީތި މޫސަ
16 June 2020
މީނުބަލާ ދޫކޮށްލާވަރުގެ މައްސަލައެއްނޫން ރާއްޖޭގެ އެންމެމަސްހޫރު ޝަހުސިއްޔަތާއި ބެހޭގޮތުން ތިވަރުގެވާހައެއްދެއްކީމަ ނުބަލާދޫކޮށްފިނަމަ ތިކަންފަހުންއަދިމާގޯސްވާނެ ތެދުދޮގު ތިކަމުގައި ރައްޔިތުންނަށް އެގެންޖެހޭ
ރީތިނޫންތަ
16 June 2020
ދޮގުހަދައިގެން މައްސަލަ ބެލޭނީ އިދިކޮޅު ސިޔާސީ މީހުންގެކަން މުއިއްޒުއާ ވަހީދުގެ މައްސަލައިން އެބަ ސާފުވޭނު؟
ދސފސ
16 June 2020
މިމީހުން ބުނާހާކަމެއްތަ ކޯޓުތަކާއި ޕޮލިހުން ކުރަންވީ .. ޢާއްމު މީހެއްވިއްޔާ ޒިންދަގީ ދިޔަޔަސް ދުލެއް ނުކުރާނެ ކޮޕީ ދަޅެއްވަރު ކަމެއްވިޔަސް
މަރޭމިރުތާ
15 June 2020
މައްސަލަ ބަލައިފިއްޔާ ހެކީގެ ގޮތުގައި ވީޑިއޯ ތަކާއި އެއްޗެތި ދެއްކީމަ ކާކުގެ ސޯޓެއްބާ ބޭލޭނީ! އެހެންވެ އެއީ!
ގުޑިއަރުވާ އަހަންމަދު
15 June 2020
މަޖިލީހުގެ ނަން ބޭނުންކޮށްގެން އަމިއްލައަށް މައްސަލައެއް ހުށަހެޅުން އެއީ ކޮރަޕްޝަން ނޫންތޯ! މައްސަލަ ބަލައިފިނަަމަ އެކަމުގައި ބެދެނީ މަނިކުފާނު ވީމާ ދެން އެ މައްސަލަ ނުބަލަން އެންގެވީތޯ އަނެއްކާ!
ފާމުލަދޭރި ކިލެގެފާނު
15 June 2020
"ނަޝީދާ ބެހޭ ގޮތުން ދޮގު ވާހަކަ ދެއްކި މައްސަލަ ނުބަލަން އެދިވަޑައިގެންފި" މިކަން އެއްވެސް މުއައްސަސާއަކުން ތަހުގީގު ކޮށް އެއިގެ ދޮގު ތެދު ބެލިފައިނުވާ އިރު ދެއްކި ދޮގު ވާހަކަ ނުބަލަން އެދިވަޑައިގެންފި ކަމަށް އޮތީމަ ސުވާލު އުފެދޭ. އެއީ ދޮގެއްކަން ކަށަވަރު ނުވާހާހިނދު ދޮގެކޭނުބުނެވޭނެ.