ފުލުހުން މުޒާހަރާއެއް ކޮންޓްރޯލް ކުރަނީ: އެޗްޕީއޭގެ އެންގުމާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް ވަނީ އިލްތިމާސްކޮށްފައި.---ފޮޓޯ: މިހާރު
20 ޖޫން 2020 - 17:40
މާލޭގައި އެއްވުންތައް ބޭއްވުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމަކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ އިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުންތަކާ ހިލާފަށް އެ ފަދަ އެއްވުންތައް ނުބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
މާލީ ހާލަތު ދަށްވެފައިވާ ދުވަސްވަރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެކަށީގެންވާ މަސައްކަތް ނުކުރެއްވޭ ކަމަށް ބުނެ އަންނަ ހޯމަ ދުވަހު މަޖިލީހުގެ އިދާރާ ކައިރީގައި މުޒާހަރާ ކުރަން، ސިޔާސީ ހަރަކާތް ހިންގާ "ނަވާނަވައި"ން ވަނީ ނިންމައިފަ އެވެ.
އެ މީހުންގެ ޝަކުވާ އަކީ މާލީ އެހީ އާންމުންނަށް ފޯރުކޮށްދިނުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވި އަދި ކުލި ކޮންޓްރޯލް ކުރުމާއި ތިމާވެށި ހިމާޔަތްކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް މެމްބަރުން ނޭޅުމެވެ.
ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް އިލްތިމާސްކުރަން!#EaseDownPhase2#COVID19Maldives#StayHomeStaySafe pic.twitter.com/GuwrhvFQon
— Maldives Police (@PoliceMv) June 20, 2020
ފުލުހުން މިއަދު އާއްމު ކުރި ލިއުމެއްގައި ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު އަދި ލޮކްޑައުންގެ ހާލަތަށް ލުއި ދިނުމުގެ ދެ ވަނަ މަރުހަލާގައި ވެސް އާއްމު ތަންތަނުގައި ވެސް އެއްވެ އުޅެވޭނީ އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ ނުވާ ގޮތަށް ކަމަށެވެ. އެކަމަކު އެޗްޕީއޭގެ އެ އެންގުމާ ހިލާފަށް ބައެއް ފަރާތްތަކުން އެއްވުންތައް ރާވަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައި ވެ އެވެ.
ފުލުހުން ވަނީ މި ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއް ނުވުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށް ނެރެން އިރުޝާދު ދިނެވެ.
ނަވާނަވައިން ވަނީ މުޒާހަރާ ކުރާއިރު އެންމެން މާސްކް އެޅުމަށް އެދިފަ އެވެ. އެކަމަކު މުޒާހަރާ ކުރިއަށް ގެންދާނީ ކިހިނެއް ކަމެއް އެތަނަކުން ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަދުރު
21 June 2020
ގިނަ ދިވެހިން ވިސްނުން ހުންނަނީ ފައިގެ ބޮޑުވާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއިނގިއްޔާ ހަމއައް. ބަޔަކު ލާރިކޮޅެއް ދިނީހެން ބޮޑައް ހީވަނީ. ޢެކަށީގެންވާވަރައް ލާރި ލިބުނީ މަ ބުއްދި މަސައްކަތް ކުރާނީ އާސް މާނުގަ. ޢެހެންނާފަހެ މީކިހާ ތާހިރު ވަގުތެއް މުޒާހަރާ ކުރަން. ޙިތުން މިއުޅެނީ އެ މެރިކާގަ ޔޯލަ.
ހާސަރު
21 June 2020
އެއްވުން ބޭއްވީމަތަ ކޮވިޑް ފެތުރެނީ. އެޗްޕީއޭ ކަންތައްކުރާގޮތުގެ ވާހަކަ ދައްކާބަލަ! މިހާރު ރާއްޖޭންބޭރުން އަންނަ އެންމެން ހޯމް ކަރަންޓީންއަށް ފޮނުވަނީ އެއަރޕޯޓުން އާންމު ޓެކްސީތަކުގާ! މިއީ ކިހިނެއް ރައްކާތެރި ކަމަކަށް ވަނީ!؟
ގޮތް ބޮޑު ދިވެހިން
21 June 2020
އެެއްވާންވީ ވަގުތެއް ނޫން މީ. ތިމާޔާ ތިމާގެ އާއިލާގެ ރައްކާތެރިކަމަށް ޒަރޫރީ ބޭނުމެއްގައި ނޫނި ނިކުންނަށް ހެޔޮ ނުވާނެ. ކޮންމެ ގެއެއްގައި ހައި ރިސްކް މީހުންނާ އުމުރުން ދުވަސްވީ މީހުްނ އުޅޭ
ުވައިސޫރި
21 June 2020
ވާތުފިޔައަކީ ހަރުކަށި ފިކުރު ވީމާ މިހާރުވެސް ހައްޔަރު ކުރުންލަސްވެއްޖެ ކަމައްފެނޭ އަދިތިޔަމީހުންތިޔަބުނާ ޖަމާއަތަކީ އެއްވެސް ތަނެއްގާ ރަޖިސްޓުރީ ވެފާވާބައެއްތޯވެސް ބަލަންއެބަޖެހޭ އަދި މިމީހުން އަބަދުވެސް ގާނޫނާޙިލާފު ކަންތައްތައް ކުރުމައް މީހުންނައް ހިއްވަރުދޭނެ ހެއޮނުވާނެ ތިތަނައްނުދާތި
ވީވީ
21 June 2020
މިއީކީ އެއްވާން އެންމެ ރަގަޅު ވަގުތެއްނޫން. ކޮވިޑުން މެކުހަށް ޖަހަންއުޅޭ ފަދަ ދުވަސްކޮޅަކު އެއަށް އެހީތެރިނުވުން ރަގަޅުވާނީ.
އެއްކަލަ ސޮރު
21 June 2020
ހަމަ ހޯމައިގަ ތަ އޮތީ؟ ރޭގަނޑާ އެއްކޮއް ކުރައްޗޭ. އޭރުން ޑިއުޓީ ނިންމާފައި ދެވޭނީ.
ބޮޑުމީހާ
21 June 2020
މުޒާހަރާ ކުރެވޭނެ. ރައްޔިތުންގެ ހައްގުތަކަށް އަރައިނުގަނެ ހަމަހަމަކަމާއި، އިންސާފު އޮތްނަމަ މުޒާހަރާއެއް ނުކުރާނެ. ކުރާނެ ކަމެއް ނެތިގެން ނޫން މުޒާހަރާއަށް ދަނީ. ކަލޭމެން އެޖެންޑާ 19 އޭ ކިޔައި ޒީރޯޓޯލަރެންސޭ ކިޔައި މުޅި ބައިތުލްމާލު ބަހާ ހުސްކޮށް ރައްޔިތުމީހާއަާް 4000 ދަރަނި ކުންފުނީގެ މެނޭޖަރަށް އެއްލައްކަ ދިނީމަ މުޒާހަރާ ނުކޮާް ދެން ކީއްކުރާނީ. ފުލުހުންވެސް ބަހަނާ ނުދައްކައި ބައިވެރިވާންވީ
ބޮޑުކަތީބު
21 June 2020
ކަމެއްގެ މަތިއަޅަންވީމަ ދެންކިޔައިގަންނާނީ ބޮޑުޙިޔާނާތޭ. ޔާމީނު އެއްބިލިޔަން ނެގިޔަސް ނުނެގިޔަސް އެއަށްވުރެ ގިނައިންނެގިއަސް މިރާއްޖެނުދެކޭވަރުގެ ތަރައްގީ އެއޮތީގެނެއްސަ. މި އެމްޑީޕީ ކަމަކީ އެކުވެރެިންނަށް ބިލިޔަނަނެއް ބަދަލުދެނީއޭކިޔާ ބަހާފަ ހަރުކަށި މަޑުކަށި ކިޔަމުން ފިތުނައުފެއްދާ ބައިބައިކުރުވުން. ޔާމީނު ވެރިކަން ހާސްބައި ރަނގަޅު. އެއްޗެއްލިބުނު ވިއްޔަ އޭނަ ކައިފަވެސް. ދީނީ އިލްމުވެރިންނާ ޖެހިގަނެއްނޫޅެ.
ނައީމް
21 June 2020
ބަލަގަ މުޒާހަރާ ހަމަ ކުރަންވީ. އެކަމަކު މިއީ އެވަގުތެއް ނޫން ބޭފުޅާ. އަދި މުޒާހަރާ ކުރަނީ ތިރީގައި މިހިރަ ސަބަބު ތަކަށް ޓަކާތަ؟؟ - ފެނާ ކަރަންޓް އަގުހެޔޮ ކުރުން - ވަޒީފާ ނެތް މީހުންނަށް 5000 ދިނުން - ކޮވިޑު ޖެހޭ މީހުންނަށް ހިލޭ ބޭސް ފަރުވާ - ރަށް ރަށަށް ދާން ތިބި މީހުން ހިލޭ ސަރުކާރުން ގެންދިއުން އަދިވެސް އެތައް ކަމެއް. އިގޭތޯ މިއީ ކިހާ ގިނަ ފައިސާކަން ދައުލަތުން ހަރަދު ކުރާ؟ ސިޔާސީ މަންފާ ނަގަން ނޫޅެ އިހަށް ވިސްނާލާ
ހައްގުބަސް
21 June 2020
ހިޔައެއްނުވޭ މި ސަރުކާރަކަ ރާއްޖެ ތަރައްގީ ކުރެވޭނެހެން. މިހާރުވެސް ކުރަމުންދާ ތަރައްގީއަކީ ރޔާމިން ފަޝާފަހުރިކަންތައް
ރަކީދު
21 June 2020
ޔަގީން ނުކުރެވޭނެ. ތިޖޫރީގަ ނޫޓެއް ނެތްތާ އޭގެ ފުލެއްވެސްނެތް. ޗާޕުކުރަނީއެއޮތްގެން ގައުމު ހިންގަންނޭންގިގެން
ތެދުވެރިޔާ
21 June 2020
ރާއްޖޭގެ ފަންޏަކީ މަޖުލިސް ރައިސް އޭނާ އެމްޑީޕީން ވަކިކުރަން އުޅެބަލަ. ޤައުމައްވެސް ލިބެނީ ގެއްލުން އޭނާގެ ސަބަބުން.
ފަރުދީ
21 June 2020
ބަލަގަ މަޖްލިހުންތައް ޚިދުމަތް ފޯރުކޮށްދެނީ؟ ތި ބައިގަނޑު އެއުޅޭނީ އެހެން ކުޅިއެއް ކުޅެން. ރައީސް އޮފީސް ދޮށާ މިނިސްޓްރީ ތަައް ކައިރިއަށް އެއްވެބަލަ. ހޭބަލި ވެދާނެ.
ރީތި މޫސަ
21 June 2020
ފުރުތަމަ ހުރިހަކަމެއްގޯސްކުރީ މަޖުލީހުގެ ރައީސް ދެންކިހިނެއްތޯ ކަންކަން އިސްލާހްކުރާނީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައިތިބެގެން ރައްޔިތުންއަގުވައްޓާލަނީ މުޖުތައަމައަށް ދައްކަނީ ހުތުރުމަންޒަރުތަށް މިކަންއިސްލާހްކޮށްގެންނޫނީ ޤައުމުއިސްލަހެއްނުކުރެވޭނެ ރިވެތިއަޚްލާޤްއަލާވާނީ ރިވެތިމިސާލުން
އަހުމަދުބެ
20 June 2020
ބަލަގަ ޔާމީނަކަސް، އަދި އިބޫއަކަސް ޖެހެނީ އެއްތާކު ސަރުކާރު އޮންނަނީ ނަމެއްގަ. ހުރިހާ މޮޅެއް ބޮޑެތި ސިޔާސީ ފަރާތްތަކަށާއި ބޮޑެތި ފައިސާވެރިންނަށް. އެތައް މަސައްކަތްތެރިންނެއް ވަޒީފާގެއްލި، ލިބޭ އާމްދަނީ މަދުވެއްޖެ. އެތައް ބަޔަކު މާލޭގައި ކުލި ދައްކާނެ ގޮތެއް ނެތި ދަރަނިވެރިވީ އިރު ލޯނަށް ލިބުނު ހުރިހާ ފައިސާއެއް ބޮޑެތި ފައިސާވެރިންނަށް.