އިދިކޮޅުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ ވާހަކަދައްކަވަނީ -- ފޮޓޯ: ޕީޕީއެމް/ޕީއެންސީ
16 ޖޫން 2020 - 19:44
ފުލުހުންގެ ހައްގުތައް ދިފާއުކުރަން އިދިކޮޅުން އޮތީ ތައްޔާރަށް ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ ދިވެހި ފުލުހުންނަކީ ދިވެހިންނަށްޓަކައި ގިނަ ގުރުބާނީތަކެއް ވަމުން އަންނަ ބައެއް ކަމަށެވެ. އަދި އެ މީހުންގެ އަގު ވެއްޓޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ވާހަކަ ދައްކަވަމުން އަންނަ ކަމަށް ވިދާޅުވެ، އެކަމާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ސަބަބެއް ނެތި، އެއްވެސް ކަހަލަ އަސްލެއްގެ މައްޗަށް ބިނާކުރުމެއް ނެތި އެމްޑީޕީ ވެރިިކަމަށް އަންނަ ކޮންމެ ފަހަރަކު ދިވެހި ފުލުހުންގެ މުއައްސަސާގެ އަގުވައްޓާލާ ދިވެހި ފުލުހުންނަށް މަލާމާތްކޮށް ފުރައްސާރަކޮށް އެ މީހުންނަށް މަގުމަތީގައި އުޅެން ދަތިވާ ގޮތަށް ކަންތައްތައް އެބަ ގެންދޭ،" އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް އެހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހެޅުއްވި "ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް" މަޝްވަރާކުރައްވަމުން އެމްޑީޕީގެ މެމްބަރުން، ފުލުހުންނަކީ އެއްވެސް އަހުލާގެއް ނެތް ބައެއް ކަމަށް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. މިފަދަ އަމަލުތައް އިދިކޮޅުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި މިއީ ދިވެހިން ބަލައިގަންނާނެ ފަދަ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކޯލިޝަން، ޕީޕީއެމް/ޕީއެންސީ ކޯލިޝަން އޮންނާނީ ދިވެހި ފުލުހުންގެ ހައްގުގައި މަސައްކަތްކުރަން ތައްޔާރަށް، ތިބޭފުޅުންގެ ހިދުމަތުގެ އަގު އަޅުގަނޑުމެން އަބަދު ވެސް ވަޒަންކުރާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ ބިލްގައިވާ ގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފުލުހުންނާ ގުޅޭ ބޮޑެތި ބާރުތަކެއް ލިބެ އެވެ. މިކަމަށް އިޝާރާތް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ގައުމެއްގެ ސަލާމަތީ ކަންތައްތައް ދަމަހައްޓަން ގާއިމްކޮށްފައިވާ މުއައްސަސާތަކަށް ބަދަލުގެނައުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ މުއައްސަސާއެއްގެ މުވައްޒަފުން ގޯސްކޮށް އަމަލުކުރާ ނަމަ އެ ކަމެއް އިސްލާހުކުރަން ވާނީ އެ މުއައްސަސާގެ އަގުނުވެއްޓޭނެ ފަދަ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިއަދު މި ފެންނަ މަންޒަރަކީ އަޅުގަނޑުމެންގެ ފުލުހުންގެ މުއައްސަސާ ވަކި ގޮތަކަށް ބައްޓަން ކުރުމަށް ކުރެވެމުންދާ ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން ފުލުހުންގެ ހުވާއާ ގުޅޭގޮތުން މަޝްވަރާކުރަމުން އަންނަ ބަދަލުތަކާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮކިއަލި
17 June 2020
މާވެގެން އުޅޭނެކަމެއްނެތް. އެޑްވާންޓޭޖެއްނެގިދާނެކަމަށް ފުލުހުންގެ ހިމާޔަތޭ ސިފައިނޭ ފަޅޮލޭ ކިޔަނީ. ފުލުހުންވެސް ސިފައިންވެސް އަމިއްލަޔަށް އެމީހުންގެ ވަޒީފާ އަދި ތަނުގެ ހައިބަތު ހިަފަހައްޓާނެ. އެހެންނޫނީ އެތަންތަނެއް ނުހުންނާނީ. އަނެއްކޮޅުން ސިފައިން ފުލުހުންނޭ ކިޔައިގެން ރައްޔިތުން ބޭނުންއެއްޗެއް ބޭނުންވީމާ ކިޔާވެސް އުޅޭނެ. އެއީ ސަރުކާރަކަސް އެހެންތަނަކަސް، ޕްރައިވެޓަކަސް އެކަން އޮތްގޮތް.
ވައިސޫރި
17 June 2020
ތިޔަހުރިހާ އެންމެން ތާށިވާދުވަހަކުން ސަލާމަތް ކުރަން ނިކުންނަން އޮތީވެސް ހަމަ އެމް ޑީ ޕީ ވެދިޔަތަނުގާވެސް ކަންތައް ގޮސްފާވަނީވެސް ހަމައެގޮތައް ޕީ އެން ސީ އަކައް އެކަކުވެސް ސަލާމަތް ކުރެވޭވަރުގެ ހިއްވަރެއް ނެތް ކަންގަބޫލު ކޮއްބަލަ
ކަކުނިބޯ
17 June 2020
ކޮން މެ ޕާޓީއަކުންވެސް އެޕާޓީއެއްގެ ލޯގޯ ޖަހާގެން މިދަނޑިވަޅު ފޮތި މާސްކް ބަހަންފަށައިބަލަ ދެން ތިބެބަލަ މާސްކް އަޅައިގެންދާއިރު އެގުނަން
ރިހި ރާންބާގަސް
17 June 2020
ހައްގުތަކެއްގެ ވާހަކަދައްކަން ތިޔައީ ކާކު؟ ތިމާގެ އަމިއްލަ ނަފްސައށް އަދާކުރަންޖެހޭ ހައްގުތަށްވެސް ކަލޯއަށް އަދާނުކުރެވޭ! މިރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުނޑާލާ ފުލުހުންނާ ސިފައިންލައްވާ ހަޑިހޭވީ ކިލޯމެންގެ ވެރިކަމުގަ އިރުއިރުކޮޅާ ޕޯޑިއަމްތަކަށް އަރާ ކޮންހާ ދޮގުވާހަކަތަކެއްދައްކަން ކޯއްޗެއްސާބިތުކުރަން ތިއުޅެނީ؟
ލުތުފީ
17 June 2020
ބާޣާވާތަކަށް ދަޢުވަތުދެނީ އުތަ!
ރަންޖަބީލުު
17 June 2020
ފުލުސް ކަމިޝަނަރާއި އެމްއެންޑީއެފްގެ ވެރިޔާ ލައްވާ "ލިޔެފައި ދިން ބަޔާނެއް" އެ ބޭފުޅުންނަށް މަޖުބޫރުކޮށްގެން ޓީވީއަށް އަރުވާ ކިޔުއްވީ ތިޔަ ބައިގަނޑު. ސުޕުރީމް ކޯޓްގެ 01 ފެބްރުއަރީ 2018 ގެ ހުކުމާއި ގުޅިގެން ހިނގާ ދިޔަ ކަންކަން ހިތަށް ގެންނަވާ
ރަށުމީހާ
17 June 2020
އަދުރޭ ކިތައް މީހުން ނުކުންނާނެ?
ސަންޕާޅޯ
17 June 2020
ކިބުރުވެރި ބަސް ބުނާ ވަރަށް އަދި ސަރުކާރަށް ރައްޔުތުންނަށް ކަމެއް ކޮށްނުދެވޭ. ނުކުންނަން ޖެހުނީމަ ނުކުންނަން ތައްޔާރަށް މިތިބީ.
އަލްޖިބްރާ
17 June 2020
ޔާމީނުގެ ވެރިކަމުގައި އާއްމުންނަށް އަނިޔާކުރަން ނެރުނު ބައެއްގެ ހައްޤުތަށް ކަލޭމެން ރައްކާތެރި ކޮށްދޭނެ ގޮތެއް ބުނެދީބަލަ ؟
އާރީ
17 June 2020
އެތަށް ފުލުހުން ކަނޑާ މަގުމަތި ކޮށްލާ ނުވިތާކަން ޖަލަށްލައި ފުލުހުންނަށް ބިރުދަށްކާ ގެން އެތަށް ޖަރީމާއެއް ހިންގި ފާޓީއެއް ތި ފީފީއެމަކީ. މިއަދު ފުލުހުންނޭ ކިޔާ ވާހަކަ ދަށްކަން މާކަ ތާހިރެއް ނޫނޭ.
މަރީސް
17 June 2020
އެމްޑީޕީ އަކީ ހުރިހާކަމަކަށް އޮތް ހައްލު. ފުލުހުންގެ މުއައްސަސާވެސް އިސްލާހުކުރާނީ އެމްޑީޕީން. ތަނެއް އިސްލާހު ކުރަން އުޅެންޏާ ޕީޕީ ކުދިން ވަރަށްކަންތަށްބޮޑުވާނެ.