ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު. އޭނާ ވިދާޅުވީ މާލެއަކީ ދަންތުރައެއް ކަމަށް.
01 ޖުލައި 2020 - 12:34
މާލޭގެ ގިނަ ސަރަހައްދުތަކުން ވީލްޗެއާއެއް ނުވަތަ ސަންދޯކެއް ވެސް ނުގެންދެވޭ ކަމަށާއި މާލެއަކީ ދަންތުރައެއް ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ތަފާސްހިސާބުގެ ބިލުގެ ބަހުސްގައި ބޮންޑޭ ވިދާޅުވީ، މާލެ އަށް މީހުން ޖަމާކުރަމުން ދާއިރު، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވަސީލަތްތައް އެބަހުރި ކަމަށާއި އިގްތިސާދީ ހަރަކާތްތައް ހިންގެން ވެސް އެބައޮތް ކަމަށެެވެ. ތަފާސްހިސާބުގެ ބިލާއި އެކަން ގުޅުއްވައިލައްވަމުން އޭނާ ވިދާޅުވީ، އެހެން ސަރަހައްދުތަކުގެ އެއްގަމު އުޅަނދުތައް މާލެ އަށް ގިނަވެފައިވާ ކަމަށާއި އެއީ ތަފާސްހިސާބުތައް ރަނގަޅަށް ނުބެލެހްްޓޭތީ ވާ ގޮތެއް ކަމަށެވެ.
"ރާއްޖޭގައި ރިސޯސް އެބަ އޮތް. ފަޅުރަށްތައް އެބައޮތް. މަސައްކަތް ކުރެވޭނެ ވަސީލަތްތައް އެބައޮތް. ހަމަ މާލެ އަަށް [މީހުން] ޖަމާކުރަނީ. އަޅުގަނޑުމެން ބޭނުމެއް ނޫނޭ އިއްޒަތްތެރި ރައީސް މާލެ އަށް ތޮއްޖައްސާކަށް. މާލޭ ރައްޔިތުން ބޭނުންވަނީ ސައިކަލުތައް ގެންދާށޭ ،ކާރުތައް ގެންދާށޭ އެކި ތަންތަނަށް. މާލޭގައި ނޭނގޭ ކޮން ރަށެއްގެ ކޮން ސަރަހައްދެއްގެ ސައިކަލެއް ކަމެއް،" ބޮންޑޭ ވިދާޅުވި އެވެ.
"ތަފާސްހިސާބަށް ބަލާއިރު މިއީ ދަންތުރައެއް އިއްޒަތްތެރި ރައީސް. މާލެއަކީ ޓްރެޕެއް. މާލެއަކީ ދަންތުރައެއް. މަގުން ހިނގައިދާއިރު ބޮލަށް ފެންތިކި ތަޅާނެ. ފާހާނާގެ ފެންތިކި ބޮލަށް ތަޅާނެ. އެއާކޯނުތައް ހުންނާނީ ބޭރަށް. އެއިން އެއާކޯނެއް، އެއިން ދަނގަޑެއް ވެއްޓިއްޖެއްޔާ [ދުވަސް] ދިޔައީ،" --- ބޮންޑޭ
މާލޭގެ ހާލަތު ސިފަކުރައްވަމުން އޭނާ ވިދާޅުވި ގޮތުގައި، މަގުތަކުގައި ދުއްވާ އެއްޗެހި ގިނަކަމުން ގިނަ ގޯޅިތަކަށް ވީލްޗެއާއެއް ނުވެއްދެ އެވެ. އެ ގޯޅިތަކުން ސަންދޯކެއް ވެސް ނުނެރޭވެނެ އެވެ. ގެތަކުން މަގުމައްޗަށް ފެން ފައިބާ ގޮތަށް އެއާކޯންތައް ހަރުކޮށްފައިވާ ކަމަށާއި ފާހާނާތަކުގެ ފެން ވެސް މަގުތަކަށް ފައިބަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އުމުރުން ދުވަސްވެފައިވާ މައިންބަފައިން ގޮނޑީގައި ގެއިން ނުނެރެވި ކެރޭން ބޭނުންކޮށްގެން ބާލަން ޖެހޭ ހިސާބަށް ގޮސްފައިވާ ކަަމަށް ބޮންޑޭ ވިދާޅުވި އެވެ.
"ތަފާސްހިސާބަށް ބަލާއިރު މިއީ ދަންތުރައެއް އިއްޒަތްތެރި ރައީސް. މާލެއަކީ ޓްރެޕެއް. މާލެއަކީ ދަންތުރައެއް. މަގުން ހިނގައިދާއިރު ބޮލަށް ފެންތިކި ތަޅާނެ. ފާހާނާގެ ފެންތިކި ބޮލަށް ތަޅާނެ. އެއާކޯނުތައް ހުންނާނީ ބޭރަށް. އެއިން އެއާކޯނެއް، އެއިން ދަނގަޑެއް ވެއްޓިއްޖެއްޔާ [ދުވަސް] ދިޔައީ،" އޭނާ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވީ ރާއްޖެ ޑީސެންޓްރަލައިޒް ކުރުމަށްޓަކައި އެހެން ސަރަހައްދުތައް ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. ސަރަހަައްދީ އެއާޕޯޓުތައް ތަރައްގީ ކުރުމާއި ރާއްޖޭގެ އެހި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖް ގާއިމް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުބެ
02 July 2020
ބޮޑުވަޒީރު އިންޑިއާއަށް ގޮސް ޗައިނާ އަކީ ދަންތުރައެކޭ ކިޔައިގެން ވާހަކަ ދެއްކީމަ، ރާއްޖެއަށް ދޭން އުޅުނު 40 މިލިޔަން ޑޮލަރު ވެސް ނުލިބޭގޮތްވީ. ދަންތުރައޭ ނުކިޔާ މަޑުން ތިބެންވީނުން.
އެފައިސާމިފައިސާ2
02 July 2020
ސަބަބަކީ ފައިސާއޭ. ރައީސް މީހާއަށް އޮވެގެން ނުވާނެޔޭ ހއ. ގެ ރަށްތައް ވިއްކާފަ އެފައިސާ މާލެއަށް ޚަރަދުކުރުމުގެ ބާރު. އެކަން އެހެން އޮއްވާ ތިޔަ މައްސަލަ ހައްލު ނުވާނެޔޭ. ދައުލަތުގެ މުއްސަނދިކަން ޕްރޮޕޯޝަނޭޓްކޮށް ބެހިގެނެއް ނުދެޔޭ. ލިޓްރަލީ ހުރިހާ ފައިސާއެއް މާލެއަށޭ ޚަރަދުކުރަނީ. އެކަން ބަދަލުކޮށް ޤާނޫނު އަސާސީގައި ލިޔާށޭ، ޕްރޮޕޯޝަނޭޓް ބޭންޑްތަކެއް. އަތޮޅުތަކުގެ މުދަލަކީ މާލޭގަ ހުންނަވާ ރައީސް ބޭނުންގޮތަކަށް ޚަރަދުކުރަން އޮންނަ އެއްޗެއް ނޫނޭ.
އޮނަރަބްލް އަފީފު ދީދީ
02 July 2020
ބޮންޑޭމެންގެ ހިތުގައި އިޙްލާސްތެރިކަމާއިއެކު ތިކަން ކުރުމުގެ ނިޔަތް އޮތް ނަމަ ލާމަރުކަޒީ ޤާނޫނަށް އިސްލާޙް ގެނެސް ރާއްޖެ އިދާރީ ޤާނޫނީ ތިން ސަރަހައްދަކަށް ބަހާލުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެހިމެނޭގޮތަށް) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާރން ކަމުގައި ކަޑައަޅާ މި ތިން ސަރަހައްދަށް ދައުލަތުގެ ބަޖޭޓް އިންސާފުވެރިކަމާއިއެކު ޙިއްސާކޮށް ލާމަރުކަޒީ ބާރުވެރިކަންދީ އިޤްތިސޯދު ފަތުރާލަން ފުރުސަތު ދެއްވާ.
ރިހި ރާންބާގަސް
01 July 2020
ތިޔަވާހަކަ ރަނގަޅު ތިޔަދުވަސް ދުށުންވަރަށް ބޮޑަށް އެދެން! ޔާމީނުގެ 5އަހަރުގަ މިކަހަލަކަމއެއްކުރިނަމަ ކިހާރަނގަޅު! އެކަމަކު ކަންކުރިގޮތަކީ ހިދުމަތްކުރީ ރާއްޖޭގެ ބައިބޯ ދިމަދިމާލަށް ނަމުގަ މާބޮޑު ތަރައްގީގެ ލީޑަރެއް ކަމުގެ އަސްލަކީމަކަރު! ވެރިކަމުގެ އެއްވެސް ގާބީލުކަމއެއްނެތް ގަދަބާރުން 5އަހަރު ފުރިހަމަކުރީ!
ބޮޑުމީހާ
01 July 2020
ރަގަޅު ވާހަކއެއް. އެކަމަކު ގުޅީ ކަޑުވެސް ހިއްކަނީ މާލެ ތޮއްޖައްސަން
ތެދުވެރިޔާ
01 July 2020
އެމްޑީޕީގަ ތިބެނީ މަކަރާ ހީލަތުން ވެރިކަން ކުރަން އުޅޭ ބައިގަޑެއް.
ފިލާވަޅު
01 July 2020
އެއްވެސް ދުރު ރާސްތާ ޕްލޭނެއް ނެތް ، ހުސްއަނގަ މިފަހަރު ވ.ރަންގަޅައް ހަނާވާނެ އޮޑީފެތެނީ، ފަތަން ދަސްކުރޭ ބޮންޑާ
ބޮކިއަލި
01 July 2020
ބޮންޑޭގެވާހަކަ ރަގަޅު. މާލޭގެ ގެދޮރުވެރިންވެސް ކުއްޔަށްދީގެން ކިތަންމެ ލާރިއެއްލިބުނަސް އުޅެންޖެހެނީ އުފަލެއްނެތި. މުޅިއާއިލާ އުމުރަށް ކޮންގްރީޓުސީޓެއްމަތީ. ތެދެއް ލާރިބައިބަރު، ބޭނުން އެއްޗެއް ކާލާ ހެދުންއެޅިއަކަސް ހިތްހަމޖެހުމެއްނެތް. ރީތި ކޮށިކޮށީގައި އާފަލުކައިގެން ގުރާވެސްއުޅެނީ. ތަފާތެއްނެތް. މާލެ ބަޔަކު ހަލާކުކޮށްލީ އެކަމަކު ދުރުވިސްނުމުގެ ގާބިލުކަމެއްނެތި. ދެންވެސް ކުރަންވީކަމަކީ ރާއްޖޭގެ ތިންހަތަރު ސަރަހައްދެއް ތަރައްގީ ކުރަންވީ.
ފޫހި
01 July 2020
ޢަސުލު ދަފުތަރު އުވާލަންވީ. ތުރާކުނުން މާލެއައިސް ކުއްޔައް އުޅެމުން ގެދޮރުނެތް މީހުންގެ ފޮތުގައި ޖެހެނީ. ޢެކަމަކު އެއީދިވެހިރާއްޖޭގައި ގެދޮރުހުރި މީހެއް. މިއީ އަޖައިބެއްނު. ދެން ބޮންޑާއަށް ބުނެލަން އޮތީ މި މާލެއަކީ ހަމަ އަސުލުގައިވެސް ދަންތުރައެއް އެހެންވީމާ މުޅިގައުމަށް އެންމެ ފައިދާބޮޑީ ވެރުކަން ކުރާ ރަށް އެހެން ރަށަކަށް ބަދަލުކުރުން. މިކަން މިއަދު ބޮންޑާމެންނަށް ކުރެވެންއެބައޮތް. ޢޭރުން ބޮންޑާމެންނަށް މާލެއެއްކޮށް ލިބޭނެ. އެކަމަކު މިބަދަލު ގެންނަން ބޭނުމެއްނުވާނެ.
މުޑަހަންޖާ
01 July 2020
ގުޅީފަޅުން ކ.މާލޭމީހުންނޫން ދިވެހިންނަށް ގޯތި ނުލިބެންޏާ އަތޮޅުތަކުގެ ފަޅުރަށްރަށާއި ފަޅުތަކާއި ބިންތައް އަތޮޅުން ބޭރުމީހުނަށް ނުދެވޭގޮތަށް ގާނޫނެއްހަދަން ހުށަހަޅަންޖެހޭ.