ފިނޭންސް މިނިސްޓްރީ: ސިއްހީ ޚިދުމަތުގެ ފެންވަރު ބަލާ ކޮމިޝަނަރު އައްޔަން ނުކުރެވުނީ ފިނޭންސް އިން ހުއްދަ ނުދިނުމުން ކަމަށް ސީއެސްސީ އާއި ހެލްތް މިނިސްޓްރީން ބުނޭ -- ފޮޓޯ/މިހާރު
30 ޖޫން 2020 - 13:32
ސިއްހީ ޚިދުމަތުގެ ފެންވަރު ކަށަވަރުު ކުރަން ގާނޫނުގެ ދަށުން އައްޔަން ކުރަންޖެހޭ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްގެ މަގާމަށް މީހަކު އައްޔަން ނުކުރެވުނީ ފިނޭންސް މިނިސްޓްރީން ހުއްދަ ނުދިނުމުން ކަމަށްވާތީ ފިނޭންސް މިނިސްޓްރީގެ ކިބައިން އެކަން ސާފުކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.
ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ސިއްހީ ޚިދުމަތުގެ ފެންވަރުގެ ކަށަވަރު ކުރުމަށްޓަކައި އައްޔަން ކުރަންޖެހޭ އެ މަގާމަށް ހަތަރު އަހަރުވީއިރު ވެސް މީހަކު އައްޔަނެއް ނުކުރެ އެވެ. އެ މައްސަލަ މަޖިލީހުުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ދަނީ ބަލަމުންނެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ހެލްތު މިނިސްޓްރީގެ ފަރާތުން މައުލޫމާތު ސާފު ކުރުމުން ހެލްތް މިނިސްޓްރީން މަޖިލީހަށް އެންގީ އެ މަގާމަށް މީހަކު އައްޔަން ކުރަން ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައި ނުވާ ކަމަށެވެ. އަދި ސީއެސްސީން ޖަވާބު ދިނީ އެ މަގާމަށް މީހަކު އައްޔަން ކުރަން ހެލްތް މިިނިސްޓްރީން އެ ކޮމިޝަންގައި އެދިފައި ނުވާ ކަމަށެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ އިއްޔެ ބައްދަލުވުުމުގައި މެމްބަރުން ވިދާޅުވީ ގާނޫނުން ލާޒިމްކުރާ މަގާމަށް މީހަކު އައްޔަން ކުރަން އެއްވެސް ފަރާތަކަށް ދެކޮޅު ހެދޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންވެ، އެ ހުއްދަ ނުދިން ސަބަބު ފިނޭންސް މިނިސްޓްރީގެ ފަރާތުން ސާފު ކުރަން ކޮމެޓީން ނިންމި އެވެ.
މީގެ އިތުރުން ސީއެސްސީން ވެސް ޒިންމާ އަދާ ނުކޮށް އޮތް ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.
ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނު ބުނާގޮތުން ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ސިއްހީ ޚިދުމަތް ދޭ ތަންތަން ހިންގަނީ އަދި ސިއްހީ ޚިދުމަތް ދޭ މުވައްޒަފުން މަސައްކަތް ކުރަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ކަށަވަރު ކުރުމަށާއި ސިއްހީ ފަރުވާ ދެނިކޮށް މީހަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެކަން ތަހުގީގު ކުރުމަކީ ވެސް ކޮމިޝަނަރުގެ ޒިންމާ އެކެވެ. އަދި އެކަންކަން ކަށަވަރު ކުރަން ބޮޑެތި ބާރުތަކެއް އެ މަގާމަށް ދީފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜަސްދޫ ޝާކިރު
01 July 2020
ތިޔަކަމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް. ޜައްޔިތުންނަށް ދެވޭ ސިއްހީ ހިދުމަތް ބޮޑަށް ބަރޯސާވަނީ ހިތުމަތްދޭން ބޮޑުއަގުގައި ގަންނަ ސާމާނުތަކަށް. މި ސާމާނު ގެނެސްދެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިއްހީވުޒާރާގެ ބޮޑުންނާއި ގުޅިފައިވާ ދެތިން ވިޔަފާރިވެރިން.
ބޮޑުމީހާ
30 June 2020
މިތާގެ އާބާދީއަކީ 5 ލައްކަ. އެމެރިކާގެ 300 މިލިއަން މީހުން ބަލަހައްޓަން ހަދާފަ ހުރި ހުރިހާ އިދާރާއެއް މިތާކު ހަދާކަށް ނުޖެހޭ. މުއައްސަސާތައް މަދުކޮށް، ގާނޫނަށް އަމަލުކުރީމަ ހުންނާނީ ރަގަޅަށް.
ރުޤިއްޔާ
30 June 2020
ރަނގަޅު މޮޅެތި ނަންނަން ކިޔާފަ ކަމެއް ނުވާ ބޮޑެތި މަގާމުތައް ހަދާފަ އެމީހުން ބޭނުން ވާ ބަޔަކަށް ލައްކަ ލައްކަ އިން ރައްޔިތުންގެ ފައިސާއިން މުސާރަ ދޭން ކޮންކަމެއް
ޝެމެކްޝް
30 June 2020
އަމީރު އާއި އަސްލަމުން ގެ ޕާފޯމެންސެއް ނެތް ، ސަރުކާރު މަޑު ދުވެލީގައި ހިނގަނީ އެ ދެމުވައްސަސާގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ، މިނިސްޓްރީތަކުގެ ވާދަވެރިކަން ބޮޑުވެ މިސަރުކާރަށް ދަނީ ރައްޔިތުންގެ ޕްރެޝަރ ބޮޑުވަމުން ނެވެ.
ައަފުރާސިޔާބު
30 June 2020
ތިޔަ ފިނޭންސަކީވެސް ވަރުގަދަ ތަނެއް. ގާނޫނުތަކުން އޮފީސްތަކުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަންކަންވެސް ފައިސާއާ ބެހޭ ގާނޫނުން މިނިސްޓަރު އޮފް ފިނޭންސަށް ލިބިދީފައިވާ ބާރުންނޭ ކިޔާފާ ކޮށްނުދީ އެބަހިފަހައްޓާ. މަޖިލީހުން ގާނޫނު ހަދާއިރު ފުރަތަމަ ފިނޭންސް މިނިސްޓަރުގެ ހުއްދަ ހޯދާފައިނޫނީ ފައިސާއާ ޚަރަދުވާ އެއްވެސް ކަމެއް ގާނޫނުތަކުގައި ނުލިޔަން ވެއްޖެނުން.
ޝައިޚް.
30 June 2020
ހުއްދައެއް ނުދޭނެދޯ، ހެސްކިއާފަ ބޮޑު މުސާރައަކާ، ބޮޑު އިނާޔަތް ދޭކަށް މިވަގުތު، މަޖިލީހުގަވެސް ނެތް ރަނގަޅު އެކަކުވެސް، މުޅިން ދައުލަތަށް ބުރަވާގޮތަށް ، އަމިއްލަ ޖީބަށް ބޮޑުވާގޮތަށް ކަން ކަން ނިންމާ މީހުން،
އާދަމް ބާއީ
30 June 2020
އެހެންވީމާ ފިނޭންސްމިނިސްޓަރު ވަކުކުރޭ.
ޕިކްސް
30 June 2020
ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް އޮފީސްތަކަށް މުވައްޒަފުން ނެގުމަށްވެސް ފިނޭންސުން ހުރަސްއަޅާ. ޢެހެންކަމުން ފިނޭންސަށް އޮފީހަކަށް މުވައްޒަފުން ނެގުން ހުއްޓުވިދާނެބާ. އަދި މުވައްޒަފަކު ނަގާއިރު ފިނޭންސްގެ ހުއްދައެއް ބޭނުންވާނެބާ.
ައަފުރާސިޔާބު
30 June 2020
އާދެ! ފިނޭންސުން ހުއްދަ ނުދެނީސް މުވައްޒަފަކު ނުނެގޭނެގޮތަށް ކަންކަން ހަމަޖައްސާފައިވަނީ. އަދި ވަޒީފާދޭ މުވައްޒަފު އިންނާނޭ ގޮޑިއެއްވެސް ފިނޭންސުން ހުއްދަ ނުދީގެން ނުގަނެވިފައި މާޒީގައި އެބަހުރި.