ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއްގެ އަރިމަތިން، އެ ކޮމިޓީގެ މުގައްރިރު، ޖީހާނާއި ނައިބު މުގައްރިރު ޒިޔާދު އަދި އެ ކޮމިޓިގެ އެހެން ބައެއް މެމްބަރުން މަޝްވަރާއެއް.---ފޮޓޯ: މިހާރު
28 ޖޫން 2020 - 14:57
ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައިވާ އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައި، މާދަމާ އަށް އެޖެންޑާ ކޮށްފި އެވެ.
ޖިންސީ ގޯނާކުރި މައްސަލައިގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ހައްޔަރުކުރި އުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ދޫކޮށްލުމުން އެ މައްސަލަ ވަނީ ހޫނުވެފަ އެވެ. ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެ މީހުން ދޫކޮށްލުމުން އެކަމުގައި ސަރުކާރާ ގުޅުން ހުރި ސިޔާސީ ފަރާތްތަކުގެ ބައިވެރިވުުން އޮތް ކަމަށް ވެސް ސޯޝަލް މީޑިއާގައިި ދަނީ ތުހުމަތު ކުރަމުންނެވެ. ޚާއްސަކޮށް، ތުހުމަތު ކުރެވޭ ދެ މީހުންގެ ތެރެއިން އެކަކާ ސިޔާސީ މީހަކާ ގުޅުން އޮތް ކަމަށް ބުނާއިރު، ފުލުހުން އެކަމުގައި ހިމޭނުން ތިބޭ މައްސަލަ ވަރަށް ބޮޑެވެ.
އެ މައްސަލަ ބަލަން ގިނަ ބަޔަކު ގޮވައިލަމުން ދަނިކޮށް، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ މާދަމާ މެންދުރު 2:00 އަށް އެ މައްސަލައާ ގުޅޭ ބައްދަލުވުމެއް ބާއްވަން އެޖެންޑާ ކޮށްފަ އެވެ. ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު މުގައްރިރު ކަން ކުރައްވާ އެ ކޮމިޓީގެ މާދަމާގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ ނައިބު މުގައްރިރު، ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ކަމަށް އެ ކޮމިޓީގެ މެމްބަރު އައްޑޫ މީދޫ ދާއިރާގެ ރޮޒައިނާ އާދަމް ވިދާޅުވި އެވެ.
ނަމަވެސް މުގައްރިރު ޖީހާންގެ ބަދަލުގައި ނައިބު މުގައްރިރު ޒިޔާދު މި މައްސަލައިގެ ކޮމިޓީގެ ރިިޔާސަތު ބަލަހައްޓަވަނީ ކީއްވެ ކަމެއް ރޮޒައިނާ ވިދާޅެއް ނުވެ އެވެ.
I applaud MP @JeehanJMS for putting the Hulhumale’ Rape case on the agenda for tomorrow’s Human Rights Committee meeting. Deputy chair MP @FitteyZ will be chairing the committee. We will look into the matter thoroughly. 👏👏👏 pic.twitter.com/gljVKsiLpt
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) June 28, 2020
ރޮޒައިނާގެ ޓްވީޓް
ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވަނީ އެ މައްސަލަ މާދަމާގެ އެޖެންޑާގައި ހިމަނަން ޖީހާން ނިންމެވީތީ އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި އެ މައްސަލަ ވަރަށް ސީރިއަސްކޮށް ކޮމިޓީން ބަލާނެ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ބިދޭސީ އަންހެންމީހާ އަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތަށް ދެ ފިރިހެނުން ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. އެކަމަކު، އެ މީހުން ދޫކޮށްލީ ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެވެ. އެކަމާ ގުޅޭގޮތުން ގިނަ ތުހުމަތުތަކެއް ކުރެވޭއިރު، ފުލުހުން ކަންކަން ފޮރުވަން މަސައްކަތް ކުރާ ކަމަށް ބުނެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.
އެކަމަކު ފުލުހުން ބުނަނީ އެއްވެސް ކަމެއް ފޮރުވަން މަސައްކަތް ނުކުރާ ކަމަށާއި ތަހުގީގު ކުރިއަށް ދާ މިންވަރަކުން މައުލޫމާތު އާންމު ކުރަމުންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޮއިން!
03 July 2020
ޕްލެއިން ވިކްޓިމް ގުޑް ޖޮބް! ރާއްޖޭގެ ހަލާކު! ޕަވަފުލް މީހާ ގެޔައް! ރައްޔިތު މީހާ މާސްކް އަޅާ! ގޭގަ ތިބޭ ބަސް އަހާ ބޯލަނބާ، ކިޔަމަން ވޭ! ފަައިން ކުރީ ރައްޔިތު މީހާ! ނަން ހާމަ ކުރީ، ފޮޓޯ އާއްމު ކުރީ ރައްޔިތު މީހާގެ! ކުއްކުރަނީ ހަމަ އެކަނި ބާރެއް ނެތް އާދައިގެ މީހުން! ޕަވަފުލް މީހުންނަކީ ކުއްކުރަން ދަންނަ ބައެއް ނޫން! ކޮބާ ވިމެންސް ރައިޓްސް، އެކްސްޕެޓް ރައިޓްސް ގެ ވާހަކަ ދައްކާ މީހުން! މަތީ މަގާމް، ބާރު، އިއްޒަތް، މަ މޮޅު ވާން އުޅެނީ! ނޯ ރައިޓްސް!
(މުހައްމަދު)
30 June 2020
ތި ކޮމެޓީން ތި މައްސަލަ ބެލުމަކީ ބޮޑު ގޯހެއް ކަމުގައި ގަބޫލް ކުރަމެވެ. ކޮމެޓީގެ މެމްބަރުން ނަކީ އެކަކަު އަނެކަކާއި ގާތް ގުޅުމެއް އޮންނަ ބަޔޔަކަށް ވީހިދު މިކަމުގައި އެގުޅުމުގެ ނުރަގަޅު ނުފޫޒް ބޭނުން ކުރެވިދާނެ ކަމީ އިންސާނުން ކަމުން ކުރެވިދާނެ ކަމެކެވެ. މުގައްރިރުގެ މަސްލަހަތު މިކަމުގައި އޮތުމަކީ ކޮމެޓީގެ ހުރިހާ އެމް.ޑީ.ޕީ މެންބަރުންގެ ވެސް މަސްލަހަތު މިކަމުގައި ފުށައަރާފާނެ ކަމެއްކަމުގައި ބަލަން ތިބޭމީހުންނަ ހީވުމުގެ ފުރުސަތު އެބައޮތެވެ.
20000
30 June 2020
މީހުން ބުނޭ ރަގަޅު އަންބަކު ލިބިއްޖިޔާ އެހެން މީހަކު ބޭނުމެއް ނުވާނެ. އެކަމަކު މިވީ އެހެން ނޫން. އެހާ ފައްކާ އަންބަކު ލިބުނީމާވެސް މިއުޅުނީ އަދި އެހެން އެއްޗެއް ހޯދަން
ސިޓިޒަންސް އޮފް މާލެ
30 June 2020
ތިޔައީ ޖިނާއީ ކުށެއްގެ ތަހުގީގަށް ނުފޫޒު ފޯރުވުން ކަމުގައި ދެކެން!
ޙިމާރުލް ވަތަން
29 June 2020
ރަބިޝް
އަބްދުއްالله
29 June 2020
ހޫނ. ހޫނ. ތިޔަވަރުން އެގިއްޖެ ކާކުގެ ފިރިއެއްކަން. މިކަމެއް ނުބެލޭން. ރޭޕުގެ ސިކާރައަށް ވީ އެފެރިކާގެ ކަޅު އަންހެނެއް ވީމަ ވެސް ތިޔަ ރޭސިސްޓުން ތިޔަ ކަމެއް ނުބަލާނެ. ކަލޭމެންގެ ސަގާފްތުގައި، ކަޅު ފުރާން އަކީ އަގެއް ނެތް އެއްޗެއް.
ބިސް12ދިން
29 June 2020
މީގަ ޖީހާން ކުއްވެރި ކުރާތީ ބުނެލަން.. ޖީހާންގެ އެއްވެސް މައްސަލަ އެއް ނެތް މިަކު ޖީހާނޭ ކިޔާނެ ޖާގައެއް ވެސް ނެތް.. އެހެން މީހަކު ނުވަތަ ޖިހާންގެ ފިރިމީހާކުރިކަމެއް. އެކަމަކުވެސް ޖީހާންގެ މައްސަލައެއް ނެތް ކަމަށް ފެންނަނީ. ޖީހާނޭ މިކިޔަނީ އެކަމަނާ ހުރީ ރައްޔިތުންގެ މަޖްލިސްގެ ހިޔުމަންރައިޓްސް ކިމިޓީގެ ރައީސަކަށް ވީމަ ކަމަނާއޭ މިކިޔަނީ.. ކަމަނާ އެކަން ބައްލަވާ ދެއްވާ މަސްއޫލިއްޔަތު އަދާކޮށްދެއްވާ.. ޝުކުރިއްޔާ ކަމަނާއާއި ބެހޭ ކަމެއް ނުންން މީ
އަބްދުއްالله
29 June 2020
ހޫނ. އެއް އިރެއްގަ ދޮންކަމަނަ އާއި ހުއްތުކަމަނަ އާއި ކުޑަކަމަނަ، މިކަހަލަ ނަން ނަން ކީ މީހުންވެސް އުޅުނު. މިހާރު ކޮމެޓީ ތަކުގަ ވެސް އެކަހަލަ ނަންނަން ކިޔާ މީހުން އުޅެނީ ދޯ؟
އިދުރީސްބެ
29 June 2020
ހިތުން ރުހުމުން ހަށިވިއްކަން ސަފާރީއަކަށް ގޮސް ލާރި ނުދިނީމަ ރޭޕް ކުރިކަމަށް ހެދޭތަ. ކޮންމެ މީހަކަ ތިކަމުގައި ބައިވެރިވިޔަސް ތިމައްސަލަ ރަގަޅަށް ތަހުގީގުކޮށް ޝްރީއަތް ކުރެވެންޖެހޭނެ.
ޖުވޭ
29 June 2020
ރައްޔޮިތުންގެ މަޖްލީސްގެ މެމްބަރެްގެ ފިރިމީހާ ޅިސްޖެހެންދެން ބަގުރާ ބޮއެގެން ކެންޔާ އަންހެނެއް ހަފުސް އަރުވާލީމާ، ކޮންއަބުރެއް އޮންނާނީ. އޮޑިގެ ވެރިންނޯ މީ އަދި ސިޔާސީގޮތުން ވަރަށް ބާރުގަދަ ދެ މީހުންޯ އެހެންވެސްބުނީ.
ވައުދު
29 June 2020
މިހާރު ދެން މަޖިލީހަކީ ތަހުގީގު ހިންގާ ތަނަކަށްވެސް ހެދީތަ؟ ބޮޑުވަރުދޯ. ދެން ފުލުހުންނާ ޖުޑިޝަރީ އުވާލާފަ ހުރިހާކަމެއް ތިޔަ މަތިވެރި މަޖިލީހުން ކުރަންވީއެއްނު