ކޮވިޑުން ރައްކާތެރިވާން މާސްކް އަޅައިގެން މާލޭގެ މަގެއް މަތިން ބަޔަކު ދަނީ. ރައްކާތެރިކަމަށް ކުރިން ސަމާލުކަން ދިން. ފައިލް ފޮޓޯ/މިހާރު
21 ޖޫން 2020 - 11:31
ފެންނަ ހުރިހާ އެންމެންހެން ތިބެނީ މާސްކް އަޅައިގެންނެވެ. ބައެއް މީހުން ތިބެނީ އަންގި ވެސް ލައްވައިގެންނެވެ. ފިހާރައަށް ވަންނަނީ ވަރަށް ވިސްނައިގެން ފަހަރަކު ބައެކެވެ. ބާޒާރުކޮށް ނިމުމާ އެކު އަވަސް އަވަަހަށް ދަނީ ގެއަށެވެ. މިއީ މީގެ ހަފްތާއެއް ކުރިން މާލެ ތެރެއަށް ނުކުމެލުމުން މަންޒަރު ފެނުނު ގޮތެވެ. އޭރުވެސް އެކަން އެގޮތަށް ކުރީ ފަސޭހަ ވެގެންނެއް ނޫނެވެ. ރައްކާތެރިކަން މުހިއްމުވީމަ އެވެ.
ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި އެޅި ވަރުގަދަ ފިޔަވަޅުތައް ލުއިކޮށްލައި، ހެލިފެލިވެ އުޅެލުމުގެ ފުރުސަތު ލިބުމާ އެކު މިހާރު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ޓޭކްއަވޭ ހިދުމަތް ދޭ ތަންތަނުގެ ބޭރުގައި މީހުން ތޮއްޖެހިފަ އެވެ. ފިހާރަތަކަށް ވަންނަ އިރު ވެސް ކުރިން ސަމާލުވި ކަންތަކަށް ބައެއް މީހުން ސަމާލުވާތަނެއް ނުފެނެ އެވެ. ކަސްރަތަށް ނުކުންނަ ބައެއް މީހުން ވެސް ގައިދުރުކުރަން ސަމާލުކަމެއް ނުދެ އެވެ.
މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް ކަންބޮޑުވާން ޖެހެނީ މާސްކް ނާޅާ ތިބޭ މީހުން ވެސް ނިސްބަތުން ގިނަހެން ހީވާތީ އެވެ.
ގެއިން ބޭރުގައި މީހުން ގިނަވި ސަބަބު އެންމެ ރަނގަޅަށް ސިފަކޮށްދެެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް އެވެ. އޭނާ ވިދާޅުވީ ގޭގައި ތިބެތިބެ އާންމުން ކެތްތެރިކަން ކޮޅުންލައިފި ކަަމަށެވެ. ގައުމުތަކުގެ ސަރުކާރުތައް ވެސް އޮތީ، އޭނާ ވިދާޅުވި ގޮތުގައި، އިގުތިސާދުތައް ހުޅުވާލަން ކެތްމަދުވެފަ އެވެ.
މާލޭގެ މަގުތަކުން މިފެންނަނީ ގޭގައި ތިބެތިބެ މީހުންގެ ކެތްތެރިކަން ކޮޅުންލުމުން ފެންނަ މަންޒަރު ކަމަށް ވެދާނެ އެވެ. އެކަމަކު އެއީ، މި ނުރައްކާތެރި ހާލަތުގައި، އުޒުރެއް ނޫނެވެ.
"ވައިރަސް ފެތުރެމުން ދަނީ ވަރަށް ބާރަށް. އަދި އޭގެ ނުރައްކާތެރިކަން އަދިވެސް އެހާ ބޮޑު،" ހުކުރު ދުވަހު ބޭއްވި ވާޗުއަލް ޕްރެސް ބްރީފިންގައި ޓެޑްރޯސް ވިދާޅުވި އެވެ.
މިދިޔަ ދެ ހަފްތާއެއްހާ ދުވަހު ދުވާލަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި ހުރީ ދާދި އެއްވަރެއްގަ އެވެ. އެގޮތުން ގިނަ ދުވަސް ދުވަހު ފެނުނީ 30 އަށް ވުރެ މަދު ކޭސްތަކެކެވެ. އެކަމަކު އިއްޔެ ވަނީ ކުއްލި އިތުރުވުމެއް އައިސްފަ އެވެ. އޭގެ ކުރީ ދުވަހު ހަވީރު 6:00 ފެށިގެން އިއްޔެ ހަވީރު 6:00 އާ ހަމައަށް ހޭދަވީ 24 ގަޑި އިރުގެ ތެރޭގައި 37 މީހަކު ޕޮޒިޓިވް ވި އެވެ. އޭގެ ތެރޭގައި ޖުމްލަ 19 ކޭސްއާ އެކު ގިނައީ ދިވެހިންނެވެ.
އެއަށް ވުރެ ވެސް ބޮޑު ކަންބޮޑުވުމަކީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އިތުރުވާން ފެށުމެވެ. ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ޖުމްލަ 11 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އެއީ ޓްރީޓޮޕް ހޮސްޕިޓަލްގައި ތިން މީހުންނާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އަށް މީހުންނެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހާލު ބޮޑުވެ، މިހާރު ވަނީ ވެންޓިލޭޓަރަށް ވެސް ލައިފަ އެވެ.
ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި ވެންޓިލޭޓަރަށް ލާފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި އޮތް އުމުރުން 77 އަހަރުގެ ދިވެހި އަންހެނަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް 43 އަހަރުގެ ނޭޕާލް ފިރިހެނެކެވެ.
މި އަދަދުތަކާ އެކު އެނގެނީ ރާއްޖޭގެ ހާލަތު ވެސް އަދި އެހާ ރަނގަޅު ނޫން ކަމެވެ. ހަމަޖެހިލައިގެން އުޅެން އަދިވެސް އަވަސްކަމެވެ.
ކޮވިޑް-19 އާ ގުޅޭ ގޮތުން އެޗްޕީއޭއަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން އަންނަނީ ރައްކާތެރިކަމުގެ އުސޫލުތައް އާއްމުން ދޫކޮށްލާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޓެގްގެ ލީޑަރު ޑރ. އަލީ ލަތީފް އިއްޔެ ވިދާޅުވީ މާލެ އިން މިހާރު ފެންނަނީ މަގުތަކަށް ވަރަށް ގިނަ މީހުން އެއްވާ ތަން ކަމަށެވެ.
"މީގެ ސަބަބުން ކޮވިޑް-19 ފެތުރުމަކީ ވަރަށް ގާތް ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެގޮތަށް ބަލި ފެތުރުން އިތުރުވާ ނަމަ އަލުން ލޮކްޑައުން ކުރަން ޖެހިދާނެކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.
އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ދިން ލުއިތަކާ އެކު ހާލަތު ވަރަށް ގާތުން ވަޒަަން ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ފްލޫ ކްލިނިކްތަކަށް ދަައްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދާއި ބަލީގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދާއި މިހާރު ނަގާ ސާމްޕަލްތަކުގެ އިތުރުން މީހުން މަރުވާ އަދަދު ހިމެނެ އެވެ.
ލުއި ދިނުމާއި އަދި ކުރިއަށް އޮތް ތަނުގައި އަޅަން ޖެހޭ ފިޔަވަޅުތައް ބިނާވަނީ އެ ދިރާސާތަކުގެ މައްޗަށެވެ. ބަލި ޖެހޭ މީހުން އިތުރުވުމާއި ގުޅުމެއް ނެތް ކޭސްތައް އިތުރުވުމަކީ، އޮތް އެންމެ ބޮޑު އެއް ނުރައްކަލެވެ. ހަމަ އެއާ އެކު އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު މައްޗަށް ދިއުމަކީ ވެސް ހާލަތު ގޯސްވެދާނެ ކަމުގެ ހެއްކެކެވެ.
މިހާރު ލިބިފައިވާ ލުއިތައް ހެޔޮ ގޮތުގައި ބޭނުންކޮށްގެން ނޫނީ، އަދިވެސް ހައްލެއް ނެތެވެ. ފަރުވާ ކުޑަކޮށްލައިފި ނަމަ ދެން އަނެއްކާވެސް އެނބުރި ދާން ޖެހޭނީ ކުރީގެ ލޮކްޑައުންއަށެވެ. އެއީ އަނެއްކާވެސް މާޔޫސްކަން ބޮޑުވެ، ކެތްތެރިކަން ކޮޅުންލާނެ ސަބަބެކެވެ. އެކަމަކު އެ ހާލަތަށް ކޮވިޑް-19 ވެއްޓޭނީ، އާންމުން ފަރުވާކުޑަކޮށްފި ނަމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯއްޗެއްތޭ
21 June 2020
ކޮން ލޮކް ޑައުނެއްތޭ އެއްވެސް ލޮކް ޑައުނެއް ނޯންނާނެ އިނގޭތޭ ބޮޑު އެއް ލޮކް ޑައުން އޮންނާނީ އިނގޭތޭ...
ޑޮން 2
21 June 2020
މިހާރު ތިއުޅުއްވަނީ އާން މުންގެ ބޮލުގަޒިން މާ އަޅުވަން 4 މަސްދުވަސް މުޅިގައު މުހުޓާލީ އެއްވެސް ކަ މަކާނުލާ ، ކުރިންވެސް އޮތެއްނޫންތޯ ތިޔަގޮތް ، އަޅުގަނޑު މެން މިތިބެނީ ބާސްކެޓް ޕުރެކްޓިސް ވެސް ނުކުރެވިފަ
333223
21 June 2020
މަޖްލިސް ރައީސް މިސާކަށް ނަގައިގެން މިއުޅެނީ.
ނައީމް
21 June 2020
ބަލަގަ މުޅި ދުނިޔެއަށް މިވަރުގެ ބަލި މަޑުކަމެއް އައިސްގެން އުޅޭ އިރު ނަސީދު ނަސީދު ނުކިޔާ ސިޔާސީ ނުވެ ނިކަން އެއްފަހަރުވެސް ތިމާއަށް މިކަމުގައި ކުރެވޭނީ ކޮންކަމެއްތޯ ބަލާބަލަ. ސިޔާސީ ވިޔަސް ބޮޑުވަރު ތީ
ކޮންކަހަލަ
21 June 2020
ސަރުކާރަށްވެސް ކުރެވޭނެ ކަންކަން ހުންނާނެ. މާލޭގަ 5 ގެއިން މީހަކު ނިކުމެލާއިރަށް މަގުތައް ފުރޭކަމަށް ދައްކަނީ އުޅޭ މީހުން ގިނަކަމުން. މާލެއިން ފޭބެން ތިބި މީހުން ފޭބުމަށް ކަންކަން ފަހިކޮށްދޭންވީ. އޮންލައިންކޮށް ވަޒީފާ އަދާކުރެވޭ މީހުންނާ އޮންލައިންކޮށް ކިޔެވެން ތިބި ބަޔަކު މާލެއިން ފޭބެން އޮތްނަމަ އެކަން ފަހިކޮށްދޭންވީ. މާލެއަށް އޮތް ޑިމާންޑްކުރަންވީ. މާލޭގެ ތޮއްޖެހުން ކުޑަކުރަންވީ. ސަރުކާރު އިޚްލާސްތެރިވާންވީ ސިޔާސީގޭމް ނުކުޅެ.
ރޯނު އެދުރު 11
21 June 2020
އަމިއްލަ ޒިންމާ ކޮބާ؟ ނުޖެހޭ ޒަރޫރީ ބޭނުމެއް ނެތި ތަޅާ ބުރުވަން ސިގިރޭޓް ބޮމުން ކޮފީ ބޮމުން ގޭންގް ހަދައިގެން މުޅި މާލެ ކުޑަކުރަން މިއޮތް ބޮޑު ބަލި މަޑު ކަމެއްގައި
ބޯނުއެދުރު
22 June 2020
އަމިއްލަ ޒިންމާ އެންމެން އަދާނުކުރާތީތާ ވަގުންނާ ފޭރޭ މީހުންނާ ޑްރަގްނަގާ މީހުންވެސް އުޅެނީ. އެފަދަ ބޮޑެތި ކަންކަމެކޭ އެއްގޮތަށް ކޮފީއަށްގޮސް ސިގިރޭޓްބުއިން ކަހަލަ ކުދިކަންކަންވެސް ކުރަނީ ވިސްނުމުގަ ހުންނަ ތަފާތަކުން ނުވަތަ ގޮތްދޫނުކުރާތީ. މަނާ ކަންކަން ނުކޮށް އެންމެން ނުއުޅޭނެ ގޮތަށް ފަރުދީ ޒިންމާ އަދާއެއްނުކުރާނެ އެންމެންނެއް. މަގުމަތީ ކޮފީބޮވެން ހުރި ތަންތަން ހުއްޓުވަމަކީ ސަރުކާރުގެ ޒިންމާއެއް. ޖަލުތައްވެސް ހަދާފަ ހުންނަނީ ކުށްވެރިންލާން
ބޮޑުމީހާ
21 June 2020
ދެވަނަ ފަހަރަށް ލޮކްޑައުންކޮށްފަ އެކަމުގެ ޒިންމާ ރައްޔިތުންގެ ބޮލުގަ ނާޅުވާތި
ގިޔާސް
21 June 2020
އަޅުވާކަށް ނުޖެހޭނެ، ލޮކްޑައުން ކުރާނީ ރައްޔިތުން އަމިއްލައަށް ބޮލުގަ އަޅައިގެން، ކޮންހާ ވާހަކައެއް.
ގޮތް ބޮޑު ދިވެހިން
21 June 2020
އެއީ ކީއްވެ ނާޅުވާންވީ. ބަލަގަ ކަމެއް ނެތި މުޅި މާލޭ ތެރޭ ލާޗާރު ބިޗާރަށް ކީއްވެގެންތަ އެތައް ބަޔަކު އެތިބަ އުޅެނީ ކޮފީ ބޮއި ކައި ނުކުރާކަ ވިޔާނުދާ ކަމެއް ނެތް މިދަނޑިވަޅު. ޒަރޫރީ ކަންކަމެއްނޫން އެއީ. ފަރުދީ ޒިންމާ އަމިއްލަ ޒިންމާ މިގައުމުގައި ނޯންނަނީތަ؟ އަޖައިބު ވެދާނެ..
ގޮތްކުޑަ
22 June 2020
ގޮތްބޮޑު ދިވެހިން އެހެން އުޅޭތާ އެތައް ދުވަހެއްވެއްޖެ. ކުރިންވެސް އެއީ އުޅެންވީ ގޮތެއްނޫން. އެކަމު އެކަން ހުއްޓުވަން ބަޔަކު މަސައްކަތެއް ނުކުރޭ އެއީ އެހެން ބަޔަކާ ނުބެހޭ ކަމަކަށްވާތީ. ކަމެއްކުރާ ބަޔަކު ކަށީގަ ހިފައިގެން އަމިއްލައަށް އެކަން ނުހުއްޓޭނަމަ އެކަން މަނާކުރެވޭނެހާ ބާރުއޮތް މީހުންޖެހޭ އެކަން މަނާކުރަން. ސަރުކާރަށް ހުއްޓުވޭނެ ތަންތަނުގަ ކޮފީބޯން ތިބޭ މީހުން. ފަރުދީޒިންމާއޭ ކިތަންމެ ވަރަށްކިއަސް އެފަދަ މީހުންނަށް ހީނުވާނެ ކަހަރުވަހެކޭވެސް
ފަރުދީ ޒިންމާ
21 June 2020
ޒަރޫރީ ކަންތަކުގައި އެކަނި ބޭރަށް ނުކުންނަށް ޑޮކްޓަރުން ލަފާ ދިނީ. 3 މީހުންނަށް ވުރެ ގިނައިން އެއްވެ ނުތިބެން. ބުނީމަ ގޮސް މިތިބެނީ 10 މީހުން 15 މީހުންގެ ގްރޫޕް ހަދާފައި ކޮފީ ބޯން އަޅައިގެން ތިބޭ މާސްކް ތިރިކޮށްގެން. ތާހިރެއްނު. ފަރުދީ ޒިންމާގެ ކަންފުޅެއްވެސް ނެތް. ދެންވެސް ގޯސްވާނީ އެޗްޕީއޭއާ ޑޮކްޓަރުން. ދިވެހިންގެ ހުންނަ ނާތަހުޒީބު ވިސްނުން. ގެންގުޅެނީ އެންމެ ފަހުގެ އައިފޯން. ވިސްނުން ހުރީ ޖަންގަލީގެ އުސޫލުގައި. ލަދުން ބޯހަލާކު
ބަރުދީ
22 June 2020
ދިވެހިންގެ ގޮތް ދަނެގެން ޒިންމާދާރު މީހުން ކަންކަމަށް ހުއްދަދޭންވާނީ. ކޮފީބޯން ތަންތަނުގެ ބޭރުގައި ތިބުމަކީ މަނާކަމެކޭ އެއްފަހަރުވެސް ނުބުނޭ. ސިއްހީ ކުއްލި ހާލަތުގަ ހުރިހާ ކަމެއް ޑިކްޓޭޓްކުރާ ފަރާތުން، ނުކުރެވޭނެ ކުދިކުދި ކަންކަންވެސް ބުނެދޭންވާނެ. ކަންކަން އަމިއްލައަށް ނުދަންނަ ބަޔަކު އުޅޭނަމަ އެހެން ބަޔަކު ޖެހޭނީ އެވަރުވެސް ބުނެދޭން. އެބައެއްގެ ގޮތްދަނެގެން ގަވައިދުތައް ހަދަން ވާނީ.
އަލިކޮއެ
21 June 2020
މާލެ ތީ އިންސާނުން އުޅެން ހެޔޮވާވަރު ތަނެއް ނޫންކަން ކޮވިޱް މި އަންގާދިނީ އަރުމެންނަށް 10 އަހަރުވަންދެން ލޮކްޱައުން ކޮއްފަ ދޫކޮއްލިޔަސް ތި މާލެ ވާނީ ހަމަ ތިމާލެ އަށް
333223
21 June 2020
ބައެއް ބޭފުޅުންނަށް ކުލި ކުޑަވާނެ މާލެއަށް އެހެން ގޮތެއް ހަދައިފިއްޔާ.
ފާތާނިކެ
21 June 2020
ލޮކްޑައުން ކޮއްގެން އެޗީވް ވާނެ އެއްވެސްކަމެއް ނެތް. ދައުލަތުގައި ފައިސާ އެއްނެތް. މުއްސަންދިން ނަގާފައި ދެން ގައުމުގެ މީހެއްގެ އަތުގައި އެއްޗެއްނެތް. ދުނިޔޭގެ މިހާލަތައް ވައްޓާލި ބަޔަކުވެސް ތިބޭނެ. ދެންވީ މިހެން ބަލަން ނުތިބެ މަސައްކަތް ފަށައިގައްނަން.
ނާދީ3
21 June 2020
ބަލަގަ ލޮކްޑައުން ކުރި ހުރިހާ ގައުމެއް ވެސް. ލޮކް ޑައުން ނުކުރި ނަމަ މިވަރުވެސް ނުވީސް. މާ ބޮޑަށް ތި އެގެނީ. ހަމަ ދުލެއް ދޭ އިރަށް ބަކަރި ތަކެއްހެން ނިކުމެ ތެޅި ބޭލިއަކަށް އަދި ނުވޭ ދޯ
ައަހުމަދު
21 June 2020
ތީގެއިން ގިނަކަންތައްތަކަށް ޒިންމާނަގަންޖެހޭނީ ސަރުކާރުންނާއި ތަންފީޒީއިދާރާތަކުން މިޤައުމު ހަލާކުގެތެރެއަށް ވައްޓާލީ މިބުނި ފަރާތްތަކުން ، އޭގެ ހެއްކެއް ޤަވައިދާޚިލާފަށް އުޅޭ ބަންގާޅީންތައް، އެބައިގަނޑަށް ހީމާޔަތްދެނީ ސަރުކަރުންނާއި ތަންފީޒީ އިދާރާތަކުން ، އެހެންވެ ބޭނުންގޯތަކަށް އެއުޅެނީ ، އެނޫންނަމަ އަހަރެމެން ކޮރަޕްޓޭ މިކިޔާ އަވައްޓެރި ، ލަންކާގަޔާއި، އިންޑިޔާގަވެސް އުޅެވޭނެ ،އެތަންތާނޫލެވޭނެ. މިހެންގޮސް ވަރަށްގިނަކަންތައް އެބަހުރި....
ފަރުދީ
21 June 2020
ލޮކް ޑައުން ލުއި ދޭ އިރަށް ވައިބުރު ޖަހަން، ކޮފީ ބޯން ގްރޫޕް ހަދާފައި އެދާ މީހުންގެ ހަމަ އެއްވެސް ޒިންމާއެއް ނެތީ؟ އަންތަރީސް ހަމަ ތިހިރަ ޖާހިލު ވިސްނުމަށް
ބަރުބާދު
21 June 2020
މީހަމަގަސްދުގަ އެޗްޕީއޭން ދެވަނަ ލޮކްޑައުންއަކައް ގެންދިޔުމައްޓަކާ ރާވާފަވާ ރޭވުމެއްބާ؟. އެހެންނޫންނަމަ ކޮންމެހެން އާޓިފިސަލްބީޗް، ރަސްރަނި ބަގީޗާ، ރަސްރަނިބީޗް، ސައިކަލުބުރުޖަހަން ހަވީރު ބައިހަދާފަ، މިކަހަލަ ހުރިހާ ބޭކާރައް ބައިހަދާފަ މީހުންއެއްވާތަންތަނެއް ނުހުޅުވީސް، ގަސްތުގަ ބަލިފެތުރުމައް މަގުފަހިވާނެ ހުރިހާކަމެއް ހުއްދަނުކޮއް، ކާންބޯންކުރާމަސައްކަތްތަކައް ހުޅުވާލިނަމަ އަނެއްކާ ބަލިފެތުރިގެންދިޔުމުގެ މަގު ފަހިނުވީސް.
ލަކުޑި
21 June 2020
ބަލަގަ އެމީހުންނަށް ވަކި ކޮން ފަސޭހައެއް ލޮކްޑައުން ކޮށްގެން. ލޮޖިކް ވެސް ނެތީތޯ ބޮލުގައި؟